Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

އުޒްބެކިސްތާން އަތުން ޕޯޗުގަލް މޮޅުވި މެޗުގައި ރޮނާލްޑޯ އަށް ރެކޯޑެއް

މެޗުން މޮޅުވެ ޕޯޗުގަލް އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދިއިރު، މި މެޗުގައި ޖެހި ލަނޑާ އެކު ރޮނާލްޑޯ އަށް ވަނީ ދެ ރެކޯޑެއް ލިބިފައި. އެއީ ވޯލްޑް ކަޕްގެ ހަ މުބާރާތެއްގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ރެކޯޑާއި، ޕޯޗުގަލް ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ޖޫން 2026 | ބުދަ 01:26
މެޗުގައި ލަނޑު ޖެހުމަށް ފަހު ޕޯޗުގަލްގެ ރޮނާލްޑޯ އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު ޕޯޗުގަލްގެ ރޮނާލްޑޯ އުފާ ފާޅު ކުރަނީ. | ރޮއިޓާސް

ފީފާ ވޯލްޑް ކަޕްގެ ގުރޫޕު ކޭގައި އުޒްބެކިސްތާންއާ ދެކޮޅަށް ކުޅުނު މެޗުން ޕޯޗުގަލް ބޮޑު މޮޅެއް ހޯދައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ޕޯޗުގަލް އިން ކާމިޔާބު ކުރީ 5-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލް އިން ތިން ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގައި އެވެ.

މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި ޕޯޗުގަލް އަށް ލީޑު ނަގައިދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އެ ލަނޑު ޖަހަން ރޮނާލްޑޯ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޔާއޯ ކަންސޭލޯ އެވެ. އޭގެ ފަހުން މެޗުގެ 17 ވަނަ މިނެޓުގައި ޔާއޯ ނެވެސް ވަނީ ޕޯޗުގަލްގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ.

ފުރަތަމަ ހާފުގެ ފަހު ވަގުތު ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްފަ އެވެ. އެއީ ބްރޫނޯ ފެނާންޑޭސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ރޮނާލްޑޯ ޖެހި ލަނޑެކެވެ. މެޗުގެ ދެ ވަނަ ހާފުގެ 60 ވަނަ މިނެޓުގައި ޕޯޗުގަލްގެ ހަތަރު ވަނަ ލަނޑަކީ އުޒްބެކިސްތާންގެ އަބްދުލްވާހިދު ނެމަޓޯވް އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް، ޕޯޗުގަލްގެ ފަހު ލަނޑު ޖެހީ ރަފައެލް ލިއާއޯ އެވެ.

މެޗުން މޮޅުވެ ޕޯޗުގަލް އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދިއިރު، މި މެޗުގައި ޖެހި ލަނޑާ އެކު ރޮނާލްޑޯ އަށް ވަނީ ދެ ރެކޯޑެއް ލިބިފައި އެވެ. އެއީ ވޯލްޑް ކަޕްގެ ހަ މުބާރާތެއްގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ރެކޯޑާއި، ޕޯޗުގަލް ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑެވެ.

ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި ޕޯޗުގަލް ނިކުންނާނީ ކޮލަމްބިއާއާ ދެކޮޅަށެވެ.

ފީފާ ވާރލްޑް ކަޕް 2026ޕޯޗުގަލް ގައުމީ ފުޓުބޯޅަ ޓީމުއުޒްބެކިސްތާން ޤައުމީ ފުޓުބޯޅަ ޓީމުކްރިސްޓިއާނޯ ރޮނާލްޑޯ

އިތުރަށް ކިޔާލަން

23 ޖޫން 2026

ފަހަތުން އަރައި ޖޯޑަން ބަލިކޮށް، އަލްޖީރިއާ އިން އުންމީދު ދަމަހައްޓައިފި

23 ޖޫން 2026
ފަހަތުން އަރައި ޖޯޑަން ބަލިކޮށް، އަލްޖީރިއާ އިން އުންމީދު ދަމަހައްޓައިފި
23 ޖޫން 2026

ހާލަންޑުގެ މޮޅު ކުޅުމާ އެކު، ސެނެގާލް ބަލިކޮށް ނޯވޭ އަނެއް ބުރަށް

23 ޖޫން 2026
ހާލަންޑުގެ މޮޅު ކުޅުމާ އެކު، ސެނެގާލް ބަލިކޮށް ނޯވޭ އަނެއް ބުރަށް
23 ޖޫން 2026

އެމްބާޕޭގެ ދެ ލަނޑުން މޮޅުވެ، ފްރާންސް އަނެއް ބުރަށް

23 ޖޫން 2026
އެމްބާޕޭގެ ދެ ލަނޑުން މޮޅުވެ، ފްރާންސް އަނެއް ބުރަށް
22 ޖޫން 2026

މެސީގެ ރެކޯޑު ދެ ލަނޑުން މޮޅުވެ، އާޖެންޓީނާ އަނެއް ބުރަަށް

22 ޖޫން 2026
މެސީގެ ރެކޯޑު ދެ ލަނޑުން މޮޅުވެ، އާޖެންޓީނާ އަނެއް ބުރަަށް
22 ޖޫން 2026

2026 ވޯލްޑް ކަޕުގައި ގިނަ ރެކޯޑުތަކެއް މުގުރާލަނީ

22 ޖޫން 2026
2026 ވޯލްޑް ކަޕުގައި ގިނަ ރެކޯޑުތަކެއް މުގުރާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު