Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ޔޫރޯ ކާމިޔާބު ކުރެވުން، އެއީ ވޯލްޑް ކަޕާ އެއްވަރުގެ މުބާރާތެއް: ރޮނާލްޑޯ

7 ޖުލައި 2026 | އަންގާރަ 04:47

ރޮނާލްޑޯ ބުނީ ޕޯޗުގަލް އާއެކު 2016 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާާރާތް ކާމިޔާބު ކުރެވުނު ކަމަށާއި، އޭނާގެ ނަޒަރުގައި އެއީ ވޯލްޑް ކަޕްއާ އެއްވަރުގެ ކާމިޔާބެއް ނުވަތަ މުބާރާތެއް ކަމަށް. އަދި އެ ކާމިޔާބީ އަބަދު ވެސް ދެމި އޮންނާނެ ކަމަށް ރޮނާލްޑޯ ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ޖުލައި 2026 | އަންގާރަ 04:47
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ.

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ. | ރޮއިޓާސް

ޕޯޗުގަލްގެ ޤައުމީ ޓީމާ އެކު ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކުރެވުނު ކަމަށާއި، އެއީ ފީފާ ވޯލްޑް ކަޕްއާ އެއްވަރުގެ މުބާރާތެއް ކަމަށް އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ. 

ރޮނާލްޑޯ މިހެން ބުނެފައި ވަނީ މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގެ ގަދަ 16 ގައި ސްޕެއިން އަތުން ބަލިވެ، ޕޯޗުގަލް މުބާރާތުން ކެޓި މެޗަށް ފަހު ވާހަކަ ދައްކަމުންނެވެ. ރޮނާލްޑޯ ބުނީ ވޯލްޑް ކަޕް އިން ކެޓުމަކީ ހިތާމަ ކުރާ ކަމެއް ކަމަށާއި، ނަމަވެސް މުބާރާތުގައި ކުރިއަށް ދިޔުމަށް އޭނާ އަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރި ކަމަށެވެ. އަދި މުބާރާތުން ވަކި ވެގެން ދަނީ ސާފު ހިތަކާ އެކު ކަމަށް ރޮނާލްޑޯ ބުންޏެވެ. 

މީގެ އިތުރުން ރޮނާލްޑޯ ބުނީ ކުޅިވަރުގައި ބައެއް ފަހަރު ކާމިޔާބު ލިބޭނެ ކަމަށާއި، އަނެއް ބައި ފަހަރު ނާކާމިޔާބު ވެސް ވާނެ ކަމަށެެވެ. މިފަހަރުގެ ވޯލްޑް ކަޕް އަކީ އޭނާ ފެންނާނެ އެންމެ ފަހު ވޯލްޑް ކަޕް ކަމަށް ރޮނާލްޑޯ ތަކުރާރުކޮށް ބުންޏެވެ. ސްޕެއިން މެޗުގެ ކުރިން ވެސް ރޮނާލްޑޯ އޮތީ އެކަން އިއުލާާން ކޮށްފައި އެވެ. 

އެއާ އެކު ރޮނާލްޑޯ ބުނީ މާދަމާާ ވެސް އޭނާ ހޭލާނީ އެއް އަޒުމުގައި ކަމަށެވެ. އެއީ މިއަދު ވެސް ހޭލި އަޒުމު ކަމަށް ފާހަގަކޮށް ރޮނާލްޑޯ ބުނީ، އޭނާ ޤަބޫލު ކުރާ ގޮތުގައި މެޗުގައި ރަނގަޅު ކުޅުމެއް ދެއްކުނު ކަމަށެވެ. ޕޯޗުގަލްގެ ޓީމުން ވެސް މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ކަމަށް ރޮނާާލްޑޯ ބުންޏެވެ. 

ރޮނާލްޑޯ ބުނީ އޭނާގެ ކުރިން ޕޯޗުގަލްގެ ޤައުމީ ޓީމަށް އެއްވެސް ކާމިޔާބެއް ހޯދިފައި ނެތް ކަމަށާއި، އޭނާ އައި ފަހުން ތިން ތަށި ކާމިޔާބު ކޮށްފައިވާ ކަމަށެވެ. އެހެންކަމުން، އެއީ އޭނާ އަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ރޮނާލްޑޯ ބުންޏެވެ. ރޮނާލްޑޯ ބުނީ ޕޯޗުގަލް އާއެކު 2016 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާާރާތް ކާމިޔާބު ކުރެވުނު ކަމަށާއި، އޭނާގެ ނަޒަރުގައި އެއީ ވޯލްޑް ކަޕްއާ އެއްވަރުގެ ކާމިޔާބެއް ނުވަތަ މުބާރާތެއް ކަމަށެވެ. އަދި އެ ކާމިޔާބީ އަބަދު ވެސް ދެމި އޮންނާނެ ކަމަށް ރޮނާލްޑޯ ބުންޏެވެ. 

ސްޕެއިން މެޗަށް ފަހު ރޮނާލްޑޯ ދެއްކި ވާހަކައިގެ ތެރެއިން.

ރޮނާލްޑޯ އަކީ ޕޯޗުގަލްގެ ޤައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީ، އަދި އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ. މިފަހަރުގެ ވޯލްޑް ކަޕް އަކީ ރޮނާާލްޑޯގެ ކެރިއަރުގައި އޭނާ ކުޅުނު ހަ ވަނަ ވޯލްޑް ކަޕް އެވެ. އަދި ރޮނާލްޑޯ އަކީ ހަ ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އެވެ. ޕޯޗުގަލް އާއެކު ރޮނާލްޑޯ ވަނީ ޔޫރޯގެ އިތުރުން ޔުއެފާ ނޭޝަންސް ލީގު ދެ ފަހަރު ކާމިޔާބު ކޮށްފައި އެވެ.

ފީފާ ވަރލްޑް ކަޕް 2026ޕޯޗުގަލް ގައުމީ ފުޓުބޯޅަ ޓީމުކްރިސްޓިއާނޯ ރޮނާލްޑޯ

އިތުރަށް ކިޔާލަން

07 ޖުލައި 2026

ވޯލްޑް ކަޕްގެ ނާާކާމިޔާބާ އެކު، ޕޯޗުގަލްގެ ކޯޗު މާޓިނޭޒް މަގާމުން ވަކިވެއްޖެ

07 ޖުލައި 2026
ވޯލްޑް ކަޕްގެ ނާާކާމިޔާބާ އެކު، ޕޯޗުގަލްގެ ކޯޗު މާޓިނޭޒް މަގާމުން ވަކިވެއްޖެ
07 ޖުލައި 2026

ބެލްޖިއަމް އިން އެމެރިކާ ކަޓުވާލައިފި

07 ޖުލައި 2026
ބެލްޖިއަމް އިން އެމެރިކާ ކަޓުވާލައިފި
07 ޖުލައި 2026

ޕޯޗުގަލް ކަޓުވާލައި، ސްޕެއިން ކުއާޓާ ފައިނަލް އަށް

07 ޖުލައި 2026
ޕޯޗުގަލް ކަޓުވާލައި، ސްޕެއިން ކުއާޓާ ފައިނަލް އަށް
06 ޖުލައި 2026

ޕޯޗުގަލް އާއި ސްޕެއިން މެޗް - ތަޖުރިބާކާރު ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އުުންމީދީ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލްގެ ކުރިމަތިލުމަކަށް!

06 ޖުލައި 2026
ޕޯޗުގަލް އާއި ސްޕެއިން މެޗް - ތަޖުރިބާކާރު ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އުުންމީދީ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލްގެ ކުރިމަތިލުމަކަށް!
06 ޖުލައި 2026

ބަލޮގަންގެ ސަސްޕެންޝަން ލުއި ކުރީ އެމެރިކާގެ ނުފޫޒުން، ޓްރަމްޕްގެ ޝުކުރު ފީފާ އަށް

06 ޖުލައި 2026
ބަލޮގަންގެ ސަސްޕެންޝަން ލުއި ކުރީ އެމެރިކާގެ ނުފޫޒުން، ޓްރަމްޕްގެ ޝުކުރު ފީފާ އަށް
06 ޖުލައި 2026

މިއީ ފަހު ވޯލްޑް ކަޕް، އެކަމަކު ރިޓަޔާ ކުރަންވީމަ އިނގޭނީ އަހަރެންނަށް، ނޫސްވެރިންނަކަށް ނޫން: ރޮނާލްޑޯ

06 ޖުލައި 2026
މިއީ ފަހު ވޯލްޑް ކަޕް، އެކަމަކު ރިޓަޔާ ކުރަންވީމަ އިނގޭނީ އަހަރެންނަށް، ނޫސްވެރިންނަކަށް ނޫން: ރޮނާލްޑޯ
06 ޖުލައި 2026

ނޭމާ، ބްރެޒިލް ޤައުމީ ޓީމުން ރިޓަޔާ ކޮށްފި

06 ޖުލައި 2026
ނޭމާ، ބްރެޒިލް ޤައުމީ ޓީމުން ރިޓަޔާ ކޮށްފި
06 ޖުލައި 2026

ވޯލްޑް ކަޕްގައި ކެނެޑާގެ ތާރީޚީ ދަތުރަށް ބޮޑު ވަޒީރު ކާނީގެ ތައުރީފު

06 ޖުލައި 2026
ވޯލްޑް ކަޕްގައި ކެނެޑާގެ ތާރީޚީ ދަތުރަށް ބޮޑު ވަޒީރު ކާނީގެ ތައުރީފު
06 ޖުލައި 2026

އެމްބާޕޭ އަކީ ޑިކްޓޭޓަރެއް ނޫން: ޑެޝޯމްޕްސް

06 ޖުލައި 2026
އެމްބާޕޭ އަކީ ޑިކްޓޭޓަރެއް ނޫން: ޑެޝޯމްޕްސް
06 ޖުލައި 2026

ބެލިންހަމް އާއި ކޭންގެ ލަނޑުން މޮޅުވެ، އިންގްލެންޑު ކުއާޓާ ފައިނަލް އަށް

06 ޖުލައި 2026
ބެލިންހަމް އާއި ކޭންގެ ލަނޑުން މޮޅުވެ، އިންގްލެންޑު ކުއާޓާ ފައިނަލް އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް