Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

ބޭރު ފައިސާގެ އެކްސްޗޭންޖް ހާލަތު ގޯސްވުމުގެ މައްސަލައިގައި އެމްއެމްއޭގެ ގަވަރުނަރު މަޖިލީހަށް ހާޒިރުކުރަން އެމްޑީޕީ އިން އެދިއްޖެ

11 އޯގަސްޓު 2026 | އަންގާރަ 13:14

ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު 27 އިންސައްތަ އުފުލި، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 22 ރުފިޔާއަށްވުރެ މައްޗަށް ދިއުމާ ގުޅިގެން އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި. މި މައްސަލައިގައި އެމްއެމްއޭގެ ގަވަރުނަރު މަޖިލީހަށް ހާޒިރުކުރަން އެދިފައިވާއިރު، މިއީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ދިމާވާ ކަމެއްތޯ ސާފުކޮށްދިނުމަށް ވެސް އެ ޕާޓީން ވަނީ ސުވާލު އުފައްދާފައި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 11 އޯގަސްޓު 2026 | އަންގާރަ 13:14
މޯލްޑިވްސް މަނިޓަރީ އޮތޯރިތީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު

މޯލްޑިވްސް މަނިޓަރީ އޮތޯރިތީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު | ސޯޝަލް މީޑިއާ

ރާއްޖޭގެ ބޭރު ފައިސާގެ އެކްސްޗޭންޖް ރޭޓްގެ ހާލަތު ގޯސްވުމުގެ ސަބަބުން މޯލްޑިވްސް މަނިޓަރީ އޮތޯރިތީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު މަޖިލީހަށް ހާޒިރުކޮށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ކިބައިން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އެދިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެޑްރެސްކޮށް، އެމްޑީޕީއިން އެކްސްގައި އަންގާރަ ދުވަހު އާންމުކޮށްފައިވާ ސިޓީއެއްގައި ވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން މިއަދާ ހަމައަށް ޑޮލަރުގެ އަގު 27 އިންސައްތަ އަށް އިތުރުވެފައިވާ ކަމަށެވެ. އަދި ޑޮލަރު ގަތުމަށް އާންމުކޮށް ހަރަދުކުރަން ޖެހޭ ވަރަށް ވުރެ 6680 ރުފިޔާ އިތުރަށް ހަރަދުކުރަން ޖެހިފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

Advertisement - newsAdvertisement

ހަމައެއާއެކު ދިރިއުޅުމުގެ ހަރަދު ބާރުމިނެއްގައި އިތުރުވެގެންދާ ނަމަ، އާއިލާތަކުގެ ހަރަދު ކުރުމުގެ ގާބިލުކަން ދަށްވާ ކަމުގެ ކަންބޮޑުވުން މި ސިޓީގައިވަނީ ފާހަގަކޮށްފަ އެވެ.

ރާއްޖޭގައި ފޮރިން އެކްސްޗޭންޖް ރޭޓެއް ކަނޑައެޅިފައިވީ ނަމަވެސް، ފޮރިން އެކްސްޗޭންޖް މާކެޓެއް ހާމަކަން ބޮޑުކޮށް އޮޕަރޭޓް ކުރަމުންދާ ކަމަށާއި، މި ކަމަކީ އެމްއެމްއޭ އަށް ނޭނގޭ ކަމެއްކަން ގަބޫލުނުކުރާ ކަމަށް އެމްޑީޕީއިން ވަނީ ބުނެފަ އެވެ. އަދި އެމްއެމްއޭއަށް މި ކަމުގެ ފުރިހަމަ މައުލޫމާތު ލިބިފައިވާކަމަކީ ޔަގީން ކަމެއް ކަމުގައި ވެސް މި ސިޓީގައި ވަނީ ހާމަކޮށްފަ އެވެ.

ދިވެހިރާއްޖޭގެ ފައިސާގެ އަގު ހިފެހެއްޓުމާއި ފޮރިން އެކްސްޗޭންޖްގެ އޮނިގަނޑާއި ނިޒާމް ރެގިއުލޭޓްކޮށް މޮނިޓަރ ކުރުމަކީ މަރުކަޒީ ބޭންކުގެ މަސްއޫލިއްޔަތެއް ކަމަށް އެމްޑީޕީ އިން ވަނީ ފާހަގަކޮށްފަ އެވެ.

ހަމައެއާއެކު މި ސިޓީގައި، އެމްއެމްއޭއިން އެކަށީގެންވާ ފިޔަވަޅު އަޅަމުންދާނަމަ ޑޮލަރު މާކެޓް ރޭޓް އުފުލެނީ ކީއްވެގެންތޯ ވަނީ ސުވާލު އުފައްދާފަ އެވެ. އަދި ބޭރު ފައިސާ ވިއްކުމާއި ގަތުން ބެލެހެއްޓެމުންދާ ނަމަ، ރާއްޖޭގައި ފުޅާކޮށް ޑޮލަރުގެ ކަޅު ބާޒާރެއް ހިނގަމުން ދަނީ ކީއްވެގެންތޯ، އަދި މިކަން ހައްލުކުރުމަށްޓަކައި ފިޔަވަޅު އަޅާ އެ ފިޔަވަޅު ފެއިލްވި ނަމަ، އެކަމުގެ ޒިންމާ ނަގާނީ ކާކު ކަމާ މެދު ވެސް ވަނީ ސުވާލު އުފައްދާފައެވެ.

މި ކުރިމަތިވެގެންދާ ޑޮލަރުގެ ތާއްޓަކީ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ވަމުންދާ މައްސަލައެއް ނަމަ އެކަން ހާމަކުރުމަށް އެމްޑީޕީއިން ވަނީ ގޮވާލާފަ އެވެ. އަދި ސަރުކާރުގެ ސިޔާސަތާ މެދު ޖަވާބުދާރީ ވާންޖެހޭނެ ކަމަށާއި މަރުކަޒީ ބޭންކުގެ ޕަރފޯމަންސް އާއި މަސައްކަތަށް، އެ މުއައްސަސާގެ ފަރާތުން ގަވަރުނަރު ޖަވާބުދާރީވުމަށް ވަނީ އެދިފަ އެވެ.

އަދި މި މައްސަލައަކީ ކުއްލިއަކަށް ދިމާވި މައްސަލައެއް ނޫންކަމަށާއި، ޑޮލަރުގެ ދަތިކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ސިއްރުވެފައިވާ ކަމެއް ނޫންކަމަށް ވެސް މި ސިޓީގައި ވަނީ ބަޔާންކޮށްފަ އެވެ.

މި މައްސަލައާ ގުޅޭގޮތުން ފުރިހަމަ މައުލޫމާތު އެއްކޮށް، ހާމަކަންމަތީ ކަމާބެހޭ ފަރާތްތަކަށް ސުވާލުކުރުމަށާއި މާލިއްޔަތު ކޮމިޓީއިން މިކަމުގައި އިސްނަގައި އަވަސް ފިޔަވަޅު އެޅުމަށް އެމްޑީޕީއިން ވަނީ ގޮވާލާފައި އެވެ.

ދިވެހިރާއްޖޭގައި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ 22 ރުފިޔާއަށްވުރެ މައްޗަށް އުފުލިފަ އެވެ. މި ކަމުގެ ސަބަބުން ރައްޔިތުންނަށް ލިބިދޭންޖެހޭ ޒަރޫރީ މުދަލުގެ އަގުތައް ވަނީ ހަ އިންސައްތަ މަތިވެފަ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަހުމަދު މުނައްވަރުއެމްޑީޕީ

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

11 އޯގަސްޓު 2026

އެމްޑީޕީ ސަރުކާރުން ހަވާލުކުރި 16 މަޝްރޫއެއް ހުއްޓުވުމުގެ ސަބަބުން 60 މިލިއަން ރުފިޔާގެ ގެއްލުންވި ކަމަށް ގީލާ ވިދާޅުވުމުން، އެމްޑީޕީގެ ރައްދު ސަރުކާރަށް

11 އޯގަސްޓު 2026
އެމްޑީޕީ ސަރުކާރުން ހަވާލުކުރި 16 މަޝްރޫއެއް ހުއްޓުވުމުގެ ސަބަބުން 60 މިލިއަން ރުފިޔާގެ ގެއްލުންވި ކަމަށް ގީލާ ވިދާޅުވުމުން، އެމްޑީޕީގެ ރައްދު ސަރުކާރަށް
11 އޯގަސްޓު 2026

އެމްއެމްއޭ އިން ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު އިތުރުކޮށްފި

11 އޯގަސްޓު 2026
އެމްއެމްއޭ އިން ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު އިތުރުކޮށްފި
09 އޯގަސްޓު 2026

ހިރިމަރަދޫ ރައްޔިތުންގެ އަސާސީ ހައްގުތައް ގެއްލެމުންދާތީ އެމްޑީޕީ އިން އެކަން އެޗްއާރްސީއެމްގެ ސަމާލުކަމަށް ގެނެސްފި

09 އޯގަސްޓު 2026
ހިރިމަރަދޫ ރައްޔިތުންގެ އަސާސީ ހައްގުތައް ގެއްލެމުންދާތީ އެމްޑީޕީ އިން އެކަން އެޗްއާރްސީއެމްގެ ސަމާލުކަމަށް ގެނެސްފި
09 އޯގަސްޓު 2026

މުޒާހަރާ ކުރިއަށްދާނީ މަޖީދީ މަގުން، އިތުރު އެހެން މަގެއް ނެތް: އަމީން ފައިސަލް

09 އޯގަސްޓު 2026
މުޒާހަރާ ކުރިއަށްދާނީ މަޖީދީ މަގުން، އިތުރު އެހެން މަގެއް ނެތް: އަމީން ފައިސަލް
08 އޯގަސްޓު 2026

މިއަދު ޑޮލަރުގެ އަގު ހުރި ހިސާބު ޚުދު ރައީސް މުއިއްޒަށް ވެސް އެނގިވަޑައިނުގަންނަވާ: ކުރީގެ މެންބަރު ޝިފާއު

08 އޯގަސްޓު 2026
މިއަދު ޑޮލަރުގެ އަގު ހުރި ހިސާބު ޚުދު ރައީސް މުއިއްޒަށް ވެސް އެނގިވަޑައިނުގަންނަވާ: ކުރީގެ މެންބަރު ޝިފާއު
06 އޯގަސްޓު 2026

އެމްޑީޕީ ކޮންގްރެސްގެ ތެރެއިން އެޕާޓީގެ އަސާސީ ޤަވާއިދަށާއި ޕާޓީގެ ސިޔާސަތުތަކަށް އިސްލާހުތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

06 އޯގަސްޓު 2026
އެމްޑީޕީ ކޮންގްރެސްގެ ތެރެއިން އެޕާޓީގެ އަސާސީ ޤަވާއިދަށާއި ޕާޓީގެ ސިޔާސަތުތަކަށް އިސްލާހުތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
06 އޯގަސްޓު 2026

ސައީދުގެ "މޮޅު ޓިކްޓޮކް". ބޮޑު ފްލޮޕަކަށް

06 އޯގަސްޓު 2026
ސައީދުގެ "މޮޅު ޓިކްޓޮކް". ބޮޑު ފްލޮޕަކަށް
05 އޯގަސްޓު 2026

ކައުންސިލްތަކުގެ ބާރު ކަނޑުވާލާއިރު، ޕީއެންސީ ކައުންސިލަރުން ވެސް އެމްޑީޕީއާއެކު އިހުތިޖާޖަށް ނުކުންނާނެ ކަމަށް އުންމީދުކުރަން: ނަޝީދު

05 އޯގަސްޓު 2026
ކައުންސިލްތަކުގެ ބާރު ކަނޑުވާލާއިރު، ޕީއެންސީ ކައުންސިލަރުން ވެސް އެމްޑީޕީއާއެކު އިހުތިޖާޖަށް ނުކުންނާނެ ކަމަށް އުންމީދުކުރަން: ނަޝީދު
05 އޯގަސްޓު 2026

އޮގަސްޓް 13 ވަނަ ދުވަހު އެމްޑީޕީން މުޒާހަރާއަށް ނުކުންނަނީ ހަގީގަތުގައި ވެސް ދަތިވެގެން: ރާއީ

05 އޯގަސްޓު 2026
އޮގަސްޓް 13 ވަނަ ދުވަހު އެމްޑީޕީން މުޒާހަރާއަށް ނުކުންނަނީ ހަގީގަތުގައި ވެސް ދަތިވެގެން: ރާއީ
05 އޯގަސްޓު 2026

އެމްޑީޕީގެ މުޒާހަރާ އޮގަސްޓް 13 ވަނަ ދުވަހުގެ ރެޔަށް ބަދަލުކޮށްފި

05 އޯގަސްޓު 2026
އެމްޑީޕީގެ މުޒާހަރާ އޮގަސްޓް 13 ވަނަ ދުވަހުގެ ރެޔަށް ބަދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް