Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީއެންސީ

ކައުންސިލްތަކުގެ ބާރު ކަނޑުވާލާއިރު، ޕީއެންސީ ކައުންސިލަރުން ވެސް އެމްޑީޕީއާއެކު އިހުތިޖާޖަށް ނުކުންނާނެ ކަމަށް އުންމީދުކުރަން: ނަޝީދު

5 އޯގަސްޓު 2026 | ބުދަ 12:50

ލާމަރުކަޒީ ނިޒާމުގެ ބާރުތައް ކަނޑާލުމާ ދެކޮޅަށް ސަރުކާރު ހިންގާ ޕީއެންސީގެ ކައުންސިލަރުން ވެސް އެމްޑީޕީއާ ގުޅިގެން އިހުތިޖާޖު ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވި. މަޖިލިސް މެންބަރުންގެ ބާރުތައް އުނިކޮށް ރައީސަށް ހުރިހާ ބާރެއް ދިނުމުން މިއަދު އެ މެންބަރުން ހިތާމަކުރާ ފަދައިން، ކައުންސިލަރުންނަށް ވެސް އެ ދުވަސް އަތުވެދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 5 އޯގަސްޓު 2026 | ބުދަ 12:50
ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދާއި ޕާޓީގެ އިސްވެރިން "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި

ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދާއި ޕާޓީގެ އިސްވެރިން "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި | އެމްޑީޕީ

ކައުންސިލްތަކުގެ ބާރު ކަނޑުވާލާއިރު، ޕީއެންސީގެ ކައުންސިލަރުން ވެސް އެމްޑީޕީއާ ގުޅިގެން އިހުތިޖާޖު ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަޕަރސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތައް ކަނޑާލުމަށް މަސައްކަތް ކުރާއިރު، ސަރުކާރު ހިންގާ ޕީއެންސީގެ ކައުންސިލަރުން ވެސް އެމްޑީޕީއާ އެކު އިހުތިޖާޖު ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރުން ތިއްބެވީ އެ ބޭފުޅުންގެ އަމިއްލަ ބާރުތައް އުނިކޮށް، ހުރިހާ ބާރެއް ރައީސް މުއިއްޒުގެ އަތްޕުޅަށް ދެއްވައިގެންކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެކަމުގެ ހިތާމަ މިއަދު އެ މެންބަރުން ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވި އެވެ. 

ޕީއެންސީ މަޖިލިސް މެންބަރުން އެ ތިއްބެވީ އެ ބޭފުޅުން އަމިއްލަ ފުޅަށް އެބޭފުޅުންގެ ބާރުތައް އުނިކޮށް ރައީސް ޑރ.މުއިއްޒުގެ އަތްޕުޅަށް ހުރިހާ ބާރެއް ދެއްވައިގެން. އެ ހިތާމަ މިއަދު މެންބަރުން ކުރޭ
މުހައްމަދު ނަޝީދު 

މީގެ އިތުރުން ނަޝީދު ވިދާޅުވީ މިފަހަރު މި ދަތުރު މި ޖެހެނީ ޕީއެންސީގެ ކައުންސިލަރުންނަށް ކަމަށެވެ.

ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ދީފައިވާ ބާރުތައް ހަނިކުރަމުންދާ ދިއުމާ ދެކޮޅަށް، ސިޔާސީ ފިކުރު އެއްކިބާކޮށް ޕީއެންސީގެ ކައުންސިލަރުން ނުކުތުމަށް ނަޝީދު ގޮވާލެއްވިއިރު، 13 އޯގަސްޓް 2026 ގައި އެމްޑީޕީން ވަނީ ދަތިވެއްޖެ ނަމުގައި ބޮޑު މުޒާހަރާއެއް މާލޭގައި ކުރުމަށް ނިންމާފަ އެވެ. 

ރައީސް މުއިއްޒުގެ ސަރުކާރުގައި ހުރިހާ ކަމެއްގައި ދަތިކުރަމުންދާ ކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ. އަދި ލާމަރުކަޒީ ނިޒާމަށް ބޮޑެތި ބަދަލުތައް ގެނެސް ކައުންސިލަރުންގެ ބާރު ހަނި ކުރުމަށް ވެސް މަސައްކަތް ކުރާ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. މިހާރު ވެސް ލާމަރުކަޒީ ގާނޫނަށް ބޮޑެތި ބަދަލުތައް ގެނެސްފައިވާއިރު، އަތޮޅު ކައުންސިލްތައް ވަނީ އުވާލާފަ އެވެ.  އަދި ކައުންސިލްގެ ފަހު ދައުރު މަސައްކަތް ނުކުރެވޭ ގޮތް ވެސް ވަނީ ހަދާފަ އެވެ. 

އެމްޑީޕީޕީއެންސީލާމަރުކަޒީ ނިޒާމުމުހައްމަދު ނަޝީދު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

05 އޯގަސްޓު 2026

އޮގަސްޓް 13 ވަނަ ދުވަހު އެމްޑީޕީން މުޒާހަރާއަށް ނުކުންނަނީ ހަގީގަތުގައި ވެސް ދަތިވެގެން: ރާއީ

05 އޯގަސްޓު 2026
އޮގަސްޓް 13 ވަނަ ދުވަހު އެމްޑީޕީން މުޒާހަރާއަށް ނުކުންނަނީ ހަގީގަތުގައި ވެސް ދަތިވެގެން: ރާއީ
05 އޯގަސްޓު 2026

އެމްޑީޕީގެ މުޒާހަރާ އޮގަސްޓް 13 ވަނަ ދުވަހުގެ ރެޔަށް ބަދަލުކޮށްފި

05 އޯގަސްޓު 2026
އެމްޑީޕީގެ މުޒާހަރާ އޮގަސްޓް 13 ވަނަ ދުވަހުގެ ރެޔަށް ބަދަލުކޮށްފި
04 އޯގަސްޓު 2026

ދައުލަތުގެ މީޑިއާގެ "ނޭޝަން ޗެޓުގައި" ޕީއެންސީގެ މުސްތަޤުބަލާއި ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވާހަކަ!

04 އޯގަސްޓު 2026
ދައުލަތުގެ މީޑިއާގެ "ނޭޝަން ޗެޓުގައި" ޕީއެންސީގެ މުސްތަޤުބަލާއި ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވާހަކަ!
01 އޯގަސްޓު 2026

މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް!

01 އޯގަސްޓު 2026
މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް!
31 ޖުލައި 2026

އޭޕްރީލް މަހު އޮތް އިންތިޚާބުތަކުގައި ވޯޓަކަށް 3،000 އާއި 10،000ރ. އާ ދެމެދުގެ ރިޝްވަތު ހުށަހެޅި، ޕީއެސްއެމް ވަކިފަރާތަކަށް ޖެހި، ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރި: ޓްރާންސްޕޭރަންސީ

30 ޖުލައި 2026

އެމްޑީޕީ މެންބަރުންގެ 50ށް ވުރެ ގިނަ ސުވާލުގެ ނޯޓިސް މިނިސްޓަރު މުއްތަލިބަށް

30 ޖުލައި 2026
އެމްޑީޕީ މެންބަރުންގެ 50ށް ވުރެ ގިނަ ސުވާލުގެ ނޯޓިސް މިނިސްޓަރު މުއްތަލިބަށް
30 ޖުލައި 2026

ރާއްޖޭގެ ރީތި ރަށްތައް ގޮނޑުތަކަކަށް ހެއްދުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ނަޝީދު

30 ޖުލައި 2026
ރާއްޖޭގެ ރީތި ރަށްތައް ގޮނޑުތަކަކަށް ހެއްދުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ނަޝީދު
30 ޖުލައި 2026

އެމްޑީޕީއަކީ އިސްރާއީލަށް ތާއީދުކުރާނެ ޕާޓީއެއް ނޫން، އަބަދުވެސް ތެދުވެ ތިބޭނީ މިނިވަންކަމަށްޓަކައި މަސައްކަތް ކުރަމުންދާ ފަލަސްތީނުގެ ރައްޔިތުންނާއެކު: ނަޝީދު

30 ޖުލައި 2026
އެމްޑީޕީއަކީ އިސްރާއީލަށް ތާއީދުކުރާނެ ޕާޓީއެއް ނޫން، އަބަދުވެސް ތެދުވެ ތިބޭނީ މިނިވަންކަމަށްޓަކައި މަސައްކަތް ކުރަމުންދާ ފަލަސްތީނުގެ ރައްޔިތުންނާއެކު: ނަޝީދު
29 ޖުލައި 2026

މިސަރުކާރު 2028 އާ ހަމައަށް ދެމިއޮވެވިދާނެތޯ ސުވާލު އުފެދޭ، އެއީ މިހާރު ރައްޔިތުން ތިބީ ފާލުން ނެއްޓި މަގުމައްޗަށް ނުކުންނަ ހިސާބުގައި: ނަޝީދު

29 ޖުލައި 2026
މިސަރުކާރު 2028 އާ ހަމައަށް ދެމިއޮވެވިދާނެތޯ ސުވާލު އުފެދޭ، އެއީ މިހާރު ރައްޔިތުން ތިބީ ފާލުން ނެއްޓި މަގުމައްޗަށް ނުކުންނަ ހިސާބުގައި: ނަޝީދު
29 ޖުލައި 2026

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

29 ޖުލައި 2026
މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް