Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

މުޒާހަރާ ކުރިއަށްދާނީ މަޖީދީ މަގުން، އިތުރު އެހެން މަގެއް ނެތް: އަމީން ފައިސަލް

9 އޯގަސްޓު 2026 | އާދީއްތަ 06:36

ތަކެތީގެ އަގު ބޮޑުވުމާ ގުޅިގެން މި މަހުގެ 13 ގައި އެމްޑީޕީން ބާއްވާ މުޒާހަރާ މަޖީދީ މަގުގައި ކުރިއަށް ގެންދިއުމަށް ފުލުހުންނާއެކު މަޝްވަރާކޮށްފި. މިއީ ސުލްހަވެރިކަމާއެކު އަޑުއުފުލުމަށް ބާއްވާ ހަރަކާތެއް ކަމަށާއި މިކަމަށް ފުލުހުންގެ ހުއްދަ ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް އެ ޕާޓީން ބުނޭ

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 9 އޯގަސްޓު 2026 | އާދީއްތަ 06:36
ފުލުހުންނާއެކު ބޭއްވި ބައްދަލުވުމަށްފަހު، އެމްޑީޕީގެ ފަރާތުން މީޑިއާތަކާ ބައްދަލުކުރަނީ

ފުލުހުންނާއެކު ބޭއްވި ބައްދަލުވުމަށްފަހު، އެމްޑީޕީގެ ފަރާތުން މީޑިއާތަކާ ބައްދަލުކުރަނީ | ރާއްޖެ އެމްވީ

އެމްޑީޕީން މިމަހުގެ 13 ވަނަ ދުވަހު ބާއްވާ 'ދަތިވެއްޖެ' މުޒާހަރާ ކުރިއަށް ދާނީ މަޖީދީ މަގުން ކަމަށާއި އިތުރު އެހެން މަގަކުން ނޫންކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީން ބާއްވާ މި މުޒާހަރާއާ ގުޅިގެން އެ ޕާޓީން ފުލުހުންނާއި ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި އެމްޑީޕީ ފުރަތަމަ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އަމީން ވިދާޅުވީ އެމްޑީޕީން ބާއްވަން ހަަމަޖެހިފައިވާ މުޒާހަރާއާ ކުރިއަށް ގެންދާނެ މަގަކާއި ގުޅޭ ގޮތުން ފުލުހުންނާއި މަޝްވަރާކުރައްވާ، މަޖީދީ މަގުން މުޒާހަރާ ކުރިއަށްގެންދާ ގޮތަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

އަދި ފުލުހުން ބުނެފައިވަނީ ވެރިންނާއި މަޝްވަރާކުރުމަށް ފަހު ޖަވާބެއް ދޭނެ ކަމަށާއި މިފަހަރު ހުއްދަ ލިބޭނެ ކަމަށް ބެލެވޭ ކަމަށް އަމީން ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ ވާހަކައަކީ އިތުރު އެހެން މަގެއް ނެތޭ، އަޅުގަނޑުމެން ހަމަ ދާނީ މަޖީދީ މަގުންނޭ އެއީ އަޅުގަނޑުމެންގެ ގާނޫނު އަޅުގަނޑުމެންނަށް ދީފައިވާ ހުއްދައެއްގެ ދަށުން އަޅުގަނޑުމެން އެ އިހުތިޖާޖު ކުރެވޭނެ ކަމަށް ގަބޫލު ކުރެވޭތީ، ހަމަ ސުލްހަވެރިކަމާ އެކީގައި ޝުއޫރު ފާޅުކުރުން މީގައި އޮންނާނީ 
އަމީން ފައިސަލް

މީގެއިތުރުން މިއީ ހިނގާލުމެއް ނޫން ކަމަށް ކަމަށާއި މިއީ މާލޭގެ މަގުތަކުގައި އަޑު އުފުލާނެ މުޒާހަރާއެއް ކަމަށް އަމީން ވިދާޅުވި އެވެ. 

ތަކެތީގެ އަގު އުފުލުމާއި ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކާއި ގުޅިގެން އަޑު އުފުލުމަށް އެމްޑީޕީގެ 'ދަތިވެއްޖެ' މުޒާހަރާ ކުރަނީ މިމަހު 13 ވަނަ ދުވަހުގެ ރޭ 8:30 ގައެވެ. 

އެމްޑީޕީއަމީން ފައިސަލްދަތިވެއްޖެ-އެމްޑީޕީ މުޒާހަރާ

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

08 އޯގަސްޓު 2026

މިއަދު ޑޮލަރުގެ އަގު ހުރި ހިސާބު ޚުދު ރައީސް މުއިއްޒަށް ވެސް އެނގިވަޑައިނުގަންނަވާ: ކުރީގެ މެންބަރު ޝިފާއު

08 އޯގަސްޓު 2026
މިއަދު ޑޮލަރުގެ އަގު ހުރި ހިސާބު ޚުދު ރައީސް މުއިއްޒަށް ވެސް އެނގިވަޑައިނުގަންނަވާ: ކުރީގެ މެންބަރު ޝިފާއު
06 އޯގަސްޓު 2026

އެމްޑީޕީ ކޮންގްރެސްގެ ތެރެއިން އެޕާޓީގެ އަސާސީ ޤަވާއިދަށާއި ޕާޓީގެ ސިޔާސަތުތަކަށް އިސްލާހުތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

06 އޯގަސްޓު 2026
އެމްޑީޕީ ކޮންގްރެސްގެ ތެރެއިން އެޕާޓީގެ އަސާސީ ޤަވާއިދަށާއި ޕާޓީގެ ސިޔާސަތުތަކަށް އިސްލާހުތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
06 އޯގަސްޓު 2026

ސައީދުގެ "މޮޅު ޓިކްޓޮކް". ބޮޑު ފްލޮޕަކަށް

06 އޯގަސްޓު 2026
ސައީދުގެ "މޮޅު ޓިކްޓޮކް". ބޮޑު ފްލޮޕަކަށް
05 އޯގަސްޓު 2026

ކައުންސިލްތަކުގެ ބާރު ކަނޑުވާލާއިރު، ޕީއެންސީ ކައުންސިލަރުން ވެސް އެމްޑީޕީއާއެކު އިހުތިޖާޖަށް ނުކުންނާނެ ކަމަށް އުންމީދުކުރަން: ނަޝީދު

05 އޯގަސްޓު 2026
ކައުންސިލްތަކުގެ ބާރު ކަނޑުވާލާއިރު، ޕީއެންސީ ކައުންސިލަރުން ވެސް އެމްޑީޕީއާއެކު އިހުތިޖާޖަށް ނުކުންނާނެ ކަމަށް އުންމީދުކުރަން: ނަޝީދު
05 އޯގަސްޓު 2026

އޮގަސްޓް 13 ވަނަ ދުވަހު އެމްޑީޕީން މުޒާހަރާއަށް ނުކުންނަނީ ހަގީގަތުގައި ވެސް ދަތިވެގެން: ރާއީ

05 އޯގަސްޓު 2026
އޮގަސްޓް 13 ވަނަ ދުވަހު އެމްޑީޕީން މުޒާހަރާއަށް ނުކުންނަނީ ހަގީގަތުގައި ވެސް ދަތިވެގެން: ރާއީ
05 އޯގަސްޓު 2026

އެމްޑީޕީގެ މުޒާހަރާ އޮގަސްޓް 13 ވަނަ ދުވަހުގެ ރެޔަށް ބަދަލުކޮށްފި

05 އޯގަސްޓު 2026
އެމްޑީޕީގެ މުޒާހަރާ އޮގަސްޓް 13 ވަނަ ދުވަހުގެ ރެޔަށް ބަދަލުކޮށްފި
01 އޯގަސްޓު 2026

މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް!

01 އޯގަސްޓު 2026
މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް!
31 ޖުލައި 2026

އޭޕްރީލް މަހު އޮތް އިންތިޚާބުތަކުގައި ވޯޓަކަށް 3،000 އާއި 10،000ރ. އާ ދެމެދުގެ ރިޝްވަތު ހުށަހެޅި، ޕީއެސްއެމް ވަކިފަރާތަކަށް ޖެހި، ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރި: ޓްރާންސްޕޭރަންސީ

30 ޖުލައި 2026

އެމްޑީޕީ މެންބަރުންގެ 50ށް ވުރެ ގިނަ ސުވާލުގެ ނޯޓިސް މިނިސްޓަރު މުއްތަލިބަށް

30 ޖުލައި 2026
އެމްޑީޕީ މެންބަރުންގެ 50ށް ވުރެ ގިނަ ސުވާލުގެ ނޯޓިސް މިނިސްޓަރު މުއްތަލިބަށް
30 ޖުލައި 2026

އެމްޑީޕީއަކީ އިސްރާއީލަށް ތާއީދުކުރާނެ ޕާޓީއެއް ނޫން، އަބަދުވެސް ތެދުވެ ތިބޭނީ މިނިވަންކަމަށްޓަކައި މަސައްކަތް ކުރަމުންދާ ފަލަސްތީނުގެ ރައްޔިތުންނާއެކު: ނަޝީދު

30 ޖުލައި 2026
އެމްޑީޕީއަކީ އިސްރާއީލަށް ތާއީދުކުރާނެ ޕާޓީއެއް ނޫން، އަބަދުވެސް ތެދުވެ ތިބޭނީ މިނިވަންކަމަށްޓަކައި މަސައްކަތް ކުރަމުންދާ ފަލަސްތީނުގެ ރައްޔިތުންނާއެކު: ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް