Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑޮލަރުގެ އަގު

މިއަދު ޑޮލަރުގެ އަގު ހުރި ހިސާބު ޚުދު ރައީސް މުއިއްޒަށް ވެސް އެނގިވަޑައިނުގަންނަވާ: ކުރީގެ މެންބަރު ޝިފާއު

8 އޯގަސްޓު 2026 | ހޮނިހިރު 14:48

ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސްވެ ތަކެތީގެ އަގު އުފުލެމުންދާތީ، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔުމަށް އެމްޑީޕީން "ދަތިވެއްޖެ" ނަމުގައި މުޒާހަރާއެއް ބޭއްވުމަށް ވަނީ ނިންމައިފައި. މި މަހުގެ 13 ވަނަ ދުވަހު ބާއްވާ މި ހަރަކާތަކީ ރައްޔިތުންގެ އަސާސީ ހައްގުތަކާއި މާލީ ދަތިތަކާ ގުޅޭގޮތުން އަޑުއުފުލުމަށް ބާއްވާ އެއްވުމެއް ކަމަށް އެ ޕާޓީން ބުނޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 8 އޯގަސްޓު 2026 | ހޮނިހިރު 14:48
"ދަތިވެއްޖެ" ޕިކަޕް ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝިފާއު ވާހަކަދައްކަވަނީ

"ދަތިވެއްޖެ" ޕިކަޕް ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝިފާއު ވާހަކަދައްކަވަނީ | ރާއްޖެއެމްވީ

މައްޗަށް ނުދާނެ ކަމަށް މި ސަރުކާރުން ތަކުރާރުކޮށް ބުނަމުންދާ ޑޮލަރުގެ އަގު ހުރި ހިސާބު ޚުދު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް އެނގިވަޑައި ނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ. 

ހޮނިހިރު ދުވަހު އެމްޑީޕީ އިން ބޭއްވި "ދަތިވެއްޖެ" ޕިކަޕް ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާއު ވިދާޅުވީ ރައީސް މުއިއްޒާއި އެމަނިކުފާނުގެ ސަރުކާރުން ދިވެހި މާލިއްޔަތު، ބޭނުން ގޮތަކަށް ބޭނުން މިންވަރަކަށް ލޫޓުވަމުން ދާއިރު ދިވެހި ރައްޔިތުން ތިބީ ވަރަށް ހާލުގައި ކަމަށެވެ. ޝިފާއު ވިދާޅުވީ ރައީސްއާ އެމަނިކުފާނަށް ރާއްޖޭގެ މާލިއްޔަތު މެނޭޖްކުރަން ވެސް އަދި އިގްތިސާދު މެނޭޖް ކުރަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށާއި މިއަދު ފެންނަނީ އެ މަންޒަރު ކަމަށެވެ. 

Advertisement - newsAdvertisement

ޝިފާއު ވިދާޅުވީ މިއަދު ދިވެހީން އަމަލު ކުރަމުން މިދާ ގާނޫނު އަސާސީ ދިވެހި ރައްޔިތުން ހޯދީ ވަރަށް ބޮޑެތި އުއްމީދުތަކަކާއެކުގައި ކަމަށެވެ. އޭރު ދިވެހި ރައްޔިތުންނަށް ލިބިފަހުރި ބައިވަރު ހައްގުތާއި އެތައް ބައިވަރު ކުރިއެރުންތަކެއް ހޯދުމަށްޓަކައި އަދި ރައްޔިތުންގެ ވެރިކަމުގެ ނިޒާމަކަަށް ބަދަލުކޮށްގެން ހޯދި ގާނޫނު އަސާސީ އިން ކަށަވަރު ކޮށްދޭ ހައްގުތައް ދިވެހީން ހިމާޔަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ތަކެތީގެ އަގު މިއަދު ހުރީ އަތްފޯރާ ވަރަށް ވުރެ މާ މަތީގައި ކަން ފާހަގަ ކުރައްވާ ޝިފާއު ވިދާޅުވީ ޑޮލަރުގެ އަގު ހުރި ހިސާބު ޚުދު ރައީސް އަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. 

ޒުވާނުން ބިޑިއަށް ތިރިިކުރި ގޮތަކަށް ރައްޔިތުން މި ދަނީ ލޯ ނާށިގަނޑަށް ތިރި ކުރަމުން. މިއަދު ރައްޔިތުންނަށް އޮތީ، ނުފުދޭތީ، ލިބޭ އެއްޗަކުން އަނގަޔާއި އަތާ ދިމާ ނުވާތީ ނާށިގަނޑު ހިފައިގެން ސަލާމް ޖަހަން ނުކުތުން. ޑރ. މުއިއްޒު ދިވެހި ރައްޔިތުން މި ގެންދަނީ ޚުދުމުޚުތާރު، ނުބައި ނުލަފާ ވެރިއެއްގެ އަޅުވެތި ކުރުމުގެ ނިޒާމަށް. ރައްޔިތުންގެ އެންމެ އަސާސީ ކަންކަން ވެސް ލިބޭ އެއްޗަކުން ނުފުދި، ސިޔާސީ މީހުންގެ ކައިރިން ސަލާމް ޖަހަން މަޖުބޫރު ކުރުވައި އުސޫލުން މިއަދު ރައްޔިތުން ބައްޓަން ކުރަން ޑރ. މުއިއްޒު ބޭނުންފުޅު ވަނީ
މުހައްމަދު ޝިފާއު

ޝިފާއު ވިދާޅުވީ ތާރީޚުން ފެންނަ ގޮތުގައި ދިވެހިންނަކީ އަމިއްލަ ހައްގުތަށް ހޯދުމަށް ނުކުތުމަށް ހިތްވަރު ހުރި ބައެއްކަން އަބަދުވެސް ހާމަވެފައިވާ ކަމަށެވެ. ދިވެހީންގެ ހައްގުތައް ގެއްލި، ބަނޑުހައިހޫނުކަމުގައި ތިބެން ޖެހުނީމާ ގެތަކުގައި ނުތިބޭނެ ކަން ފާހަގަ ކުރައްވާ ޝިފާއު ވިދާޅުވީ އޮގަސްޓް 13 ވަނަ ދުވަހު މަގުތަކަށް ދިވެހީން ނުކުންނަނީ ހައްގުތައް ގެއްލިގެން ކަމަށެވެ. 

ތަކެތީގެ އަގު އުފުލުމާއި ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކާއި ގުޅިގެން އަޑު އުފުލުމަށް "ދަތިވެއްޖެ" ނަމުގައި އެމްޑީޕީ އިން ކުރަން ނިންމާފައިވާ މުޒާހަރާ އޮންނާނީ 13 އޮގަސްޓް ވާ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ކަމަށް އެ ޕާޓީން ބުނެ އެވެ. އަދި މި މުޒާހަރާ ފެށުމަށް ހަމަޖެހިފައި ވަނީ ސޯޝަލް ސެންޓަރު ކުރިމަތިން މަޖީދީ މަގުންނެވެ. 

ޑރ. މުހައްމަދު މުއިއްޒުމުހައްމަދު ޝިފާއުއެމްޑީޕީ

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

08 އޯގަސްޓު 2026

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

08 އޯގަސްޓު 2026
ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟
06 އޯގަސްޓު 2026

ރައީސް ޔާމީނުގެ ވެރިކަމުގައި ގިނަ ރޭރޭ ހޭދަކުރީ ތާސްކުޅުމުގައި، އޭރުގައި ދައުލަތް ހިންގީ ހައުސިންގ މިނިސްޓްރީ ތެރެއިން: މެންބަރު ޝުޖާއު

06 އޯގަސްޓު 2026
ރައީސް ޔާމީނުގެ ވެރިކަމުގައި ގިނަ ރޭރޭ ހޭދަކުރީ ތާސްކުޅުމުގައި، އޭރުގައި ދައުލަތް ހިންގީ ހައުސިންގ މިނިސްޓްރީ ތެރެއިން: މެންބަރު ޝުޖާއު
06 އޯގަސްޓު 2026

ފޯޅަވަހީގެ މައްސަލަ ބައިނަލް އަގުވާމީ ކޯޓަށް ވެއްދޭނެ ތާރީޚެއް ނޭނގޭ: ބަންޑާރަނައިބުގެ އޮފީސް

06 އޯގަސްޓު 2026
ފޯޅަވަހީގެ މައްސަލަ ބައިނަލް އަގުވާމީ ކޯޓަށް ވެއްދޭނެ ތާރީޚެއް ނޭނގޭ: ބަންޑާރަނައިބުގެ އޮފީސް
06 އޯގަސްޓު 2026

އެމްޑީޕީ ކޮންގްރެސްގެ ތެރެއިން އެޕާޓީގެ އަސާސީ ޤަވާއިދަށާއި ޕާޓީގެ ސިޔާސަތުތަކަށް އިސްލާހުތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

06 އޯގަސްޓު 2026
އެމްޑީޕީ ކޮންގްރެސްގެ ތެރެއިން އެޕާޓީގެ އަސާސީ ޤަވާއިދަށާއި ޕާޓީގެ ސިޔާސަތުތަކަށް އިސްލާހުތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
06 އޯގަސްޓު 2026

ސައީދުގެ "މޮޅު ޓިކްޓޮކް". ބޮޑު ފްލޮޕަކަށް

06 އޯގަސްޓު 2026
ސައީދުގެ "މޮޅު ޓިކްޓޮކް". ބޮޑު ފްލޮޕަކަށް
06 އޯގަސްޓު 2026

އަޅުގަނޑު ކަހަލަ ވެރިން މުޅި ދުނިޔޭގައިވެސް ވަރަށް މަދުވާނެކަމަށް ބޭރުގެ ވަރަށް ގިނަ ފަރާތްތަކުން އަޅުގަނޑު ގާތު ބުނޭ: ރައީސް މުއިއްޒު

06 އޯގަސްޓު 2026
އަޅުގަނޑު ކަހަލަ ވެރިން މުޅި ދުނިޔޭގައިވެސް ވަރަށް މަދުވާނެކަމަށް ބޭރުގެ ވަރަށް ގިނަ ފަރާތްތަކުން އަޅުގަނޑު ގާތު ބުނޭ: ރައީސް މުއިއްޒު
06 އޯގަސްޓު 2026

ރަސްމީ ދަތުރުގެ ތެރެއިން ޕީއެންސީގެ ޖަގަހަ ޖަލްސާ ބޭއްވީ އެއްދޮނުގައި ދެބުޅި ޖަހަން، އެ ޚަރަދު ކުރާނީ ޕާޓީން: ރައީސް މުއިއްޒު

06 އޯގަސްޓު 2026
ރަސްމީ ދަތުރުގެ ތެރެއިން ޕީއެންސީގެ ޖަގަހަ ޖަލްސާ ބޭއްވީ އެއްދޮނުގައި ދެބުޅި ޖަހަން، އެ ޚަރަދު ކުރާނީ ޕާޓީން: ރައީސް މުއިއްޒު
05 އޯގަސްޓު 2026

އުކުޅަހުގެ އިސްވެރިންނާ ރައީސް މުއިއްޒު ބައްދަލު ކުރައްވައިފި

05 އޯގަސްޓު 2026
އުކުޅަހުގެ އިސްވެރިންނާ ރައީސް މުއިއްޒު ބައްދަލު ކުރައްވައިފި
05 އޯގަސްޓު 2026

ކައުންސިލްތަކުގެ ބާރު ކަނޑުވާލާއިރު، ޕީއެންސީ ކައުންސިލަރުން ވެސް އެމްޑީޕީއާއެކު އިހުތިޖާޖަށް ނުކުންނާނެ ކަމަށް އުންމީދުކުރަން: ނަޝީދު

05 އޯގަސްޓު 2026
ކައުންސިލްތަކުގެ ބާރު ކަނޑުވާލާއިރު، ޕީއެންސީ ކައުންސިލަރުން ވެސް އެމްޑީޕީއާއެކު އިހުތިޖާޖަށް ނުކުންނާނެ ކަމަށް އުންމީދުކުރަން: ނަޝީދު
05 އޯގަސްޓު 2026

އޮގަސްޓް 13 ވަނަ ދުވަހު އެމްޑީޕީން މުޒާހަރާއަށް ނުކުންނަނީ ހަގީގަތުގައި ވެސް ދަތިވެގެން: ރާއީ

05 އޯގަސްޓު 2026
އޮގަސްޓް 13 ވަނަ ދުވަހު އެމްޑީޕީން މުޒާހަރާއަށް ނުކުންނަނީ ހަގީގަތުގައި ވެސް ދަތިވެގެން: ރާއީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް