Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހދ. ހިރިމަރަދޫ

ހިރިމަރަދޫ ރައްޔިތުންގެ އަސާސީ ހައްގުތައް ގެއްލެމުންދާތީ އެމްޑީޕީ އިން އެކަން އެޗްއާރްސީއެމްގެ ސަމާލުކަމަށް ގެނެސްފި

9 އޯގަސްޓު 2026 | އާދީއްތަ 13:23

ހދ. ހިރިމަރަދޫ ކައުންސިލް އުވާލުމާ ގުޅިގެން އެ ރަށު ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ހޯދުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާތީ، އެމްޑީޕީން އެ މައްސަލަ އެޗްއާރްސީއެމަށް ހުށަހަޅައިފި. އެ ރަށް ފަޅުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން ބާތިލުކުރުމަށް ގޮވާލައި، ރައްޔިތުންނަށް ދިމާވެފައިވާ މާޔޫސްކަމަށް ހައްލެއް ހޯދައިދިނުމަށް އެ ޕާޓީން ވަނީ ބާރުއަޅާފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 9 އޯގަސްޓު 2026 | އާދީއްތަ 13:23
އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ ސަބްކޮމިޓީގެ މުގައްރިރު އަހުމަދު ޝަފީގު

އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ ސަބްކޮމިޓީގެ މުގައްރިރު އަހުމަދު ޝަފީގު | ރާއްޖެއެމްވީ

ހދ. ހިރިމަރަދޫ ކައުންސިލް އުވާލުމާ ގުޅިގެން އެ ރަށު ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ހޯދުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާތީ، އެމްޑީޕީ އިން އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ސަމާލުކަމަށް ގެނެސްފި އެވެ. 

އެގޮތުން އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީ އިން ވަނީ އާދިއްތަ ދުވަހު  އެޗްއާރްސީއެމްއާ ބައްދަލުކޮށްފަ އެވެ.  

Advertisement - newsAdvertisement

މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ހދ. ހިރިމަރަދޫ ކައުންސިލް އުވާލި މައްސަލައިގައި ހުރި ކަންބޮޑުވުންތައް އެޗްއާރްސީއެމްގެ ސަމާލުކަމަށް ގެނައުން ކަމަށާއި ހިރިމަރަދޫގެ ކައުންސިލް އުވާލާ އެ ރަށް ފަޅުކުރަން ރައީސް މުއިއްޒުގެ ސަރުކާރުން ނިންމާފައިވުމުން، ހިރިމަރަދޫ ރައްޔިތުންނަށް އާންމުކޮށް ލިބެންޖެހޭ ހިދުމަތްތައް ނުލިބޭ ކަމަށް އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ ސަބްކޮމިޓީގެ މުގައްރިރު އަހުމަދު ޝަފީގު ވިދާޅުވި އެވެ.

ޝަފީގު ވިދާޅުވީ އެ ރަށަށް އައްޔަންކޮށްފައިވާ ކައުންސިލަރެއް ވެސް ސަރުކާރުގެ ވެރިއެއް ވެސް ނެތް ކަމަށެވެ.

ހިރިމަރަދޫގައި މިހާރު ކައުންސިލަރެއް ނެތް. ދައުލަތުން އައްޔަންކޮށްފައިވާ ވެރިޔަކު ވެސް ނެތް. އަދި ރައްޔިތުންނަށް އާންމުކޮށް ލިބެންޖެހޭ ހިދުމަތްތަކެއް ނުލިބޭ
އަހުމަދު ޝަފީގު

ޝަފީގު ވިދާޅުވި ގޮތުގައި ސަރުކާރުން ވަނީ ހަނިމާދޫގައި ހިރިމަރަދޫ ރައްޔިތުންނަށް 184 ހައުސިން ޔުނިޓު ގާއިމްކުރަން ވައުދުވެފަ އެވެ. ނަމަވެސް މި ވައުދު ފުއްދޭނެކަމުގެ އުއްމީދު ގެއްލިފައިވާކަމަށް ޝަފީގު ވިދާޅުވި އެވެ.

ހަމައެއާއެކު ހިރިމަރަދޫ ރައްޔިތުންނަށް އަޅާލުމާއި އެހީތެރިކަން ދިނުމަށް ޝަފީގު ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ. އަދި ރައްޔިތުން ތިބީ މާޔޫސްކަމެއްގެ ތެރޭގައި ކަމަށް ވެސް ޝަފީގު ވިދާޅުވި އެވެ.

ހިރިމަރަދޫގައި މިހާރު 300 އަށް ވުރެ ގިނަ ރައްޔިތުން ދިރިއުޅެމުންދާއިރު ރައީސް މުއިއްޒު އެ ރަށް ފަޅުކުރަން ނިންމެވި ގަރާރު ބާތިކުލުކުރުމަށް އެމްޑީޕީ އިން ވަނީ ގޮވާލައިފަ އެވެ. 

އެމްޑީޕީހިޔުމަން ރައިޓްސް ކޮމިޝަންހިރިމަރަދޫއަހުމަދު ޝަފީގު

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

09 އޯގަސްޓު 2026

މުޒާހަރާ ކުރިއަށްދާނީ މަޖީދީ މަގުން، އިތުރު އެހެން މަގެއް ނެތް: އަމީން ފައިސަލް

09 އޯގަސްޓު 2026
މުޒާހަރާ ކުރިއަށްދާނީ މަޖީދީ މަގުން، އިތުރު އެހެން މަގެއް ނެތް: އަމީން ފައިސަލް
08 އޯގަސްޓު 2026

މިއަދު ޑޮލަރުގެ އަގު ހުރި ހިސާބު ޚުދު ރައީސް މުއިއްޒަށް ވެސް އެނގިވަޑައިނުގަންނަވާ: ކުރީގެ މެންބަރު ޝިފާއު

08 އޯގަސްޓު 2026
މިއަދު ޑޮލަރުގެ އަގު ހުރި ހިސާބު ޚުދު ރައީސް މުއިއްޒަށް ވެސް އެނގިވަޑައިނުގަންނަވާ: ކުރީގެ މެންބަރު ޝިފާއު
06 އޯގަސްޓު 2026

އެމްޑީޕީ ކޮންގްރެސްގެ ތެރެއިން އެޕާޓީގެ އަސާސީ ޤަވާއިދަށާއި ޕާޓީގެ ސިޔާސަތުތަކަށް އިސްލާހުތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

06 އޯގަސްޓު 2026
އެމްޑީޕީ ކޮންގްރެސްގެ ތެރެއިން އެޕާޓީގެ އަސާސީ ޤަވާއިދަށާއި ޕާޓީގެ ސިޔާސަތުތަކަށް އިސްލާހުތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
06 އޯގަސްޓު 2026

ސައީދުގެ "މޮޅު ޓިކްޓޮކް". ބޮޑު ފްލޮޕަކަށް

06 އޯގަސްޓު 2026
ސައީދުގެ "މޮޅު ޓިކްޓޮކް". ބޮޑު ފްލޮޕަކަށް
05 އޯގަސްޓު 2026

ކައުންސިލްތަކުގެ ބާރު ކަނޑުވާލާއިރު، ޕީއެންސީ ކައުންސިލަރުން ވެސް އެމްޑީޕީއާއެކު އިހުތިޖާޖަށް ނުކުންނާނެ ކަމަށް އުންމީދުކުރަން: ނަޝީދު

05 އޯގަސްޓު 2026
ކައުންސިލްތަކުގެ ބާރު ކަނޑުވާލާއިރު، ޕީއެންސީ ކައުންސިލަރުން ވެސް އެމްޑީޕީއާއެކު އިހުތިޖާޖަށް ނުކުންނާނެ ކަމަށް އުންމީދުކުރަން: ނަޝީދު
05 އޯގަސްޓު 2026

އޮގަސްޓް 13 ވަނަ ދުވަހު އެމްޑީޕީން މުޒާހަރާއަށް ނުކުންނަނީ ހަގީގަތުގައި ވެސް ދަތިވެގެން: ރާއީ

05 އޯގަސްޓު 2026
އޮގަސްޓް 13 ވަނަ ދުވަހު އެމްޑީޕީން މުޒާހަރާއަށް ނުކުންނަނީ ހަގީގަތުގައި ވެސް ދަތިވެގެން: ރާއީ
05 އޯގަސްޓު 2026

އެމްޑީޕީގެ މުޒާހަރާ އޮގަސްޓް 13 ވަނަ ދުވަހުގެ ރެޔަށް ބަދަލުކޮށްފި

05 އޯގަސްޓު 2026
އެމްޑީޕީގެ މުޒާހަރާ އޮގަސްޓް 13 ވަނަ ދުވަހުގެ ރެޔަށް ބަދަލުކޮށްފި
01 އޯގަސްޓު 2026

މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް!

01 އޯގަސްޓު 2026
މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް!
31 ޖުލައި 2026

އޭޕްރީލް މަހު އޮތް އިންތިޚާބުތަކުގައި ވޯޓަކަށް 3،000 އާއި 10،000ރ. އާ ދެމެދުގެ ރިޝްވަތު ހުށަހެޅި، ޕީއެސްއެމް ވަކިފަރާތަކަށް ޖެހި، ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރި: ޓްރާންސްޕޭރަންސީ

30 ޖުލައި 2026

އެމްޑީޕީ މެންބަރުންގެ 50ށް ވުރެ ގިނަ ސުވާލުގެ ނޯޓިސް މިނިސްޓަރު މުއްތަލިބަށް

30 ޖުލައި 2026
އެމްޑީޕީ މެންބަރުންގެ 50ށް ވުރެ ގިނަ ސުވާލުގެ ނޯޓިސް މިނިސްޓަރު މުއްތަލިބަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް