Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން ހަނގުރާމަ

ރަޝިޔާއިން އޭއައި ޑްރޯން ބޭނުން ކޮށްގެން ޔޫކްރެއިންގެ ބަނދަރަކަށް ހަމަލާދީފި

12 ޖުލައި 2026 | އާދީއްތަ 18:36

ރަޝިޔާގެ އޭއައި ޑްރޯންތަކުން ޔޫކްރެއިންގެ ޗެރްނޮމޯސްކް ބަނދަރުގައި ހުރި އަސްކަރީ ބޭނުންތަކަށް ބޭނުންކުރާ ހަތަރު އުޅަނދަކަށް ވަރުގަދަ ހަމަލާތަކެއް ދީފި. މި ހަމަލާތަކުގެ މަގްސަދަކީ ކަޅު ކަނޑުގެ ސަރަހައްދުގައި ޔޫކްރެއިންގެ އަސްކަރީ ގާބިލުކަން ކުޑަކުރުން ކަމަށާއި، އަދި ހުޅަނގުން ފޯރުކޮށްދޭ ކޮންމެ ދިފާއީ ނިޒާމެއް ފޫއަޅުވާލުމުގެ ބާރު ލިބިފައިވާ ކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނޭ.

ރާއްޖެ އެމްވީ | 12 ޖުލައި 2026 | އާދީއްތަ 18:36

ރަޝިޔާގެ ޔޫ.އޭ.ވީ ނުވަތަ ޑްރޯންތަކުގެ ތެރެއިން 'ސީކަރ' ވޭރިއަންޓުގެ ޑްރޯންތަކަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ބޭނުންކޮށްގެން މަސައްކަތްކުރާ 'މެޝީން ވިޜަން' ނިޒާމެއް ހަރުކޮށްފައިވާ އުޅަނދުތަކެއް ކަމަށް ބެލެވޭ | ސްކްރީން އިމޭޖް

ރަޝިޔާގެ އަސްކަރިއްޔާއިން ޔޫކްރެއިންގެ އޮޑެއްސާ ސަރަހައްދުގައި އޮންނަ ޗެރްނޮމޯސްކް ބަނދަރަށް އަމާޒުކޮށް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ދުއްވާ ޑްރޯންތަކުން ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.

މޮސްކޯގައި ހުންނަ ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި ހަމަލާތަކުގައި ބަނދަރުގައި އަޅާފައި ހުރި ބައެއް އުޅަނދުތަކަށް ވަނީ ސީދާ އަމާޒުވެފަ އެވެ.

އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި އެ މިނިސްޓްރީން ބުނީ، މި ހަމަލާތަކުގެ މައިގަނޑު މަގްސަދަކީ ކަޅު ކަނޑުގެ ސަރަހައްދުގައި ހަތިޔާރާއި އަސްކަރީ ސާމާނު އުފުލުމަށް ޔޫކްރެއިންގެ އަސްކަރިއްޔާއަށް އޮތް ގާބިލުކަން ކުޑަކުރުން ކަމަށެވެ. މި ހަމަލާތަކުގައި މަދުވެގެން ހަތަރު އުޅަނދަކަށް ހަމަލާދީފައިވާއިރު، އޭގެ ތެރޭގައި ފެރީއަކާއި، ބަލްކަރަކާއި، ޕެޓްރޯލް ބޯޓެއްގެ އިތުރުން ކަނޑުއަޑީގެ ޑްރޯން އުފުލުމަށް ބޭނުންކުރާ މަސްބޯޓެއް ހިމެނޭ ކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓްރީން މައުލޫމާތުދެ އެވެ.

މި ހުރިހާ އަމާޒުތަކަށް ހަމަލާދީފައިވަނީ ޓާބޯޖެޓް އިންޖީނުލީ 'ގެރާން-4 ސީކަރ' މަރުކާގެ ޑްރޯންތަކުން ކަމަށް އެ މިނިސްޓްރީން ފާހަގަކުރި އެވެ. ރަޝިޔާގެ މި އުޅަނދުތަކަކީ އޭއައި ބޭނުންކޮށްގެން މަންޒަރުތައް ދެނެގަތުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދުތަކެއް ކަމަށް ބެލެވެ އެވެ. މީގެ ސަބަބުން، އޮޕަރޭޓަރެއްގެ އެހީއާ ނުލައި އަމިއްލައަށް އަމާޒުތައް ހޯދައި، ދެނެގަނެ، އެ އަމާޒުތަކަށް ހަމަލާ އަމާޒުކުރުމުގެ ގާބިލުކަން މި ޑްރޯންތަކަށް ލިބިގެންވެ އެވެ.

ރަޝިޔާގެ އަސްކަރިއްޔާއިން އާންމުކޮށްފައިވާ ވީޑިއޯ ފްޓޭޖްތަކަކީ، އަމާޒުތަކާ ގާތްވަމުން ދިޔަ ވަގުތު 'ކަމިކާޒޭ' ޑްރޯންތަކުން ރެކޯޑުކޮށްފައިވާ މަންޒަރުތައް ކަމަށް ބުނެފައިވެ އެވެ. 

އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، މި ހަމަލާގައި ބޭނުންކުރި ހުރިހާ ޑްރޯންތަކެއްވެސް އަމާޒުވެފައިވަނީ އެ އުޅަނދުތަކުގެ މަތީ ބަޔަށެވެ.

މިދިޔަ ހުކުރު ދުވަހު ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ، ހުޅަނގުގެ ގައުމުތަކުން ކީވްއަށް ފޯރުކޮށްދީފައިވާ ކޮންމެ ވައިގެ ދިފާއީ ނިޒާމެއް ފޫއަޅުވާލުމުގެ ގާބިލުކަން ރަޝިޔާ ސިފައިންނަށް ލިބިގެންވާ ކަމަށާއި، ޔޫކްރެއިންގެ ކޮންމެ އަމާޒަކަށްވެސް ކާމިޔާބުކަމާއެކު ހަމަލާދެވޭނެ ކަމަށެވެ. މިނިސްޓްރީން ވަނީ ޔޫކްރެއިންގެ ބަނދަރުތަކަށާއި، ވްލަޑިމިއަރ ޒެލެންސްކީގެ ސަރުކާރަށް ހަތިޔާރާއި އަސްކަރީ ސާމާނު ފޯރުކޮށްދޭ އުޅަނދުތަކަށް ދެމުންދާ ހަމަލާތައް ހާއްސަގޮތެއްގައި ފާހަގަކޮށްފަ އެވެ.

ފާއިތުވި ހަފުތާތަކުގައި ރަޝިޔާގެ އަސްކަރިއްޔާއިން ވަނީ ޔޫކްރެއިންގެ އަސްކަރީ ސިނާއަތްތަކަށާއި މުހިންމު އިންފްރާސްޓްރަކްޗަރތަކަށް ދޭ ދުރު ރާސްތާގެ ހަމަލާތައް ވަރުގަދަކޮށްފަ އެވެ. މީގެ ތެރޭގައި ކަމިކާޒޭ ޑްރޯންތަކާއި، ކްރޫޒް މިސައިލް އަދި ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ދޭ ބޮޑެތި ހަމަލާތައް ހިމެނެ އެވެ. މޮސްކޯއިން ބުނާ ގޮތުގައި، މި ހަމަލާތަކަކީ ރަޝިޔާގެ އާންމު ރައްޔިތުންގެ އިންފްރާސްޓްރަކްޗަރތަކަށް އަމާޒުކޮށް ކީވް އިން ދެމުންދާ "ޓެރަރިސްޓް ހަމަލާތަކަށް" ރައްދު ދިނުމުގެ ގޮތުން ދޭ ހަމަލާތަކެކެވެ. 

މަސްދަރު: ރަޝިޔާ ޓީވީ

ރަޝިޔާ-ޔޫކްރެއިންއާޓިފިޝިއަލް އިންޓެލިޖެންސްގެރާން-4 ސީކަރ

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

12 ޖުލައި 2026

ރަޝިޔާގެ ހަމަލާތަކުން ޔޫކްރޭނުގައި ހަތަރު މީހުން މަރު

12 ޖުލައި 2026
ރަޝިޔާގެ ހަމަލާތަކުން ޔޫކްރޭނުގައި ހަތަރު މީހުން މަރު
09 ޖުލައި 2026

ޓެކް ކުންފުނިތައް ޖައްވުގައި އޭއައި ޑޭޓާ ސެންޓަރު ގާއިމުކުރަނީ

09 ޖުލައި 2026
ޓެކް ކުންފުނިތައް ޖައްވުގައި އޭއައި ޑޭޓާ ސެންޓަރު ގާއިމުކުރަނީ
08 ޖުލައި 2026

ޗައިނާއިން އަލަށް ބާޒާރަށް ނެރޭ އެކަނިވެރިކަން ފިލުވައިދޭ ހިއުމަނޮއިޑް ރޮބޮޓް ދައްކާލައިފި

08 ޖުލައި 2026
ޗައިނާއިން އަލަށް ބާޒާރަށް ނެރޭ އެކަނިވެރިކަން ފިލުވައިދޭ ހިއުމަނޮއިޑް ރޮބޮޓް ދައްކާލައިފި
06 ޖުލައި 2026

ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ރަޝިއާއިން ވަރުގަދަ ހަމަލާތަކެއް ދީފި

06 ޖުލައި 2026
ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ރަޝިއާއިން ވަރުގަދަ ހަމަލާތަކެއް ދީފި
05 ޖުލައި 2026

ބަންގްލަދޭޝްގެ ފުލުހަކު އޭއައި ބޭނުންކޮށްގެން، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު ލައިގެން ހުރި އާޖެންޓީނާގެ ޖާޒީ ބްރެޒިލް ޖާޒީއަކަށް ބަދަލުކުރި މައްސަލައެއް ފެންމަތިވެއްޖެ

05 ޖުލައި 2026
ބަންގްލަދޭޝްގެ ފުލުހަކު އޭއައި ބޭނުންކޮށްގެން، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު ލައިގެން ހުރި އާޖެންޓީނާގެ ޖާޒީ ބްރެޒިލް ޖާޒީއަކަށް ބަދަލުކުރި މައްސަލައެއް ފެންމަތިވެއްޖެ
04 ޖުލައި 2026

ރަޝިޔާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ސެއިންޓް ޕީޓަސްބާގަށް ޔޫކްރެއިނުން ހަމަލާ ދީފި

04 ޖުލައި 2026
ރަޝިޔާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ސެއިންޓް ޕީޓަސްބާގަށް ޔޫކްރެއިނުން ހަމަލާ ދީފި
04 ޖުލައި 2026

ޔޫކްރެއިން އަށާއި އެގައުމަށް އެހީވާ ފަރާތްތަކަށް ޕޫޓިންގެ ވަރުގަދަ އިންޒާރެއް

04 ޖުލައި 2026
ޔޫކްރެއިން އަށާއި އެގައުމަށް އެހީވާ ފަރާތްތަކަށް ޕޫޓިންގެ ވަރުގަދަ އިންޒާރެއް
03 ޖުލައި 2026

ޔޫކްރެއިނުން ކްރައިމިއާގެ ދެ ވައިގެ ބަނދަރަކަށް ހަމަލާދީފި

03 ޖުލައި 2026
ޔޫކްރެއިނުން ކްރައިމިއާގެ ދެ ވައިގެ ބަނދަރަކަށް ހަމަލާދީފި
03 ޖުލައި 2026

ޖަޕާނުގެ ބޮޑުވަޒީރު: އަޅުގަނޑު މޯދީ ދެކެނީ ބޭބެއެއް ގެ ގޮތުގައި

03 ޖުލައި 2026
ޖަޕާނުގެ ބޮޑުވަޒީރު: އަޅުގަނޑު މޯދީ ދެކެނީ ބޭބެއެއް ގެ ގޮތުގައި
02 ޖުލައި 2026

ރަޝިޔާގެ ވަރުގަދަ ހަމަލާތަކެއްގައި ޔޫކްރެއިނުގައި 6 މީހުން މަރު، 50 ޒަޚަމް

02 ޖުލައި 2026
ރަޝިޔާގެ ވަރުގަދަ ހަމަލާތަކެއްގައި ޔޫކްރެއިނުގައި 6 މީހުން މަރު، 50 ޒަޚަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް