Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްތުވާތަކެތި

އަންހެނެއްގެ ޖަންގިޔާ ތެރެއިން ފެނުނު ޑްރަގްގެ ޒިންމާ ފިރިމީހާ ނެގުމުން އަނބިމީހާގެ ދައުވާ ޕީޖީން އަނބުރާ ގެންގޮސްފި

3 އޯގަސްޓު 2026 | ހޯމަ 07:36

މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި ދެމަފިރިއެއްގެ މައްޗަށް ދައުވާކުރި ނަމަވެސް، އެ ތަކެއްޗަކީ އޭނާގެ އެއްޗެހި ކަމަށް ބުނެ ފިރިމީހާ އިއުތިރާފުވުމުން އަނބިމީހާގެ މައްޗަށް ކުރި ދައުވާ ޕީޖީ އޮފީހުން އަނބުރާ ގެންގޮސްފި. މި މައްސަލާގައި ފިރިމީހާގެ މައްޗަށް ހުކުމްކޮށްފައިވާއިރު، އަނބިމީހާގެ ދައުވާ އަނބުރާ ގެނައީ ހާދިސާ ހިނގި ހާލަތަށާއި އޭނާގެ ކުށުގެ ރެކޯޑެއް ނެތުމުން ކަމަށް އެ އޮފީހުން ބުނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 އޯގަސްޓު 2026 | ހޯމަ 07:36
ޕީޖީ އައްބާސް ޝަރީފް

ޕީޖީ އައްބާސް ޝަރީފް | ރާއްޖެއެމްވީ

މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި ދެމަފިރިއެއްގެ މައްޗަށް ދައުވާކޮށް ޝަރީއަތް ކުރިއަށް ދަނިކޮށް، އެ ތަކެއްޗަކީ އޭނާގެ އެއްޗެހި ކަމަށް ބުނެ ފިރިމީހާ އިއުތިރާފުވުމުން އަނބިމީހާގެ މައްޗަށް ކުރި ދައުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަނބުރާ ގެންގޮސްފި އެވެ.

މި މައްސަލައަކީ ފުލުހުން އެ ދެމަފިރިން ހުއްޓުވައި ބަލައި ފާސްކުރިއިރު، އަނބިމީހާ ލައިގެން ހުރި ޖަންގިޔާ ތެރެއިން މަސްތުވާތަކެތި ފެނުނު މައްސަލައެކެވެ.

Advertisement - newsAdvertisement

މި މައްސަލައިގެ ޝަރީއަތުގައި ފިރިމީހާ ބުނެފައިވަނީ، ފުލުހުން އެމީހުން ހުއްޓުވި ވަގުތު އޭނާގެ އަތުގައި ހުރި އެއްޗެއް ފޮރުވުމަށް އަނބިމީހާ އަތަށް ދިނީ ކަމަށެވެ. އަދި އެއީ މަސްތުވާތަކެތިކަން އަނބިމީހާއަށް ނޭނގޭނެ ކަމަށް ވެސް އޭނާ ޝަރީއަތުގައި ބުނެފައިވެ އެވެ.

މި މައްސަލާގައި ހިމެނޭ އަންހެންމީހާ ވެސް ވަނީ ފިރިމީހާގެ ވާހަކައަށް ބާރުދީ ޝަރީއަތުގައި ވާހަކަދައްކާފަ އެވެ. އޭނާ ބުނި ގޮތުގައި ފިރިމީހާ ކުއްލިއަކަށް އެ އެތިކޮޅު ދިނުމުން އޭނާ އެ ފޮރުވައިދިނީ އެވެ. ނަމަވެސް އޭގެ ތެރޭގައި ހުރީ މަސްތުވާތަކެތިކަން އޭނާއަށް އެއްވެސް ވަރަކަށް ނޭނގޭ ކަމަށް އޭނާ ބުނެފައިވެ އެވެ.

މި މައްސަލާގައި ހިމެނޭ ފިރިމީހާއަކީ ކުށުގެ ދިގު ރެކޯޑެއް އޮތް މީހެއް ނަމަވެސް، އަނބިމީހާއަކީ މީގެ ކުރިން އެއްވެސް ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫނެވެ. އަނބިމީހާގެ މައްޗަށް ކުރި ދައުވާ ޕީޖީ އޮފީހުން އަނބުރާ ގެނައީ، ފިރިމީހާ ޝަރީއަތުގައި ކުށަށް އިއުތިރާފުވެ، އޭނާގެ މައްޗަށް ހުކުމްކޮށް މައްސަލަ އެއްކޮށް ނިމުމާ ގުޅިގެންނެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި އާންމު އުސޫލެއްގެ ގޮތުން މައްސަލައެއްގައި ހިމެނޭ އެހެން މީހަކު ކުށުގެ ޒިންމާ ނެގި ނަމަވެސް، އެކަމުގައި ބައިވެރިވި އަނެއް މީހާ ކުށުން ބަރީޢައެއް ނުވާނެ އެވެ. ނަމަވެސް އެކި މައްސަލަތަކުގައި ހާދިސާ ހިނގާފައިވާ ގޮތާއި، ކަން ހިނގި ހާލަތަށް ބަލައި މިފަދަ ނިންމުންތައް ނިންމުމުގެ އިޚުތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލަށް އޮވެ އެވެ.

މި މައްސަލާގައިވެސް އަނބިމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެނައީ އެ ހާލަތްތަކަށް ރިއާޔަތްކުރުމަށްފަހުގަ އެވެ.

މި މައްސަލައަކީ 2024 ނޮވެމްބަރު 18 ގައި ހިނގި ޙާދިސާއަކާ ގުޅޭ މައްސަލައެކެވެ. އެގޮތުން މިއީ ލ. އަތޮޅުގައި ހިންގި އޮޕަރޭޝަނެއްގައި ހއ. ހޯރަފުށްޓަށް ނިސްބަތްވާ އަންހެނަކާއި ލ. މާވަށު ފިރިހެނަކު ހައްޔަރުކުރި މައްސަލަ އެވެ. 

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސްމަސްތުވާތަކެތި

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

24 ޖުލައި 2026

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 3.1 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

24 ޖުލައި 2026
ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 3.1 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި
24 ޖުލައި 2026

ވައިގެމަގުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި

24 ޖުލައި 2026
ވައިގެމަގުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި
19 ޖުލައި 2026

ޖޫން މަހު 265 މައްސަލައެއްގައި ޕީޖީ އޮފީހުން ދައުވާ އުފުލައިފި

19 ޖުލައި 2026
ޖޫން މަހު 265 މައްސަލައެއްގައި ޕީޖީ އޮފީހުން ދައުވާ އުފުލައިފި
11 ޖުލައި 2026

ގެއެއްގެ ތިޖޫރީ ފަޅާލައި 4 މިލިއަން ރުފިޔާ ވަގަށްނެގި ބައެއްގެ މައްޗަށް ދައުވާކޮށްފި

11 ޖުލައި 2026
ގެއެއްގެ ތިޖޫރީ ފަޅާލައި 4 މިލިއަން ރުފިޔާ ވަގަށްނެގި ބައެއްގެ މައްޗަށް ދައުވާކޮށްފި
10 ޖުލައި 2026

މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުވާ މީހާ: ދިފާއުން ބުނީ، އެއީ އޯޓިސްޓިކް މީހެއް ކަމަށާއި، ހާލަތު ދެނެގަންނަން ބޭނުންވާ ކަމަށް!

10 ޖުލައި 2026
މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުވާ މީހާ: ދިފާއުން ބުނީ، އެއީ އޯޓިސްޓިކް މީހެއް ކަމަށާއި، ހާލަތު ދެނެގަންނަން ބޭނުންވާ ކަމަށް!
08 ޖުލައި 2026

ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރު ކޮށްފި

08 ޖުލައި 2026
ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރު ކޮށްފި
03 ޖުލައި 2026

ރެއިޑްކޮށްގެން ހޯދާ މަސްތުވާތަކެތި އަނބުރާ މުޖުތަމައަށް ދިއުމުގެ މައްސަލަ ފުލުހުންގެ ތެރޭގައި އޮތް: ރައީސް މުއިއްޒު

03 ޖުލައި 2026
ރެއިޑްކޮށްގެން ހޯދާ މަސްތުވާތަކެތި އަނބުރާ މުޖުތަމައަށް ދިއުމުގެ މައްސަލަ ފުލުހުންގެ ތެރޭގައި އޮތް: ރައީސް މުއިއްޒު
01 ޖުލައި 2026

އޭސީސީއަކީ އުފަންވީއްސުރެ ބޭކާރު ތަނެއް، މިހާތަނަށް އެކޮމިޝަނުން ބަލަމުން ދަނީ ކުރީ ސަރުކާރުތަކުގެ މައްސަލަތައް: އަލީ ހުސެއިން

01 ޖުލައި 2026
އޭސީސީއަކީ އުފަންވީއްސުރެ ބޭކާރު ތަނެއް، މިހާތަނަށް އެކޮމިޝަނުން ބަލަމުން ދަނީ ކުރީ ސަރުކާރުތަކުގެ މައްސަލަތައް: އަލީ ހުސެއިން
25 ޖޫން 2026

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި

25 ޖޫން 2026
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި
23 ޖޫން 2026

ޑްރަގް ޓްރެފިކްކުރުމުގެ ކުށް ސާބިތުވި މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި

23 ޖޫން 2026
ޑްރަގް ޓްރެފިކްކުރުމުގެ ކުށް ސާބިތުވި މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް