Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ޓެކްނޮލޮޖީއާޓިފިޝަލް އިންޓެލިޖެންސް

އޭއައި ސްމާޓް އައިނު ބޭނުންކޮށްގެން ގައުމީ ފެންވަރުގެ އިމްތިހާނެއްގައި މަކަރު ހެދި މައްސަލައެއްގައި، ދެކުނު ކޮރެއާގައި ފުރަތަމަ ފަހަރަށް ޖިނާއީ ދައުވާއެއް އުފުލައިފި

15 ޖުލައި 2026 | ބުދަ 13:23

އޭއައި ސްމާޓް އައިނު ބޭނުންކޮށްގެން އިމްތިހާނުތަކުގައި މަކަރުހަދާ މައްސަލަތައް ދެކުނު ކޮރެއާގައި އިތުރުވަމުންދާތީ، އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ އިމްތިހާނުތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި. މިފަދަ އާލާތްތައް މެދުވެރިކޮށް ސުވާލުތަކުގެ ޖަވާބު ހޯދުން އާންމުވަމުންދާތީ، އިމްތިހާނު ހޯލަށް ވެއްދުން މަނާ ތަކެތީގެ ލިސްޓަށް ސްމާޓް އައިނު އިތުރުކޮށް، އެކަމަށް ދޭ އަދަބުތައް ބޮޑުކުރުމަށް ވެސް މިހާރު ދަނީ މަޝްވަރާކުރަމުން.

ރާއްޖެ އެމްވީ | 15 ޖުލައި 2026 | ބުދަ 13:23
2026 ޖޫން 24 ގައި ޝަންހާއީގައި ބޭއްވި މޮބައިލް ވޯލްޑް ކޮންގްރެސް (އެމް.ޑަބްލިއު.ސީ) ގެ ތެރެއިން، މީހަކު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އައިނެއް ތަޖުރިބާކޮށްލަނީ.

2026 ޖޫން 24 ގައި ޝަންހާއީގައި ބޭއްވި މޮބައިލް ވޯލްޑް ކޮންގްރެސް (އެމް.ޑަބްލިއު.ސީ) ގެ ތެރެއިން، މީހަކު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އައިނެއް ތަޖުރިބާކޮށްލަނީ. | ގެޓީ އިމޭޖަސް

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ ސްމާޓް އައިނު ބޭނުންކޮށްގެން ގައުމީ ފެންވަރުގެ އިމްތިހާނެއްގައި މަކަރު ހެދި މައްސަލައެއްގައި، ދެކުނު ކޮރެއާގެ ޕްރޮސެކިއުޓަރުން ފުރަތަމަ ފަހަރަށް ޖިނާއީ ދައުވާއެއް އުފުލައިފި އެވެ.

މިދިޔަ މެއި މަހު ބޭއްވި އިމްތިހާނެއްގައި އޭއައި ސްމާޓް އައިނު ބޭނުންކޮށްގެން މަކަރު ހެދި ކަމުގެ ތުހުމަތުގައި، އުމުރުން 40 އަހަރުގެ ފިރިހެނެއްގެ މައްޗަށް "ނޭޝަނަލް ޓެކްނިކަލް ކޮލިފިކޭޝަން އެކްޓް" އާ ޚިލާފުވި ކަމުގެ ދައުވާ ގުވަންޖޫ ޑިސްޓްރިކްޓް ޕްރޮސެކިއުޓަރުގެ އޮފީހުން މިދިޔަ މަހު ވަނީ އުފުލާފަ އެވެ.

ކޮރެއާ ޖޫންގްއަންގް ޑެއިލީން ގާނޫނީ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ގުވަންޖޫގައި ބޭއްވި ފަޔަރ ޕްރޮޓެކްޝަން ފެސިލިޓީޒް އިންޖިނިއަރ ސެޓިފިކޭޝަން އިމްތިހާނުގެ ތެރެއިން މި މީހާ އަތުލައިގަނެވުނީ، އޭނާ އަޅައިގެން ހުރި އައިނުގެ ލެންސުން އަލި ރިފްލެކްޓްވާކަން އިމްތިހާނު ހޯލްގެ ސުޕަވައިޒަރަށް ފާހަގަވުމާ ގުޅިގެންނެވެ.

ސުވާލުކުރުމުން އެ މީހާ ވަނީ އިމްތިހާނުގައި މަކަރު ހެދިކަމަށް އިއުތިރާފުވެފަ އެވެ. އަދި އޭނާ ތަހުގީގު ކުރާ ފަރާތްތަކަށް ކިޔައިދީފައިވާ ގޮތުގައި، އޭނާ ވަނީ އެ އައިނާ އެކު މަސައްކަތްކުރާ އޭއައި އެޕްލިކޭޝަނެއް އަމިއްލައަށް ތައްޔާރުކޮށްފަ އެވެ. އޭނާ މިކަން ކުރީ އަސްލު އިމްތިހާނެއްގެ ތެރޭގައި އެ އެޕްލިކޭޝަން ބޭނުންކޮށްގެން ސައްހަ ޖަވާބުތައް ނެރެވިދާނެތޯ ބެލުމުގެ ބޭނުމުގައި ކަމަށް އޭނާ ބުނެފައިވެ އެވެ.

ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ހަމައެކަނި އެކަހެރި ހާދިސާއެއް ނޫނެވެ.

މިދިޔަ މެއި މަހު ސޯލް އަދި މޮކްޕޯގައި ބޭއްވި ގައުމީ ޓެކްނިކަލް ކޮލިފިކޭޝަން އިމްތިހާނުތަކެއްގައި ވެސް އޭއައި ސްމާޓް އައިނު ބޭނުންކުރަން އުޅުނު އުމުރުން 20 އަހަރުގެ ދެ ޒުވާނަކު ވަނީ ހިފަހައްޓާފަ އެވެ. މީގެ އިތުރުން، އިނގިރޭސި ބަހުގެ ފެންވަރު ބަލާ އިމްތިހާނެއް ކަމަށްވާ "ޓެސްޓް އޮފް އިންގްލިޝް ފޯ އިންޓަނޭޝަނަލް ކޮމިއުނިކޭޝަން" (ޓޮއިކް) ގެ އެކި އިމްތިހާނުތަކުގައި ވެސް މިފަދަ އާލާތްތައް ބޭނުންކޮށްފައިވެ އެވެ. އެގޮތުން މެއި މަހު ދެ ކެންޑިޑޭޓަކު އަދި ޖޫން މަހު އެކަކު ވަނީ އަތުލައިގަނެފަ އެވެ.

މި ހާދިސާތަކާ ގުޅިގެން، އިމްތިހާނުތަކުގެ ސަލާމަތީ ފިޔަވަޅުތައް މުރާޖައާ ކުރުމަށް އޮފިޝަލުންނަށް ވަނީ މަޖުބޫރުވެފަ އެވެ.

ގައުމީ ފެންވަރުގެ ބޮޑެތި އިމްތިހާނުތައް ހިންގާ އިދާރާތަކުގެ މަންދޫބުން ޖުލައި މަހުގެ 10 ވަނަ ދުވަހު ބައްދަލުކޮށް، މިކަމާ ދެކޮޅަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ. އޭގެ ތެރޭގައި އިމްތިހާނު ހޯލަށް ވެއްދުން މަނާ ތަކެތީގެ ލިސްޓަށް އޭއައި ސްމާޓް އައިނު ސީދާ ގޮތެއްގައި އިތުރުކުރުމާއި، މިފަދަ އާލާތްތައް ބޭނުންކޮށްގެން މަކަރު ހަދާ މީހުންނަށްދޭ އަދަބުތައް ބޮޑުކުރުން ހިމެނެ އެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައި މިވަނީ، ހަށިގަނޑުގައި އަޅައިގެން އުޅެވޭ އޭއައި ޓެކްނޮލޮޖީ ކުރިއަރަމުން ދިއުމުގެ ސަބަބުން، އިމްތިހާނުތަކުގައި މަކަރު ހަދާ މީހުން އަތުލައިގަތުމަށް ކުރިން ބޭނުންކުރި އާދައިގެ ގޮތްތައް ބޭނުންކުރަން އުނދަގޫވަމުންދާ ދަނޑިވަޅެއްގަ އެވެ.

ކެމެރާ އާއި އޯޑިއޯގެ ޚިދުމަތް އެކަނި ލިބޭ ކުރީގެ ސްމާޓް އައިނުތަކާ ޚިލާފަށް، އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އާ މޮޑެލްތަކުގެ އައިނުން، އޭގައި ހުންނަ ކެމެރާ މެދުވެރިކޮށް ފެންނަ ލިޔުންތައް ދެނެގަނެ، ސުވާލުތައް "ލާޖް ލެންގުއޭޖް މޮޑެލް" ތަކަށް ފޮނުވައި، އޭގެ ޖަވާބު އައިނުގެ ލެންސުން ނުވަތަ އަޑުން ބޭނުންކުރާ މީހާއަށް ފޯރުކޮށްދެ އެވެ.

މި ހާދިސާތަކުގެ ސަބަބުން މުޅި އޭޝިއާ ސަރަހައްދުގައި ވަނީ ކަންބޮޑުވުން އުފެދިފަ އެވެ. ސަބަބަކީ އޭޝިއާގެ ގައުމުތަކުގައި ބާއްވާ ބޮޑެތި އިމްތިހާނުތަކަކީ ޔުނިވަރސިޓީތަކުން ފުރުސަތު ހޯދުމާއި، ވަޒީފާ އަދި ޕްރޮފެޝަނަލް ލައިސަންސް ހޯދުމަށް ވަރަށް މުހިންމު އިމްތިހާނުތަކަކަށް ވާތީ އެވެ. ދެކުނު ކޮރެއާގެ އެޑިއުކޭޝަން މިނިސްޓްރީން މިހާރުވެސް ދަނީ މިއަހަރު ބާއްވާ "ކޮލެޖް ސްކޮލަސްޓިކް އެބިލިޓީ ޓެސްޓް" (ސީއެސްއޭޓީ) ގެ ކުރިން އިތުރު ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ވިސްނަމުންނެވެ. ހަމައެއާއެކު، ޗައިނާ އާއި ތައިވާނުގެ ކަމާބެހޭ ފަރާތްތަކުން ވެސް ވަނީ އިމްތިހާނުތަކުގައި އޭއައި ސްމާޓް އާލާތްތައް ބޭނުންކުރާ މިންވަރު ބެލުމަށް ފާރަވެރިވުން ވަރުގަދަކޮށްފަ އެވެ.

އޭއައި ސްމާޓް އައިނާއި އެހެނިހެން ސްމާޓް އާލާތްތައް ބޭނުންކޮށްގެން ތައުލީމީ ދާއިރާގައި މަކަރު ހަދާ މިންވަރާ ބެހޭގޮތުން ދިރާސާ ކުރައްވާ އޮސްޓްރޭލިއާގެ ޑީކިން ޔުނިވަރސިޓީގެ ލެކްޗަރާ ތޯމަސް ކޯބިން ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މަދު މައްސަލަތަކެއް ރިޕޯޓް ކުރެވުނު ނަމަވެސް، ރިޕޯޓް ނުކުރެވި މިފަދަ އެތައް މައްސަލަތަކެއް ހިނގަމުންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

މަސްދަރު: އިންޑިޕެންޑެންޓް

އާޓިފިޝަލް އިންޓެލިޖެންސްދެކުނު ކޮރެއާޓެކްނޮލޮޖީ

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

12 ޖުލައި 2026

ރަޝިޔާއިން އޭއައި ޑްރޯން ބޭނުން ކޮށްގެން ޔޫކްރެއިންގެ ބަނދަރަކަށް ހަމަލާދީފި

12 ޖުލައި 2026
ރަޝިޔާއިން އޭއައި ޑްރޯން ބޭނުން ކޮށްގެން ޔޫކްރެއިންގެ ބަނދަރަކަށް ހަމަލާދީފި
11 ޖުލައި 2026

މެޓާގެ އައު އޭއައި ޓޫލް "މިއުސް އިމޭޖް" ބޭނުންކޮށްގެން، އެހެން މީހުންގެ ޕްރޮފައިލްތައް އެ މީހުންނަށް ނޭގި ފޮޓޯ އުފެއްދުމަށް ބޭނުންކުރެވޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަނީ

11 ޖުލައި 2026
މެޓާގެ އައު އޭއައި ޓޫލް "މިއުސް އިމޭޖް" ބޭނުންކޮށްގެން، އެހެން މީހުންގެ ޕްރޮފައިލްތައް އެ މީހުންނަށް ނޭގި ފޮޓޯ އުފެއްދުމަށް ބޭނުންކުރެވޭ މައްސަލައިގައި  ކަންބޮޑުވުން ފާޅުކުރަނީ
09 ޖުލައި 2026

ޓެކް ކުންފުނިތައް ޖައްވުގައި އޭއައި ޑޭޓާ ސެންޓަރު ގާއިމުކުރަނީ

09 ޖުލައި 2026
ޓެކް ކުންފުނިތައް ޖައްވުގައި އޭއައި ޑޭޓާ ސެންޓަރު ގާއިމުކުރަނީ
08 ޖުލައި 2026

ޗައިނާއިން އަލަށް ބާޒާރަށް ނެރޭ އެކަނިވެރިކަން ފިލުވައިދޭ ހިއުމަނޮއިޑް ރޮބޮޓް ދައްކާލައިފި

08 ޖުލައި 2026
ޗައިނާއިން އަލަށް ބާޒާރަށް ނެރޭ އެކަނިވެރިކަން ފިލުވައިދޭ ހިއުމަނޮއިޑް ރޮބޮޓް ދައްކާލައިފި
05 ޖުލައި 2026

ބަންގްލަދޭޝްގެ ފުލުހަކު އޭއައި ބޭނުންކޮށްގެން، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު ލައިގެން ހުރި އާޖެންޓީނާގެ ޖާޒީ ބްރެޒިލް ޖާޒީއަކަށް ބަދަލުކުރި މައްސަލައެއް ފެންމަތިވެއްޖެ

05 ޖުލައި 2026
ބަންގްލަދޭޝްގެ ފުލުހަކު އޭއައި ބޭނުންކޮށްގެން، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު ލައިގެން ހުރި އާޖެންޓީނާގެ ޖާޒީ ބްރެޒިލް ޖާޒީއަކަށް ބަދަލުކުރި މައްސަލައެއް ފެންމަތިވެއްޖެ
03 ޖުލައި 2026

ޖަޕާނުގެ ބޮޑުވަޒީރު: އަޅުގަނޑު މޯދީ ދެކެނީ ބޭބެއެއް ގެ ގޮތުގައި

03 ޖުލައި 2026
ޖަޕާނުގެ ބޮޑުވަޒީރު: އަޅުގަނޑު މޯދީ ދެކެނީ ބޭބެއެއް ގެ ގޮތުގައި
01 ޖުލައި 2026

އޭއައި އާއި ޑީޕްފޭކް ބޭނުންކޮށްގެން އެމެރިކާގައި ހިންގާ މަކަރާއި ހީލަތުގެ މުއާމަލާތްތަކުގެ ސަބަބުން 68 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިއްޖެ - ސާވޭ

01 ޖުލައި 2026
އޭއައި އާއި ޑީޕްފޭކް ބޭނުންކޮށްގެން އެމެރިކާގައި ހިންގާ މަކަރާއި ހީލަތުގެ މުއާމަލާތްތަކުގެ ސަބަބުން 68 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިއްޖެ - ސާވޭ
01 ޖުލައި 2026

ޗައިނާއިން ޕްރައިމަރީން ފެށިގެން ޔުނިވަރސިޓީއަށް އޭއައި ކިޔަވައިދޭން ނިންމައިފި

01 ޖުލައި 2026
ޗައިނާއިން ޕްރައިމަރީން ފެށިގެން ޔުނިވަރސިޓީއަށް އޭއައި ކިޔަވައިދޭން ނިންމައިފި
30 ޖޫން 2026

ވަޓްސްއެޕް އިން ފޯނު ނަންބަރުގެ ބަދަލުގައި ޔޫޒަރނޭމް ބޭނުންކުރެވޭ ގޮތް ހަދަން ނިންމައިފި

30 ޖޫން 2026
ވަޓްސްއެޕް އިން ފޯނު ނަންބަރުގެ ބަދަލުގައި ޔޫޒަރނޭމް ބޭނުންކުރެވޭ ގޮތް ހަދަން ނިންމައިފި
29 ޖޫން 2026

ޖަޕާނުގައި މަކަރު ހީލަތުގެ މައްސަލަތަކާ ދެކޮޅަށް މަސައްކަތް ކުރަން "އޭއައި ޕޮލިސް ޗީފް" އެއް ތައާރަފް ކޮށްފި

29 ޖޫން 2026
ޖަޕާނުގައި މަކަރު ހީލަތުގެ މައްސަލަތަކާ ދެކޮޅަށް މަސައްކަތް ކުރަން "އޭއައި ޕޮލިސް ޗީފް" އެއް ތައާރަފް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް