Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޣައްޒާ ހަނގުރާމަ

އިސްރާއީލްގެ ހަނގުރާމައާ ގުޅިގެން މެދުކަނޑާލާފައިވާ ފަލަސްތީނުގެ ފުޓުބޯޅަ މުބާރާތްތައް ސެޕްޓެމްބަރުގައި އަލުން ފަށަނީ

11 އޯގަސްޓު 2026 | އަންގާރަ 04:27

އަލުން ފަށާ ފުރަތަމަ މުބާރާތަށް ދީފައިވާ ނަމަކީ "ތައުޒަންޑް މާޓިއާސް ކަޕް" ނުވަތަ "ހާސް ޝަހީދުންގެ މުބާރާތް". މިއީ ހަނގުރާމައިގެ ތެރޭގައި އިސްރާއީލް އިން ޝަހީދު ކޮށްލާފައިވާ ފަލަސްތީނުގެ 1،014 ކުޅިވަރު އެތުލީޓުންގެ ހަނދާނުގައި ދީފައިވާ ނަމެއް ކަމަށް އެ އެސޯސިއޭޝަނުން ބުނޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 އޯގަސްޓު 2026 | އަންގާރަ 04:27
ޣައްޒާ ސިޓީގެ ސުންނާފަތި ވެފައިވާ އިމާރާތްތަކުގެ ކުނިބުނިތަކުގެ މެދުގައި ހަދާފައިވާ ފުޓުބޯޅަ ދަނޑެއް

ޣައްޒާ ސިޓީގެ ސުންނާފަތި ވެފައިވާ އިމާރާތްތަކުގެ ކުނިބުނިތަކުގެ މެދުގައި ހަދާފައިވާ ފުޓުބޯޅަ ދަނޑެއް | ރޮއިޓާސް

އިސްރާއީލް އިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާ ގުޅިގެން މެދުކަނޑާލާފައިވާ ފަލަސްތީނުގެ ފުޓުބޯޅަ މުބާރާތްތައް އަންނަ ސެޕްޓެމްބަރު މަހު އަލުން ފެށުމަށް ނިންމައިފި އެވެ.

ފަލަސްތީނުގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ޖިބްރީލް ރަޖޫބް ރާމަﷲގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ގާތްގަނޑަކަށް ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު، އެ ޤައުމުގެ ފުޓުބޯޅަ ލީގާއި، ކުޅިވަރުގެ ހަރަކާތްތައް ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އަލުން ފަށާނެ ކަމަށެވެ. ފަލަސްތީނުގެ ޕްރޮފެޝަނަލް ފުޓުބޯޅަ ލީގު ހިމެނޭހެން، ހުރިހާ މުބާރާތްތަކެއް ހުއްޓާލާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލް އިން ފެށި ހަނގުރާމައާ ގުޅިގެންނެވެ.

އަލުން ފަށާ ފުރަތަމަ މުބާރާތަށް ދީފައިވާ ނަމަކީ "ތައުޒަންޑް މާޓިއާސް ކަޕް" ނުވަތަ "ހާސް ޝަހީދުންގެ މުބާރާތް" އެވެ. މިއީ ހަނގުރާމައިގެ ތެރޭގައި އިސްރާއީލް އިން ޝަހީދު ކޮށްލާފައިވާ ފަލަސްތީނުގެ 1،014 ކުޅިވަރު އެތުލީޓުންގެ ހަނދާނުގައި ދީފައިވާ ނަމެއް ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ. މި މުބާރާތުގައި ޖުމްލަ 200 އަށް ވުރެ ގިނަ ކުލަބުން ވާދަކުރާނެ އެވެ. އޭގެ ތެރޭގައި އިސްރާއީލް އިން ހިފާފައިވާ ހުޅަނގު އައްސޭރީގެ 146 ކުލަބަކާއި، ޣައްޒާގެ 44 ކުލަބެއްގެ އިތުރުން، ލުބުނާންގައި ތިބި ފަލަސްތީނުގެ ރެފިއުޖީ ކޭމްޕުތަކުގެ 36 ކުލަބެއް ހިމެނެ އެވެ. މި މުބާރާތް މި ތިން ސަރަހައްދުގައި ވެސް އެއްފަހަރާ ފެށުމަށް ވަނީ ހަމަޖެހިފައި އެވެ.

ޖިބްރީލް ރަޖޫބް ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގެ ހުރިހާ ރައްޔިތުންނަށް ދަތި އުނދަގޫ ހާލަތްތަކެއް ކުރިމަތިވެ، މުބާރާތްތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، ފަލަސްތީނުގެ ޤައުމީ އަޒުމަށް ބަދަލެއް ނާންނަ ކަމަށެވެ. އަދި ކުޅިވަރަކީ އުންމީދާއި ދިރިއުޅުމުގެ ރަމްޒެއްގެ ގޮތުގައި ދެމި އޮންނާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން، ހަނގުރާމައިގެ ސަބަބުން އެސޯސިއޭޝަން އާއި ކުލަބުތަކަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ރަޖޫބް ވަނީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އާއި، އެހެނިހެން ފެޑެރޭޝަންތަކުން ފަލަސްތީނުގެ ކުޅިވަރާ އެކު ތިބުމަށް ގޮވާލައްވާފައި އެވެ. އަދި ކުޅުންތެރިންނާއި ކުލަބުތަކާއި ކުޑަކުދިންނަށް މިނިވަންކަމާއި އިއްޒަތާއެކު ކުޅިވަރުގެ އުފާ ހޯދުމުގެ ހައްގު ރައްކާތެރިކޮށްދިނުމަށް އޭނާ އެދިވަޑައިގެންފައިވެ އެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މުބާރާތްތައް އަމިއްލަ އިންވެސްޓަރުންނަށް ހުޅުވާލުމަށް ގެންގުޅުއްވި ޕްލޭން އަށް ފާޑު ވިދާޅުވަމުން ރަޖޫބް ވިދާޅުވީ، ފަލަސްތީނަށް އޮތް އެންމެ ބޮޑު ސުވާލަކީ ސިޔާސީ ނުފޫޒަށް ލެނބުމެއް ނެތް ގޮތެއްގައި، އެންމެންގެ މައްޗަށް ހަމަހަމަކަމާ އެކު ޤަވާއިދުތައް ތަންފީޒު ކުރުމުގެ ހިތްވަރު ފީފާގެ ކިބައިގައި ހުރިތޯ ކަމަށެވެ.

ފަލަސްތީނުގެ ފުޓުބޯޅަ އެސޯސިއޭޝަން އިން ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ހުޅަނގު އައްސޭރީގައި އިސްރާއީލް އިން ހަދާފައިވާ އާބާދީތަކުގައި ހަރަކާތްތެރިވާ އިސްރާއީލްގެ ކުލަބުތަކަށް ފިޔަވަޅު އެޅުމަށާއި، ޣައްޒާގައި އިސްރާއީލް އިން ހިންގަމުންދާ އަމަލުތަކާ ގުޅިގެން، އިސްރާއީލް ސަސްޕެންޑު ކުރުމަށް ވެސް ގޮވާލައިފަ އެވެ. ރަޖޫބް ވިދާޅުވީ ފަލަސްތީން އިން އެދެނީ އިތުރު އިނާޔަތްތަކަކަށް ނޫން ކަމަށާއި، އެދެނީ ބައިނަލްއަގުވާމީ ކުޅިވަރު ގާނޫނުތަކުން ކަށަވަރު ކޮށްދޭ ޤާނޫނީ ހައްގުތަކަށް ކަމަށެވެ.

ޣައްޒާ ހަނގުރާމަފަލަސްތީނުފަލަސްތީނު ފުޓްބޯޅަ އެސޯސިއޭޝަން

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

10 އޯގަސްޓު 2026

ހަމާސް އިން ހަތިޔާރު ދޫކޮށްލިކަން ޔަޤީން ނުވަނީސް، އިސްރާއީލްގެ ސިފައިން އެ ސަރަހައްދުން ފޭބުމަށް ބޯޑު އޮފް ޕީސް އިން ބޭނުމެއް ނުވޭ!

10 އޯގަސްޓު 2026
ހަމާސް އިން ހަތިޔާރު ދޫކޮށްލިކަން ޔަޤީން ނުވަނީސް، އިސްރާއީލްގެ ސިފައިން އެ ސަރަހައްދުން ފޭބުމަށް ބޯޑު އޮފް ޕީސް އިން ބޭނުމެއް ނުވޭ!
09 އޯގަސްޓު 2026

އެމެރިކާއިން އެކުލަވާލި ޣައްޒާގެ ސުލްހައިގެ ޕްލޭން އިސްރާއީލުން ގަބޫލު ނުކުރާނެ ކަމަށް ބުނެ ބޭރުކޮށްލައިފި

09 އޯގަސްޓު 2026
އެމެރިކާއިން އެކުލަވާލި ޣައްޒާގެ ސުލްހައިގެ ޕްލޭން އިސްރާއީލުން ގަބޫލު ނުކުރާނެ ކަމަށް ބުނެ ބޭރުކޮށްލައިފި
09 އޯގަސްޓު 2026

ޣައްޒާގައި އިސްރާއީލުން ސުންނާފަތިކޮށްލާފައިވާ އިމާރާތެއްގެ ދަށުން 19 ހަށިގަނޑު ނަގައިފި

09 އޯގަސްޓު 2026
ޣައްޒާގައި އިސްރާއީލުން ސުންނާފަތިކޮށްލާފައިވާ އިމާރާތެއްގެ ދަށުން 19 ހަށިގަނޑު ނަގައިފި
09 އޯގަސްޓު 2026

ރަފަހް ސިޓީ އާބާދުކުރުމުގެ ހުއްދަ ނަތަންޔާހޫ ދީފައިވާ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

09 އޯގަސްޓު 2026
ރަފަހް ސިޓީ އާބާދުކުރުމުގެ ހުއްދަ ނަތަންޔާހޫ ދީފައިވާ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި
06 އޯގަސްޓު 2026

ޣައްޒާ ގައި "ސުލްހައިގެ އެއްބަސްވުމެއް" އިއުލާންކުރި ފަހުން އެވްރެޖްކޮށް ދުވާލަކު ކުއްޖަކު މަރުވެފައިވާ ކަމަށް ޔުނިސެފުން ބުނެފި

06 އޯގަސްޓު 2026
ޣައްޒާ ގައި "ސުލްހައިގެ އެއްބަސްވުމެއް" އިއުލާންކުރި ފަހުން އެވްރެޖްކޮށް ދުވާލަކު ކުއްޖަކު މަރުވެފައިވާ ކަމަށް ޔުނިސެފުން ބުނެފި
04 އޯގަސްޓު 2026

އިސްރާއީލް އިން ޣައްޒާ އަށް ދިން ހަމަލާ، ޤަތަރާއި މިޞްރު އަދި ތުރުކީ އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

04 އޯގަސްޓު 2026
އިސްރާއީލް އިން ޣައްޒާ އަށް ދިން ހަމަލާ، ޤަތަރާއި މިޞްރު އަދި ތުރުކީ އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި
03 އޯގަސްޓު 2026

މޮރޮކޯ މަގުން ސްޕޭނުގެ ސިއުޓާއަށް ކުއްލި ގޮތަކަށް ގިނަ އަދަދެއްގެ ހިޖުރަވެރިން ވަދެގަތް މައްސަލައިގައި، އިސްރާއީލާއި އެމެރިކާގެ ބައިވެރިވުން އޮތް ކަމަށް އީރާނުން ތުހުމަތުކޮށްފި

ކޮންސަރޓެއްގެ ތެރޭގައި ފަލަސްތީނަށް ތާއީދުކޮށް ޝުއޫރު ފާޅުކުރުމާ ގުޅިގެން މެސިވް އެޓޭކް ބޭންޑު ސިންގަޕޫރުން މުއްދަތެއް ނެތް ގޮތަށް މަނާކޮށްފި

03 އޯގަސްޓު 2026
ކޮންސަރޓެއްގެ ތެރޭގައި ފަލަސްތީނަށް ތާއީދުކޮށް ޝުއޫރު ފާޅުކުރުމާ ގުޅިގެން މެސިވް އެޓޭކް ބޭންޑު ސިންގަޕޫރުން މުއްދަތެއް ނެތް ގޮތަށް މަނާކޮށްފި
03 އޯގަސްޓު 2026

ފަލަސްތީނުގެ އަސީރުން ތިބޭ ޖަލު ވަށައިގެން ކިނބޫ ގެންގުޅެން އިސްރާއީލްގެ ސެކިއުރިޓީ މިނިސްޓަރު ނިންމި ނިންމުން، ކޯޓުން ހުއްޓުވައިފި

03 އޯގަސްޓު 2026
ފަލަސްތީނުގެ އަސީރުން ތިބޭ ޖަލު ވަށައިގެން ކިނބޫ ގެންގުޅެން އިސްރާއީލްގެ ސެކިއުރިޓީ މިނިސްޓަރު ނިންމި ނިންމުން، ކޯޓުން ހުއްޓުވައިފި
02 އޯގަސްޓު 2026

ޣައްޒާގެ ފުނޑުވެފައިވާ އިމާރާތްތަކުގެ ދަށުން 112 މީހެއްގެ ހަށިގަނޑު ފެނިއްޖެ

02 އޯގަސްޓު 2026
ޣައްޒާގެ ފުނޑުވެފައިވާ އިމާރާތްތަކުގެ ދަށުން 112 މީހެއްގެ ހަށިގަނޑު ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް