Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ

ޣައްޒާގައި އިސްރާއީލުން ސުންނާފަތިކޮށްލާފައިވާ އިމާރާތެއްގެ ދަށުން 19 ހަށިގަނޑު ނަގައިފި

9 އޯގަސްޓު 2026 | އާދީއްތަ 07:12

ޣައްޒާގެ އިމާރާތްތަކުގެ ދަށުން މީހުން ހޯދުމަށް ކުރާ ބުރަ މަސައްކަތުގެ ތެރެއިން، ބަރު މެޝިނަރީ ނެތުމުން އަތުން ކޮނެގެން ހަށިގަނޑުތައް ނެގުމުގެ އޮޕަރޭޝަންތައް ސިވިލް ޑިފެންސް އިން ދަނީ ކުރިއަށް ގެންދަމުން. އިސްރާއީލުގެ ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އަދިވެސް 8,000 އަށްވުރެ ގިނަ މީހުން ތިިބި ކަމަށް ބެލެވޭއިރު، މި ހަނގުރާމައިގައި ޝަހީދުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 73,300 އަށްވުރެ މައްޗަށް އަރާފައި

ރާއްޖެ އެމްވީ | 9 އޯގަސްޓު 2026 | އާދީއްތަ 07:12
އޮގަސްޓް 2025 ގައި އިސްރާއީލުން ޣައްޒާ ސިޓީގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ދިން ވައިގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންގެ ހަށިތަކުގެ ކައިރީގައި އާއިލާތަކުގެ މީހުން ހިތާމަކުރަނީ

އޮގަސްޓް 2025 ގައި އިސްރާއީލުން ޣައްޒާ ސިޓީގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ދިން ވައިގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންގެ ހަށިތަކުގެ ކައިރީގައި އާއިލާތަކުގެ މީހުން ހިތާމަކުރަނީ | އަނަޑޯލޫ

ޣައްޒާ ސިޓީގައި އިސްރާއީލުން ސުންނާފަތިކޮށްލާފައިވާ އިމާރާތެއްގެ ދަށުން 19 މީހެއްގެ ހަށިގަނޑު ނަގައިފި ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އިން ބުނެފި އެވެ. ސިވިލް ޑިފެންސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށެވެ.

ހޮނިހިރު ދުވަހު ނިންމާލި މި މަސައްކަތަކީ، ޣައްޒާގެ ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުން މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ހޯދުމަށް ކުރަމުންދާ ވަރަށް ލަސް އަދި ބުރަ މަސައްކަތްތަކުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެކެވެ. ކޮންކްރީޓް ގައުތައް ނެގުމަށް ބޭނުންވާ ބަރު މެޝިނަރީޒް ނެތުމުގެ ސަބަބުން، މި ހަށިގަނޑުތައް ނެގުމުގެ މަސައްކަތް ކުރަން ޖެހިފައިވަނީ އަތުންނެވެ.

މި މަސައްކަތްތައް ބަލަހައްޓަވާ މުޙައްމަދު އަބޫ ދާން ވިދާޅުވީ، ޣައްޒާގެ ހުޅަނގު ސަރަހައްދުގައި ހުރި "ކަރަމް" އިމާރާތުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ހަތަރު ދުވަސް ވަންދެން މެދުނުކެނޑި ކުރުމަށްފަހު މިހާރު ނިމިފައިވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ޚާއްޞަ މެޑިކަލް ޓީމުތަކާއި ސިވިލް ޑިފެންސްގެ ކުރޫން މިހާރު ޣައްޒާ ސިޓީގެ އެހެން ސަރަހައްދަކަށް ގޮސް، އެ ތަނުގައި މީހުން ހޯދުމުގެ އައު އޮޕަރޭޝަނެއް ފަށާނެ ކަމަށެވެ.

އިސްރާއީލުގެ ހަމަލާތަކުގައި ވެއްޓިފައިވާ ބޮޑެތި ކޮންކްރީޓް ފޮޅިތައް ނެގޭނެ ފަދަ ވަސީލަތްތައް ނެތުމުގެ ސަބަބުން، ސިވިލް ޑިފެންސްގެ ޓީމުތަކުން ބޭނުންކުރަމުންދަނީ އާދައިގެ އާލާތްތަކެއް ކަމަށާއި، މިއީ އިންތިހާއަށް ވަރުބަލިކުރުވާ ފަދަ ބުރަ މަސައްކަތެއް ކަމަށް އެ އިދާރާގެ އޮފިޝަލުން ތަކުރާރުކޮށް ވިދާޅުވަމުންދެއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މުޅި ޣައްޒާގެ އެކި ސަރަހައްދުތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އަދިވެސް 8,000 އަށްވުރެ ގިނަ މީހުން ވީނުވީއެއް ނޭނގި ގެއްލިފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 11 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އައި ފަހުން، މިހާތަނަށް މަދުވެގެން 1,254 މީހުން މަރުވެ، 4,121 މީހުން ޒަޚަމްވެފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި މި މުއްދަތުގެ ތެރޭގައި އިމާރާތްތަކުގެ ދަށުން 804 މީހެއްގެ ހަށިގަނޑު ވަނީ ނެރެފަ އެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް ޣައްޒާގައި ޝަހީދުވި މީހުންގެ ޖުމްލަ އަދަދު ވަނީ 73,300 އަށްވުރެ މައްޗަށް އަރާފަ އެވެ. އަދި 174,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.

މި ހަށިގަނޑުތައް ނެގުމުގެ މަސައްކަތް ކުރިއަށް މިދަނީ، މިދިޔަ އަންގާރަ ދުވަހު ޣައްޒާ ސިޓީގައި ބޭއްވި ބޮޑު ޖަނާޒާއަކަށް ފަހުގަ އެވެ. އެ ޖަނާޒާގައި ވަޅުލާފައިވަނީ އަބޫ ޝާރިއާ އަދި އަލް-ޙަސައިނާ އާއިލާގެ 112 މީހުންނެވެ. އެ މީހުންގެ ހަށިގަނޑުތައް ނެރެފައިވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިސްރާއީލުން ދިން ހަމަލާއެއްގައި ސުންނާފަތިކޮށްލި ޣައްޒާގެ ސަބްރާ އަވަށުގެ އިމާރާތެއްގެ ދަށުންނެވެ.

ޣައްޒާޣައްޒާ ހަނގުރާމައިސްރާއީލް-ފަލަސްޠީން

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

09 އޯގަސްޓު 2026

ރަފަހް ސިޓީ އާބާދުކުރުމުގެ ހުއްދަ ނަތަންޔާހޫ ދީފައިވާ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

09 އޯގަސްޓު 2026
ރަފަހް ސިޓީ އާބާދުކުރުމުގެ ހުއްދަ ނަތަންޔާހޫ ދީފައިވާ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި
06 އޯގަސްޓު 2026

ޣައްޒާ ގައި "ސުލްހައިގެ އެއްބަސްވުމެއް" އިއުލާންކުރި ފަހުން އެވްރެޖްކޮށް ދުވާލަކު ކުއްޖަކު މަރުވެފައިވާ ކަމަށް ޔުނިސެފުން ބުނެފި

06 އޯގަސްޓު 2026
ޣައްޒާ ގައި "ސުލްހައިގެ އެއްބަސްވުމެއް" އިއުލާންކުރި ފަހުން އެވްރެޖްކޮށް ދުވާލަކު ކުއްޖަކު މަރުވެފައިވާ ކަމަށް ޔުނިސެފުން ބުނެފި
06 އޯގަސްޓު 2026

ގުދުސްގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސުލްހައިގެ އަސާސް: ސައުދީ ފޮރިން މިނިސްޓަރު

06 އޯގަސްޓު 2026
ގުދުސްގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސުލްހައިގެ އަސާސް: ސައުދީ ފޮރިން މިނިސްޓަރު
04 އޯގަސްޓު 2026

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ދެކޮޅު ހަދާ ހަމާސްގެ ހަތިޔާރު ނައްތާލުމުން ނޫނީ ޣައްޒާ އިން ނުފައިބާނެ ކަމަށް އިސްރާއީލުން ބުނެފި

04 އޯގަސްޓު 2026
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ދެކޮޅު ހަދާ ހަމާސްގެ ހަތިޔާރު ނައްތާލުމުން ނޫނީ ޣައްޒާ އިން ނުފައިބާނެ ކަމަށް އިސްރާއީލުން ބުނެފި
04 އޯގަސްޓު 2026

އިސްރާއީލް އިން ޣައްޒާ އަށް ދިން ހަމަލާ، ޤަތަރާއި މިޞްރު އަދި ތުރުކީ އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

04 އޯގަސްޓު 2026
އިސްރާއީލް އިން ޣައްޒާ އަށް ދިން ހަމަލާ، ޤަތަރާއި މިޞްރު އަދި ތުރުކީ އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި
03 އޯގަސްޓު 2026

މޮރޮކޯ މަގުން ސްޕޭނުގެ ސިއުޓާއަށް ކުއްލި ގޮތަކަށް ގިނަ އަދަދެއްގެ ހިޖުރަވެރިން ވަދެގަތް މައްސަލައިގައި، އިސްރާއީލާއި އެމެރިކާގެ ބައިވެރިވުން އޮތް ކަމަށް އީރާނުން ތުހުމަތުކޮށްފި

ކޮންސަރޓެއްގެ ތެރޭގައި ފަލަސްތީނަށް ތާއީދުކޮށް ޝުއޫރު ފާޅުކުރުމާ ގުޅިގެން މެސިވް އެޓޭކް ބޭންޑު ސިންގަޕޫރުން މުއްދަތެއް ނެތް ގޮތަށް މަނާކޮށްފި

03 އޯގަސްޓު 2026
ކޮންސަރޓެއްގެ ތެރޭގައި ފަލަސްތީނަށް ތާއީދުކޮށް ޝުއޫރު ފާޅުކުރުމާ ގުޅިގެން މެސިވް އެޓޭކް ބޭންޑު ސިންގަޕޫރުން މުއްދަތެއް ނެތް ގޮތަށް މަނާކޮށްފި
02 އޯގަސްޓު 2026

ޣައްޒާގެ ފުނޑުވެފައިވާ އިމާރާތްތަކުގެ ދަށުން 112 މީހެއްގެ ހަށިގަނޑު ފެނިއްޖެ

02 އޯގަސްޓު 2026
ޣައްޒާގެ ފުނޑުވެފައިވާ އިމާރާތްތަކުގެ ދަށުން 112 މީހެއްގެ ހަށިގަނޑު ފެނިއްޖެ
01 އޯގަސްޓު 2026

ހަތިޔާރު ބަހައްޓަން ހަމާސް އިން އެއްބަސްވުމުން ޓްރަމްޕް އުފާކުރެއްވިޔަސް އިސްރާއީލުން ޣައްޒާ އިން ފައިބާނެތަ؟

01 އޯގަސްޓު 2026
ހަތިޔާރު ބަހައްޓަން ހަމާސް އިން އެއްބަސްވުމުން ޓްރަމްޕް އުފާކުރެއްވިޔަސް އިސްރާއީލުން ޣައްޒާ އިން ފައިބާނެތަ؟
31 ޖުލައި 2026

ޣައްޒާ އިން އިސްރާއީލު ސިފައިން ފައިބާނަމަ ހަތިޔާރު ބަހައްޓަން ހަމާސް އިން އެއްބަސްވެއްޖެ

31 ޖުލައި 2026
ޣައްޒާ އިން އިސްރާއީލު ސިފައިން ފައިބާނަމަ ހަތިޔާރު ބަހައްޓަން ހަމާސް އިން އެއްބަސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް