Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ

ހަމާސް އިން ހަތިޔާރު ދޫކޮށްލިކަން ޔަޤީން ނުވަނީސް، އިސްރާއީލްގެ ސިފައިން އެ ސަރަހައްދުން ފޭބުމަށް ބޯޑު އޮފް ޕީސް އިން ބޭނުމެއް ނުވޭ!

10 އޯގަސްޓު 2026 | ހޯމަ 06:47

މިލަޑެނޯވް ވިދާޅުވީ ހަމާސްގެ ހަތިޔާރު ނައްތާލުމާއި އެކަން ސެޓިފައި ކުރުމުގެ މަސައްކަތް ކުރިއަށް ދާނީ އެކި މަރުހަލާތަކަށް ބެހިގެން ކަމަށް. އަދި އިސްރާއީލްގެ ސިފައިން ޣައްޒާ އިން ފޭބުމަށް ލާޒިމު ވާނީ ކޮންމެ މަރުހަލާއެއްގެ ކަންކަން ފުރިހަމަވަމުންދާ މިންވަރަކުން ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 އޯގަސްޓު 2026 | ހޯމަ 06:47
ބޯޑު އޮފް ޕީސްގެ މަންދޫބު ނިކޮލާއި މިލަޑެނޯވް

ބޯޑު އޮފް ޕީސްގެ މަންދޫބު ނިކޮލާއި މިލަޑެނޯވް | ގެޓީ އިމޭޖަސް

ޣައްޒާގައި ހަރަކާތްތެރި ވަމުން އަންނަ ހަމާސް ޖަމާއަތުން ހަތިޔާރު ދޫކޮށްލިކަން ކަށަވަރު ނުކުރެވެނީސް، އިސްރާއީލްގެ ސިފައިން އެ ސަރަހައްދުން ފޭބުމަށް ބޯޑު އޮފް ޕީސް އިން އުންމީދު ނުކުރާ ކަމަށް، އެ ޖަމާއަތުގެ އިސް މަންދޫބު ނިކޮލާއި މިލަޑެނޯވް ވިދާޅުވެއްޖެ އެވެ. 

އިސްރާއީލްގެ ބްރޯޑްކާސްޓަރެއް ކަމަށްވާ ޗެނަލް 12 އަށް ދެއްވި އިންޓަވިއުއެއްގައި މިލަޑެނޯވް މިހެން ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި 15 ނުކުތާގެ ސުލްހައިގެ ރޭވުމަށް އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އިންކާރު ކުރައްވާފައިވާ ދަނޑިވަޅެއްގައި އެވެ.

މިލަޑެނޯވް ވިދާޅުވީ ހަމާސްގެ ހަތިޔާރު ނައްތާލުމާއި، އެކަން ސެޓިފައި ކުރުމުގެ މަސައްކަތް ކުރިއަށް ދާނީ އެކި މަރުހަލާތަކަށް ބެހިގެން ކަމަށެވެ. އަދި އިސްރާއީލްގެ ސިފައިން ޣައްޒާ އިން ފޭބުމަށް ލާޒިމު ވާނީ ކޮންމެ މަރުހަލާއެއްގެ ކަންކަން ފުރިހަމަވަމުންދާ މިންވަރަކުން ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

މި ވަގުތު އިސްރާއީލްގެ ކިބައިން އެންމެ ބޮޑަށް އެދެނީ ޣައްޒާގެ އެތެރެއަށް އިތުރަށް ވަދެގަތުން ހުއްޓާލުން ކަމަށް މަންދޫބު ވިދާޅުވި އެވެ. ވަކިން ޚާއްސަކޮށް، 'ޔެލޯ ލައިން' އިން އެތެރެ އަށް އިސްރާއީލްގެ ސިފައިން ނުވަނުމަށާއި، އާންމު ރައްޔިތުން މެރުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައި އެވެ.

މީގެ އިތުރުން މިލަޑެނޯވް ވިދާޅުވީ، އިސްރާއީލްގެ ސިފައިން މިހާރު ތިބި މަޤާމުތަކުގައި މަޑުކުރުމަށް ބޯޑް އޮފް ޕީސް އިން ބޭނުންވާ ކަމަށެވެ. އަދި އިސްރާއީލްގެ ސިފައިންގެ ފުރާނަ އަށް ނުރައްކާވާ ފަދަ ހަގީގީ ބިރެއް ކުރިމަތިވެގެން މެނުވީ، އާންމު ރައްޔިތުންގެ ގަޔަށް ބަޑި ނުޖެހުމުގެ ޔަގީންކަން ދޭން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޣައްޒާގެ މައްސަލައިގައި ބައިނަލްއަގުވާމީ މުޖުތަމައުން ސުލްހައިގެ އެކި ހުށަހެޅުންތައް ކުރިމަތިކުރަމުންދާއިރު، އިސްރާއީލް އިން ދަނީ އެ ޤައުމުގެ ސަލާމަތީ ކަންކަން ކަށަވަރު ނުވަނީސް، ދޫދޭން ބޭނުން ނުވާކަން ހާމަކުރަމުންނެވެ. މިލަޑެނޯވްގެ ވާހަކަތަކުން ދޭހަވަނީ، ޣައްޒާ އިން އިސްރާއީލް ސިފައިން ބޭލުމުގެ ކުރިން ހަމާސްގެ އަސްކަރީ ބާރު ކަނޑުވާލުމަކީ ބޯޑް އޮފް ޕީސް އިން ވެސް ޤަބޫލުކުރާ މުހިންމު ޝަރުތެއް ކަމެވެ.

މަސްދަރު: އަލް ޖަޒީރާ

ޣައްޒާ ހަނގުރާމައިސްރާއީލްބޯޑް އޮފް ޕީސްނިކޮލާއި މިލަޑެނޯވް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

09 އޯގަސްޓު 2026

އީރާނުން ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ޕްލޭން ފާސްކޮށްފި

09 އޯގަސްޓު 2026
އީރާނުން ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ޕްލޭން ފާސްކޮށްފި
09 އޯގަސްޓު 2026

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

09 އޯގަސްޓު 2026
އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި
09 އޯގަސްޓު 2026

އެމެރިކާއިން އެކުލަވާލި ޣައްޒާގެ ސުލްހައިގެ ޕްލޭން އިސްރާއީލުން ގަބޫލު ނުކުރާނެ ކަމަށް ބުނެ ބޭރުކޮށްލައިފި

09 އޯގަސްޓު 2026
އެމެރިކާއިން އެކުލަވާލި ޣައްޒާގެ ސުލްހައިގެ ޕްލޭން އިސްރާއީލުން ގަބޫލު ނުކުރާނެ ކަމަށް ބުނެ ބޭރުކޮށްލައިފި
09 އޯގަސްޓު 2026

ޣައްޒާގައި އިސްރާއީލުން ސުންނާފަތިކޮށްލާފައިވާ އިމާރާތެއްގެ ދަށުން 19 ހަށިގަނޑު ނަގައިފި

09 އޯގަސްޓު 2026
ޣައްޒާގައި އިސްރާއީލުން ސުންނާފަތިކޮށްލާފައިވާ އިމާރާތެއްގެ ދަށުން 19 ހަށިގަނޑު ނަގައިފި
09 އޯގަސްޓު 2026

ރަފަހް ސިޓީ އާބާދުކުރުމުގެ ހުއްދަ ނަތަންޔާހޫ ދީފައިވާ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

09 އޯގަސްޓު 2026
ރަފަހް ސިޓީ އާބާދުކުރުމުގެ ހުއްދަ ނަތަންޔާހޫ ދީފައިވާ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި
08 އޯގަސްޓު 2026

އިންޑިއާއާ އެކު އޮންނަ ގުޅުން ވަރުގަދަ ކުރާނެ ކަމުގެ ޔަޤީންކަމާ އެކު، ނަތަންޔާހޫގެ ޝުކުރު މޯދީ އަށް

08 އޯގަސްޓު 2026
އިންޑިއާއާ އެކު އޮންނަ ގުޅުން ވަރުގަދަ ކުރާނެ ކަމުގެ ޔަޤީންކަމާ އެކު، ނަތަންޔާހޫގެ ޝުކުރު މޯދީ އަށް
06 އޯގަސްޓު 2026

ޣައްޒާ ގައި "ސުލްހައިގެ އެއްބަސްވުމެއް" އިއުލާންކުރި ފަހުން އެވްރެޖްކޮށް ދުވާލަކު ކުއްޖަކު މަރުވެފައިވާ ކަމަށް ޔުނިސެފުން ބުނެފި

06 އޯގަސްޓު 2026
ޣައްޒާ ގައި "ސުލްހައިގެ އެއްބަސްވުމެއް" އިއުލާންކުރި ފަހުން އެވްރެޖްކޮށް ދުވާލަކު ކުއްޖަކު މަރުވެފައިވާ ކަމަށް ޔުނިސެފުން ބުނެފި
04 އޯގަސްޓު 2026

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ދެކޮޅު ހަދާ ހަމާސްގެ ހަތިޔާރު ނައްތާލުމުން ނޫނީ ޣައްޒާ އިން ނުފައިބާނެ ކަމަށް އިސްރާއީލުން ބުނެފި

04 އޯގަސްޓު 2026
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ދެކޮޅު ހަދާ ހަމާސްގެ ހަތިޔާރު ނައްތާލުމުން ނޫނީ ޣައްޒާ އިން ނުފައިބާނެ ކަމަށް އިސްރާއީލުން ބުނެފި
04 އޯގަސްޓު 2026

އިސްރާއީލް އިން ޣައްޒާ އަށް ދިން ހަމަލާ، ޤަތަރާއި މިޞްރު އަދި ތުރުކީ އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

04 އޯގަސްޓު 2026
އިސްރާއީލް އިން ޣައްޒާ އަށް ދިން ހަމަލާ، ޤަތަރާއި މިޞްރު އަދި ތުރުކީ އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި
03 އޯގަސްޓު 2026

އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ނިންމާނެ ގޮތެއް އެމެރިކާއަށް ނޭނގިފައި!

03 އޯގަސްޓު 2026
އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ނިންމާނެ ގޮތެއް އެމެރިކާއަށް ނޭނގިފައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް