Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ

ޣައްޒާގެ ފުނޑުވެފައިވާ އިމާރާތްތަކުގެ ދަށުން 112 މީހެއްގެ ހަށިގަނޑު ފެނިއްޖެ

2 އޯގަސްޓު 2026 | އާދީއްތަ 08:39

ޣައްޒާގެ ސަބްރާ އަވަށުގައި އިސްރާއީލުން ސުންނާފަތިކޮށްލި އިމާރާތްތަކުގެ ކުނިތަކުގެ ދަށުން 112 މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު، މީގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. އައި.ސީ.އާރް.ސީގެ އެހީތެރިކަމާއެކު ކުރިއަށްދާ މި އޮޕަރޭޝަނުގައި އަދިވެސް 157 މީހަކު ނުފެނިވާތީ، އަމަލީ ގޮތުން ކުނިތައް ކޮނެގެން އެމީހުން ހޯދުމުގެ ބުރަ މަސައްކަތް ދަނީ ކުރަމުންނެވެ.

ރާއްޖެ އެމްވީ | 2 އޯގަސްޓު 2026 | އާދީއްތަ 08:39
2026 ޖުލައި 31 ވަނަ ދުވަހު، ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި ސުންނާފަތިކޮށްލާފައިވާ އިމާރާތްތަކުގެ ކައިރިން ފަލަސްތީނުގެ ފިރިހެނަކު ހިނގާފައި ދަނީ.

2026 ޖުލައި 31 ވަނަ ދުވަހު، ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި ސުންނާފަތިކޮށްލާފައިވާ އިމާރާތްތަކުގެ ކައިރިން ފަލަސްތީނުގެ ފިރިހެނަކު ހިނގާފައި ދަނީ. | އޭއެފްޕީ

ޣައްޒާގެ ކަމާބެހޭ އިދާރާތަކުން ހޮނިހިރު ދުވަހު ހާމަކުރި ގޮތުގައި، އިސްރާއީލުން ދެ އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ދެމުންގެންދާ ހަމަލާތަކުގައި ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ކުނިތަކުގެ ދަށުން އިތުރު 112 މީހެއްގެ ހަށިގަނޑު މިހާރު ވަނީ ފެނިފަ އެވެ. މިއީ ބޮޑެތި ގޮންޖެހުންތަކަކާއެކު ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ފެނުނު ހަށިގަނޑުތަކެކެވެ.

ޣައްޒާ ސިޓީގެ ދެކުނުގައި އޮންނަ ސަބްރާ އަވަށުގައި، ގާތްގަނޑަކަށް 136 ގަޑިއިރު ވަންދެން، ގިނަ ފަހަރަށް ހުސްއަތާ ކޮނެގެން ކުރި މަސައްކަތުން މަރުވެފައިވާ މީހުންގެ ހަށިގަނޑުތަކާއި ހަށިގަނޑުގެ ބައިތައް ފެނިފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފައިވެ އެވެ.

ހަމާސްގެ ދަށުން ހިންގާ ރެސްކިއު ސާވިސްއެއް ކަމަށްވާ ސިވިލް ޑިފެންސް އެޖެންސީން ބުނި ގޮތުގައި، ފެނުނު ހަށިގަނޑުތަކުގެ ތެރޭގައި 40 ކުޑަކުދިންނާއި، 38 އަންހެނުންގެ އިތުރުން ޖިސްމާނީ ނުކުޅެދުންތެރިކަން ހުރި ހަތް މީހަކު ހިމެނެ އެވެ.

އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައި.ސީ.އާރް.ސީ) އިން ބުނި ގޮތުގައި، ގާތްގަނޑަކަށް ދެ ހަފުތާގެ މުއްދަތަށް ކުރިއަށްދިޔަ މި އޮޕަރޭޝަނަށް އެ ޖަމިއްޔާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ޣައްޒާގައި ހުންނަވާ އައި.ސީ.އާރް.ސީގެ ތަރުޖަމާނު އަމާނީ އަލް-ނައޫޤް ވިދާޅުވީ، ދެ އަހަރާއި ބައިގެ މުއްދަތަށް ޣައްޒާގެ އެތައް ހާސް އާއިލާއަކުން ދިރިއުޅެމުންދަނީ ނުތަނަވަސްކަމާއި ވޭނުގައި ކަމަށެވެ. އަދި އެ އާއިލާތަކުން އިންތިޒާރު ކުރަމުންދަނީ އެމީހުންގެ ލޯބިވާ މީހުންގެ ހަށިގަނޑުތައް ފެނި، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކަރާމާތްތެރިކަމާއެކު ވަޅުލުމުގެ ފުރުސަތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ގެއްލިފައިވާ މީހުން ހޯދުމާއި މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ނެގުމަކީ އިންސާނީ ގޮތުން ނުހަނު މުހިންމު ކަމެއް ކަމަށް އޭނާ އޭ.އެފް.ޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

ސިވިލް ޑިފެންސް އެޖެންސީގެ ފަރާތުން އެ ސަރަހައްދުގެ މަސައްކަތްތަކާ ހަވާލުވެ ހުންނެވި ކާނަލް މުހައްމަދު އަބޫ ދާން ވިދާޅުވީ، އެ ސަރަހައްދުގެ ކުނިތަކުގެ ދަށުގައިވާނެ ކަމަށް ބެލެވޭ އިތުރު 157 މީހެއްގެ ހަށިގަނޑު އަދިވެސް ނުފެންނަ ކަމަށެވެ.

އޭނާ ސިފަކުރެއްވި ގޮތުގައި މި މަސައްކަތަކީ ނުހަނު ބުރަ މަސައްކަތެކެވެ. ސަބަބަކީ ޓީމުތަކުން ހަލާކުވެފައިވާ ކޮންކްރީޓްތަކާއި ބަނޑިވެފައިވާ ދަގަނޑުތަކުގެ ތެރެއިން ހަށިގަނޑުތައް ހޯދަމުންދަނީ ހުސް އަތާ ކަމަށްވާތީ އެވެ.

ޣައްޒާގައި އަދިވެސް އެތައް ހާސް ބައެއްގެ ހަށިގަނޑު ނުފެނި އެބަހުއްޓެވެ. ބެލެވޭ ގޮތުގައި މީގެ ތެރެއިން ގިނަ މީހުން ވަޅުލެވިފައިވަނީ އިސްރާއީލުން ދިން ވަރުގަދަ ވައިގެ ހަމަލާތަކުގައި ސުންނާފަތިވި އިމާރާތްތަކުގެ ކުނިތަކުގެ ދަށުގަ އެވެ.

މީޑިއާތަކަށް ކުރިމަތިކޮށްފައިވާ ހުރަސްތަކާއި ޣައްޒާއަށް ވަނުމަށް އޮތް ދަތިތަކުގެ ސަބަބުން، މަރުވި މީހުންގެ އަދަދުތައް މިނިވަންކަމާއެކު ކަށަވަރުކުރުމަށް ނުވަތަ ހިނގަމުންދާ އަނިޔާވެރި އަމަލުތައް މިނިވަންކަމާއެކު ރިޕޯޓްކުރުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.

ޣައްޒާގެ ސިއްހީ ވުޒާރާއިން ކަށަވަރުކޮށްދޭ ގޮތުގައި މި ހަނގުރާމައިގައި މިހާތަނަށް 73,300 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. މިއީ އދ. އިން ވެސް އިތުބާރުކުރާ ހިސާބުތަކެކެވެ.

ޣައްޒާއިސްރާއީލްހަމާސްޣައްޒާ ހަނގުރާމަ

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

3

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

4

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

5

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

އިތުރަށް ކިޔާލަން

02 އޯގަސްޓު 2026

އީރާނަށް ދޭން ރާވާފައިވާ ހަމަލާތައް ޓްރަމްޕް ކެންސަލްކުރައްވައިފި

02 އޯގަސްޓު 2026
އީރާނަށް ދޭން ރާވާފައިވާ ހަމަލާތައް ޓްރަމްޕް ކެންސަލްކުރައްވައިފި
02 އޯގަސްޓު 2026

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

02 އޯގަސްޓު 2026
އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން
01 އޯގަސްޓު 2026

ހަތިޔާރު ބަހައްޓަން ހަމާސް އިން އެއްބަސްވުމުން ޓްރަމްޕް އުފާކުރެއްވިޔަސް އިސްރާއީލުން ޣައްޒާ އިން ފައިބާނެތަ؟

01 އޯގަސްޓު 2026
ހަތިޔާރު ބަހައްޓަން ހަމާސް އިން އެއްބަސްވުމުން ޓްރަމްޕް އުފާކުރެއްވިޔަސް އިސްރާއީލުން ޣައްޒާ އިން ފައިބާނެތަ؟
31 ޖުލައި 2026

ޣައްޒާ އިން އިސްރާއީލު ސިފައިން ފައިބާނަމަ ހަތިޔާރު ބަހައްޓަން ހަމާސް އިން އެއްބަސްވެއްޖެ

31 ޖުލައި 2026
ޣައްޒާ އިން އިސްރާއީލު ސިފައިން ފައިބާނަމަ ހަތިޔާރު ބަހައްޓަން ހަމާސް އިން އެއްބަސްވެއްޖެ
31 ޖުލައި 2026

ނަތަންޔާހޫގެ ސިޔާސަތުން އިސްރާއީލާއި އެމެރިކާގެ ވަރުގަދަ ގުޅުމަށް ބޮޑު ގެއްލުމެއް

31 ޖުލައި 2026
ނަތަންޔާހޫގެ ސިޔާސަތުން އިސްރާއީލާއި އެމެރިކާގެ ވަރުގަދަ ގުޅުމަށް ބޮޑު ގެއްލުމެއް
31 ޖުލައި 2026

މިސްރުގެ ބަނަދަށް ދިން ހަމަލާ އީރާނުގެ ބޮލުގައި އަޅުވަން އުޅެނީ ސުލްހަ ނަގާލުމަށް އިސްރާއީލުން ރާވާ ރޭވުމެއްގެ ދަށުން

31 ޖުލައި 2026
މިސްރުގެ ބަނަދަށް ދިން ހަމަލާ އީރާނުގެ ބޮލުގައި އަޅުވަން އުޅެނީ ސުލްހަ ނަގާލުމަށް އިސްރާއީލުން ރާވާ ރޭވުމެއްގެ ދަށުން
29 ޖުލައި 2026

އެމެރިކާއާއި ސައުދީ އަރަބިއްޔާ ގުޅިގެން އިރާގަށް ދިން ވައިގެ ހަމަލާތައް އީރާނުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

29 ޖުލައި 2026
އެމެރިކާއާއި ސައުދީ އަރަބިއްޔާ ގުޅިގެން އިރާގަށް ދިން ވައިގެ ހަމަލާތައް އީރާނުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި
28 ޖުލައި 2026

ހަނގުރާމަތަކުގައި އިސްރާއީލް އިން ބޭނުންވާ ނަތީޖާ ނުނެރެވޭ، ފުރިހަމަ އަށް ފެއިލްވެއްޖެ: ސިފައިންގެ ބިއުރޯގެ ކުރީގެ ރައީސް

28 ޖުލައި 2026
ހަނގުރާމަތަކުގައި އިސްރާއީލް އިން ބޭނުންވާ ނަތީޖާ ނުނެރެވޭ، ފުރިހަމަ އަށް ފެއިލްވެއްޖެ: ސިފައިންގެ ބިއުރޯގެ ކުރީގެ ރައީސް
26 ޖުލައި 2026

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ހުރި މިސްކިތެއްގައި އިސްރާއީލުގެ ވަޒަންވެރިން އަލިފާން ރޯކޮށްލައިފި

26 ޖުލައި 2026
އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ހުރި މިސްކިތެއްގައި އިސްރާއީލުގެ ވަޒަންވެރިން އަލިފާން ރޯކޮށްލައިފި
25 ޖުލައި 2026

ދުޝްމަނުން އަމާން ދިނުމުން ނޫނީ ހަމަލާތައް ނުހުއްޓާނެ ކަމަށް އީރާނުން ބުނެފި

25 ޖުލައި 2026
ދުޝްމަނުން އަމާން ދިނުމުން ނޫނީ ހަމަލާތައް ނުހުއްޓާނެ ކަމަށް އީރާނުން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް