އެމެރިކާގެ ޤައުމީ ދަރަނި 40 ޓްރިލިއަން ޑޮލަރަށް، މިއީ އެޤައުމުގެ ތާރީޚުގައި އެންމެ މަތިވި ފުރަތަމަ ފަހަރު
20 އޯގަސްޓު 2026 | ބުރާސްފަތި 06:35އެމެރިކާގެ ދަރަނި މިހާ ބޮޑަށް އުފުލިގެން ގޮސްފައިވަނީ، އެ ޤައުމުން ފައިސާ ދަރަންޏަށް ނަގާ މިންވަރު އާދަޔާ ޚިލާފަށް އިތުރުވުމާ ގުޅިގެން. ދަރަނި އިންތިހާ އަށް މައްޗަށް ދިޔުމުގެ ސަބަބުން، އެމެރިކާގެ މާލީ ހާލަތާ މެދު އިންވެސްޓަރުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައ. ޚާއްސަކޮށް އެމެރިކާގެ އިޤްތިސާދީ ކުރިމަގާއި ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގައި ހުރި ގޮންޖެހުންތަކާ މެދު މާލީ މާހިރުން ދަނީ ސުވާލު އުފައްދަމުން


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް
އެމެރިކާގެ ޤައުމީ ދަރަނި ތާރީޚީ މިންވަރަކަށް އިތުރުވެ، ޖުމްލަ ދަރަނި 40 ޓްރިލިއަން ޑޮލަރަށް އަރައިފި އެވެ.
މިއީ އެ ޤައުމުގެ ތާރީޚުގައި ވެސް ދަރަނި މިހާ މަތީ މިންވަރަކަށް އުފުލުނު ފުރަތަމަ ފަހަރެވެ.
އެމެރިކާގެ ދަރަނި މިހާ ބޮޑަށް އުފުލިގެން ގޮސްފައިވަނީ، އެ ޤައުމުން ފައިސާ ދަރަންޏަށް ނަގާ މިންވަރު އާދަޔާ ޚިލާފަށް އިތުރުވުމާ ގުޅިގެންނެވެ. ދަރަނި އިންތިހާ އަށް މައްޗަށް ދިޔުމުގެ ސަބަބުން، އެމެރިކާގެ މާލީ ހާލަތާމެދު އިންވެސްޓަރުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައި އެވެ. ޚާއްސަކޮށް އެމެރިކާގެ އިޤްތިސާދީ ކުރިމަގާއި ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގައި ހުރި ގޮންޖެހުންތަކާ މެދު މާލީ މާހިރުން ދަނީ ސުވާލު އުފައްދަމުންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް، ދަރަނި ކޮންޓްރޯލް ކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައި އެވެ. ނަމަވެސް، ޓްރަމްޕްގެ އެ ވައުދުފުޅުތަކާ އެކު ވެސް، ދަރަނި އިތުރުވަމުންދާ ހަލުވި މިނަށް ބަދަލެއް ނައިސް، ރެކޯޑު މިންވަރަކަށް ދަރަނި މައްޗަށް ދިޔުމަކީ އިޤްތިސާދީ ގޮތުން ކުރިމަތިވި ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފައި އެވެ.
މީގެ އިތުރުން، ދަރަނި މިހާ ބޮޑަށް އިތުރުވަމުންދާ ދިޔުމަކީ، އެމެރިކާގެ އާންމު ރައްޔިތުންގެ ޚިޔާލު ވެސް މިކަމަށް އަމާޒުވެފައިވާ މައުޟޫއެކެވެ. ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ދަރަންޏަށް ފައިސާ ނެގުން އިތުރުވަމުންދާ ދިޔުމަކީ، ދިގު މުއްދަތެއްގައި އެމެރިކާގެ އިޤްތިސާދީ ވަރުގަދަކަމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެއް ކަމަށް މާލީ ދާއިރާގެ ދިރާސާވެރިން ބުނެ އެވެ.
އެމެރިކާގެ ދަރަނި 40 ޓްރިލިއަން ޑޮލަރަށް އެރިއިރު، މިއީ ދުނިޔޭގެ އެންމެ ބޮޑު އިޤްތިސާދުގެ މާލީ ރައްކާތެރިކަމާ މެދު ބައިނަލްއަޤުވާމީ މާލީ ބާޒާރުތަކުގައި ބަހުސްތައް ވަރުގަދަވެގެން ގޮސްފައިވާ ދަނޑިވަޅެކެވެ. ސަރުކާރުގެ ސިޔާސަތުތަކަށް ގެންނަ ބަދަލުތަކުން މި މައްސަލަ އަށް ހައްލެއް ލިބޭނެތޯ ބެލުމަށް ގިނަ ބަޔަކު ދަނީ ފާރަވެރިވަމުންނެވެ.
މަސްދަރު: ފައިނޭންޝަލް ޓައިމްސް










