Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ހުރްމުޒް ކަނޑުއޮޅި އަކީ އެމެރިކާގެ އަމިއްލަ މިލްކުގައިވާ ސަރަހައްދެއް: ޓްރަމްޕް

22 އޯގަސްޓު 2026 | ހޮނިހިރު 06:35

މި ރެލީގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ، ބައިނަލްއަޤުވާމީ ގޮތުން ފާހަގަ ކޮށްލެވޭ ވަރުގަދަ ބަޔާނެއް ދެއްވާފައި. އެގޮތުން، މިހާރު ހުރްމުޒް ކަނޑުއޮޅި އަކީ އެމެރިކާގެ ސަރަހައްދެއްގެ ގޮތުގައި އޭނާ ދެކެވަޑައިގަންނަވާ ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވި. މިއީ ބައިނަލްއަޤުވާމީ ކަނޑުގެ ސަރަހައްދެއްގެ ގޮތުގައި ބެލެވޭ ތަނަކަށްވީ ނަމަވެސް، ޓްރަމްޕް ވަނީ އެއީ އެމެރިކާގެ މިލްކެއްގެ ގޮތުގައި ސިފަކުރައްވާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 އޯގަސްޓު 2026 | ހޮނިހިރު 06:35
އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އީރާން އަށް ނިއުކްލިއަރ ހަތިޔާރު ހޯދުމުގެ ފުރުސަތު އެއްގޮތަކަށް ވެސް ދީގެން ނުވާނެ ކަމަށް ވިދާޅުވެ، ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހުރްމުޒް ކަނޑުއޮޅި އަކީ އެމެރިކާގެ ސަރަހައްދެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ސައުތު ކެރޮލައިނާގެ މާޓްލް ބީޗުގައި ބޭއްވި ކެމްޕެއިން ރެލީއެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާން އަށް ނިއުކްލިއަރ ހަތިޔާރު ލިބުމުގެ ފުރުސަތު އެމެރިކާ އިން ދީގެން ނުވާނެ ކަމަށެވެ. އަދި އީރާން އަށް އެފަދަ ހަތިޔާރެއް ލިބިއްޖެ ނަމަ، އޭގެ ނަތީޖާ ވަރަށް ގޯސްވާނެ ކަމަށް ވެސް ޓްރަމްޕް އިންޒާރު ދެއްވި އެވެ.

Advertisement - worldAdvertisement

ޓްރަމްޕް ވިދާޅުވީ އޭނާގެ ސަރުކާރުން ވަނީ އީރާންގެ މަސައްކަތްތައް ހުއްޓުވާފައި ކަމަށާއި، އެ ޤައުމަށް ދުވަހަކު ވެސް ނިއުކްލިއާ ހަތިޔާރެއް ނުލިބޭނެ ކަމަށެވެ. މީގެ އިތުރުން، އީރާން އިން އެމެރިކާ އާއެކު އެއްބަސްވުމަކަށް އަންނަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި، ނަމަވެސް އެފަދަ އެއްބަސްވުމެއް ޤާއިމު ކުރަން ބޭނުންވާކަން ނުވަތަ ނޫންކަން މިހާރު އެމެރިކާ އަށް ޔަޤީން ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅު

މި ރެލީގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ، ބައިނަލްއަޤުވާމީ ގޮތުން ފާހަގަ ކޮށްލެވޭ ވަރުގަދަ ބަޔާނެއް ދެއްވާފައި އެވެ. އެގޮތުން، މިހާރު ހުރްމުޒް ކަނޑުއޮޅި އަކީ އެމެރިކާގެ ސަރަހައްދެއްގެ ގޮތުގައި އޭނާ ދެކެވަޑައިގަންނަވާ ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވި އެވެ. މިއީ ބައިނަލްއަޤުވާމީ ކަނޑުގެ ސަރަހައްދެއްގެ ގޮތުގައި ބެލެވޭ ތަނަކަށްވީ ނަމަވެސް، ޓްރަމްޕް ވަނީ އެއީ އެމެރިކާގެ މިލްކެއްގެ ގޮތުގައި ސިފަ ކުރައްވާފައި އެވެ.

ހުރްމުޒް ކަނޑުއޮޅި އަކީ ދުނިޔޭގައި އުފައްދާ ތެލުގެ ބޮޑު ބައެއް އެ ސަރަހައްދުން ދަތުރުކުރާ، ޖިއޯޕޮލިޓިކަލް ގޮތުން ނުހަނު މުހިންމު ސަރަހައްދެކެވެ. ޓްރަމްޕްގެ މި ވާހަކަފުޅުތަކާ ގުޅިގެން މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި، މިއީ އީރާންއާ މެދު އޭނާ ގެންގުޅުއްވާ ހަރުކަށި ސިޔާސަތު އިތުރަށް ހާމަވެގެން ދިޔަ ކަމެކެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން ހަނގުރާމައީރާން-އެމެރިކާހުރްމުޒް ކަނޑުއޮޅިޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

3

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

4

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

5

9/11 ގެ ހާދިސާ: ބުޝް އަނބުރާ ވޮޝިންޓަން އަށް ގެނައުމަށް ދެކޮޅު ހެދުމާއި، އެއަރފޯސް ވަންގެ ސިއްރު ކޯޑު ޓެރަރިސްޓުން ހޯދި ވާހަކަ!

އިތުރަށް ކިޔާލަން

23 އޯގަސްޓު 2026

އީރާން އަކީ ވެނެޒުއެލާ ފަދަ ޤައުމަކަށް ވާނެ ކަމަށް އެމެރިކާ އިން އުންމީދުކުރި: ޕެޒެޝްކިއާން

23 އޯގަސްޓު 2026
އީރާން އަކީ ވެނެޒުއެލާ ފަދަ ޤައުމަކަށް ވާނެ ކަމަށް އެމެރިކާ އިން އުންމީދުކުރި: ޕެޒެޝްކިއާން
23 އޯގަސްޓު 2026

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

23 އޯގަސްޓު 2026
އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން
23 އޯގަސްޓު 2026

ދުވަހަކުވެސް އަމާން ނުދޭނަން، ރައްޔިތުންނާއި އީރާނަށްޓަކައި ލޭގެ އެންމެ ފަހު ތިއްކާ ޖެހެންދެން ގުރުބާންވާނަން: އީރާންގެ ސަލާމަތީ ކަންކަމާ ބެހޭ އިސްވެރިޔާ

23 އޯގަސްޓު 2026
ދުވަހަކުވެސް އަމާން ނުދޭނަން، ރައްޔިތުންނާއި އީރާނަށްޓަކައި ލޭގެ އެންމެ ފަހު ތިއްކާ ޖެހެންދެން ގުރުބާންވާނަން: އީރާންގެ ސަލާމަތީ ކަންކަމާ ބެހޭ އިސްވެރިޔާ
23 އޯގަސްޓު 2026

ސައުދީގެ ވަލީއަހުދު މުހައްމަދާއި ފްރާންސްގެ ރައީސް މެކްރޮން ބައްދަލު ކުރައްވަނީ، މުހިންމު ކަަމަކަށް އޮތީ މެދުއިރުމަތީގެ މަސްރަހާއި ހުރްމުޒް ކަނޑުއޮޅީގެ ހާލަތު

23 އޯގަސްޓު 2026
ސައުދީގެ ވަލީއަހުދު މުހައްމަދާއި ފްރާންސްގެ ރައީސް މެކްރޮން ބައްދަލު ކުރައްވަނީ، މުހިންމު ކަަމަކަށް އޮތީ މެދުއިރުމަތީގެ މަސްރަހާއި ހުރްމުޒް ކަނޑުއޮޅީގެ ހާލަތު
22 އޯގަސްޓު 2026

އެމެރިކާއާއެކު ކުރި ހަނގުރާމައިން އީރާނުގެ ހަތިޔާރުގެ ގާބިލުކަމާ ބެހޭގޮތުން ހާމަވީ ކޮން ކަމެއް؟

22 އޯގަސްޓު 2026
އެމެރިކާއާއެކު ކުރި ހަނގުރާމައިން އީރާނުގެ ހަތިޔާރުގެ ގާބިލުކަމާ ބެހޭގޮތުން ހާމަވީ ކޮން ކަމެއް؟
22 އޯގަސްޓު 2026

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

ކެނެޑާ އާއި އެމެރިކާއާ ދެމެދު އިގްތިސާދީ ބޮޑު ހަނގުރާމައެއް - ކެނެޑާއިން ބުނީ އަމަލުކުރާނީ "ޑޮލަރަކަށް ޑޮލަރެއްގެ" އުސޫލުން ކަމަށް

22 އޯގަސްޓު 2026
ކެނެޑާ އާއި އެމެރިކާއާ ދެމެދު އިގްތިސާދީ ބޮޑު ހަނގުރާމައެއް - ކެނެޑާއިން ބުނީ އަމަލުކުރާނީ "ޑޮލަރަކަށް ޑޮލަރެއްގެ" އުސޫލުން ކަމަށް
22 އޯގަސްޓު 2026

އެމެރިކާގެ ފިޔަވަޅުތަކަކީ، ހުރިހާ ޤައުމަކާ ދެކޮޅަށް ކުރާ ހަނގުރާމައެއް: އީރާން

22 އޯގަސްޓު 2026
އެމެރިކާގެ ފިޔަވަޅުތަކަކީ، ހުރިހާ ޤައުމަކާ ދެކޮޅަށް ކުރާ ހަނގުރާމައެއް: އީރާން
22 އޯގަސްޓު 2026

އީރާންގައި ވެރިކަން ކުރަން ބޭނުންވާ މީހަކު ނެތް، ރައީސް އަކީ ކާކު ކަމެއް ވެސް ނޭނގޭ: ޓްރަމްޕް

22 އޯގަސްޓު 2026
އީރާންގައި ވެރިކަން ކުރަން ބޭނުންވާ މީހަކު ނެތް، ރައީސް އަކީ ކާކު ކަމެއް ވެސް ނޭނގޭ: ޓްރަމްޕް
22 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅިން ދުވާލަކު 8 މިލިއަން ތެޔޮ ފީފާ ބޭރުކުރޭ

22 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅިން ދުވާލަކު 8 މިލިއަން ތެޔޮ ފީފާ ބޭރުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް