Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

20 އޯގަސްޓު 2026 | ބުރާސްފަތި 11:04

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުތުރު ކޮރެއާގެ ލީޑަރާ ބައްދަލުކުރައްވާނެކަން ހާމަކުރައްވާފައިވަނިކޮށް، އެ ގައުމުން 10 ވަރަކަށް ބެލިސްޓިކް މިސައިލް ފޮނުވާލައިފި. ޓްރަމްޕް ވަނީ ކިމްއާ އެކު އޮތް ގުޅުން އާލާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައި

ރާއްޖެ އެމްވީ | 20 އޯގަސްޓު 2026 | ބުރާސްފަތި 11:04
އުތުރު ކޮރެއާއިން ކުރު ރާސްތާގެ 10 ބެލިސްޓިކް މިސައިލް ޖަޕާން ކަނޑަށް އަމާޒުކޮށް ފޮނުވާލުމާ ގުޅިގެން، ޖަޕާނުގެ ޓޯކިޔޯ އަދި ދެކުނު ކޮރެއާގެ ސޯލްގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފި

އުތުރު ކޮރެއާއިން ކުރު ރާސްތާގެ 10 ބެލިސްޓިކް މިސައިލް ޖަޕާން ކަނޑަށް އަމާޒުކޮށް ފޮނުވާލުމާ ގުޅިގެން، ޖަޕާނުގެ ޓޯކިޔޯ އަދި ދެކުނު ކޮރެއާގެ ސޯލްގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފި | ދަ ޓެކްޓޯނިކް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާ މިއަހަރުގެ ފަހުކޮޅު ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، އުތުރު ކޮރެއާއިން ކުރު ރާސްތާގެ 10 ވަރަކަށް ބެލިސްޓިކް މިސައިލް ފޮނުވާލާފައިވާ ކަމަށް ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ބުރާސްފަތި ދުވަހު ބުނެފި އެވެ.

ސޯލްގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ އޮފިޝަލަކު އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އުތުރު ކޮރެއާގެ ވެރިރަށް ޕިޔޮންގްޔަންގް ސަރަހައްދުން ކުރު ރާސްތާގެ 10 ވަރަކަށް ބެލިސްޓިކް މިސައިލް ފޮނުވާލާފައިވާ ކަމަށެވެ.

ޖަޕާނުގެ ބޮޑުވަޒީރުގެ އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އުތުރު ކޮރެއާއިން ފޮނުވާލާފައިވަނީ ބެލިސްޓިކް މިސައިލެއް ކަމަށް ބެލެވޭ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، އޭނާގެ ފުރަތަމަ ދައުރުގައި ނިއުކްލިއާ ހަތިޔާރު އުފައްދާ އުތުރު ކޮރެއާގެ ލީޑަރާއެކު އުފެއްދެވި ގާތް ގުޅުން އަލުން އާލާކުރުމުގެ ގޮތުން ކިމް ޖޮންގް އުންއާ ބައްދަލުކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން، ކިމްއާ އެކު ގުޅުން ބޭއްވުމަކީ މުހިންމު ކަމެއް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި އާދަޔާ ހިލާފު މައުލޫމާތެއް ހިއްސާކުރައްވަމުން ޓްރަމްޕް ވިދާޅުވީ، ޕިޔޮންގްޔަންގްގެ އަތުގައި މިހާރު ވަރަށް ބާރުގަދަ 57 ނިއުކްލިއާ ހަތިޔާރު އެބަހުރި ކަމަށެވެ.

ޓްރަމްޕް ކުއްލިއަކަށް ކިމްއަށް ސަމާލުކަން ދެއްވަން ފެއްޓެވުމާއި، އެމެރިކާއާއި ދެކުނު ކޮރެއާ ގުޅިގެން ބާއްވާ އަސްކަރީ ތަމްރީނުތައް މަދުކުރެއްވުމާ ގުޅިގެން އޭޝިއާގެ ބައިވެރިންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފަ އެވެ. އަދި މިއީ އީރާނާއެކު ކުރާ ހަނގުރާމަ މަޑުޖެހިފައިވާ ދަނޑިވަޅެއްގައި، ބޭރުގެ ސިޔާސަތުގެ ދާއިރާއިން ކާމިޔާބީއެއް ހޯއްދެވުމަށް ޓްރަމްޕް ކުރައްވާ ކަމެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ނުފޫޒުގަދަ ކޮއްކޮ، ކިމް ޔޯ ޖޮންގް ބުދަ ދުވަހު ވިދާޅުވީ، އޭނާގެ ބޭބެއާއި ޓްރަމްޕާ ދެމެދު މުއާމަލާތްތަކެއް ހިނގާފައިވާ ކަމަށް ބުނާ ރިޕޯޓުތަކާ ބެހޭ އެއްވެސް މައުލޫމާތެއް އޭނާއަށް އެނގިފައި ނުވާ ކަމަށެވެ.

އެހެންނަމަވެސް، ކިމް ޔޯ ޖޮންގް ވިދާޅުވީ ޓްރަމްޕާ މެދު އޭނާގެ ބޭބެގެ ހިތުގައި އަދިވެސް ރަނގަޅު ހަނދާންތަކާއި ޝުއޫރުތަކެއް އެބަހުރި ކަމަށާއި، ދެ ލީޑަރުންގެ މެދުގައި އޮތް ގުޅުން އަދިވެސް އޮތީ ވަރަށް ރަނގަޅު ފެންވަރެއްގައި ކަމަށެވެ.

ބުދަ ދުވަހުގެ ކުރީކޮޅު ސޯލްގެ އަސްކަރިއްޔާއިން ބުނެފައިވަނީ، އެމެރިކާގެ ހުށަހެޅުމަކަށް، ކުރިން އޮގަސްޓް 27 ގައި ނިންމާލުމަށް ހަމަޖެހިފައި އޮތް އަސްކަރީ ތަމްރީނުތައް މި ހުކުރު ދުވަހު ނިންމާލާނެ ކަމަށެވެ.

ދެކުނު ކޮރެއާގެ ޑިފެންސް މިނިސްޓަރު ބުރާސްފަތި ދުވަހު ވިދާޅުވީ، އުތުރު ކޮރެއާގެ އަތުގައި 80 އާއި 120 އާ ދެމެދުގެ އަދަދަކަށް ނިއުކްލިއާ ހަތިޔާރު ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ޑޮނަލްޑް ޓްރަމްޕްކިމް ޖޮންގ އަންއުތުރު ކޮރެއާއެމެރިކާ-އުތުރު ކޮރެއާ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި

އިތުރަށް ކިޔާލަން

20 އޯގަސްޓު 2026

އެމެރިކާގެ ޤައުމީ ދަރަނި 40 ޓްރިލިއަން ޑޮލަރަށް، މިއީ އެޤައުމުގެ ތާރީޚުގައި އެންމެ މަތިވި ފުރަތަމަ ފަހަރު

20 އޯގަސްޓު 2026
އެމެރިކާގެ ޤައުމީ ދަރަނި 40 ޓްރިލިއަން ޑޮލަރަށް، މިއީ އެޤައުމުގެ ތާރީޚުގައި އެންމެ މަތިވި ފުރަތަމަ ފަހަރު
20 އޯގަސްޓު 2026

އީރާންއާ ދެކޮޅަށް "ވަރުގަދަ އިޤްތިސާދީ އޮޕަރޭޝަނެއް" ފައްޓަވާނެ ކަމަށް ޓްރަމްޕް އިއުލާނު ކުރައްވައިފި

20 އޯގަސްޓު 2026
އީރާންއާ ދެކޮޅަށް "ވަރުގަދަ އިޤްތިސާދީ އޮޕަރޭޝަނެއް" ފައްޓަވާނެ ކަމަށް ޓްރަމްޕް އިއުލާނު ކުރައްވައިފި
19 އޯގަސްޓު 2026

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

19 އޯގަސްޓު 2026
ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ
17 އޯގަސްޓު 2026

އެމެރިކާގެ މަންދޫބު ޖެރެޑް ކުޝްނަރ ހަމާސްގެ ލީޑަރުންނާ ބައްދަލުކުރެއްވުން - ޣައްޒާގެ މައްސަލައިގައި ޓްރަމްޕް ގެންގުޅުއްވާ މަގުޗާޓަށް މީގެން ކުރާނީ ކޮން އަސަރެއް؟

17 އޯގަސްޓު 2026
އެމެރިކާގެ މަންދޫބު ޖެރެޑް ކުޝްނަރ ހަމާސްގެ ލީޑަރުންނާ ބައްދަލުކުރެއްވުން - ޣައްޒާގެ މައްސަލައިގައި ޓްރަމްޕް ގެންގުޅުއްވާ މަގުޗާޓަށް މީގެން ކުރާނީ ކޮން އަސަރެއް؟
17 އޯގަސްޓު 2026

އީރާން ހަނގުރާމައިގައި އެމެރިކާއާ ބައިވެރިވާން ނޫނެކޭ ބުނުމުން ޓްރަމްޕްގެ ނުރުހުން ޒަމާންވީ ގާތް އެކުވެރިޔާ ދެކުނު ކޮރެއާ އަށް އަމާޒުވެއްޖެ!

17 އޯގަސްޓު 2026
އީރާން ހަނގުރާމައިގައި އެމެރިކާއާ ބައިވެރިވާން ނޫނެކޭ ބުނުމުން ޓްރަމްޕްގެ ނުރުހުން ޒަމާންވީ ގާތް އެކުވެރިޔާ ދެކުނު ކޮރެއާ އަށް އަމާޒުވެއްޖެ!
17 އޯގަސްޓު 2026

ސަައުދީ އާއި ތުރުކީ އަދި ޕާކިސްތާނުން ސޮއިކުރި ދިފާއީ އެއްބަސްވުމަށް ޓްރަމްޕް ތައުރީފު ކުރައްވައިފި

17 އޯގަސްޓު 2026
ސަައުދީ އާއި ތުރުކީ އަދި ޕާކިސްތާނުން ސޮއިކުރި ދިފާއީ އެއްބަސްވުމަށް ޓްރަމްޕް ތައުރީފު ކުރައްވައިފި
15 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅިއަކީ އެމެރިކާގެ ސަރަހައްދެއް ކަމަށް ވަރަށް އަވަހަށް ކަނޑައަޅަނީ: ޓްރަމްޕް

15 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅިއަކީ އެމެރިކާގެ ސަރަހައްދެއް ކަމަށް ވަރަށް އަވަހަށް ކަނޑައަޅަނީ: ޓްރަމްޕް
13 އޯގަސްޓު 2026

ސިއްރުން ޓްރަމްޕް ބޯޓު ބަދަލުކުރެއްވިއިރު، ރޫބިއޯ އާއި ބެސެންޓް "ޑެކޯ" ބޯޓެއްގައި ތިއްބެވުމުން އިތުރު ސުވާލުތަކެއް!

13 އޯގަސްޓު 2026
ސިއްރުން ޓްރަމްޕް ބޯޓު ބަދަލުކުރެއްވިއިރު، ރޫބިއޯ އާއި ބެސެންޓް "ޑެކޯ" ބޯޓެއްގައި ތިއްބެވުމުން އިތުރު ސުވާލުތަކެއް!
13 އޯގަސްޓު 2026

އެމެރިކާގެ ދަތިކުރުންތަކުގެ ސަބަބުން އީރާން މުޅިން ބަނގުރޫޓުވެއްޖެ، އަދިވެސް ޓްރަމްޕް ހުންނެވީ އިތުރު ފިޔަވަޅު އަޅުއްވަން ތައްޔާރަށް!

13 އޯގަސްޓު 2026
އެމެރިކާގެ ދަތިކުރުންތަކުގެ ސަބަބުން އީރާން މުޅިން ބަނގުރޫޓުވެއްޖެ، އަދިވެސް ޓްރަމްޕް ހުންނެވީ އިތުރު ފިޔަވަޅު އަޅުއްވަން ތައްޔާރަށް!
13 އޯގަސްޓު 2026

ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕޯސްޓުތައް ވިއްކުން ހުއްޓުވުމަށް މީޑިއާ ގުރޫޕުތަކުން ކޯޓަށް ގޮސްފި

13 އޯގަސްޓު 2026
ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕޯސްޓުތައް ވިއްކުން ހުއްޓުވުމަށް މީޑިއާ ގުރޫޕުތަކުން ކޯޓަށް ގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް