Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކެނެޑާ-އެމެރިކާ

ކެނެޑާ އާއި އެމެރިކާއާ ދެމެދު އިގްތިސާދީ ބޮޑު ހަނގުރާމައެއް - ކެނެޑާއިން ބުނީ އަމަލުކުރާނީ "ޑޮލަރަކަށް ޑޮލަރެއްގެ" އުސޫލުން ކަމަށް

22 އޯގަސްޓު 2026 | ހޮނިހިރު 09:37

އެމެރިކާއިން ކެނެޑާގެ މުދަލުން ބޮޑު ޓެރިފެއް ނަގަން ފެށުމާ ގުޅިގެން، "ޑޮލަރަކަށް ޑޮލަރެއްގެ" އުސޫލުން ރައްދުގައި ޓެރިފް ނަގާނެ ކަމަށް ބޮޑުވަޒީރު މާކް ކާނީ ވިދާޅުވެއްޖެ. އެމެރިކާގެ ނިންމުމަކީ އިންސާފުވެރި ނޫން ފިޔަވަޅެއް ކަމަށް ކެނެޑާއިން ސިފަކުރާއިރު، މި ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން ދެ ގައުމުގެ އިގްތިސާދަށާއި އުތުރު އެމެރިކާގެ މިނިވަން ވިޔަފާރީގެ މުސްތަގުބަލަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވޭ

ރާއްޖެ އެމްވީ | 22 އޯގަސްޓު 2026 | ހޮނިހިރު 09:37
ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވިދާޅުވީ، މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވީ ނަމަވެސް، އެ ކުރިއެރުންތަކަކީ ކެނެޑާއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ފުދޭވަރުގެ ކުރިއެރުންތަކެއް ނޫން ކަމަށް

ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވިދާޅުވީ، މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވީ ނަމަވެސް، އެ ކުރިއެރުންތަކަކީ ކެނެޑާއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ފުދޭވަރުގެ ކުރިއެރުންތަކެއް ނޫން ކަމަށް | ރޮއިޓާސް

ކެނެޑާގެ އެތައް ބިލިއަން ޑޮލަރެއްގެ މުދަލުން 50 އިންސައްތައިގެ ޓެރިފް ނެގުމަށް އެމެރިކާގެ ސަރުކާރުން ނިންމުމާ ގުޅިގެން، އެމެރިކާއާއެކު ކުރަމުންދިޔަ ވިޔަފާރީގެ މަޝްވަރާތައް ކެނެޑާއިން މެދުކަނޑާލައިފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަނޑައެޅުއްވި ސުންގަޑީގެ ކުރިން ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ އެއްބަސްވުމަކަށް ނާދެވުމުން، އެމެރިކާއިން ނަގާ ކޮންމެ ޑޮލަރަކަށް ކެނެޑާއިން ވެސް ޑޮލަރެއް ނަގާނެ ކަމަށާއި، އެގޮތުން "ޑޮލަރަކަށް ޑޮލަރެއްގެ" އުސޫލުން ރައްދުގައި ޓެރިފް ނަގާނެ ކަމަށް ބޮޑުވަޒީރު މާކް ކާނީ ހުކުރު ދުވަހު ވިދާޅުވި އެވެ.

އެއްބަސްވުމަކަށް އައުމަށްޓަކައި ދެ ފަރާތަށް އިތުރު ވަގުތު ދިނުމުގެ ގޮތުން، ވައިޓް ހައުސްއިން ކުރިން ކަނޑައެޅި ބުދަ ދުވަހުގެ ސުންގަޑި ރައީސް ޓްރަމްޕް ތިން ދުވަހަށް އިތުރުކޮށްދެއްވި އެވެ. ނަމަވެސް އެ މުއްދަތު ހަމަވުމާއެކު، އައު ޓެރިފް ވަނީ އަމަލުކުރަން ފަށާފަ އެވެ.

ކެނެޑާއާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވި ނަމަވެސް، ކެނެޑާގެ އޮފިޝަލުން ވިދާޅުވީ މަޝްވަރާތައް ހުއްޓުމަކަށް އައީ އެއްބަސްވުމުގެ މުހިންމު ތަފްސީލުތަކާއި ގާނޫނީ ބަސްމަގާމެދު ގޮތެއް ނުނިމި އޮތުމުން ކަމަށެވެ.

ވޮޝިންގޓަނުން އެންމެ ފަހު ވަގުތު އެމެރިކާގެ ނިންމުންތަކަށް ގެނައި ބަދަލުތަކަކީ "އިންސާފުވެރި ނޫން" އަދި "އިގްތިސާދީ ގޮތުން ބަލާއިރު ހަމަޖެހޭ" ބަދަލުތަކެއް ނޫން ކަމަށް ބޮޑުވަޒީރު ކާނީ ސިފަކުރެއްވި އެވެ. އަދި މިކަމުގެ ސަބަބުން ކުރިމަގުގައި ވެވޭ އެއްބަސްވުންތަކުގެ އިތުބާރާމެދު ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމަށް އޭނާ އިންޒާރު ދެއްވި އެވެ.

ކެނެޑާއިން ބޭނުންވީ އެމެރިކާގެ ބާޒާރުގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރުމުގެ ފުރުސަތު ހޯދުމަށާއި، މުހިންމު ދާއިރާތަކުން ނަގާ ޓެރިފް ކުޑަކުރުމުގެ އިތުރުން ކެނެޑާގެ ވިޔަފާރިތަކަށް ރައްކާތެރިކަން ހޯދައިދިނުމަށް ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ. ނަމަވެސް އެމެރިކާގެ ފަހުގެ ހުށަހެޅުންތަކަކީ ކެނެޑާގެ އަމާޒުތަކާ އެއްގޮތް ހުށަހެޅުންތަކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މަޝްވަރާތައް ނާކާމިޔާބުވީ ކެނެޑާގެ ސަބަބުން ކަމަށް ތުހުމަތު ކުރައްވަމުން، އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވް ޖެމީސަން ގްރީއާ ވިދާޅުވީ، އެމެރިކާއިން ހުށަހެޅި ޝަރުތުތަކަށް ކެނެޑާއިން އިންކާރުކޮށް، ކުރިން އެއްބަސްވި ކަންކަމުގެ ބަދަލުގައި އާ ޑިމާންޑްތަކެއް ކުރިމަތިކުރުވި ކަމަށެވެ.

އެމެރިކާއިން ކެނެޑާއަށް ހާއްސަ ލުއިތަކަކާއި އިތުރު ޓެރިފް އިސްތިސްނާތަކެއް ހުށަހެޅި ކަމަށް ގްރީއާ ވިދާޅުވި އެވެ. އަދި އެއްބަސްވުން ފައިނަލް ކުރުމަށް ކެނެޑާއިން ދެކޮޅު ހެދުމަކީ ލިބުނު ވަރަށް ބޮޑު ފުރުސަތެއް ނަގާލުން ކަމަށް އޭނާ ސިފަކުރެއްވި އެވެ.

ކެނެޑާ ސަރުކާރުގެ ނިންމުމަށް ތާއީދު ކުރައްވަމުން އޮންޓޭރިއޯގެ ޕްރިމިއާ ޑަގް ފޯޑް ވިދާޅުވީ، ކެނެޑާގެ މިނިވަންކަމާއި އިގްތިސާދީ ސަލާމަތްތެރިކަން ރައްކާތެރިކުރުމަށްޓަކައި "ޓެރިފަށް ޓެރިފް، ޑޮލަރަކަށް ޑޮލަރެއްގެ" އުސޫލުން ރައްދު ދޭންޖެހޭ ކަމަށެވެ. އަދި މިކަމުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް އޮންނަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބްރިޓިޝް ކޮލަމްބިއާގެ ޕްރިމިއާ ޑޭވިޑް އީބީ ވެސް ވަނީ ވަރުގަދަ ރައްދެއް ދިނުމަށް ތާއީދު ކުރައްވާފަ އެވެ. އޭނާ އިންޒާރު ދެއްވި ގޮތުގައި ކެނެޑާ މީހުންގެ "މަޑުމައިތިރިކަމަކީ ބަލިކަށިކަމެއް ކަމަށް" އެއްވެސް ބަޔަކު ހީކޮށްގެން ނުވާނެ އެވެ. އަދި ކެނެޑާގެ ރައްޔިތުންގެ ހައްގުގައި ކިތަންމެ ދުވަހަކު ވިޔަސް ހަނގުރާމަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވިޔަފާރީގެ ހަނގުރާމައަކުން އެއްވެސް ބަޔަކަށް ފައިދާއެއް ނުވާނެ،" އަލްބާޓާގެ ޕްރިމިއާ ޑެނިއަލް ސްމިތު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އޭނާ ވިދާޅުވީ ދެ ގައުމުން އެއްބަޔަކު އަނެއް ބަޔަކަށް ރައްދުގައި ނަގާ ޓެރިފްތަކުގެ ސަބަބުން ދެ ގައުމުގެ ވިޔަފާރިތަކަށާއި، މަސައްކަތްތެރިންނަށާއި އާއިލާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށެވެ.

ކެނެޑާގެ ޗެމްބަރ އޮފް ކޮމާސްގެ ރައީސާ ކެންޑިސް ލެއިންގް ވިދާޅުވީ، އެމެރިކާގެ މި ނިންމުމަކީ އުތުރު އެމެރިކާގެ ވިޔަފާރީގެ ވާދަވެރިކަމަށް ލިބުނު ވަރަށް ބޮޑު ހީނަރުކަމެއް ކަމަށެވެ. މީގެ ސަބަބުން ތަކެތީގެ އަގު އުފުލި، ވިޔަފާރިތަކުން ކުރާ އޯޑަރުތަކާއި، މުވައްޒަފުންގެ މުސާރަ އަދި އިންވެސްޓްމަންޓްތަކާ މެދު އަލުން ވިސްނަން މަޖުބޫރުވާނެ ކަމަށް އޭނާ އިންޒާރު ދެއްވި އެވެ.

އެމެރިކާއިން ބުނާ ގޮތުގައި ކެނެޑާއިން އެތެރެކުރާ ގާތްގަނޑަކަށް 20 ބިލިއަން ޑޮލަރުގެ މުދަލުން މި އާ ޓެރިފް ނަގާނެ އެވެ. ވޮޝިންގޓަނުން ބުނަނީ މިއީ ކެނެޑާއިން އެމެރިކާގެ މުދަލުން ނަގާ ޓެކްސްތަކުގެ ބަދަލުގައި އަޅާ ފިޔަވަޅެއް ކަމަށެވެ.

މި މައްސަލަ ބޮޑުވުމާ ގުޅިގެން، ކެނެޑާ، އެމެރިކާ އަދި މެކްސިކޯގެ މެދުގައި އޮންނަ ވިޔަފާރީގެ އެއްބަސްވުން (ޔޫ.އެސް.އެމް.ސީ.އޭ) އާ މެދު އަލުން މަޝްވަރާ ކުރުމަށް ކުރާ މަސައްކަތްތަކަށް ވެސް ވަނީ ހުރަސް އެޅިފަ އެވެ. މީގެ ސަބަބުން އުތުރު އެމެރިކާގެ މިނިވަން ވިޔަފާރީގެ މުސްތަގުބަލާމެދު ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ.

ކެނެޑާ-އެމެރިކާޑޮނަލްޑް ޓްރަމްޕްމާކް ކާނީޓެރިފް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

އިތުރަށް ކިޔާލަން

22 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅި އަކީ އެމެރިކާގެ އަމިއްލަ މިލްކުގައިވާ ސަރަހައްދެއް: ޓްރަމްޕް

22 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅި އަކީ އެމެރިކާގެ އަމިއްލަ މިލްކުގައިވާ ސަރަހައްދެއް: ޓްރަމްޕް
22 އޯގަސްޓު 2026

އީރާންގައި ވެރިކަން ކުރަން ބޭނުންވާ މީހަކު ނެތް، ރައީސް އަކީ ކާކު ކަމެއް ވެސް ނޭނގޭ: ޓްރަމްޕް

22 އޯގަސްޓު 2026
އީރާންގައި ވެރިކަން ކުރަން ބޭނުންވާ މީހަކު ނެތް، ރައީސް އަކީ ކާކު ކަމެއް ވެސް ނޭނގޭ: ޓްރަމްޕް
22 އޯގަސްޓު 2026

މަޝްވަރާތައް ނާކާމިޔާބުވެ، ކެނެޑާގެ މުދަލުން 50 އިންސައްތައިގެ ޓެރިފް ނަގަން އެމެރިކާ އިން ފަށައިފި

22 އޯގަސްޓު 2026
މަޝްވަރާތައް ނާކާމިޔާބުވެ، ކެނެޑާގެ މުދަލުން 50 އިންސައްތައިގެ ޓެރިފް ނަގަން އެމެރިކާ އިން ފަށައިފި
20 އޯގަސްޓު 2026

އީރާނާ ދެކޮޅަށް "އިގްތިސާދީ ހަނގުރާމައެއް" ފައްޓަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެ

20 އޯގަސްޓު 2026
އީރާނާ ދެކޮޅަށް "އިގްތިސާދީ ހަނގުރާމައެއް" ފައްޓަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެ
20 އޯގަސްޓު 2026

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

20 އޯގަސްޓު 2026
ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި
20 އޯގަސްޓު 2026

އެމެރިކާގެ ޤައުމީ ދަރަނި 40 ޓްރިލިއަން ޑޮލަރަށް، މިއީ އެޤައުމުގެ ތާރީޚުގައި އެންމެ މަތިވި ފުރަތަމަ ފަހަރު

20 އޯގަސްޓު 2026
އެމެރިކާގެ ޤައުމީ ދަރަނި 40 ޓްރިލިއަން ޑޮލަރަށް، މިއީ އެޤައުމުގެ ތާރީޚުގައި އެންމެ މަތިވި ފުރަތަމަ ފަހަރު
20 އޯގަސްޓު 2026

އީރާންއާ ދެކޮޅަށް "ވަރުގަދަ އިޤްތިސާދީ އޮޕަރޭޝަނެއް" ފައްޓަވާނެ ކަމަށް ޓްރަމްޕް އިއުލާނު ކުރައްވައިފި

20 އޯގަސްޓު 2026
އީރާންއާ ދެކޮޅަށް "ވަރުގަދަ އިޤްތިސާދީ އޮޕަރޭޝަނެއް" ފައްޓަވާނެ ކަމަށް ޓްރަމްޕް އިއުލާނު ކުރައްވައިފި
19 އޯގަސްޓު 2026

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

19 އޯގަސްޓު 2026
ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ
17 އޯގަސްޓު 2026

އެމެރިކާގެ މަންދޫބު ޖެރެޑް ކުޝްނަރ ހަމާސްގެ ލީޑަރުންނާ ބައްދަލުކުރެއްވުން - ޣައްޒާގެ މައްސަލައިގައި ޓްރަމްޕް ގެންގުޅުއްވާ މަގުޗާޓަށް މީގެން ކުރާނީ ކޮން އަސަރެއް؟

17 އޯގަސްޓު 2026
އެމެރިކާގެ މަންދޫބު ޖެރެޑް ކުޝްނަރ ހަމާސްގެ ލީޑަރުންނާ ބައްދަލުކުރެއްވުން - ޣައްޒާގެ މައްސަލައިގައި ޓްރަމްޕް ގެންގުޅުއްވާ މަގުޗާޓަށް މީގެން ކުރާނީ ކޮން އަސަރެއް؟
17 އޯގަސްޓު 2026

އީރާން ހަނގުރާމައިގައި އެމެރިކާއާ ބައިވެރިވާން ނޫނެކޭ ބުނުމުން ޓްރަމްޕްގެ ނުރުހުން ޒަމާންވީ ގާތް އެކުވެރިޔާ ދެކުނު ކޮރެއާ އަށް އަމާޒުވެއްޖެ!

17 އޯގަސްޓު 2026
އީރާން ހަނގުރާމައިގައި އެމެރިކާއާ ބައިވެރިވާން ނޫނެކޭ ބުނުމުން ޓްރަމްޕްގެ ނުރުހުން ޒަމާންވީ ގާތް އެކުވެރިޔާ ދެކުނު ކޮރެއާ އަށް އަމާޒުވެއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް