Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާންއާ ދެކޮޅަށް "ވަރުގަދަ އިޤްތިސާދީ އޮޕަރޭޝަނެއް" ފައްޓަވާނެ ކަމަށް ޓްރަމްޕް އިއުލާނު ކުރައްވައިފި

20 އޯގަސްޓު 2026 | ބުރާސްފަތި 04:24

މި އައު ސިޔާސަތުގެ ދަށުން އީރާންގެ ތެލުގެ ވިޔަފާރި އާއި ބޭރުގެ މުއާމަލާތްތައް ކުރުމަށް ހުރި މަގުތައް ބަންދު ކުރުމަށް ވަނީ ރޭވިފައި. މީގެ އިތުރުން، އީރާން އަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭ ނުވަތަ، އެ ޤައުމުގެ އުފެއްދުންތައް ގަންނަ ޤައުމުތަކަށް އެމެރިކާގެ ބާޒާރުތަކުގައި ހުރަސްތައް ކުރިމަތި ކުރުވައި، ޓެރިފް ނުވަތަ ޑިއުޓީ ބޮޑު ކުރުމަށް ވެސް ވަނީ ނިންމާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 އޯގަސްޓު 2026 | ބުރާސްފަތި 04:24
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އީރާންއާ ދެކޮޅަށް "ވަރުގަދަ އިޤްތިސާދީ އޮޕަރޭޝަނެއް" ފައްޓަވާނެ ކަމަށް އިއުލާނު ކުރައްވައި، އެ ޤައުމާ އެކު ވިޔަފާރީގެ މުއާމަލާތްތައް ކުރާ ޤައުމުތަކަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.

މިއީ އީރާން އާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ތެރެއިން، އީރާންގެ އިޤްތިސާދީ އިނދަ ޖައްސާލުމަށް އެމެރިކާ އިން ގެންގުޅޭ ސިޔާސަތު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ނިންމެވި ނިންމެވުމެކެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި އީރާންގެ އިޤްތިސާދީ ހަރަކާތްތައް ހުއްޓުވުމަށްޓަކައި އެޅޭ މި ފިޔަވަޅުތަކަކީ އެ ޤައުމަށް އިންތިހާ އަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަންކަމެވެ. އަދި އީރާން އާއެކު ވިޔަފާރީގެ ގުޅުން ބާއްވާ ކޮންމެ ޤައުމަކަށް ވެސް އެމެރިކާ އިން ކުރިމަތިކުރާ އިޤްތިސާދީ ހުރަސްތަކާއި ބޮޑެތި ޖޫރިމަނާތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައި އެވެ.

ޓްރުތު ސޯޝަލްގައި ޓްރަމްޕް ކުރައްވާފައިވާ ޕޯސްޓު

ޓްރުތު ސޯޝަލްގައި ޓްރަމްޕް ކުރައްވާފައިވާ ޕޯސްޓު | ސޯޝަލް މީޑިއާ

މި އައު ސިޔާސަތުގެ ދަށުން އީރާންގެ ތެލުގެ ވިޔަފާރި އާއި ބޭރުގެ މުއާމަލާތްތައް ކުރުމަށް ހުރި މަގުތައް ބަންދު ކުރުމަށް ވަނީ ރޭވިފައި އެވެ. މީގެ އިތުރުން، އީރާން އަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭ ނުވަތަ، އެ ޤައުމުގެ އުފެއްދުންތައް ގަންނަ ޤައުމުތަކަށް އެމެރިކާގެ ބާޒާރު ތަކުގައި ހުރަސްތައް ކުރިމަތިކުރުވައި، ޓެރިފް ނުވަތަ ޑިއުޓީ ބޮޑު ކުރުމަށް ވެސް ވަނީ ނިންމާފައި އެވެ.

މި ނިންމެވުމާއެކު، މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ، ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ އަގަށް ބަދަލުތަކެއް އަތުވެދާނެ ކަމަށް މާހިރުން ލަފާ ކުރެ އެވެ. ޓްރަމްޕްގެ މި އިންޒާރަކީ އީރާންގެ ނިއުކްލިއާ މަޝްރޫއު އާއި އެ ސަރަހައްދުގައި އީރާން އިން ހިންގާ ހަރަކާތްތައް ހުއްޓުވުމަށް އެމެރިކާ އިން ގެންގުޅޭ "މެކްސިމަމް ޕްރެޝަރ" ނުވަތަ އެންމެ މަތީ ދަރަޖައިގެ ފިއްތުންތައް ކުރިމަތި ކުރުވުމުގެ ސިޔާސަތުގެ ބައެކެވެ.

އީރާން އިން މިކަމާ ގުޅޭ ގޮތުން ރަސްމީކޮށް ވަކި އެއްޗެއް ބުނެފައި ނުވި ނަމަވެސް، އެމެރިކާގެ މިފަދަ ފިޔަވަޅުތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ކަންކަން ކަމަށް އީރާން އިން މީގެ ކުރިން ބުނަމުން އައިސްފައިވެ އެވެ. ޓްރަމްޕްގެ ވެރިކަމުގެ ދެވަނަ ދައުރުގައި އީރާންއާ މެދު ގެންގުޅޭ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން، ކުރިއަށް އޮތް ދުވަސްތަކުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ގޯސްވެގެންދާނެ ކަމަށް ބެލެވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން ހަނގުރާމައީރާންޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

19 އޯގަސްޓު 2026

އީރާން ހަނގުރާމައާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް ދައްކަވާފައިވާ ދެއުޅިއެއްނުވާ ބައެއް ވާހަކަތައް

19 އޯގަސްޓު 2026
އީރާން ހަނގުރާމައާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް ދައްކަވާފައިވާ ދެއުޅިއެއްނުވާ ބައެއް ވާހަކަތައް
19 އޯގަސްޓު 2026

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އިންޑިއާގައި ކައްކާ ގޭސް އުފައްދާ މިންވަރު އިތުރުކުރަނީ

19 އޯގަސްޓު 2026
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އިންޑިއާގައި ކައްކާ ގޭސް އުފައްދާ މިންވަރު އިތުރުކުރަނީ
19 އޯގަސްޓު 2026

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

19 އޯގަސްޓު 2026
ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ
19 އޯގަސްޓު 2026

ޔޫއޭއީ އަށް އީރާން އިން މިސައިލް ހަމަލާތަކެއް ދިން ކަމަށް ކުރާ ތުހުމަތު ދޮގުކޮށްފި

19 އޯގަސްޓު 2026
ޔޫއޭއީ އަށް އީރާން އިން މިސައިލް ހަމަލާތަކެއް ދިން ކަމަށް ކުރާ ތުހުމަތު ދޮގުކޮށްފި
18 އޯގަސްޓު 2026

އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި

18 އޯގަސްޓު 2026
އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި
18 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅީގައި އުޅަނދަކަށް ހަމަލާދީ، ބޮޑެތި ގެއްލުންތަކެއް

18 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅީގައި އުޅަނދަކަށް ހަމަލާދީ، ބޮޑެތި ގެއްލުންތަކެއް
17 އޯގަސްޓު 2026

އެމެރިކާގެ މަންދޫބު ޖެރެޑް ކުޝްނަރ ހަމާސްގެ ލީޑަރުންނާ ބައްދަލުކުރެއްވުން - ޣައްޒާގެ މައްސަލައިގައި ޓްރަމްޕް ގެންގުޅުއްވާ މަގުޗާޓަށް މީގެން ކުރާނީ ކޮން އަސަރެއް؟

17 އޯގަސްޓު 2026
އެމެރިކާގެ މަންދޫބު ޖެރެޑް ކުޝްނަރ ހަމާސްގެ ލީޑަރުންނާ ބައްދަލުކުރެއްވުން - ޣައްޒާގެ މައްސަލައިގައި ޓްރަމްޕް ގެންގުޅުއްވާ މަގުޗާޓަށް މީގެން ކުރާނީ ކޮން އަސަރެއް؟
17 އޯގަސްޓު 2026

އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ފަހުމުނާމާގެ މުއްދަތު ހަމަވެއްޖެ: މިއެއްބަސްވުން ނާކާމިޔާބުވީ ކީއްވެ؟

17 އޯގަސްޓު 2026
އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ފަހުމުނާމާގެ މުއްދަތު ހަމަވެއްޖެ: މިއެއްބަސްވުން ނާކާމިޔާބުވީ ކީއްވެ؟
17 އޯގަސްޓު 2026

އީރާން ހަނގުރާމައިގައި އެމެރިކާއާ ބައިވެރިވާން ނޫނެކޭ ބުނުމުން ޓްރަމްޕްގެ ނުރުހުން ޒަމާންވީ ގާތް އެކުވެރިޔާ ދެކުނު ކޮރެއާ އަށް އަމާޒުވެއްޖެ!

17 އޯގަސްޓު 2026
އީރާން ހަނގުރާމައިގައި އެމެރިކާއާ ބައިވެރިވާން ނޫނެކޭ ބުނުމުން ޓްރަމްޕްގެ ނުރުހުން ޒަމާންވީ ގާތް އެކުވެރިޔާ ދެކުނު ކޮރެއާ އަށް އަމާޒުވެއްޖެ!
17 އޯގަސްޓު 2026

ސަައުދީ އާއި ތުރުކީ އަދި ޕާކިސްތާނުން ސޮއިކުރި ދިފާއީ އެއްބަސްވުމަށް ޓްރަމްޕް ތައުރީފު ކުރައްވައިފި

17 އޯގަސްޓު 2026
ސަައުދީ އާއި ތުރުކީ އަދި ޕާކިސްތާނުން ސޮއިކުރި ދިފާއީ އެއްބަސްވުމަށް ޓްރަމްޕް ތައުރީފު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް