Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހިރާއްޖެ-ސައުދީ އަރަބިއްޔާ

ރަތްކަނޑުން ދަތުރުކުރި ސައުދީ އުޅަނދަށް ހޫޘީން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

29 ޖުލައި 2026 | ބުދަ 12:22

ރަތްކަނޑުގެ ސަލާމަތާއި ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ މިނިވަންކަމަށް ހުރަސްއެޅޭ މިފަދަ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށާއި ހަކަތައިގެ ރައްކާތެރިކަމަށް ނޭދެވޭ އަސަރުކުރާނެކަމަށް ސަރުކާރުން ބުނޭ. އެހެންކަމުން ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ގަރާރުތައް ތަންފީޒުކުރުމަށް ރާއްޖެއިން ގޮވާލާފައިވާއިރު، ސައުދީ އަރަބިއްޔާގެ ސަލާމަތާއި އިސްތިގުލާލު ހިމާޔަތްކުރުމަށް އެ ގައުމުން އަޅާ ފިޔަވަޅުތަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރޭ.

ރާއްޖެ އެމްވީ | 29 ޖުލައި 2026 | ބުދަ 12:22
ސައުދީ އަރަބިއްޔާގެ ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އަލްސަޢޫދު ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ ރަސްމިއްޔާތުގައި ބައިވެރެވިވަޑައިގަތުމަށްފަހު ފުރާވަޑައިގަތުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި

ސައުދީ އަރަބިއްޔާގެ ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އަލްސަޢޫދު ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ ރަސްމިއްޔާތުގައި ބައިވެރެވިވަޑައިގަތުމަށްފަހު ފުރާވަޑައިގަތުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި | ރައީސް އޮފީސް

ރަތްކަނޑުން ދަތުރުކުރަމުންދިޔަ ސައުދީ އަރަބިއްޔާގެ އުޅަނދަކަށް އަމާޒުކޮށް ހޫޘީން ދިން ހަމަލާ، ދިވެހިރާއްޖޭގެ ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ މިނިވަންކަމާއި، ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ދިވެހި ސަރުކާރުން މި ހަމަލާތައް ސިފަކުރެ އެވެ. އަދި މިއީ ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ރަތްކަނޑާއި ބާބުލް މަންދަބު ކަނޑުއޮޅީގެ ހަމަޖެހުން ގެއްލުވާލައި، މަސްލަހަތު ގޯސްކުރުމަށް ހިންގާ ނުރައްކާތެރި އަމަލެއް ކަމަށްވެސް ރާއްޖެއިން ދެކޭ ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން، މިފަދަ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށާއި، ހަކަތައިގެ ރައްކާތެރިކަމުގެ އިތުރުން ސަރަހައްދީ ހަމަޖެހުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަން ދިވެހި ސަރުކާރުން ފާހަގަކުރެ އެވެ.

އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރު ނަންބަރު 2216 އަދި 2722 އާ އެއްގޮތަށް އަމަލުކުރުމަށާއި، އދ. ގެ ކަނޑުތަކާ ބެހޭ ގާނޫނު (ޔޫއެން ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ) ހިމެނޭހެން ބައިނަލްއަގުވާމީ ގާނޫނުތައް ތަންފީޒުކުރުން ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ދިވެހިރާއްޖެއިން ވަނީ ގޮވާލާފަ އެވެ.

ސައުދީ އަރަބިއްޔާގެ ސަރުކާރާއި އެ ގައުމުގެ އަޚުވަންތަ ރައްޔިތުންނާއެކު ދިވެހިރާއްޖެ ސާބިތުކަމާއެކު އޮތްކަން މި ފުރުސަތުގައިވެސް ވަނީ ތަކުރާރުކޮށްފަ އެވެ. އަދި ސައުދީ އަރަބިއްޔާގެ އިސްތިގުލާލާއި، ސަލާމަތާއި، ސަރަހައްދީ އިސްތިގުލާލު ހިމާޔަތްކުރުމަށް އެ ގައުމުން އަޅަމުންދާ ހުރިހާ ފިޔަވަޅުތަކަކަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަން ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

ރަތް ކަނޑުހޫޡީބާބުލް މަންދަބުދިވެހިރާއްޖެ-ސައުދީ އަރަބިއްޔާ

އިތުރަށް ކިޔާލަން

28 ޖުލައި 2026

އިރާގުގެ އިސްލާމީ ރެސިސްޓެންސް އިން ސައުދީއަށް ވަރުގަދަ އިންޒާރެއް ދީފި

28 ޖުލައި 2026
އިރާގުގެ އިސްލާމީ ރެސިސްޓެންސް އިން ސައުދީއަށް ވަރުގަދަ އިންޒާރެއް ދީފި
27 ޖުލައި 2026

ޔަމަނުގެ ހޫޘީން ސައުދީގެ ތެޔޮ މަރުކަޒުތަކަށް ޑްރޯން ހަމަލާދީފި

27 ޖުލައި 2026
ޔަމަނުގެ ހޫޘީން ސައުދީގެ ތެޔޮ މަރުކަޒުތަކަށް ޑްރޯން ހަމަލާދީފި
25 ޖުލައި 2026

ރައީސް މުއިއްޒުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި މިނިވަންދުވަހުގެ ޝަރަފުވެރިމެހުމާނު، މުއިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

25 ޖުލައި 2026
ރައީސް މުއިއްޒުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި މިނިވަންދުވަހުގެ ޝަރަފުވެރިމެހުމާނު، މުއިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
25 ޖުލައި 2026

މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރި ކޮށްދެއްވަން ސައޫދީ އަރަބިއްޔާގެ ވަލީއަހުދުގެ ޚާއްސަ މަންދޫބެއް ރާއްޖެ ވަޑައިގެންފި

25 ޖުލައި 2026
މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރި ކޮށްދެއްވަން ސައޫދީ އަރަބިއްޔާގެ ވަލީއަހުދުގެ ޚާއްސަ މަންދޫބެއް ރާއްޖެ ވަޑައިގެންފި
25 ޖުލައި 2026

ސައުދީން ޔަމަނަށް ހަމަލާދީފި، ހޫޘީން ބުނަނީ ބޮޑު އަގަކުން އަގުދައްކަން ޖެހޭނެ ކަމަށް

25 ޖުލައި 2026
ސައުދީން ޔަމަނަށް ހަމަލާދީފި، ހޫޘީން ބުނަނީ ބޮޑު އަގަކުން އަގުދައްކަން ޖެހޭނެ ކަމަށް
23 ޖުލައި 2026

ތެލުގެ އަގު 100 ޑޮލަރަށް އަރައިފި

23 ޖުލައި 2026
ތެލުގެ އަގު 100 ޑޮލަރަށް އަރައިފި
23 ޖުލައި 2026

އީރާނާއި ހޫޘީން ތެޔޮ ޓޭންކަރުތަކަށް ހަމަލާދީފި، އެމެރިކާގެ ބޮން އެޅުން އަދިވެސް ކުރިއަށް: އެންމެ ފަހުން ހިނގީ ކޮންކަމެއް؟

23 ޖުލައި 2026
އީރާނާއި ހޫޘީން ތެޔޮ ޓޭންކަރުތަކަށް ހަމަލާދީފި، އެމެރިކާގެ ބޮން އެޅުން އަދިވެސް ކުރިއަށް: އެންމެ ފަހުން ހިނގީ ކޮންކަމެއް؟
23 ޖުލައި 2026

ހޫޘީން އިން ރަތް ކަނޑުގައި ހަމަލާ ދިނީ އީރާންގެ މަޅީގައި ޖެހިގެން: ރޫބިއޯ

23 ޖުލައި 2026
ހޫޘީން އިން ރަތް ކަނޑުގައި ހަމަލާ ދިނީ އީރާންގެ މަޅީގައި ޖެހިގެން: ރޫބިއޯ
23 ޖުލައި 2026

ސައުދީ އަރަބިއްޔާއަށް ތާއީދުކޮށް ދިވެހި ސަރުކާރުން ބަޔާނެއް ނެރެފި

23 ޖުލައި 2026
ސައުދީ އަރަބިއްޔާއަށް ތާއީދުކޮށް ދިވެހި ސަރުކާރުން ބަޔާނެއް ނެރެފި
23 ޖުލައި 2026

ހޫޘީން ސައުދީ ޓާގެޓް ތަކަށް ހަމަލާދޭން ފަށައިފި، ތެޔޮޓޭންކަރަކަށް ހަމަލާދީ އަލިފާންރޯވިއްޖެ

23 ޖުލައި 2026
ހޫޘީން ސައުދީ ޓާގެޓް ތަކަށް ހަމަލާދޭން ފަށައިފި، ތެޔޮޓޭންކަރަކަށް ހަމަލާދީ އަލިފާންރޯވިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް