Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ އަރަބިއްޔާ

އިރާގުގެ އިސްލާމީ ރެސިސްޓެންސް އިން ސައުދީއަށް ވަރުގަދަ އިންޒާރެއް ދީފި

28 ޖުލައި 2026 | އަންގާރަ 07:38

ސައުދީގެ ތެޔޮ މަރުކަޒުތަކަށް ދެމުންދާ ހަމަލާތަކަކީ އިރާގުން ފޮނުވާ ހަމަލާތަކެއް ކަމަށް ބުނެ ކުރާ ތުހުމަތުތައް އެ ގައުމުގެ ރެސިސްޓެންސް ގްރޫޕުން ދޮގުކޮށްފި. އެ ޖަމާއަތުން ބުނީ މިއީ ޔަމަނުގެ ހަމަލާތަކުގެ ކުރިމަތީގައި ސައުދީ ސަރުކާރު ފެއިލްވެފައިވާ މިންވަރު ފޮރުވުމަށް ކުރާ ކަމެއް ކަމަށާއި، ސައުދީން އަޅާ ކޮންމެ ފިޔަވަޅަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް.

ރާއްޖެ އެމްވީ | 28 ޖުލައި 2026 | އަންގާރަ 07:38
ސައުދީ އަރަބިއްޔާގެ ބައެއް ތެޔޮ ވަސީލަތްތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކަކީ އިރާގުން ދޭ ހަމަލާތަކެއް ކަމަށް ބުނެ އެ ގައުމުން ކުރާ ތުހުމަތުތައް، އިރާގުގެ ރެސިސްޓެންސް ގްރޫޕުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ދޮގުކޮށްފައި

ސައުދީ އަރަބިއްޔާގެ ބައެއް ތެޔޮ ވަސީލަތްތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކަކީ އިރާގުން ދޭ ހަމަލާތަކެއް ކަމަށް ބުނެ އެ ގައުމުން ކުރާ ތުހުމަތުތައް، އިރާގުގެ ރެސިސްޓެންސް ގްރޫޕުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ދޮގުކޮށްފައި | ޕްރެސް ޓީވީ

ސައުދީ އަރަބިއްޔާ އިން ނިންމާ ވިސްނުމެއްނެތް ނިންމުމަކަށް ވަރުގަދަ ރައްދު ހަމަލާއެއް ދޭނެ ކަމަށާއި، އެ ނިންމުންތަކާމެދު އެ ގައުމުން ހިތާމަކުރަން ޖެހޭނެ ކަމަށް އިރާގުގެ އިސްލާމީ ރެސިސްޓެންސް ގްރޫޕުން އިންޒާރު ދީފި އެވެ.

ހޯމަ ދުވަހު އެ ގްރޫޕުން ނެރުނު ބަޔާނެއްގައި، ސައުދީގެ ތެޔޮ މަރުކަޒުތަކަށް ދެމުންދާ ހަމަލާތަކަކީ އިރާގުން ފޮނުވާ ހަމަލާތަކެއް ކަމަށް ބުނެ ސައުދީ ސަރުކާރުން ދާދިފަހުން ކުރި ތުހުމަތުތައް ވަނީ ދޮގުކޮށްފަ އެވެ.

Advertisement - worldAdvertisement

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، އެއްވެސް އަސާސެއް ނެތް މި ތުހުމަތުތަކަކީ ޔަމަނުގެ ރެސިސްޓެންސް ފޯސްތަކުން ސައުދީގެ ބިމުގެ އަޑީގައިވާ މުހިންމު ވަސީލަތްތަކަށް އަމާޒުކޮށް ދެމުންދާ ވަރުގަދަ ހަމަލާތަކުގެ ކުރިމަތީގައި ސައުދީ ސަރުކާރު ފެއިލްވެފައިވާ މިންވަރު ފޮރުވުމަށް ކުރާ މަސައްކަތެއް ކަމަށް ބުނެފައިވެ އެވެ.

"އަޅުގަނޑުމެން އިސްލާމީ ރެސިސްޓެންސްގެ ފަރާތުން ސައުދީ ސަރުކާރަށް ސާފު އިންޒާރެއް ދެން. އެމީހުންގެ ފަރާތުން ފެންނަ ކޮންމެ މޮޔަ އަމަލަކަށް ވަރުގަދަ ރައްދެއް ދޭނަން. އެ ރައްދު ހަމަލާގެ ސަބަބުން އެމީހުން އިންތިހާއަށް ހިތާމަކުރަން މަޖުބޫރުވާނެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެއިތުރުން، އެކި ދިމަދިމާއަށް އިނގިލި ދިއްކޮށް ތުހުމަތުތައް ކުރުމުގެ އާދަ ދޫކޮށްލުމަށް ސައުދީ ކަމާބެހޭ ފަރާތްތަކަށް ރެސިސްޓެންސް ގްރޫޕުން ވަނީ ގޮވާލާފަ އެވެ. އަދި އޭގެ ބަދަލުގައި ޔަމަނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަދި އިންސާނިއްޔަތާ ޚިލާފު ހިސާރު ކުރުންތައް ހުއްޓާލުމަށް ވަނީ ބާރުއަޅާފަ އެވެ.

"ތިޔަބައިމީހުންގެ ނާކާމިޔާބީތައް ފޮރުވުމަށްޓަކައި އެކި ފަރާތްތަކަށް ތުހުމަތުތައް ކުރުމުގެ ބަދަލުގައި، މިއަދު އެންމެ ބޮޑަށް ބޭނުންވެފައިވަނީ ޔަމަނުގެ ރައްޔިތުންނަށް ކުރިމަތިކޮށްފައިވާ އަނިޔާވެރި ހިސާރު އުވާލުން،" ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވެ އެވެ.

ޔަމަނުގެ ހޫޘީން ބުނާ ގޮތުގައި ޖުލައި މަހުގެ 13 ވަނަ ދުވަހު ސައުދީ ސިފައިން ވަނީ ޔަމަނުގެ ސަންޢާ ބައިނަލްއަޤުވާމީ އެއާޕޯޓަށް ހަމަލާދީ، ހަތަރު އަހަރަށް ދެމިގެންދިޔަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެފަ އެވެ. މިއާއެކު ޔަމަނުގެ ހަތިޔާރު އެޅި ޖަމާއަތްތަކުން ވަނީ އަލުން ރައްދު ހަމަލާތައް ދޭން ފަށާފަ އެވެ.

އޭގެ ފަހުން ޖެހިގެން އައި ދުވަސްތަކުގައި، ސައުދީގެ އަސްކަރީ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ޔަމަނުގެ ހޫޘީންގެ ފައުޖުތަކުން ވަނީ ސައުދީ އަރަބިއްޔާގެ މުހިންމު ތަންތަނަށް ހަމަލާދީފަ އެވެ. މީގެ ތެރޭގައި އަބްހާ ބައިނަލްއަޤުވާމީ އެއާޕޯޓް ހިމެނެ އެވެ.

ވޭތުވެދިޔަ ހޯމަ ދުވަހު ހޫޘީން ނުވަތަ އަންސާރުﷲ ޖަމާއަތުން ވަނީ "ހިސާރަށް ހިސާރު" ސިޔާސަތު ފަށާފައިވާކަން އިއުލާންކޮށްފަ އެވެ. މިގޮތުން ބާބުލް މަންދަބު ކަނޑުއޮޅިން ދަތުރުކުރާ ސައުދީގެ ކަނޑުގެ އުޅަނދުފަހަރު ހިސާރުކުރާނެ ކަމަށް އެ ޖަމާއަތުން ވަނީ ބުނެފަ އެވެ.

އެ ޖަމާއަތުން ބުނި ގޮތުގައި މި ފިޔަވަޅަކީ ޔަމަނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި އަސްކަރީ ފިއްތުންތަކާ އެއްވަރުގެ ރައްދެކެވެ. އަދި ޔަމަނަށް ދޭ ހަމަލާތައް ހުއްޓާލަންދެން މި އޮޕަރޭޝަންތައް ކުރިއަށްދާނެ ކަމަށް އެ ޖަމާއަތުން ބުންޏެވެ.

ޔަމަނުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހޮނިހިރު ދުވަހު ވިދާޅުވި ގޮތުގައި، ރެސިސްޓެންސް ގްރޫޕުން ވަނީ ޖީޒާން އަދި ޔަންބޫ ސިޓީގައި ހުރި ސައުދީގެ ދައުލަތުގެ ތެޔޮ ކުންފުނި، އަރަމްކޯގެ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފަ އެވެ.

ސައުދީ-ޔަމަންއިސްލާމިކް ރެސިސްޓެންސްހޫޡީބާބުލް މަންދަބުޔަހްޔާ ސަރީއު

އެންމެ ހިނގާ

1

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

2

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

3

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

4

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

5

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2026

އީރާނުގެ މަޝްވަރާތަކުން ތެލުގެ ބާޒާރަށް ކުޑަ ލުޔެއް، ނަމަވެސް ހުރްމުޒާއި ސައުދީއަށް ދޭ ހަމަލާތަކުން ނުރައްކާ އަދިވެސް ބޮޑު

27 އޮކްޓޯބަރު 2026
އީރާނުގެ މަޝްވަރާތަކުން ތެލުގެ ބާޒާރަށް ކުޑަ ލުޔެއް، ނަމަވެސް ހުރްމުޒާއި ސައުދީއަށް ދޭ ހަމަލާތަކުން ނުރައްކާ އަދިވެސް ބޮޑު
26 އޮކްޓޯބަރު 2026

ރިޔާޟުގެ އެއާޕޯޓަށާއި ތެޔޮ ހޮޅިލައިނަށް އަމާޒުކޮށް ޙޫޘީން ދިން ހަމަލާތަކާއެކު، ސައުދީ އިއްތިހާދުން މިސައިލެއް ވައްޓާލައިފި

26 އޮކްޓޯބަރު 2026
ރިޔާޟުގެ އެއާޕޯޓަށާއި ތެޔޮ ހޮޅިލައިނަށް އަމާޒުކޮށް ޙޫޘީން ދިން ހަމަލާތަކާއެކު، ސައުދީ އިއްތިހާދުން މިސައިލެއް ވައްޓާލައިފި
25 އޮކްޓޯބަރު 2026

އެމެރިކާ ރައްޔިތުންނަށް ހަމަލާދޭން އީރާނުން ރާވަނީ، ވޮޝިންގޓަނުން ސައުދީގައި ތިބި ޑިޕްލޮމެޓުން ގެންދަން ފަށައިފި

25 އޮކްޓޯބަރު 2026
އެމެރިކާ ރައްޔިތުންނަށް ހަމަލާދޭން އީރާނުން ރާވަނީ، ވޮޝިންގޓަނުން ސައުދީގައި ތިބި ޑިޕްލޮމެޓުން ގެންދަން ފަށައިފި
22 އޮކްޓޯބަރު 2026

ސައުދީ އެއާޕޯޓަކަށް ދިން ހަމަލާއެއްގައި ބޮޑެތި ގެއްލުންތަކެއް: މީހުން މަރުވެ، އެމެރިކާގެ މިޝަންތަކުން މީހުން ހުސްކުރަން ފަށައިފި!

22 އޮކްޓޯބަރު 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާއެއްގައި ބޮޑެތި ގެއްލުންތަކެއް: މީހުން މަރުވެ، އެމެރިކާގެ މިޝަންތަކުން މީހުން ހުސްކުރަން ފަށައިފި!
22 އޮކްޓޯބަރު 2026

ސައުދީގެ އެއާޕޯޓަކާއި ތެލުގެ ސިނާއަތުގެ ވަސީލަތްތަކަށް ހަމަލާތައް އަމާޒުވެ ބޮޑެތި ގެއްލުންތަކެއް!

22 އޮކްޓޯބަރު 2026
ސައުދީގެ އެއާޕޯޓަކާއި ތެލުގެ ސިނާއަތުގެ ވަސީލަތްތަކަށް ހަމަލާތައް އަމާޒުވެ ބޮޑެތި ގެއްލުންތަކެއް!
21 އޮކްޓޯބަރު 2026

ހޫޘީންގެ ހަމަލާތަކުން ސައުދީ އަރަބިއްޔާ ދިފާޢުކުރަން އިނގިރޭސިވިލާތުން އަސްކަރީ މަތިންދާބޯޓުތައް ފޮނުވަނީ

21 އޮކްޓޯބަރު 2026
ހޫޘީންގެ ހަމަލާތަކުން ސައުދީ އަރަބިއްޔާ ދިފާޢުކުރަން އިނގިރޭސިވިލާތުން އަސްކަރީ މަތިންދާބޯޓުތައް ފޮނުވަނީ
20 އޮކްޓޯބަރު 2026

ސަލާމަތީ އިންޒާރަކަށް ފަހު ސައުދީ ވެރިރަށް ރިޔާޟުން ބާރުގަދަ ގޮވުންތަކެއްގެ އަޑު!

20 އޮކްޓޯބަރު 2026
ސަލާމަތީ އިންޒާރަކަށް ފަހު ސައުދީ ވެރިރަށް ރިޔާޟުން ބާރުގަދަ ގޮވުންތަކެއްގެ އަޑު!
20 އޮކްޓޯބަރު 2026

ޔަމަނުގެ މައުރިބަށް ހޫޘީންގެ މިސައިލް ހަމަލާތަކެއް، ދެކުނުގެ ކަހްބޫބުގައި ދިން ހަމަލާ ސިފައިން ހުއްޓުވައިފި

20 އޮކްޓޯބަރު 2026
ޔަމަނުގެ މައުރިބަށް ހޫޘީންގެ މިސައިލް ހަމަލާތަކެއް، ދެކުނުގެ ކަހްބޫބުގައި ދިން ހަމަލާ ސިފައިން ހުއްޓުވައިފި
18 އޮކްޓޯބަރު 2026

ހޫޘީންގެ ހައްޔަރުގައި ތިބި 159 އަސީރުން މިނިވަންކޮށްފި، ވިލަރެސްކުރީ ރެޑް ކްރޮސްއިން

18 އޮކްޓޯބަރު 2026
ހޫޘީންގެ ހައްޔަރުގައި ތިބި 159 އަސީރުން މިނިވަންކޮށްފި، ވިލަރެސްކުރީ ރެޑް ކްރޮސްއިން
18 އޮކްޓޯބަރު 2026

ސައުދީގެ ހެލިކޮޕްޓަރެއް ވައްޓާލާފައިވާނެ ކަމަށް ހޫޘީން ބުނުން، ސައުދީން ބުނީ ބެލިސްޓިކް މިސައިލްތައް ދިފާޢުކޮށްފައިވާނެ ކަމަށް

18 އޮކްޓޯބަރު 2026
ސައުދީގެ ހެލިކޮޕްޓަރެއް ވައްޓާލާފައިވާނެ ކަމަށް ހޫޘީން ބުނުން، ސައުދީން ބުނީ ބެލިސްޓިކް މިސައިލްތައް ދިފާޢުކޮށްފައިވާނެ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް