Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ

ޣައްޒާ އިން އިސްރާއީލު ސިފައިން ފައިބާނަމަ ހަތިޔާރު ބަހައްޓަން ހަމާސް އިން އެއްބަސްވެއްޖެ

31 ޖުލައި 2026 | ހުކުރު 14:21

ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި މަގުޗާޓާ އެއްގޮތަށް، ހަމާސްގެ ހަތިޔާރުތައް ބަހައްޓައި ޣައްޒާ ހިންގުން ގައުމީ ކޮމިޓީއަކާ ހަވާލުކުރުމަށް އެ ޖަމާއަތުން އެއްބަސްވެއްޖެ. މި އެއްބަސްވުމުގެ ދަށުން އިސްރާއީލު ސިފައިން ޣައްޒާއިން ފޭބުމާއި ސުލްހަ ބަލަހައްޓާ ފައުޖެއް ގާއިމުކުރުމަށް ހަމަޖެހިފައިވާއިރު، މިއީ ފަލަސްތީނުގެ އާ ސަރުކާރެއް އުފެއްދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ރައީސް ޓްރަމްޕް ވަނީ ވިދާޅުވެފައި

ރާއްޖެ އެމްވީ | 31 ޖުލައި 2026 | ހުކުރު 14:21
ޣައްޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕްގައި ހަތިޔާރާއެކު ޙަމާސްގެ ހަނގުރާމަވެރިއަކު ފޯރިމަރަނީ

ޣައްޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕްގައި ހަތިޔާރާއެކު ޙަމާސްގެ ހަނގުރާމަވެރިއަކު ފޯރިމަރަނީ | ގެޓީ އިމޭޖަސް

އިސްރާއީލާއެކު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި، ހަމާސްގެ ހަތިޔާރުތަކާ ގުޅޭ ކަންތައްތަކާއި ޣައްޒާ އިން އިސްރާއީލު ސިފައިން ފޭބުމާ ގުޅޭ މާއްދާތައް ހިމެނޭ އެއްބަސްވުމަކަށް އެ ޖަމާއަތުން އެއްބަސްވެފައިވާކަން ހުކުރު ދުވަހު ހާމަކޮށްފި އެވެ.

މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި ގާއިމުކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ކުރިއަށް ގެންދިއުމުގައި ދިމާވެފައިވާ އެންމެ ބޮޑު އެއް ހުރަހަކީ ހަމާސްގެ ހަތިޔާރު އަތުލުމުގެ މައްސަލަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހުގެ ރޭ ވަނީ ހަމާސް އިން ހަތިޔާރު މުޅިން ބަހައްޓާ އެއްބަސްވުމެއް އިއުލާން ކުރައްވާފަ އެވެ. ރައީސް ޓްރަމްޕް ވިދާޅުވީ މިއީ ޣައްޒާގައި ފަލަސްތީނުގެ އާ ސަރުކާރެއް ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

ހަމާސްގެ އޮފިޝަލުން އޭއެފްޕީއަށް މައުލޫމާތު ދެއްވި ގޮތުގައި، ޣައްޒާ ހިންގުމަށްޓަކައި ޓްރަމްޕްގެ "ބޯޑް އޮފް ޕީސް" އިން އުފައްދާފައިވާ ކޮމިޓީއަކުން، އެ ޖަމާއަތުގެ ހަތިޔާރުތަކުގެ ކަންކަން ބަލަހައްޓާނެ އެވެ.

އެ ޖަމާއަތުން ބުނީ، ޣައްޒާ އިން އިސްރާއީލު ސިފައިން ފޭބުން ހިމެނޭހެން، އެއްބަސްވުމުގެ ޝަރުތުތަކަށް އިސްރާއީލުން އަމަލުކުރާކަން މެދުވެރިންނާއި ބޯޑް އޮފް ޕީސް އިން ކަށަވަރުކޮށްދޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ހަމާސްގެ މަޝްވަރާ ޓީމުގެ މެންބަރެއް ކަމަށްވާ ޣާޒީ ހަމަދު ވިދާޅުވީ، އެ ޖަމާއަތުން މިފަދަ ދޫތަކެއް ދެނީ ޣައްޒާގެ ރައްޔިތުން ފުރާނަ އާއި ގެދޮރު ގެއްލުމުން ސަލާމަތްކުރުމަށްޓަކައި ކަމަށެވެ.

ޣައްޒާ ހިންގުމަށް އުފައްދާފައިވާ "ނޭޝަނަލް ކޮމިޓީ ފޯ އެޑްމިނިސްޓްރޭޝަން އޮފް ޣައްޒާ" (އެންސީއޭޖީ) އަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، ހަތިޔާރު އަތުލުމުގެ ކަންކަމުގެ ތެރެއަށް އިސްރާއީލުން އަތްނުބާނާނެ ކަމަށާއި، އެ މަސައްކަތް ކުރާނީ ގައުމީ ކޮމިޓީން ކަމަށެވެ.

މިކަމާ ގުޅޭގޮތުން އިސްރާއީލުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

އޮކްޓޯބަރު މަހު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ނަމަވެސް ޣައްޒާގައި އަދިވެސް ދަނީ ހަމަލާ ބަދަލުކުރަމުންނެވެ. ސިއްހީ އޮފިޝަލުން ބުނާ ގޮތުގައި ބުރާސްފަތި ދުވަހު އިސްރާއީލުން ދިން ހަމަލާތަކުގައި ދެ ކުޑަކުދިން ހިމެނޭހެން މަދުވެގެން ހަތަރު މީހުން ވަނީ މަރުވެފަ އެވެ.

މިހާރުގެ އަމާޒަކީ އެއްބަސްވުން ތަންފީޒުކުރުން

ބޯޑް އޮފް ޕީސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ކަށަވަރުކޮށްދިން ގޮތުގައި، ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ ދެން އޮތް މަރުހަލާތައް ތަންފީޒުކުރުމުގެ ތަފްސީލީ މަގުޗާޓަކަށް ހަމާސް އިން ވަނީ އެއްބަސްވެފަ އެވެ.

އެ ޖަމާއަތުން ބުނީ މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ އެއްބަސްވުން ތަންފީޒުކުރުމަށް ކަމަށާއި، އެންސީއޭޖީން ވަރަށް އަވަހަށް ފިޔަވަހިތަކަކަށް ބަހާލައިގެން ޣައްޒާގެ ބާރުތަކާ ފުރިހަމަ އަށް ހަވާލުވާން ފަށާނެ ކަމަށެވެ.

ރައީސް ޓްރަމްޕް މީގެ ކުރިން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަމާސްގެ ހަތިޔާރު އަތުލައި ނިމުމުން އިސްރާއީލު ސިފައިން ޣައްޒާ އިން ފައިބާނެ ކަމަށެވެ. އަދި އޭގެ ފަހުން ބައިނަލްއަގުވާމީ ސުލްހަ ބަލަހައްޓާ ފައުޖަކާއި ފަލަސްތީނުގެ އާ ފުލުހުން ގުޅިގެން، ޣައްޒާގެ ރައްޔިތުންނާއި އަވަށްޓެރި ގައުމުތަކަށް އަމާން ތަނަކަށް ޣައްޒާ ހެދުމުގެ ޒިންމާ އުފުލާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

ބޯޑް އޮފް ޕީސްގެ ޣައްޒާ އާ ބެހޭ މަންދޫބު ނިކޮލާއި މިލަޑެނޯވް ހުކުރު ދުވަހު ވިދާޅުވީ، މި އެއްބަސްވުމަށް އާދެވުނީ މަސްތަކެއް ވަންދެން ކުރެވުނު ވަރަށް އުނދަގޫ މަޝްވަރާތަކަކަށް ފަހު ކަމަށެވެ.

މިލަޑެނޯވް އެކްސްގައި ލިޔުއްވާފައިވަނީ، ދެން ވާނެ ގޮތް މާ މުހިންމު ކަމަށާއި، އެއްބަސްވުން ތަންފީޒުކުރުމާއި އެކަންކަން ކަށަވަރުކުރުމަކީ ހަގީގީ ކަމަކަށް ވާންޖެހޭނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، އިސްރާއީލު ސިފައިން ފޭބުމުގެ މަސައްކަތް ކުރިއަށްދާންވާނީ ހަމާސްގެ ހަތިޔާރު ނައްތާލުމުގެ މަސައްކަތާ އެއް ހަމައެއްގައި ކަމަށެވެ.

މިސްރުގެ އަލް-ގާހިރާ ނިއުސް އިން ހުކުރު ދުވަހުގެ ހެނދުނު ރިޕޯޓުކުރި ގޮތުގައި، ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ ދެވަނަ މަރުހަލާއާ ބެހޭގޮތުން މަޝްވަރާކުރުމަށް އެމެރިކާ، ގަތަރު އަދި ތުރުކީ ހިމެނޭ މެދުވެރިންގެ ބައްދަލުވުމެއް ވަރަށް އަވަހަށް ގާހިރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

'އެއްވެސް އިސްތިސްނާއެއް ނެތް'

މީގެ ކުރިން ޑިޕްލޮމެޓިކް މަސްދަރަކުން އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ހުރިހާ ހަތިޔާރެއް ނައްތާލައި، ފަންނީ ސަރުކާރަކަށް ފުރިހަމަ ބާރުތައް ހަވާލުކުރުމަށްޓަކައި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްދާނެ އަމަލީ މަގުޗާޓެއް ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ރަސްމީކޮށް ވާހަކަދެއްކުމުގެ ހުއްދަ ނެތުމުން ނަން ހާމަނުކުރުމަށް އެދި އެ މަސްދަރުން ބުނީ، ހަތިޔާރަކަށް ނުވަތަ ވަކި ބަޔަކަށް އެއްވެސް އިސްތިސްނާއެއް ނޯންނާނެ ކަމަށެވެ. އަދި އޮންނާނީ އެއް ބާރަކާއި، އެއް ގާނޫނަކާއި، އެއް ހަތިޔާރެއް ކަމަށް ވެސް ބުންޏެވެ.

އެ މަސްދަރުން ބުނި ގޮތުގައި، މި މަގުޗާޓުގެ ދަށުން ހުރިހާ ބިންގަރާސްތަކާއި، ހަތިޔާރު ގުދަންތަކާއި، ހަތިޔާރު އުފައްދާ ކާރުޚާނާތައް ނައްތާލުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ.

އަދި ކޮންމެ ފަރާތަކުން ވެސް އެއްބަސްވުމާ އެއްގޮތަށް އަމަލުކުރޭތޯ ބަލާނެ ނިޒާމެއް ގާއިމުކުރެވޭނެ ކަމަށް ވެސް އެ މަސްދަރުން ބުންޏެވެ.

މަޝްވަރާތަކުގެ މައުލޫމާތު އެނގޭ ހަމާސްގެ މަސްދަރަކުން މީގެ ކުރިން އޭއެފްޕީއަށް ބުނީ، އެ ޖަމާއަތުން މެދުވެރިންނަށް ހުށަހެޅި އިސްލާހުތަކަށް އިސްރާއީލުން ދޭނެ ޖަވާބަކަށް އިންތިޒާރު ކުރަމުންދާ ކަމަށެވެ.

އެ މަސްދަރުން ބުނި ގޮތުގައި އެ އިސްލާހުތަކަކީ ބޯޑް އޮފް ޕީސް އިން ހުށަހެޅި މަގުޗާޓުގެ ދެ މާއްދާއަކަށް ހުށަހެޅި އިސްލާހުތަކެކެވެ.

ހަތިޔާރާ ބެހޭ މާއްދާއާ ގުޅޭގޮތުން ހަމާސްގެ މަސްދަރުން ބުނީ، ބައެއް ނުކުތާތައް އުނިކޮށް، އޭގެ ބަދަލުގައި އެހެން ގޮތްތަކެއް ހުށަހަޅާފައިވާނެ ކަމަށެވެ.

އެއްބަސްވުން އިއުލާން ކުރުމުގެ ކުރިން އިސްރާއީލުގެ ސިޔާސީ މަސްދަރަކުން އޭއެފްޕީއަށް ބުނީ، ހުށަހަޅާފައިވާ އެއްބަސްވުމުގައި އިސްރާއީލުގެ ޝަރުތުތަކަށް ފުރިހަމައަށް ރިއާޔަތްކޮށްފައި ނުވާ ކަމަށެވެ.

އެ މަސްދަރުން ބުނީ، އެއްވެސް މަރުހަލާއެއް ކުރިއަށް ގެންދިއުމުގެ ކުރިން، ހަމާސްގެ ހަތިޔާރު މުޅިން އަތުލުމާއި، ޣައްޒާ އިން ހަތިޔާރު ބޭރުކުރުމާއި، މުޅި ޣައްޒާ އަކީ ހަތިޔާރު ނެތް ސަރަހައްދަކަށް ހެދުމަށް އިސްރާއީލުން ޝަރުތުކުރާ ކަމަށެވެ.

މީގެ އިތުރުން، މި ހަފުތާގައި ވޮޝިންގްޓަނުގައި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި ޓްރަމްޕް ބައްދަލުކުރެއްވި އިރު، ޣައްޒާގެ މައްސަލައާ ބެހޭގޮތުން އެއްވެސް ވަރަކަށް ވާހަކަދެކެވިފައި ނުވާ ކަމަށް ވެސް އެ މަސްދަރުން ބުންޏެވެ.

މަސްދަރު: އޭއެފްޕީ

އިޒްރޭލު-ހަމާސްޣައްޒާޑޮނަލްޑް ޓްރަމްޕްބޯޑް އޮފް ޕީސްނިކޮލާއި މިލަޑެނޯވް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

31 ޖުލައި 2026

ބައިނަލްއަގުވާމީ ކޮންފަރެންސެއްގައި އެފްރިކާގެ ގައުމުތަކުގެ ޗާޓު ނުބައިކޮށް ދެއްކުނު މައްސަލައިގައި ސްޓޭޓް ޑިޕާޓްމަންޓުން މާފަށް އެދިއްޖެ

31 ޖުލައި 2026
ބައިނަލްއަގުވާމީ ކޮންފަރެންސެއްގައި އެފްރިކާގެ ގައުމުތަކުގެ ޗާޓު ނުބައިކޮށް ދެއްކުނު މައްސަލައިގައި ސްޓޭޓް ޑިޕާޓްމަންޓުން މާފަށް އެދިއްޖެ
31 ޖުލައި 2026

ނަތަންޔާހޫގެ ސިޔާސަތުން އިސްރާއީލާއި އެމެރިކާގެ ވަރުގަދަ ގުޅުމަށް ބޮޑު ގެއްލުމެއް

31 ޖުލައި 2026
ނަތަންޔާހޫގެ ސިޔާސަތުން އިސްރާއީލާއި އެމެރިކާގެ ވަރުގަދަ ގުޅުމަށް ބޮޑު ގެއްލުމެއް
31 ޖުލައި 2026

ހަމާސް އިން ހަތިޔާރު ބެހެއްޓުމުގެ އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ޓްރަމްޕް އިއުލާން ކުރައްވައިފި

31 ޖުލައި 2026
ހަމާސް އިން ހަތިޔާރު ބެހެއްޓުމުގެ އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ޓްރަމްޕް އިއުލާން ކުރައްވައިފި
30 ޖުލައި 2026

އެމެރިކާއިން އީރާނަށް އަނެއްކާވެސް ބޮން އަޅާ، ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖުލައި 2026
އެމެރިކާއިން އީރާނަށް އަނެއްކާވެސް ބޮން އަޅާ، ބޮޑެތި ގެއްލުންތަކެއް ދީފި
29 ޖުލައި 2026

ވޯލްޑް ކަޕް ވިއްކާލުމުގެ މަޝްރޫއަކީ އިންފަންޓީނޯއަށް ހެއްދެވޭ ބޮޑު ގޯހެއް ހެއްޔެވެ؟

29 ޖުލައި 2026
ވޯލްޑް ކަޕް ވިއްކާލުމުގެ މަޝްރޫއަކީ އިންފަންޓީނޯއަށް ހެއްދެވޭ ބޮޑު ގޯހެއް ހެއްޔެވެ؟
29 ޖުލައި 2026

ގްރަހަމްގެ ޖަނާޒާގައި ޓްރަމްޕް މިންޓް ބައްސަވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ، ވައިރަލްވެއްޖެ!

29 ޖުލައި 2026
ގްރަހަމްގެ ޖަނާޒާގައި ޓްރަމްޕް މިންޓް ބައްސަވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ، ވައިރަލްވެއްޖެ!
29 ޖުލައި 2026

އެމެރިކާގެ ކޮންގްރެސް އަށް އިންފަންޓީނޯ ހާޒިރުކުރުމުގެ މަސައްކަތް ޑިމޮކްރަޓިކް ޕާޓީ އިން ފަށައިފި

29 ޖުލައި 2026
އެމެރިކާގެ ކޮންގްރެސް އަށް އިންފަންޓީނޯ ހާޒިރުކުރުމުގެ މަސައްކަތް ޑިމޮކްރަޓިކް ޕާޓީ އިން ފަށައިފި
28 ޖުލައި 2026

އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވައިފި

28 ޖުލައި 2026
އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވައިފި
28 ޖުލައި 2026

ޓްރަމްޕްގެ ދެ ވަނަ ދައުރުގައި ހަތް ވަނަ ފަހަރަށް ނަތަންޔާހޫ އެމެރިކާ އަށް ވަޑައިގެންފި

28 ޖުލައި 2026
ޓްރަމްޕްގެ ދެ ވަނަ ދައުރުގައި ހަތް ވަނަ ފަހަރަށް ނަތަންޔާހޫ އެމެރިކާ އަށް ވަޑައިގެންފި
27 ޖުލައި 2026

ޓްރަމްޕްއާ ބައްދަލުކުރެއްވުމަށް ނަތަންޔާހޫ އެމެރިކާާ އަށް

27 ޖުލައި 2026
ޓްރަމްޕްއާ ބައްދަލުކުރެއްވުމަށް ނަތަންޔާހޫ އެމެރިކާާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް