Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-ޔުކްރެއިން

ކެސްޕިއަން ކަނޑުގައި ދަތުރުކުރަމުންދިޔަ އީރާނުގެ މުދާ އުފުލާ ބޯޓަކަށް ޔޫކްރެއިނުން ހަމަލާދީފި

26 ޖުލައި 2026 | އާދީއްތަ 07:39

ކެސްޕިއަން ކަނޑުގައި ދަތުރުކުރި އީރާނުގެ ކާގޯ ބޯޓަކަށް ޔޫކްރެއިނުން ހަމަލާދީފައިވާތީ، އެކަން ކުށްވެރިކޮށް އީރާނުން ޔޫކްރެއިންގެ ޝާޒޭ ޑަ ފެއާޒް ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފި. މި ހަމަލާގައި އެކަކު މަރުވެފައިވޭ

ރާއްޖެ އެމްވީ | 26 ޖުލައި 2026 | އާދީއްތަ 07:39
އިރާނަށް އަމާޒުކޮށް އެމެރިކާއިން ދެމުންދާ ހަމަލާތައް ކުށްވެރިކުރުމަށްޓަކައި، "ޕީޕަލް އިން ސޮލިޑާރިޓީ ވިތް ފަލަސްތީނިއަންސް" ގެ މެންބަރުން އިސްނަގައިގެން ދެކުނު ކޮރެއާގެ ސޯލްގައި ހޮނިހިރު ދުވަހު ބޮޑު މުޒާހަރާއެއް ބާއްވަނީ

އިރާނަށް އަމާޒުކޮށް އެމެރިކާއިން ދެމުންދާ ހަމަލާތައް ކުށްވެރިކުރުމަށްޓަކައި، "ޕީޕަލް އިން ސޮލިޑާރިޓީ ވިތް ފަލަސްތީނިއަންސް" ގެ މެންބަރުން އިސްނަގައިގެން ދެކުނު ކޮރެއާގެ ސޯލްގައި ހޮނިހިރު ދުވަހު ބޮޑު މުޒާހަރާއެއް ބާއްވަނީ | އޭޕީ

ކެސްޕިއަން ކަނޑުގައި ދަތުރުކުރަމުންދިޔަ އީރާނުގެ މުދާ އުފުލާ ބޯޓަކަށް ޔޫކްރެއިނުން ހަމަލާދީފައިވާ ކަަމަށް އީރާނުން ބުނެފި އެވެ.

 މި ހަމަލާ އީރާނުގެ ފޮރިން މިނިސްޓްރީން ހޮނިހިރު ދުވަހު ވަނީ ކުށްވެރިކޮށްފަ އެވެ. އީރާނުން ބުނި ގޮތުގައި މި ހަމަލާގެ ސަބަބުން އުޅަނދުގައި އެއްޗެއް ގޮވައި، އެކަކު މަރުވެ އިތުރު ފަޅުވެރިއަކަށް ވަނީ އަނިޔާވެފަ އެވެ.

މި ހަމަލާތަކުން "ވަރަށް ވަރުގަދަ ނަތީޖާތަކެއް" ލިބިފައިވާ ކަމަށް ޔޫކްރެއިންގެ ރައީސް ވިދާޅުވި

ޔޫކްރެއިންގެ ލީޑަރު ވްލަޑިމިއަރ ޒެލެންސްކީ ހޮނިހިރު ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، އީރާނާ ގުޅުންހުރި އަސްކަރީ މުދާ އުފުލާ އުޅަނދުތަކާއި ހަނގުރާމަމަތީ މަނަވަރަކަށް އަމާޒުކޮށް ދިން ދުރުރާސްތާގެ ހަމަލާތަކުން "ވަރަށް ވަރުގަދަ ނަތީޖާތަކެއް" ލިބިފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.

އީރާނުގެ ފޮރިން މިނިސްޓްރީން ބުނީ މީގެ ސަބަބުން ހަނގުރާމައިގެ ހުޅުގަނޑު އިތުރަށް ފުޅާވެ، ނުރައްކާ ބޮޑުވެގެންދާނެ ކަމަށް ބުނެފަ އެވެ. އަދި ޔޫކްރެއިންގެ ސަރުކާރުން ހިންގި މި ޒިންމާދާރުކަންކުޑަ އަމަލު އެހެން ގައުމުތަކުން އެ ގައުމުގެ ލީޑަޝިޕް ޖަވާބުދާރީ ކުރުވުމަށް އީރާނުން ވަނީ ގޮވާލާފަ އެވެ.

އީރާނުގެ ފޮރިން މިނިސްޓްރީން އިންޒާރު ދެމުން ބުނެފައިވަނީ، އެ ގައުމުގެ ގައުމީ މަސްލަހަތާއި ސަލާމަތްތެރިކަން ހިމާޔަތް ކުރުމުގައި އީރާނުން ފަސްނުޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، ރަޝިޔާ އާއި ޔޫކްރެއިންގެ މެދުގައި ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް އީރާނުން ދުވަހަކުވެސް ވަދެފައި ނުވާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

އީރާނުގެ ފޮރިން މިނިސްޓަރު ހުސައިން އާމިރު-އަބްދުﷲ ހިއާން 2022 ވަނަ އަހަރު ކަށަވަރުކޮށްދެއްވި ގޮތުގައި، އެ އަހަރުގެ ފެބްރުއަރީ މަހު ޔޫކްރެއިން ހަނގުރާމަ ފެށުމުގެ މަސްތަކެއް ކުރިން ތެހެރާނުން ވަނީ ރަޝިޔާއަށް "މަދު އަދަދެއްގެ" ޝާހިދު-136 މަރުކާގެ ކަމިކާޒޭ ޑްރޯން ފޯރުކޮށްދީފަ އެވެ. ނަމަވެސް، މޮސްކޯއިން ބުނަމުންދަނީ ޝާހިދު-136 ގެ ފަރުމާގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ކަމަށް ބެލެވޭ "ގެރާން-2" މަރުކާގެ ހުރިހާ ޑްރޯންތަކަކީ ރަޝިޔާގެ އެތެރޭގައި އުފައްދާފައިވާ ތަކެތި ކަމަށެވެ.

އެމެރިކާއިން ވެސް ވަނީ އީރާނުގެ ޝާހިދު-136 އާ އެއްގޮތް "ލޫކަސް" ނަމަކަށް ކިޔާ ޑްރޯންއެއް އަމިއްލައަށް އުފައްދާފަ އެވެ. އަދި އީރާނާއެކު ހިނގި ކުރިމަތިލުންތަކުގައި އެމެރިކާއިން ވަނީ މި ޑްރޯން ބޭނުންކޮށްފަ އެވެ.

ޒެލެންސްކީ ހޮނިހިރު ދުވަހު ވިދާޅުވީ، ރަޝިޔާއިން އީރާނުގެ ސަރުކާރަށް އަލަށް ފޯރުކޮށްދެމުންދާ އެހީތެރިކަމާ ގުޅޭގޮތުން ޔޫކްރެއިންގެ އިންޓެލިޖެންސް އިދާރާތަކަށް ލިބިފައިވާ މައުލޫމާތުތައް، އެކުވެރި ގައުމުތަކާ ހިއްސާކުރުމަށް އަމުރުކުރައްވާނެ ކަމަށެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން މިދިޔަ މަހު ވިދާޅުވީ، އީރާނުން އަސްކަރީ އެހީތެރިކަމަކަށް އެދިފައި ނުވާ ކަމަށާއި، މޮސްކޯއިން އެ ގައުމަށް ހަތިޔާރު ފޯރުކޮށްދެމުން ނުދާ ކަމަށެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ދާދިފަހުން ވިދާޅުވެފައިވަނީ، ރަޝިޔާ ނުވަތަ ޗައިނާއިން ވެސް އީރާނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

މި އަހަރުގެ ކުރީކޮޅު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާއާ ގުޅިގެން މެދުއިރުމަތީގައި އުފެދުނު ހަމަނުޖެހުންތަކުގެ ތެރެއަށް ވަނުމަށް ކީވްއިން ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ޔޫކްރެއިންގެ ލީޑަޝިޕުން ބުނާ ގޮތުގައި، އީރާނުގެ ޑްރޯންތަކާ ދެކޮޅަށް މަސައްކަތް ކުރާނެ ފަންނީ މާހިރުންނާއި ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށް ގަލްފުގެ ގައުމުތަކާއެކު އެއްބަސްވުންތަކެއް ވަނީ ގާއިމުކޮށްފަ އެވެ. އަދި މީގެ ބަދަލުގައި އިތުރު ވައިގެ ދިފާއީ ނިޒާމުތަކާއި ހަތިޔާރު ހޯދުމަށް ޔޫކްރެއިން އުންމީދު ކުރެ އެވެ.

ޒެލެންސްކީ ވިދާޅުވި ގޮތުގައި، މި އެއްބަސްވުންތަކުގެ ދަށުން ޔޫކްރެއިންގެ 200 އަށްވުރެ ގިނަ އަސްކަރީ މާހިރުން މިހާރު ވަނީ މެދުއިރުމައްޗަށް ފޮނުވާފަ އެވެ. އެ ސަރަހައްދުގައި ހިނގި ފުރަތަމަ ކުރިމަތިލުންތަކުގެ ތެރޭގައި، ދުބާއީގައި ހުރި ގުދަނަކަށް އީރާނުން ދިން ހަމަލާއެއްގައި މި ގްރޫޕުގެ ބައެއް މީހުން މަރުވެ، ބައެއް އާލާތްތަކަށް ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް، ކީވް އިން ވަނީ އެފަދަ ހާދިސާއެއް ހިނގާފައިވާ ކަމަށް އިންކާރުކޮށްފަ އެވެ.

ޔޫކްރެއިން ހަނގުރާމަ ފެށުނީއްސުރެ، ރަޝިޔާއިން ބޭނުންކުރާ އީރާނުން ފަރުމާކޮށްފައިވާ ޑްރޯންތަކާ ދެކޮޅަށް ކީވްއިން ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، އީރާނުގެ ހަމަލާތައް އަމާޒުވާ މެދުއިރުމަތީގެ ގައުމުތަކަށް، ޑްރޯންތައް ހުއްޓުވުމުގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ޔޫކްރެއިނުން ވަނީ ހުށަހަޅާފަ އެވެ.

އީރާނުގެ އުޅަނދަށް ދިން މި ހަމަލާއަކީ އުދުވާނީ އަމަލެއްގެ ގޮތުގައި ތެހެރާނުން ސިފަކޮށްފައިވާއިރު، ގައުމީ މަސްލަހަތާއި ސަލާމަތްތެރިކަން ދިފާއުކުރާނެ ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ. އަދި ޔޫކްރެއިނުން މަސައްކަތް ކުރަނީ ހަނގުރާމަ ފުޅާކުރުމަށް ކަމަށް ބުނެ އީރާނުން ވަނީ ކީވް އަށް ތުހުމަތުތަކެއް ކޮށްފަ އެވެ.

އީރާނުގެ ދައުލަތުގެ ނިއުސް އެޖެންސީ "އިރްނާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، "ދުޝްމަނު އަދި ޖިނާއީ" ހަމަލާއެއްގެ ގޮތުގައި ސިފަކުރި މި އަމަލާ ގުޅިގެން އިހުތިޖާޖު ކުރުމަށް، ތެހެރާނުގައި ހުންނަވާ ޔޫކްރެއިންގެ ޝާޒޭ ޑަ ފެއާޒް އީރާނުގެ ފޮރިން މިނިސްޓްރީއަށް ވަނީ ހާޒިރުކޮށްފަ އެވެ.

އީރާނުން މި ހަމަލާ ކުށްވެރިކޮށްފައި މިވަނީ، މެދުއިރުމަތީގެ ސަރަހައްދުތަކަށް ހަމަލާދިނުމަށް މަގުފަހިކުރުމުގެ ގޮތުން ރަޝިޔާގެ ސެޓެލައިޓްތަކުން ހޯދާ މައުލޫމާތުތައް އީރާނަށް ފޯރުކޮށްދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.

މީގެ ކުރިން ވެސް ރައީސް ޒެލެންސްކީ ވަނީ، ކެސްޕިއަން ކަނޑުގައި އޮތް ރަޝިޔާގެ މަނަވަރަކަށާއި، އީރާނާ ގުޅުންހުރި އަސްކަރީ ސާމާނު އުފުލާ އުޅަނދުތަކަށް ޔޫކްރެއިންގެ ސިފައިން ހަމަލާދީފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޔޫކްރެއިންގެ ރައީސް ވިދާޅުވީ، ޖުލައި މަހުގެ ކުރީކޮޅުން ފެށިގެން ރަޝިޔާގެ ސެޓެލައިޓްތަކުން ގަލްފުގެ ގައުމުތަކާއި އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ވަރަށް ބޮޑަށް މޮނިޓަރު ކުރަމުންދާ ކަމަށެވެ. އަދި އެ ސެޓެލައިޓް ފޮޓޯތައް ފަހުން އީރާނުން ބޭނުންކުރާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރަޝިޔާގެ ސެޓެލައިޓްތަކުން މި ތަންތަނުގެ ފޮޓޯ ނެގުމާއި އީރާނުން ދޭ ހަމަލާތަކާ ސީދާ ގުޅުމެއް އެބައޮތް. އެއީ ހަމަލާ ދިނުމުގެ ކުރިން ތައްޔާރުވުމަށާއި، ހަމަލާއަށްފަހު ލިބުނު ގެއްލުންތައް ވަޒަންކުރުމަށް ބޭނުންކުރާ މައުލޫމާތު،" ރައީސް ޒެލެންސްކީ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ހަމައެކަނި ޖުލައި 19 އާއި 20 ވަނަ ދުވަހު ވެސް، ރަޝިޔާގެ ސެޓެލައިޓްތަކުން ވަނީ ހަތަރު އެއާ ބޭސްއެއް މޮނިޓަރުކޮށްފަ އެވެ. އޭގެ ތެރޭގައި ބަހްރައިންގައި ހުރި ދެ މަރުކަޒަކާއި، އުރުދުން އަދި ކުވެއިތުގައި ހުރި އަސްކަރީ މަރުކަޒެއް ހިމެނެ އެވެ.

ވުލަޑިމިއަރ ޒެލެންސްކީކޭސްޕިއަން ކަނޑުރަޝިޔާ-ޔޫކްރެއިންއީރާންއީރާން-ޔޫކްރެއިން

އިތުރަށް ކިޔާލަން

24 ޖުލައި 2026

ސެޓެލައިޓް މެދުވެރިކޮށް ނަގާ ގަލްފް ސަރަހައްދުގެ ފޮޓޯތައް އާންމުކުރުން ފަސްކޮށްދިނުމަށް އެމެރިކާއިން އެދިފައިވާ އެދުމަށް އީޔޫ އިން އެއްބަސްވެއްޖެ

24 ޖުލައި 2026
ސެޓެލައިޓް މެދުވެރިކޮށް ނަގާ ގަލްފް ސަރަހައްދުގެ ފޮޓޯތައް އާންމުކުރުން ފަސްކޮށްދިނުމަށް އެމެރިކާއިން އެދިފައިވާ އެދުމަށް އީޔޫ އިން އެއްބަސްވެއްޖެ
23 ޖުލައި 2026

އީރާނުން އެމެރިކާގެ ހަމަލާތަކަށް ރައްދުދޭން އާ ގޮތްތަކެއް ރާވައިފި ކަމުގައި އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވެއްޖެ

23 ޖުލައި 2026
އީރާނުން އެމެރިކާގެ ހަމަލާތަކަށް ރައްދުދޭން އާ ގޮތްތަކެއް ރާވައިފި ކަމުގައި އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވެއްޖެ
23 ޖުލައި 2026

ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިރާނުން ހަމަލާ ދީފި

23 ޖުލައި 2026
ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިރާނުން ހަމަލާ ދީފި
23 ޖުލައި 2026

އީރާނުގެ ދިފާއީ ސިޔާސަތަކީ "ލޮލަކަށް ލޮލެއް": އިސް ޑިޕްލޮމެޓް

23 ޖުލައި 2026
އީރާނުގެ ދިފާއީ ސިޔާސަތަކީ "ލޮލަކަށް ލޮލެއް": އިސް ޑިޕްލޮމެޓް
23 ޖުލައި 2026

އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި ދެ މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

23 ޖުލައި 2026
އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި ދެ މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ
22 ޖުލައި 2026

އީރާނުގެ ބިމަށް އަރައިގަންނަން މަސައްކަތްކުރާ ދުޝްމަނުންނާ ދެކޮޅަށް ވަރުގަދަ ސިނާރިއޯތަކާއި ޕްލޭންތައް ތައްޔާރުކޮށްފިން: އަސްކަރިއްޔާގެ ތަރުޖަމާނު

22 ޖުލައި 2026
އީރާނުގެ ބިމަށް އަރައިގަންނަން މަސައްކަތްކުރާ ދުޝްމަނުންނާ ދެކޮޅަށް ވަރުގަދަ ސިނާރިއޯތަކާއި ޕްލޭންތައް ތައްޔާރުކޮށްފިން: އަސްކަރިއްޔާގެ ތަރުޖަމާނު
22 ޖުލައި 2026

އީރާން ހަނގުރާމަ ނިމޭނެ ގޮތުގެ އެއްވެސް ޖަވާބެއް ނެތް

22 ޖުލައި 2026
އީރާން ހަނގުރާމަ ނިމޭނެ ގޮތުގެ އެއްވެސް ޖަވާބެއް ނެތް
21 ޖުލައި 2026

ސައުދީ އަރަބިއްޔާގެ ބަނދަރުތަކަށް މުދާ އުފުލާ އުޅަނދުފަހަރަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ޔަމަނުގެ ހޫޘީން ޝިޕިން ކުންފުނިތަކަށް ދީފި

21 ޖުލައި 2026
ސައުދީ އަރަބިއްޔާގެ ބަނދަރުތަކަށް މުދާ އުފުލާ އުޅަނދުފަހަރަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ޔަމަނުގެ ހޫޘީން ޝިޕިން ކުންފުނިތަކަށް ދީފި
21 ޖުލައި 2026

ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާ އާއި އިސްރާއީލްއާ ދެކޮޅަށް ތިބި ރައްޔިތުންނަށް ލިބުނު އުފަލެއް: އީރާން

21 ޖުލައި 2026
ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާ އާއި އިސްރާއީލްއާ ދެކޮޅަށް ތިބި ރައްޔިތުންނަށް ލިބުނު އުފަލެއް: އީރާން
21 ޖުލައި 2026

ޔަމަނުގެ ހޫޘީންގެ ފަރާތުން ކުރިމަތިވާ ކޮންމެ ނުރައްކަލަކަށް "ވަގުތުން އަދި ހަރުކަށި" ރައްދު ދޭނެ ކަމަށް ސައުދީ އަރަބިއްޔާ އިން ބުނެފި

21 ޖުލައި 2026
ޔަމަނުގެ ހޫޘީންގެ ފަރާތުން ކުރިމަތިވާ ކޮންމެ ނުރައްކަލަކަށް "ވަގުތުން އަދި ހަރުކަށި" ރައްދު ދޭނެ ކަމަށް ސައުދީ އަރަބިއްޔާ އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް