އިންޑިއާއާ އެކު އޮންނަ ގުޅުން ވަރުގަދަ ކުރާނެ ކަމުގެ ޔަޤީންކަމާ އެކު، ނަތަންޔާހޫގެ ޝުކުރު މޯދީ އަށް
8 އޯގަސްޓު 2026 | ހޮނިހިރު 06:26ނަތަންޔާހޫ މިހެން ވިދާޅުވެފައި ވަނީ ހުޅަނގު އޭޝިޔާގެ ޙާލަތާ ބެހޭ ގޮތުން މި ދެ ބޭފުޅުން މަޝްވަރާ ކުރެއްވުމަށް ފަހު. އެކްސްގައި މޯދީ ކުރެއްވި ޕޯސްޓެއްގެ ޖަވާބުގައި ނަތަންޔާހޫ ވިދާޅުވީ، އިންޑިއާއާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމުގެ މަސައްކަތް އެކުގައި ކުރިއަށް ގެންދަވާނެ ކަމަށް


އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެމެރިކާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ | ގެޓީ އިމޭޖަސް
އިސްރާއީލް އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަމާ އެކު، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަށް ޝުކުރު އަދާ ކުރައްވައިފި އެވެ.
ނަތަންޔާހޫ މިހެން ވިދާޅުވެފައި ވަނީ ހުޅަނގު އޭޝިޔާގެ ޙާލަތާ ބެހޭ ގޮތުން މި ދެ ބޭފުޅުން މަޝްވަރާ ކުރެއްވުމަށް ފަހު އެވެ. އެކްސްގައި މޯދީ ކުރެއްވި ޕޯސްޓަކަށް ޖަވާބު ދެއްވާ ނަތަންޔާހޫ ވިދާޅުވީ، އިންޑިއާއާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމުގެ މަސައްކަތް އެކުގައި ކުރިއަށް ގެންދަވާނެ ކަމަށެވެ.
ނަތަންޔާހޫ އާއި މޯދީ މަޝްވަރާ ކުރައްވާފައި ވަނީ ހުޅަނގު އޭޝިޔާގެ ސަރަހައްދުގައި މިހާރު ހިނގަމުންދާ ކަންތައްތަކާ ގުޅޭ ގޮތުންނެވެ. މި ސަރަހައްދުގައި މިހާރު ވަރަށް އުނދަގޫ ޙާލަތެއް އޮތްއިރު، އިސްރާއީލް އާއި އީރާންއާ ދެމެދު ވެސް ވަނީ ދެބަސްވުންތަކެއް އުފެދިފައި އެވެ.
މިއަހަރުގެ ކުރީ ކޮޅު މޯދީ އިސްރާއީލް އަަށް ވަޑައިގެންފައިވާއިރު، އެ ދަތުރުފުޅުގެ ސަބަބުން މޯދީ އަށް ގިނަ ބައެއްގެ ފާޑު ކިޔުން ވެސް އަމާޒުވި އެވެ. މޯދީ އިސްރާއީލް އަށް ވަޑައިގެންނެވި ދަތުރުފުޅުގެ ފަހުން، އެމެރިކާ އާއި އިސްރާއީލް ގުޅިގެން ވަނީ އީރާން އަށް ހަމަލާ ދޭން ފަށައިފަ އެވެ. ބައެއް ފަރާތްތަކުން ވަނީ، މޯދީގެ އެ ދަތުރުފުޅަކީ އިސްރާއީލް އަށް ސިޔާސީ ތާއީދު ދެއްވުމުގެ ގޮތުން ކުރެއްވި ދަތުރުފުޅެއް ކަމަށް ވެސް ސިފަ ކޮށްފައި އެވެ.
އިސްރާއީލް އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން މިހާރު ވަރަށް ބޮޑަށް ބަދަހިވެފައިވާއިރު، ދިފާއީ ދާއިރާ އިން ފެށިގެން، ވިޔަފާރީގެ ދާއިރާ އަށް ވެސް ދެ ޤައުމުން ވަނީ ގުޅުން ބަދަހި ކޮށްފައި އެވެ.
މަސްދަރު: އަލް ޖަޒީރާ










