Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ

މޯދީގެ ވީޑިއޯ މައްސަލައިގައި ޒަކަރބާގް މައާފަށް އެދިއްޖެ

5 އޯގަސްޓު 2026 | ބުދަ 15:11

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވީޑިއޯއެއް ފޭސްބުކުން ބްލޮކްކުރި މައްސަލައިގައި މެޓާގެ އިސްވެރިން ޕާލަމެންޓްރީ ޕެނަލަށް ހާޒިރުކޮށް، އެކަމަށް މައާފަށް އެދުމަށް ތިން ދުވަހުގެ މުހުލަތެއް ވަނީ ދީފަ. މި މައްސަލައިގައި އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު ނާޅާނަމަ މެޓާއަށް ލިބިދޭ ގާނޫނީ ރައްކާތެރިކަން އުވާލާނެ ކަމުގެ އިންޒާރު އިންޑިއާ ސަރުކާރުން ވަނީ ދީފައި

ރާއްޖެ އެމްވީ | 5 އޯގަސްޓު 2026 | ބުދަ 15:11
އައިޑަހޯގެ ސަން ވެލީގައި ހުންނަ ސަން ވެލީ ލޮޖްގައި 2026 ޖުލައި 9 ވަނަ ދުވަހު ބޭއްވި "އެލަން އެންޑް ކޮމްޕެނީ ސަން ވެލީ ކޮންފަރެންސް" ގައި މެޓަ ޕްލެޓްފޯމްސްގެ ސީއީއޯ މާކް ޒަކަބާގް އާއި އެމެރިކާގެ ކުރީގެ ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ދީނާ ޕަވަލް މެކޯމިކް ބައިވެރިވަނީ

އައިޑަހޯގެ ސަން ވެލީގައި ހުންނަ ސަން ވެލީ ލޮޖްގައި 2026 ޖުލައި 9 ވަނަ ދުވަހު ބޭއްވި "އެލަން އެންޑް ކޮމްޕެނީ ސަން ވެލީ ކޮންފަރެންސް" ގައި މެޓަ ޕްލެޓްފޯމްސްގެ ސީއީއޯ މާކް ޒަކަބާގް އާއި އެމެރިކާގެ ކުރީގެ ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ދީނާ ޕަވަލް މެކޯމިކް ބައިވެރިވަނީ | ގެޓީ އިމޭޖަސް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވީޑިއޯއެއް ފޭސްބުކުން އުނިކުރި މައްސަލައިގައާއި، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މަންޒަރުތައް ދައުރުވުމާއި، ފޭކް ކޮންޓެންޓް ނުވަތަ 'ޑީޕްފޭކް' ފަދަ ކަންކަމާ ގުޅިގެން އިންޑިއާގެ ޕާލަމެންޓްރީ ޕެނަލްގެ ކިބައިން މެޓާގެ ފައުންޑަރ އަދި ސީ.އީ.އޯ މާކް ޒަކަރބާގް މައާފަށް އެދިއްޖެ ކަމަށް އާރް.ޓީ އިންޑިއާއަށް ސަރުކާރުގެ މަސްދަރުތަކުން މައުލޫމާތު ދީފި އެވެ.

މިދިޔަ ބުދަ ދުވަހުގެ ކުރީކޮޅު، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވީޑިއޯއެއް ފޭސްބުކުން ވަގުތީ ގޮތުން ބްލޮކްކުރި މައްސަލައިގައި މެޓާގެ އިސްވެރިން ޕާލަމެންޓްރީ ޕެނަލަށް ހާޒިރުކުރުމަށްފަހު، އެ ޕެނަލްގެ އިސްވެރިޔާ ވަނީ މައާފަށް އެދުމަށް ޒަކަރބާގަށް ތިން ދުވަހުގެ މުހުލަތެއް ދީފަ އެވެ.

މި މައާފަށް އެދުމާ ގުޅޭގޮތުން މެޓާގެ ފަރާތުން ރަސްމީކޮށް އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެ އެވެ.

މޯދީ ނިސްބަތްވެވަޑައިގަންނަވާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީ.ޖޭ.ޕީ) ގެ މެންބަރެއް ކަމަށްވާ ނިޝިކާންތު ދުބޭ ވިދާޅުވީ، މި މައްސަލައިގައި އިހުމާލުވި ފަރާތްތަކާ މެދު ފޭސްބުކުން ފިޔަވަޅު ނާޅާނަމަ، އެ ކުންފުންޏަށް ލިބިދޭ 'ސޭފް ހާބަރ ކްލޯޒް' ނުވަތަ ގާނޫނީ ރައްކާތެރިކަން އުވާލާނެ ކަމަށެވެ. މީގެ އިތުރުން، ވީޑިއޯ އުނިކުރި މައްސަލައިގައި ޖަވާބުދާރީވުމަށްޓަކައި މެޓާގެ ގްލޯބަލް އެފެއާޒްގެ އިސްވެރިޔާ ޖޮއެލް ކެޕްލަން ވެސް ވަނީ ބުދަ ދުވަހު އިންޑިއާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީގެ ސެކްރެޓަރީގެ އަރިހަށް ހާޒިރުކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން މެޓާއިން ބުނެފައިވަނީ، ބޮޑުވަޒީރުގެ ވީޑިއޯ ބްލޮކް ކުރެވުނީ ފަންނީ މައްސަލައެއް ނުވަތަ 'ޓެކްނިކަލް ގްލިޗް' އެއްގެ ސަބަބުން ކަމަށެވެ.

ފޭސްބުކުން ބްލޮކްކުރި ވީޑިއޯއަކީ، މިދިޔަ މަހު ދިއްލީގައި މުޒާހަރާކުރި ދަރިވަރުންނާ މުޚާތަބު ކުރައްވައި ބޮޑުވަޒީރު މޯދީ ދެއްކެވި ވާހަކަފުޅުތަކެއް ހިމެނޭ ވީޑިއޯއެކެވެ. މިއީ ވެރިކަންކުރާ ބީ.ޖޭ.ޕީ އަށް ނުހަނު ނާޒުކު މައްސަލައެކެވެ.

މީގެ އިތުރުން، އިންޑިއާގެ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މަންޒަރުތަކާ ގުޅޭ (ސީ.އެސް.އޭ.އެމް) ގަވާއިދުތަކަށް ހުރިހާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އަމަލުކުރުމަށް ޕާލަމެންޓްރީ ޕެނަލުން ވަނީ އިންޒާރު ދީފަ އެވެ. އަދި އިންސްޓަގްރާމުން މި ގަވާއިދުތަކާ ޚިލާފުވެފައިވާތީ، މިދިޔަ މަހު މެޓާއަށް ވަނީ އެކަމާ ގުޅޭ ނޯޓިސްއެއް ވެސް ފޮނުވާފަ އެވެ.

ނަރެންދުރަ މޯދީ މާކް ޒަކަބާގްޑީޕްފޭކްސްމެޓާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

01 އޯގަސްޓު 2026

"ކޮކްރޯޗް" މުޒާހަރާތަކުގައި އިންޑިއާގެ ބޮޑުވަޒީރަށް ހުތުރުބަހުން މުޚާތަބުކުރި ދަރިވަރުންނަށް މާފުކޮށްފިކަމަށް މޯދީ ވިދާޅުވެއްޖެ

01 އޯގަސްޓު 2026
"ކޮކްރޯޗް" މުޒާހަރާތަކުގައި އިންޑިއާގެ ބޮޑުވަޒީރަށް ހުތުރުބަހުން މުޚާތަބުކުރި ދަރިވަރުންނަށް މާފުކޮށްފިކަމަށް މޯދީ ވިދާޅުވެއްޖެ
25 ޖުލައި 2026

ހުރިހާ "ކުރަފި" ތައް އެއްވުމުން ދެން ވާނެ ގޮތް އިންޑިއާ އިން ތަމްސީލުވެގެން އެދިޔައީ ހާދަ ފުރިހަމަކޮށްނެވެ!

25 ޖުލައި 2026
ހުރިހާ "ކުރަފި" ތައް އެއްވުމުން ދެން ވާނެ ގޮތް އިންޑިއާ އިން ތަމްސީލުވެގެން އެދިޔައީ ހާދަ ފުރިހަމަކޮށްނެވެ!
25 ޖުލައި 2026

އިމްތިހާން ކަރުދާސް ލީކުވި މައްސަލައިގައި ކޮކްރޯޗް ޕާޓީގެ މުޒާހަރާތައް ހޫނުވެ އެންމެ ފަހުން އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

25 ޖުލައި 2026
އިމްތިހާން ކަރުދާސް ލީކުވި މައްސަލައިގައި ކޮކްރޯޗް ޕާޓީގެ މުޒާހަރާތައް ހޫނުވެ އެންމެ ފަހުން އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި
23 ޖުލައި 2026

އިންޑިއާގެ ތައުލީމީ ނިޒާމު އިސްލާހު ކުރުމަށް ގޮވާލައި ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ކުރަމުންދާ ކޮކްރޯޗް ޕާޓީގެ އެކްޓިވިސްޓް ސޯނަމް ސަރގެ ބަރުދަނުން 11 ކިލޯ ލުއިވެއްޖެ

23 ޖުލައި 2026
އިންޑިއާގެ ތައުލީމީ ނިޒާމު އިސްލާހު ކުރުމަށް ގޮވާލައި ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ކުރަމުންދާ ކޮކްރޯޗް ޕާޓީގެ އެކްޓިވިސްޓް ސޯނަމް ސަރގެ ބަރުދަނުން 11 ކިލޯ ލުއިވެއްޖެ
21 ޖުލައި 2026

ރާހުލް ގާނދީ އިންޑިއާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

21 ޖުލައި 2026
ރާހުލް ގާނދީ އިންޑިއާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
21 ޖުލައި 2026

އިންޑިއާގެ ކޮކްރޯޗް ޕާޓީގެ ސަޕޯޓަރުންނާ ދެކޮޅަށް ފުލުހުން ވަރުގަދަ ފިޔަވަޅުތަކެއް އެޅިތާ 24 ގަޑިއިރު ނުވަނީސް އެތައް ހާސް ބަޔަކު އަލުން އެއްވެއްޖެ

21 ޖުލައި 2026
އިންޑިއާގެ ކޮކްރޯޗް ޕާޓީގެ ސަޕޯޓަރުންނާ ދެކޮޅަށް ފުލުހުން ވަރުގަދަ ފިޔަވަޅުތަކެއް އެޅިތާ 24 ގަޑިއިރު ނުވަނީސް އެތައް ހާސް ބަޔަކު އަލުން އެއްވެއްޖެ
11 ޖުލައި 2026

މެޓާގެ އައު އޭއައި ޓޫލް "މިއުސް އިމޭޖް" ބޭނުންކޮށްގެން، އެހެން މީހުންގެ ޕްރޮފައިލްތައް އެ މީހުންނަށް ނޭގި ފޮޓޯ އުފެއްދުމަށް ބޭނުންކުރެވޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަނީ

11 ޖުލައި 2026
މެޓާގެ އައު އޭއައި ޓޫލް "މިއުސް އިމޭޖް" ބޭނުންކޮށްގެން، އެހެން މީހުންގެ ޕްރޮފައިލްތައް އެ މީހުންނަށް ނޭގި ފޮޓޯ އުފެއްދުމަށް ބޭނުންކުރެވޭ މައްސަލައިގައި  ކަންބޮޑުވުން ފާޅުކުރަނީ
07 ޖުލައި 2026

މޯދީގެ އިންޑޮނޭޝިއާ ދަތުރުފުޅުގެ ފޯކަސް އިންޑިއާގެ ބްރަހްމޯސް މިސައިލް ނިޒާމަށް

07 ޖުލައި 2026
މޯދީގެ އިންޑޮނޭޝިއާ ދަތުރުފުޅުގެ ފޯކަސް އިންޑިއާގެ ބްރަހްމޯސް މިސައިލް ނިޒާމަށް
03 ޖުލައި 2026

ޖަޕާނުގެ ބޮޑުވަޒީރު: އަޅުގަނޑު މޯދީ ދެކެނީ ބޭބެއެއް ގެ ގޮތުގައި

03 ޖުލައި 2026
ޖަޕާނުގެ ބޮޑުވަޒީރު: އަޅުގަނޑު މޯދީ ދެކެނީ ބޭބެއެއް ގެ ގޮތުގައި
01 ޖުލައި 2026

އޭއައި އާއި ޑީޕްފޭކް ބޭނުންކޮށްގެން އެމެރިކާގައި ހިންގާ މަކަރާއި ހީލަތުގެ މުއާމަލާތްތަކުގެ ސަބަބުން 68 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިއްޖެ - ސާވޭ

01 ޖުލައި 2026
އޭއައި އާއި ޑީޕްފޭކް ބޭނުންކޮށްގެން އެމެރިކާގައި ހިންގާ މަކަރާއި ހީލަތުގެ މުއާމަލާތްތަކުގެ ސަބަބުން 68 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިއްޖެ - ސާވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް