Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމައްކާ ޑިފެންސް އެގްރީމަންޓް

މައްކާގެ ދިފާއީ އެއްބަސްވުމުގެ ސަބަބުން މެދުއިރުމަތީގައި އެމެރިކާގެ ދައުރަށް ވާނީ ކިހިނެއް؟

8 އޯގަސްޓު 2026 | ހޮނިހިރު 05:51

ސައުދީ އަރަބިއްޔާ، ތުރުކީ އަދި ޕާކިސްތާނުގެ މެދުގައި "މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް" ގާއިމުކޮށް، އެއް ގައުމަކަށް ދޭ ހަމަލާއަކީ ތިން ގައުމަށް ދޭ ހަމަލާއެއްގެ ގޮތުގައި ބަލަން ވަނީ ނިންމާފައި. މި އެއްބަސްވުމަކީ އެމެރިކާއާ އެކު އޮންނަ ސަލާމަތީ ގުޅުމާ މެދު އުފެދިފައިވާ ޝައްކުތަކާއެކު، ސަރަހައްދީ ގައުމުތަކުން އަމިއްލަ ދިފާއީ ގާބިލުކަން ވަރުގަދަކޮށް މަސްރަހު ފިނިކުރުމަށް އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ދިރާސާކުރާ ފަރާތްތަކުން ދެކޭ

ރާއްޖެ އެމްވީ | 8 އޯގަސްޓު 2026 | ހޮނިހިރު 05:51

ތުރުކީވިލާތާއި، ސައުދީ އަރަބިއްޔާގެ އިތުރުން ޕާކިސްތާނުން "މައްކާ ޓްރައިލެޓަރަލް ޑިފެންސް އެގްރީމަންޓް" ނުވަތަ ތިން ގައުމުގެ ދިފާއީ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަަ | ސްކްރީން އިމޭޖް

ސައުދީ އަރަބިއްޔާ، ތުރުކީ އަދި ޕާކިސްތާނުގެ މެދުގައި ގާއިމުކުރި ދިފާއީ އެއްބަސްވުމާއެކު، މެދުއިރުމަތީގެ ޖިއޯޕޮލިޓިކަލް މަސްރަހަށް އަންނަމުންދާ ބަދަލުތަކާ މެދު ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ ނޭދެވޭ އަސަރުތަކާ ގުޅިގެން، ބައެއް ގައުމުތަކުން މިހާރު ދަނީ އެ ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އާ އިންތިޒާމުތަކެއް ހޯދަމުންނެވެ.

"މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް" ގެ ނަމުން ނަންދެވިފައިވާ މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހުކުރު ދުވަހު ސައުދީ އަރަބިއްޔާގެ މައްކާގަ އެވެ. މި ބައްދަލުވުމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އެއްބަސްވުމުގެ މަގްސަދަކީ ކުރިމަތިވެދާނެ ކޮންމެ އުދުވާނީ ހަމަލާއަކުން ދިފާއުވުމަށް އޮތް ގާބިލުކަން ވަރުގަދަކުރުން ކަމަށެވެ. އަދި މި ތިން ގައުމުގެ ތެރެއިން ކޮންމެ ގައުމަކަށް ދެވޭ ހަތިޔާރުގެ ހަމަލާއަކީ، ތިން ގައުމަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ބަލާނެ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން، މި ތިން ގައުމުގެ މެދުގައި ދިފާއީ ދާއިރާއިން އޮންނަ އެއްބާރުލުން ހުރިހާ ގޮތަކުން އިތުރުކުރުމަށްވެސް މި އެއްބަސްވުމުގައި ބާރުއަޅާފައިވެ އެވެ.

މި އެއްބަސްވުމުގެ ދަށުން އަމަލީ ގޮތުން ކަންކަން ހިނގާނެ ގޮތެއް އަދި ސާފުނުވި ނަމަވެސް، މުހައްލިލުން ބުނާ ގޮތުގައި މިއީ އެމެރިކާއިން ދޭ ސަލާމަތީ ކަށަވަރުކަމާ މެދު އުފެދެމުންދާ ސުވާލުތައް ހާމަކޮށްދޭ ކަމެކެވެ.

ރައިސް ޔުނިވަރސިޓީގެ ބޭކަރ އިންސްޓިޓިއުޓް ފޯ ޕަބްލިކް ޕޮލިސީގެ މެދުއިރުމަތީގެ މުހައްލިލެއް ކަމަށްވާ ކްރިސްޓިއަން ކޯޓްސް އުލްރިކްސަން އަލްޖަޒީރާއަށް ވިދާޅުވީ، އެމެރިކާއާއެކު އޮންނަ ސަލާމަތީ ގުޅުމުގެ އިތުބާރާ މެދު ސަރަހައްދީ ގައުމުތަކުގެ މެދުގައި ޝައްކު އުފެދެމުންދާތާ ދިހަ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ.

އީރާނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަންތައް ފެށުމަށް ނިންމި ނިންމުމާއި، އޭގެ ފަހުން ހަނގުރާމަ ކުރިއަށްދިޔަ ގޮތުގެ އިތުރުން، އެ މައްސަލަ ހައްލުކުރުމަށް ދޭތެރެ ދޭތެރެއިން ކުރި މަސައްކަތްތަކުގެ ސަބަބުން އެ ކަންބޮޑުވުންތައް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މީގެ ސަބަބުން ސަލާމަތީ އަދި ދިފާއީ ގުޅުންތައް އެކި ދިމާދިމާއަށް ފުޅާކުރުމުގެ މަސައްކަތް އަވަސްވެފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

ނަމަވެސް، އުލްރިކްސަން އިތުރަށް ވިދާޅުވީ، އާ ދިފާއީ އެއްބަސްވުންތައް ގާއިމުކުރުމުގެ ބޭނުމަކީ އެމެރިކާގެ ބަދަލުގައި އެހެން ބަޔަކު ގެނައުން ނޫން ކަމަށާއި، އެއީ އިތުރު ސްޓްރެޓީޖިކް އަދި ސިޔާސީ ފުރުސަތުތައް ހޯދުން ކަމަށެވެ.

އެމެރިކާގެ ދައުރާ މެދު އޮތް ނުތަނަވަސްކަން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މި އެއްބަސްވުމާ މެދު އަދި ވަކި އެއްޗެއް ބުނެފައި ނުވި ނަމަވެސް، މުހައްލިލުން ބުނާ ގޮތުގައި މިއީ އީރާން ހަނގުރާމައިގެ ހަލަބޮލިކަމަށްފަހު، މި ތިން ގައުމުން އެ ގައުމުތަކުގެ މިސްރާބު އަލުން ކަނޑައެޅުމަށް ކުރާ މަސައްކަތެކެވެ. ސެންޓަރ ފޯ އިންޓަރނޭޝަނަލް ޕޮލިސީގެ އެނަލިސްޓް ސީނާ ތޫސީ އަލްޖަޒީރާއަށް ވިދާޅުވީ، މިއީ އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރާ ހަނގުރާމައިގެ ސަބަބުން ސަރަހައްދީ މަސްރަހު ބަދަލުވަމުންދާކަމުގެ ފުރަތަމަ ބޮޑު ނިޝާން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ މުހިންމުކަން އޮތީ ހަމައެކަނި ރަސްމީ އަސްކަރީ އިއްތިހާދެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި، ސަރަހައްދީ ގައުމުތަކުން ސަލާމަތީ ކަންކަމާ މެދު އަލުން ވިސްނަމުންދާ ގޮތް މީގެން ހާމަވެގެންދެ އެވެ.

އެމެރިކާ އާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮންނަ ގާތް ގުޅުމަށް ތޫސީ އަލިއަޅުވާލެއްވި އެވެ. އެތައް އަހަރެއް ވަންދެން މި ދެ ގައުމުގެ މެދުގައި ވަރުގަދަ ގުޅުމެއް އޮތީ ސަލާމަތީ މަސްލަހަތުތަކުގެ މައްޗަށް ބިނާވެފައެވެ. ނަމަވެސް، މި އާ އެއްބަސްވުމަކީ ސައުދީ އަރަބިއްޔާއިން އެ ގައުމުގެ ސަލާމަތީ އިއްތިހާދުތައް ފުޅާކުރަން ބޭނުންވާކަމުގެ ނިޝާނެއް ކަމަށް ބެލެވިދާނެ އެވެ.

ތޫސީ ތަފްސީލުކޮށްދެއްވި ގޮތުގައި، ހަމައެކަނި ވޮޝިންޓަނަށް ބަރޯސާވުމުގެ ބަދަލުގައި، ސައުދީ އަރަބިއްޔާއިން ދަނީ ސަލާމަތީ ބައިވެރިވުންތައް އިތުރުކޮށް، ސަރަހައްދީ ގައުމުތަކުގެ މެދުގައި ސަލާމަތީ އިންތިޒާމުތަކެއް ގާއިމުކުރުމަށް މަގުފަހިކުރަމުންނެވެ. މިއީ މި އެއްބަސްވުމުން ފާހަގަކުރެވޭ އެންމެ މުހިންމު ނުކުތާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، މެދުއިރުމަތީގައި ތިބި އެމެރިކާގެ ބައިވެރިން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. އެއީ ފެބްރުއަރީ މަހު ޓްރަމްޕްގެ ސަރުކާރުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީ، އެ ސަރަހައްދުގެ ބައިވެރިންނަށް ކުރާނެ އަސަރަކަށް އެއްވެސް ވަރަކަށް ވިސްނުމެއް ނެތި ކަމަށް ފެންނާތީ އެވެ.

އީރާނުގެ ފައުޖުތަކުން ވަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފަ އެވެ. މީގެ ސަބަބުން އެ ސަރަހައްދުތަކުގެ އާންމުންނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވެ އެވެ. މީގެ އިތުރުން، އީރާނުން ވަނީ ހަކަތަ އުފައްދާ ތަންތަނާއި ފެން ސާފުކުރާ ޕްލާންޓްތައް ފަދަ އާންމު އިންފްރާސްޓްރަކްޗަރތަކަށްވެސް އަމާޒުކޮށްފަ އެވެ.

ސަރަހައްދުގެ ހަކަތަ އެކްސްޕޯޓް ކުރުމަށް ބޭނުންކުރާ މުހިންމު މަގެއް ކަމަށްވާ ހުރްމުޒް ބަންދުކުރުމަށް ތެހެރާނުން ނިންމި ނިންމުމުގެ ސަބަބުން، ސަރަހައްދީ ގައުމުތަކުގެ އިގްތިސާދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

އެމެރިކާ އާއި އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ދިން ނަމަވެސް، އެ ކަނޑުއޮޅިން ދަތުރުފަތުރު ކުރުން ހުއްޓުވުމުގެ ގާބިލުކަން އީރާނުން ވަނީ ދަމަހައްޓާފަ އެވެ. އަދި އެމެރިކާގެ ބައިވެރިންނަށް ބޭނުންވާ ވަރަށް ވައިގެ ދިފާއީ ހަތިޔާރު ފޯރުކޮށްދިނުމަށް ވޮޝިންޓަނަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. ސަބަބަކީ އެފަދަ ގިނަ ހަތިޔާރުތަކެއް އިސްރާއީލަށް ފޮނުވާފައިވުމެވެ.

'ނޯމެޓިވް ޑިޓަރެންސް' ނުވަތަ އުސޫލީ ގޮތުން ހަމަލާތައް ހުއްޓުވުން

ހަނގުރާމައިގެ ސަބަބުން އުފެދިފައިވާ މި ހާލަތުގައި، ސަލާމަތީ ކަންކަމަށް ވޮޝިންޓަނަށް ބަރޯސާވެފައި އޮތް އޮތުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުގައި މެދުއިރުމަތީގެ ސިޔާސަތުތައް އެކުލަވާލުމުގައި އިސްކޮށް އުޅުއްވި ބްރެޓް މެކްގާކް ސޯޝަލް މީޑިއާގައި ވިދާޅުވީ، މެދުއިރުމަތި މިހާރު އޮތީ ވަރަށް ބޮޑަށް ބަދަލުވަމުންދާ، އަދި އާ ފެށުމަކުން ކަންކަން ފެށިދާނެ ފަދަ ދުވަސްވަރެއްގައި ކަމަށެވެ.

ނަމަވެސް މުހައްލިލުން ފާހަގަކުރާ ގޮތުގައި، ހުކުރު ދުވަހުގެ މި އެއްބަސްވުމަކީ އެހެން ގައުމުތަކާއެކު ސަރަހައްދީ ސަލާމަތީ އެއްބާރުލުން އިތުރުކުރުމަށާއި އީރާނުގެ ހަމަލާތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ބެލުން މާ ރަނގަޅުވާނެ އެވެ.

އިންޓަރނޭޝަނަލް ކްރައިސިސް ގްރޫޕްގެ އެނަލިސްޓް ޔަސްމީން ފާރޫގް އަލްޖަޒީރާއަށް ވިދާޅުވީ، މި ތިން ގައުމަކީވެސް އެމެރިކާގެ ބައިވެރިން ކަމަށާއި، އެމެރިކާގެ ބަދަލުގައި ބޭނުންކުރެވޭނެ އެހެން އޮނިގަނޑެއް ނެތްކަން އެ ގައުމުތަކަށް އެނގޭ ކަމަށެވެ.

ފާރޫގް އިތުރަށް ވިދާޅުވީ، މި އެއްބަސްވުމަކީ އީރާނާ ދެކޮޅަށް ކުރިމަތިލުންތައް އިތުރުކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި ބެލުމަކީ ކުށެއް ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށީއްސުރެ، މި ތިން ގައުމުންވެސް އައީ މަޝްވަރާގެ މަގު އިޚްތިޔާރުކޮށް މަސްރަހު ފިނިކުރުމަށް ގޮވާލަމުންނެވެ.

"މި ގައުމުތަކުގެ މެދުގައި އޮތް އެއްގޮތް ކަމަކީ، ސަރަހައްދީ ހަމަނުޖެހުންތައް އިތުރުވާން އެ ގައުމުތަކުން ބޭނުންނުވުން،" އޭނާ ވިދާޅުވި އެވެ. އަދި މި އެއްބަސްވުމުގެ މުހިންމުކަން ބޮޑަށް ގުޅިފައިވަނީ "ނޯމެޓިވް ޑިޓަރެންސް" ނުވަތަ އުސޫލީ ގޮތުން ހަމަލާތައް ހުއްޓުވުމުގެ މަގްސަދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ ތަފްސީލުކޮށްދެއްވި ގޮތުގައި، ހަނގުރާމައަށްފަހު އީރާން ފެންނަނީ ކުރިއަށްވުރެ ވަރުގަދަކޮށް، އަދި އެ ގައުމުގެ މަގްސަދުތައް ހާސިލުކުރުމަށް ބާރުގެ ބޭނުންކުރުމުގެ އިތުބާރު ބޮޑުވެފައިވާ ގައުމެއްގެ ގޮތުގަ އެވެ.

"މިއީ ހަމައެކަނި ހަމަލާތައް ހުއްޓުވުމަށް ކުރާ ކަމެއް ނޫން، މިއީ ސްޓްރެޓީޖިކް ގޮތުން ދިގު މުއްދަތަކަށް އެއްބާރުލުން ދިނުމަށް ކުރާ ކަމެއް،" ފާރޫގް ވިދާޅުވި އެވެ.

މަސްދަރު: އަލް ޖަޒީރާ

މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓްއެމެރިކާ-ސައުދީ އަރަބިއްޔާތުރުކީޕާކިސްތާންސައުދީ އަރަބިއްޔާ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

07 އޯގަސްޓު 2026

އީރާން ސައުދީއަށް: ދިފާއީ އެއްބަސްވުމުން ސަލާމަތެއް ނުލިބޭނެ

07 އޯގަސްޓު 2026
އީރާން ސައުދީއަށް: ދިފާއީ އެއްބަސްވުމުން ސަލާމަތެއް ނުލިބޭނެ
07 އޯގަސްޓު 2026

ސައުދީ، ޕާކިސްތާން، ތުރުކީން ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފި - ކޮންމެ ގައުމަކަށް ދެވޭ ހަމަލާއަކީ، ތިން ގައުމަށްމެ ދެވޭ ހަމަލާއެއްގެ ގޮތުގައި ބަލާނެ

07 އޯގަސްޓު 2026
ސައުދީ، ޕާކިސްތާން، ތުރުކީން ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފި - ކޮންމެ ގައުމަކަށް ދެވޭ ހަމަލާއަކީ، ތިން ގައުމަށްމެ ދެވޭ ހަމަލާއެއްގެ ގޮތުގައި ބަލާނެ
07 އޯގަސްޓު 2026

ސަރަހައްދީ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި އުރުދުޣާން ހުކުރު ދުވަހު ސައުދީއަށް ވަޑައިގަންނަވަނީ

07 އޯގަސްޓު 2026
ސަރަހައްދީ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި އުރުދުޣާން ހުކުރު ދުވަހު ސައުދީއަށް ވަޑައިގަންނަވަނީ
07 އޯގަސްޓު 2026

ސައުދީއަށް ހަމަލާދިނުމަށް އަވަށްޓެރި ގައުމުތަކުގެ ހަނގުރާމަވެރި ގުރޫޕްތަކުން ދަނީ ތައްޔާރުވަމުން: އިންޓެލް ރިޕޯޓް

07 އޯގަސްޓު 2026
ސައުދީއަށް ހަމަލާދިނުމަށް އަވަށްޓެރި ގައުމުތަކުގެ ހަނގުރާމަވެރި ގުރޫޕްތަކުން ދަނީ ތައްޔާރުވަމުން: އިންޓެލް ރިޕޯޓް
06 އޯގަސްޓު 2026

ސައުދީން އުފެއްދި ބައިނަލްއަގުވާމީ ކަނޑުގެ ދިފާއީ އިއްތިހާދަށް ކޮމާންޑަރަކު އައްޔަނުކޮށްފި

06 އޯގަސްޓު 2026
ސައުދީން އުފެއްދި ބައިނަލްއަގުވާމީ ކަނޑުގެ ދިފާއީ އިއްތިހާދަށް ކޮމާންޑަރަކު އައްޔަނުކޮށްފި
05 އޯގަސްޓު 2026

ކޮމަންވެލްތު ގޭމްސް އަށް ދިޔަ ޕާކިސްތާނާއި ޔޫގެންޑާގެ އެތުލީޓުންތަކެއް ފިލައިފި

05 އޯގަސްޓު 2026
ކޮމަންވެލްތު ގޭމްސް އަށް ދިޔަ ޕާކިސްތާނާއި ޔޫގެންޑާގެ އެތުލީޓުންތަކެއް ފިލައިފި
04 އޯގަސްޓު 2026

އިސްރާއީލް އިން ޣައްޒާ އަށް ދިން ހަމަލާ، ޤަތަރާއި މިޞްރު އަދި ތުރުކީ އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

04 އޯގަސްޓު 2026
އިސްރާއީލް އިން ޣައްޒާ އަށް ދިން ހަމަލާ، ޤަތަރާއި މިޞްރު އަދި ތުރުކީ އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި
03 އޯގަސްޓު 2026

އީރާނަށް އަދަބުދިނުމަށްޓަކައި "އައު އަދި އާދަޔާޚިލާފު" ޚިޔާލުތައް ހުށަހެޅުމަށް އެމެރިކާގެ އަސްކަރިއްޔާއިން ސިފައިންގެ ކިބައިން އެދިއްޖެ

03 އޯގަސްޓު 2026
އީރާނަށް އަދަބުދިނުމަށްޓަކައި "އައު އަދި އާދަޔާޚިލާފު" ޚިޔާލުތައް ހުށަހެޅުމަށް އެމެރިކާގެ އަސްކަރިއްޔާއިން ސިފައިންގެ ކިބައިން އެދިއްޖެ
30 ޖުލައި 2026

ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ ކޯލިޝަނެއް އުފެއްދުމަށް ނިންމާފައިވާކަން ސައުދީ އަރަބިއްޔާއިން އިއުލާނުކޮށްފި

30 ޖުލައި 2026
ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ ކޯލިޝަނެއް އުފެއްދުމަށް ނިންމާފައިވާކަން ސައުދީ އަރަބިއްޔާއިން އިއުލާނުކޮށްފި
30 ޖުލައި 2026

އެމެރިކާ އާއި އީރާން އަލުން މަޝްވަރާގެ މޭޒަށް ގެނައުމަށް ގަދަ އަޅާ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕާކިސްތާން އިން ބުނެފި

30 ޖުލައި 2026
އެމެރިކާ އާއި އީރާން އަލުން މަޝްވަރާގެ މޭޒަށް ގެނައުމަށް ގަދަ އަޅާ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕާކިސްތާން އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް