Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނަށް އަދަބުދިނުމަށްޓަކައި "އައު އަދި އާދަޔާޚިލާފު" ޚިޔާލުތައް ހުށަހެޅުމަށް އެމެރިކާގެ އަސްކަރިއްޔާއިން ސިފައިންގެ ކިބައިން އެދިއްޖެ

3 އޯގަސްޓު 2026 | ހޯމަ 11:21

އީރާނަށް އަދަބުދީ އެ ގައުމު މަޝްވަރާގެ މޭޒަށް ގެނައުމަށްޓަކައި އާދަޔާޚިލާފު އައު ޚިޔާލުތަކެއް ހޯދުމަށް އެމެރިކާގެ އަސްކަރިއްޔާއިން ސިފައިންގެ ކިބައިން އެދިއްޖެ. މިއީ މިހާރު ގެންގުޅޭ އަސްކަރީ ސިޔާސަތުތަކުން އެދެވޭ ނަތީޖާއެއް ނުފެންނާތީ، އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދީ އެ ގައުމު މަޖުބޫރުކުރުވުމަށް ރައީސް ޓްރަމްޕް ކުރައްވާ މަސައްކަތުގެ ތެރެއިން ނިންމި ނިންމުމެއް. ނަމަވެސް ބިމުގެ އަޑީގައި ހުރި މަރުކަޒުތަކަށް ހަމަލާދިނުމުގައި ހުރި ގޮންޖެހުންތަކާއި އާންމުންގެ ފުރާނައަށް ހުރި ނުރައްކަލާ މެދު އަސްކަރީ މާހިރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން

ރާއްޖެ އެމްވީ | 3 އޯގަސްޓު 2026 | ހޯމަ 11:21
2026  ޖުލައި 15 ގައި، ޕާޝިއަން ގަލްފާއި އަރަބި ކަނޑު ހިމެނޭ އެމެރިކާގެ ފަސްވަނަ ފްލީޓްގެ އޮޕަރޭޝަން ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ "ޔޫއެސްއެސް ޖޯޖް އެޗް.ޑަބްލިއު ބުޝް" މަނަވަރުގެ ފްލައިޓް ޑެކުން "އެފް/އޭ-18އީ ސުޕަ ހޯނެޓް" މަރުކާގެ ހަނގުރާމަމަތީ ބޯޓެއް އުދުއްސާލަނީ

2026 ޖުލައި 15 ގައި، ޕާޝިއަން ގަލްފާއި އަރަބި ކަނޑު ހިމެނޭ އެމެރިކާގެ ފަސްވަނަ ފްލީޓްގެ އޮޕަރޭޝަން ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ "ޔޫއެސްއެސް ޖޯޖް އެޗް.ޑަބްލިއު ބުޝް" މަނަވަރުގެ ފްލައިޓް ޑެކުން "އެފް/އޭ-18އީ ސުޕަ ހޯނެޓް" މަރުކާގެ ހަނގުރާމަމަތީ ބޯޓެއް އުދުއްސާލަނީ | ޔޫއެސް ނޭވީ

އީރާނަށް އަދަބުދިނުމަށްޓަކައި "އައު އަދި އާދަޔާޚިލާފު" ޚިޔާލުތައް ހުށަހެޅުމަށް އެމެރިކާގެ އަސްކަރިއްޔާއިން ސިފައިންގެ ކިބައިން އެދިއްޖެ އެވެ.

ސީއެންއެން އިން އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ކުރައްވަމުން ގެންދަވާ ހަނގުރާމައިގެ އޮޕަރޭޝަންތައް ހިންގާ އެމެރިކާގެ އަސްކަރީ ކޮމާންޑުގެ އިސް އޮފިސަރަކު ފޮނުއްވި އީމެއިލެއްގައި ވިދާޅުވެފައިވަނީ، މިވަގުތު ބޭނުންވަނީ އައު ޚިޔާލުތަކެއް ކަމަށެވެ.

މި މައުލޫމާތު އެނގޭ މަސްދަރަކުން ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ އިންޓެލިޖެންސް ގޮފީގެ އޮފިސަރަކު މިދިޔަ ބުދަ ދުވަހު އަސްކަރީ އެނަލިސްޓުންގެ ބޮޑު ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، އީރާނަށް ފިއްތުންތައް ކުރިމަތިކޮށް އަދަބުދިނުމަށްޓަކައި އައު، އުފެއްދުންތެރި އަދި އާދަޔާޚިލާފު ގޮތްތަކެއް ހޯދަމުންދާ ކަމަށެވެ. އަދި ދެވަނަ މަސްދަރަކުން ވެސް ވަނީ، އީރާނާ މެދު އަމަލުކުރާނެ އައު ގޮތްތަކެއް ހޯދުމަށް އެމެރިކާގެ އަސްކަރިއްޔާގެ އިސް އޮފިސަރަކު މިދިޔަ ހަފުތާގައި މެސެޖެއް ފޮނުއްވިކަން ސީއެންއެން އަށް ކަށަވަރުކޮށްދީފަ އެވެ.

އީމެއިލް މެދުވެރިކޮށް މިފަދަ ގޮތަކަށް ޚިޔާލު ހޯދުމަކީ އާންމުކޮށް އަސްކަރިއްޔާގައި ކަންކުރާ އުސޫލެއް ނޫން ކަމަށް އަސްކަރީ ބައެއް އޮފިޝަލުން ވިދާޅުވެ އެވެ. މިއީ އީރާނުން ބޭނުންވާ ފަދަ އެއްބަސްވުމަކަށް އެ ގައުމު މަޖުބޫރުކުރުވުމަށް ޓްރަމްޕަށް އޮތް ފުރުސަތުތައް ހަނިވެ، އޮތް ގޮތްތަކަކީ ވެސް ބަލައިގަންނަން އުނދަގޫ ކަންތައްތަކެއް ކަމަށްވުމުން، އެ ނޫން ގޮތެއް ހޯދުމަށް ކުރާ މަސައްކަތެއްގެ ނިޝާނެކެވެ. ސެންޓްކޮމްގެ އޮފިޝަލް އީމެއިލް މެދުވެރިކޮށް މި މަޝްވަރާތައް ފެށީ އެއްވެސް ފަރާތެއްގެ އަތުގައި މިއަށްވުރެ ރަނގަޅު ޚިޔާލެއް އޮތްތޯ ބެލުމަށެވެ. ދެވަނަ މަސްދަރަކުން ބުނި ގޮތުގައި، ސެންޓްކޮމް އިން މިހާރު ދަނީ ހުރިހާ ދިމާއަކަށް ނަޒަރު ހިންގަމުންނެވެ. އަދި މިހާރު ގެންގުޅޭ ސިޔާސަތު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށް އެ ފަރާތުން ގަބޫލުކުރެ އެވެ.

ސެންޓްކޮމްގެ ތަރުޖަމާނު ކެޕްޓަން ޓިމޮތީ ހޯކިންސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެމެރިކާގެ ސެންޓްރަލް ކޮމާންޑަކީ އައު ގޮތްތަކަށް ވިސްނުމާއި މަސައްކަތް ކުރުމުގެ ދިގު ތާރީޚެއް އޮތް ތަނެއް ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް އެޑްމިރަލް ކޫޕާ، އޮޕަރޭޝަނަލް ކަންކަން އެންމެ މަތީ ފަންތީގައި ކުރިއަށް ގެންދިއުމަށްޓަކައި، މަގާމުގެ ރޭންކަށް ބެލުމެއް ނެތި ޓީމުގެ ހުރިހާ މެންބަރުންގެ ލަފާ ހޯއްދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އީމެއިލް ފޮނުވާފައިވަނީ އީރާނަށް އައު ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވުމުގެ ކުރިންނެވެ. ނަމަވެސް، ސަރަހައްދީ ބައެއް އޮފިޝަލުން، ޚާއްސަކޮށް ސައުދީ އަރަބިއްޔާގެ ވަލީއަހުދު ރައީސް ޓްރަމްޕަށް ގުޅުއްވައި މަސްލަހަތު ފިނިކުރުމަށް ބާރުއެޅުއްވުމާ ގުޅިގެން، ހަފުތާ ބަންދުގައި އެ ހަމަލާތައް ވަނީ މަޑުޖައްސާލާފަ އެވެ.

ވޭތުވެދިޔަ ހަފުތާތަކުގައި އެމެރިކާއިން ވަނީ އީރާނަށް ވައިގެ ހަމަލާތައް ދީފަ އެވެ. މި ހަމަލާތަކުގެ މަގްސަދަކީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ދޭ އިންޒާރުތައް ކުޑަކުރުމާއި، ތެހެރާން އަލުން މަޝްވަރާގެ މޭޒަށް ގެނައުމެވެ. ނަމަވެސް، މިހާތަނަށް އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ.

އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީގެން އަސްކަރީ ކެމްޕޭން ވަރުގަދަކުރުމަށް ޓްރަމްޕް ދަނީ ވިސްނަވަމުންނެވެ. މީގެ ކުރިން ދިން ހަމަލާތަކުގައި އެ ތަންތަން "ފުނޑުފުނޑުކޮށްލާފައިވާ" ކަމަށް އޭނާ ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. މި ރޭވުންތަކުގެ މައުލޫމާތު އެނގޭ ދެ މަސްދަރަކުން ބުނާ ގޮތުގައި، އީރާނުގެ "ޕިކްއެކްސް މައުންޓަން" އާއި ނިއުކްލިއާ މާއްދާތައް ނުވަތަ ސާމާނު ހުރި ކަމަށް ބެލެވޭ އެހެން ސަރަހައްދުތަކަށް ހަމަލާދިނުމަށް އަސްކަރިއްޔާއިން ދަނީ ވަރަށް ހަރަކާތްތެރިކަމާއެކު ތައްޔާރުވަމުންނެވެ.

ނަމަވެސް، އެމެރިކާގެ އެންމެ ވަރުގަދަ ހަތިޔާރުތައް ބޭނުންކުރި ނަމަވެސް، ހަމައެކަނި މިސައިލާއި ބޮން ބޭނުންކޮށްގެން ބޭނުންވާ ނަތީޖާ ނުލިބިދާނެ ކަމަށް އެ މަސްދަރުތަކުން ބުނެ އެވެ. ސަބަބަކީ އެ މަރުކަޒުތައް ހަދާފައިވަނީ ބިމުގެ ވަރަށް ފުނުގަ އެވެ. އެ ތަންތަން ނައްތާލުމަށްޓަކައި އެމެރިކާއިން އެއްގަމު ސިފައިން ފޮނުވަން ޖެހިދާނެ އެވެ. މިއީ ޓްރަމްޕް ނަންގަވަން ބޭނުންފުޅުނުވާ ވަރަށް ބޮޑު ރިސްކެކެވެ. މީގެ އިތުރުން، ހަނގުރާމައިގައި މަރުވާ ސިފައިންގެ އަދަދު ހާމަކުރުމުގައި ސަރުކާރުން ގެންގުޅޭ ދެފުށް ނުފެންނަ ސިޔާސަތާ މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ. މިހާތަނަށް މި ހަނގުރާމައިގައި އެމެރިކާގެ 18 ސިފައިން ވަނީ މަރުވެފަ އެވެ.

އެހެން މަސްދަރަކުން ބުނި ގޮތުގައި، ޓްރަމްޕް ވިސްނަވަމުން ގެންދަވަނީ "ބަޑިބޭހުގެ ކުޅިވަރެއް" ފަދަ ހަމަލާތަކެއް ދިނުމަށެވެ. މިއީ މީގެ އަހަރެއް ކުރިން ހަމަލާދިން ތަންތަނަށް ނުވަތަ އެފަދަ އެހެން ތަންތަނަށް ހަމަލާދީގެން، ރަމްޒީ ކާމިޔާބީއެއް ހޯއްދަވައި، ހަނގުރާމައިން ވަކިވުމަށް ކުރައްވާ ކަމެކެވެ. ނަމަވެސް، މިގޮތަށް ކަންތައް ކުރުމުން އޭނާގެ އަސްލު މަގްސަދު ކަމަށްވާ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް އެއްކޮށް ހުއްޓުވުމުގެ މަގްސަދެއް ހާސިލެއް ނުވާނެ އެވެ.

އަދި މިފަދަ ހަމަލާއަކުން، ހަނގުރާމައިގެ މައިގަނޑު މައްސަލަ ކަމަށްވާ ހުރްމުޒް ކަނޑުއޮޅީގެ މައްޗަށް އީރާނުން ކުރާ ދައުވާތަކަށް ހައްލެއް ލިބޭނެ ކަމަކަށް ނުބެލެވެ އެވެ.

"އެންމެ ފަހު ވަގުތު ރައީސް ބޭނުންފުޅުވާނީ އެއްބަސްވުމެއް. އެހެންކަމުން އޭނާ އަބަދުވެސް ބައްލަވާނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެން މިކަމުން ސަލާމަތްވެވޭނެ ގޮތެއް،" ރޭވުންތަކުގެ މަޝްވަރާގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

"އާދައިގެ ގޮތްތައް ހުސްވުމުން، ބައެއް ފަހަރު އުފެއްދުންތެރި ޚިޔާލުތައް ބޭނުންވާނެ."

ސީއައިއޭ އާއި ޑިފެންސް އިންޓެލިޖެންސް އެޖެންސީން ދާދި ފަހުން ކުރި ދިރާސާތަކުން ދައްކާ ގޮތުގައި، އެމެރިކާއިން މިހާރު ދެމުންދާ ފަދަ ބޮމުގެ ހަމަލާތަކުގެ ސަބަބުން އީރާނުން މަޝްވަރާގައި ގެންގުޅޭ ސިޔާސަތަށް ބަދަލެއް އައުމަކީ ދުރު ކަމެކެވެ. މިކަން ސީއެންއެން އިން ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.

ރައީސްގެ އެންމެ އިސް އަސްކަރީ މުޝީރު، ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑޭން ކެއިން ވަނީ، ހަމައެކަނި ބޮމުގެ ހަމަލާދީގެން ޓްރަމްޕް ބޭނުންފުޅުވާ ހުރިހާ މަގްސަދުތަކެއް ހާސިލުނުވާނެ ކަމަށް އާންމުކޮށް އެއްބަސްވެވަޑައިގެންފަ އެވެ.

"ވައިގެ ބާރު ބޭނުންކުރުމުގައި ވެސް ހައްދުތަކެއްވޭ،" މިދިޔަ މަހު ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ ވާހަކަދައްކަވަމުން ކެއިން ވިދާޅުވި އެވެ.

މި ކުރިމަތިލުން އިތުރަށް ވަރުގަދަކުރުމަށް ހުރި ފުރުސަތުތައް މަސްތަކެއް ވަންދެން ޓްރަމްޕަށް ހުށަހަޅައި، އެކަމާ މެދު ވަނީ ދިގުކޮށް ބަހުސްކޮށްފަ އެވެ. އަދި ރައީސްގެ ހުއްދަ ލިބިއްޖެ ނަމަ ބޭނުންކުރުމަށްޓަކައި އިތުރު އަސްކަރީ ވަސީލަތްތައް ވެސް ވަނީ އެ ސަރަހައްދަށް ޖަމާކޮށްފަ އެވެ. ސެންޓްކޮމްގެ އެއް ރޭވުމަކީ، އެއް ހަފުތާ ނުވަތަ ދެ ހަފުތާ ވަންދެން މެދުނުކެނޑި ވަރުގަދަ ހަމަލާތަކެއް ދީގެން އީރާނުގެ މިސައިލް ގާބިލުކަން ނައްތާލުމެވެ.

ނަމަވެސް، ވައިގެ ހަމަލާތަކުން ދިފާއުވުމަށް ބޭނުންކުރާ އިންޓަރސެޕްޓަރުތައް މަދުވަމުންދާ ކަމަށް ބުނެ ޖެނެރަލް ކެއިން ފާޅުކުރެއްވި ކަންބޮޑުވުންތަކާ ގުޅިގެން، ޓްރަމްޕް މިހާތަނަށް ހުންނެވީ އެކަން މަޑުޖައްސާލައްވައިގެންނެވެ. މީގެ އިތުރުން، ފާލަންތަކާއި ފެން ސާފުކުރާ މަރުކަޒުތައް ފަދަ އާންމު ޚިދުމަތްތަކުގެ ތަންތަނަށް ހަމަލާދީފި ނަމަ، ގިނަ އަދަދެއްގެ އާންމުން މަރުވެދާނެތީ އެހެން އޮފިޝަލުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އީރާނުގެ ޚާރްގް އައިލެންޑް ހިފުމަށް ނުވަތަ އެ ގައުމުގެ ޔުރޭނިއަމްތައް ނައްތާލުމަށް އެމެރިކާގެ އެއްގަމު ސިފައިން ފޮނުވާނެ ކަމުގެ އިންޒާރު ޓްރަމްޕް ތަކުރާރުކޮށް ދެއްވަމުން ގެންދެވި ނަމަވެސް، އެއީ އޭނާގެ ސަޕޯޓަރުންނަށް ވެފައިވާ ވައުދަކާ ޚިލާފު ކަމެކެވެ. "ނިމުމެއް ނެތް މޮޔަ ބޭރުގެ ހަނގުރާމަތަކުގައި މަރުވާކަށް އަހަރެން ކަލޭމެންނެއް ނުފޮނުވާނަން،" 2024 ވަނަ އަހަރު ޕެންސިލްވޭނިއާގައި ބޭއްވި ކެމްޕޭން ރެލީއެއްގައި އޭނާ ވިދާޅުވެފައިވެ އެވެ.

ނުވަތަ އޭނާއަށް އޮތް އަނެއް ގޮތަކީ ނުރައްކާތެރި މި ހާލަތު ގަބޫލުކުރުމެވެ. އެއީ އީރާނާއެކު މެދުނުކެނޑި ހަމަލާ ބަދަލުކުރުމެވެ. މީގެ ސަބަބުން އެމެރިކާގެ އިތުރު ސިފައިންގެ ފުރާނަ ގެއްލި، ހުރްމުޒް ކަނޑުއޮޅި އަބަދުވެސް ނުރައްކަލެއްގެ ތެރޭގައި އޮންނާނެ އެވެ. މިއީ އޭނާ އަބަދުވެސް ފާޑުވިދާޅުވާ "ނިމުމެއް ނެތް ހަނގުރާމަ" ތަކާ އެއްފަދަ ކަމެކެވެ.

ހަނގުރާމަ ނިންމާލުމާ ބެހޭގޮތުން ހުކުރު ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ، "އަހަރެމެން ބޭނުންވަނީ ހަމައެކަނި މޮޅުވާން" ކަމަށެވެ. އަދި އީރާނަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށާއި، ކޮންމެވެސް ހިސާބަކުން "މީގެ އިތުރަށް ކެތެއް ނުކުރެވޭނެ" ކަމަށް އެ ގައުމުން ބުނާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

މަސްދަރު: ސީއެންއެން

އީރާން-އެމެރިކާޑޮނަލްޑް ޓްރަމްޕްސެންޓްރަލް ކޮމާންޑްހުރްމުޒް ކަނޑުއޮޅިނިއުކްލިއަރ ޕްރޮގްރާމްއެމެރިކާ-ސައުދީ އަރަބިއްޔާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

03 އޯގަސްޓު 2026

އީރާނުން އެމެރިކާގެ އެމް.ކިއު-9 ރީޕަރ ޑްރޯނެއް ވައްޓާލައިފި

03 އޯގަސްޓު 2026
އީރާނުން އެމެރިކާގެ އެމް.ކިއު-9 ރީޕަރ ޑްރޯނެއް ވައްޓާލައިފި
03 އޯގަސްޓު 2026

ހަފްތާ ބަންދުގައި ޓްރަމްޕް ކުރެއްވި ކަމަކީ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އޭނާގެ ޒާތްޒާތުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރެއްވުން، އެލްވިސް ޕްރެސްލީ އާއި ހަނގުރާމަވެރި ޖެނެރަލެއްގެ ސިފައިގައި އޭނާ ހުރި ފޮޓޯތައް މީގައި ހިމެނޭ

03 އޯގަސްޓު 2026
ހަފްތާ ބަންދުގައި ޓްރަމްޕް ކުރެއްވި ކަމަކީ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އޭނާގެ ޒާތްޒާތުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރެއްވުން، އެލްވިސް ޕްރެސްލީ އާއި ހަނގުރާމަވެރި ޖެނެރަލެއްގެ ސިފައިގައި އޭނާ ހުރި ފޮޓޯތައް މީގައި ހިމެނޭ
03 އޯގަސްޓު 2026

އީރާނުން އެމެރިކާއާ އެކު އެއްވެސް މަޝްވަރާއެއް ނުކުރަން: ތަރުޖަމާނު

03 އޯގަސްޓު 2026
އީރާނުން އެމެރިކާއާ އެކު އެއްވެސް މަޝްވަރާއެއް ނުކުރަން: ތަރުޖަމާނު
03 އޯގަސްޓު 2026

އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ނިންމާނެ ގޮތެއް އެމެރިކާއަށް ނޭނގިފައި!

03 އޯގަސްޓު 2026
އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ނިންމާނެ ގޮތެއް އެމެރިކާއަށް ނޭނގިފައި!
03 އޯގަސްޓު 2026

މައްސަލަ ހައްލު ނުވާނަމަ ގިނަ ބަޔަކު މަރުވެދާނެ، ގިނަ ބަޔަކު މަރުވުމަކީ އެންމެ ބޭނުންވާ ގޮތެއް ނޫން: ޓްރަމްޕް

03 އޯގަސްޓު 2026
މައްސަލަ ހައްލު ނުވާނަމަ ގިނަ ބަޔަކު މަރުވެދާނެ، ގިނަ ބަޔަކު މަރުވުމަކީ އެންމެ ބޭނުންވާ ގޮތެއް ނޫން: ޓްރަމްޕް
02 އޯގަސްޓު 2026

އީރާނުން ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް އެއްބަސްވި ވާހަކަ ދޮގުކޮށްފި

02 އޯގަސްޓު 2026
އީރާނުން ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް އެއްބަސްވި ވާހަކަ ދޮގުކޮށްފި
02 އޯގަސްޓު 2026

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

02 އޯގަސްޓު 2026
އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު
02 އޯގަސްޓު 2026

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

02 އޯގަސްޓު 2026
ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ
02 އޯގަސްޓު 2026

އީރާން އިން މިހާރު ވާހަކަދައްކަން ބޭނުން ވަނީ އެމެރިކާ އިން ދިން ހަމަލާތަކުގެ ސަބަބުން: ރޫބިއޯ

02 އޯގަސްޓު 2026
އީރާން އިން މިހާރު ވާހަކަދައްކަން ބޭނުން ވަނީ އެމެރިކާ އިން ދިން ހަމަލާތަކުގެ ސަބަބުން: ރޫބިއޯ
02 އޯގަސްޓު 2026

އީރާނަށް ދޭން ރާވާފައިވާ ހަމަލާތައް ޓްރަމްޕް ކެންސަލްކުރައްވައިފި

02 އޯގަސްޓު 2026
އީރާނަށް ދޭން ރާވާފައިވާ ހަމަލާތައް ޓްރަމްޕް ކެންސަލްކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް