Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-ސައުދީ

އީރާން ސައުދީއަށް: ދިފާއީ އެއްބަސްވުމުން ސަލާމަތެއް ނުލިބޭނެ

7 އޯގަސްޓު 2026 | ހުކުރު 17:45

ނޭޓޯގެ އުސޫލުން އެކުލަވާލި މި އެއްބަސްވުމުގެ ބޭނުމަކީ އީރާނުގެ މަދަދުލިބޭ ޖަމާއަތްތަކުން ކުރިމަތިވެދާނެ ހަމަލާތަކުން ރައްކާތެރިވުމާއި، ސަރަހައްދީ ގޮތުން ސައުދީގެ ދިފާއީ ބާރު ވަރުގަދަކުރުން

ރާއްޖެ އެމްވީ | 7 އޯގަސްޓު 2026 | ހުކުރު 17:45
ސައުދީ އަރަބިއްޔާގެ މައްކާގައި، ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން އާއި، ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ދިފާއީ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމުގެ ޓްރައި-ލެޓަރަލް އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިގެން

ސައުދީ އަރަބިއްޔާގެ މައްކާގައި، ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން އާއި، ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ދިފާއީ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމުގެ ޓްރައި-ލެޓަރަލް އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިގެން | އަނަޑޯލޫ

ސައުދީ އަރަބިއްޔާއިން ޕާކިސްތާނާއި ތުރުކީއާއެކު އަލަށް ސޮއިކުރި ދިފާއީ އެއްބަސްވުމުގެ ސަބަބުން އެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުވާނެ ކަމަށް އީރާނުގެ އިސް އޮފިޝަލަކު އިންޒާރު ދެއްވައިފި އެވެ. މިއީ ހުކުރު ދުވަހު މި އެއްބަސްވުމާ ގުޅިގެން ތެހެރާނުން އައި ފުރަތަމަ ރައްދުކަމަށް ރިޕޯޓުތައް ބުނެ އެވެ.

އީރާނުގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ސިޔާސަތާ ބެހޭ ކޮމިޓީގެ މެންބަރު އިބްރާހީމް ރިޒާއީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާއަށް އެކަނި ބަރޯސާވެގެން އެތައް އަހަރެއް ވަންދެން އުޅުމުން ވެސް ސައުދީއަށް ސަލާމަތްތެރިކަން ނުލިބުނު ފަދައިން، ތުރުކީއާއި ޕާކިސްތާނާއެކު ކަރުދާހެއްގައި ސޮއިކުރާ އެއްބަސްވުމަކުން ވެސް އެކަން ހާސިލުނުވާނެކަން ސައުދީން ދަންނަންޖެހޭނެ ކަމަށެވެ. އަދި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެހެން ގައުމުތަކުގެ ކުރިމަތީގައި އާދޭސްކުރަން ނުޖެހޭނެ ގޮތަކަށް ސައުދީގެ ސިޔާސަތުތައް ބަދަލުކުރުމަށް އޭނާ ގޮވާލެއްވި އެވެ.

ހުކުރު ދުވަހުގެ ވަގުތެއްގައި، ސަރަހައްދީ ގޮތުން އެންމެ ބާރުގަދަ ތިން ގައުމު ކަމަށްވާ ސައުދީ އަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީން ވަނީ ނޭޓޯގެ އުސޫލަށް އެކުލަވާލާފައިވާ ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން، މިއިން ކޮންމެ ގައުމަކަށް ހަމަލާއެއް އަމާޒުވި ނަމަވެސް، އެ ގައުމެއް ދިފާއުކުރުމުގައި އަނެއް ދެ ގައުމުން ބައިވެރިވާން ޖެހޭނެ އެވެ.

ތުރުކީގެ އޮފިޝަލަކު ސީއެންއެންއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި އެއްބަސްވުމަކީ ހަމައެކަނި ދިފާއީ މަގްސަދެއްގައި އެކުލަވާލާފައިވާ އެއްބަސްވުމެއް ކަމަށާއި، މިއީ ވަކި ގައުމަކަށް ނުވަތަ ފަރާތަކަށް އަމާޒުކޮށްގެން ކުރި ކަމެއް ނޫން ކަމަށެވެ.

ނަމަވެސް، މި އެއްބަސްވުމުގައި ސޮއިކޮށްފައި މިވަނީ ސައުދީ އަރަބިއްޔާއަށް އެކި ދިމަދިމާލުން ނުރައްކާތައް ކުރިމަތިވަމުންދާ ދަނޑިވަޅެއްގަ އެވެ. ސައުދީގެ އޮފިޝަލަކު ބުރާސްފަތި ދުވަހު ސީއެންއެންއަށް ވިދާޅުވި ގޮތުގައި، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ އެހީތެރިކަމާއެކު، އިރާގާއި ޔަމަނުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާއަތްތަކުން ސައުދީއަށް ވަރުގަދަ ހަމަލާތަކެއް ދީފާނެތީ އެ ގައުމުން އޮތީ ތައްޔާރީ ހާލަތެއްގަ އެވެ.

އެހެންކަމުން، މި އެއްބަސްވުމަކީ ސައުދީ އަރަބިއްޔާއަށް ދޭ ބޮޑު ހަމަލާއެއްގެ ނަތީޖާ ހިތްދަތިވާނެކަމުގެ އިންޒާރެއް ތެހެރާނަށް ދިނުމުގެ ގޮތުން ކުރި ކަމެއްގެ ގޮތުގައި ބެލެވިދާނެ އެވެ. ސަބަބަކީ މިފަދަ ހަމަލާއެއް ދީފިނަމަ، ޕާކިސްތާނާއި ތުރުކީ މި ހަނގުރާމައިގެ ތެރެއަށް ވަދެ، ހަނގުރާމަ ބޮޑުވެގެންދާނެތީ އެވެ. އީރާނާއެކު ކުރަމުންދާ ހަނގުރާމަ ސައުދީގެ ބޯޑަރުތަކާ ގާތްވަމުންދާއިރު، އެ ގައުމުން މިވަނީ އިސްލާމީ ދުނިޔޭގެ އެންމެ ވަރުގަދަ ދެ އަސްކަރީ ބާރު އެ ގައުމުގެ ދިފާއުގައި ބައިވެރިކޮށްފަ އެވެ.

ހުކުރު ދުވަހު މައްކާގައި ޕާކިސްތާނާއި ތުރުކީން ސައުދީއާއެކު ނޭޓޯގެ އުސޫލުން މި ސޮއިކުރި ދިފާއީ އެއްބަސްވުމުގެ ސަބަބުން، އެ ގައުމުތަކުގެ މެދުގައި އޮތް ޒަމާންވީ ސަލާމަތީ ގުޅުން މިވަނީ ޖަމާއީ ދިފާއީ އިއްތިހާދަކަށް ބަދަލުވެފަ އެވެ. މި އެއްބަސްވުމުގެ ދަށުން، އެއް ގައުމަކަށް ދޭ ހަމަލާއަކީ ތިން ގައުމަށް ދޭ ހަމަލާއެއްގެ ގޮތުގައި ބަލާނެތީ، މީގެ ކުރިން މި ހަމަލާތަކާ ދުރުގައި ތިބި ޕާކިސްތާނާއި ތުރުކީ މި ހަނގުރާމައިގެ ތެރެއަށް ވަނުމުގެ ފުރުސަތު ބޮޑެވެ.

ތެލުގެ މުއްސަނދިކަން ލިބިފައިވާ ގަލްފުގެ ގައުމުތައް ހިމާޔަތްކުރުމުގައި އެމެރިކާއަށް އިތުބާރު ކުރެވޭނެތޯ ސަރަހައްދީ ގައުމުތަކުން ސުވާލު އުފައްދަމުންދާ ދަނޑިވަޅެއްގައި، މި އެއްބަސްވުމުގެ ސަބަބުން އެމެރިކާއާއެކު އޮތް ގުޅުމުގެ އިތުރުން ސައުދީއަށް އާ ރައްކާތެރިކަމެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.

މީގެ އިތުރުން، އިސްރާއީލުން ސަރަހައްދީ ގޮތުން އަސްކަރީ ބާރު ފުޅާކުރަމުންދާ ވަގުތެއްގައި އަދި އަވަށްޓެރި ޔުނައިޓެޑް އަރަބް އެމިރޭޓްސްއާއެކު އޮތް ގުޅުން ހީނަރުވަމުންދާ ދަނޑިވަޅެއްގައި މިއީ ސައުދީއަށް ލިބުނު ކުރިއެރުމެކެވެ.

ޕާކިސްތާނާއި ތުރުކީއަކީ އީރާނާ ބޯޑަރު ހިއްސާކުރާ ދެ ގައުމު ކަމަށްވުމުން، މި ހަމަނުޖެހުން އިތުރަށް ފުޅާވިޔަނުދިނުމަށް އެ ގައުމުތަކުގެ އަމިއްލަ މަސްލަހަތުތަކެއް އެބަހުއްޓެވެ. ޕާކިސްތާނުގައި އުޅޭ ބޮޑު ޝީއީ އާބާދީއާއި ތެހެރާނާއެކު އޮންނަ ނާޒުކު ގުޅުން ބަލަހައްޓަން ޖެހޭއިރު، ތުރުކީއާއި އީރާނަކީ އެހެން ސަރަހައްދުތަކުގައި ވާދަވެރި ނަމަވެސް، ކުރުދީންގެ ވަކިވެގަތުމުގެ މައްސަލައިގައި އެއްގަލަކަށް އަރާ ދެ ގައުމެވެ.

ސައުދީ އޮފިޝަލަކު ބުރާސްފަތި ދުވަހު ސީއެންއެންއަށް ވިދާޅުވީ، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ އެހީތެރިކަމާއެކު އިރާގާއި ޔަމަނުގެ ހަނގުރާމަވެރިން ގުޅިގެން ދީފާނެ ވަރުގަދަ ހަމަލާއަކަށް ސައުދީން ތައްޔާރުވަމުންދާ ކަމަށެވެ. އަދި އެމެރިކާއިން އީރާނަށް ހަމަލާދީފިނަމަ، ގަލްފުގެ ގައުމުތަކުގެ ހަކަތަ އުފައްދާ ތަންތަނަށާއި ފެން ސާފުކުރާ މަރުކަޒުތަކަށް ރައްދު ހަމަލާދޭނެ ކަމުގެ އިންޒާރު ތެހެރާނުން ދީފައިވާ ކަމަށް ވެސް ސީއެންއެންއިން ވަނީ ރިޕޯޓުކޮށްފަ އެވެ.

އެހެންކަމުން، ހުކުރު ދުވަހު މައްކާގައި ސޮއިކުރި މި އެއްބަސްވުމަކީ ތެހެރާނަށް ދިން އިންޒާރެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. އެއީ ސައުދީއަށް ދެން ދޭ ބޮޑު ހަމަލާއެއްގެ ސަބަބުން މި އެއްބަސްވުމުގެ ބޭނުން ހިފައި، ޕާކިސްތާނާއި ތުރުކީ މި ހަނގުރާމައިގެ ތެރެއަށް ވަދެ، މުޅި ސަރަހައްދަށް ހަނގުރާމަ ފެތުރިގެން ހިނގައިދާނެ ކަމުގެ އިންޒާރެކެވެ.

ޕާކިސްތާންތުރުކީއީރާންސައުދީ އަރަބިއްޔާއީރާން-ސައުދީ އަރަބިއްޔާ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

07 އޯގަސްޓު 2026

ސައުދީ، ޕާކިސްތާން، ތުރުކީން ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފި - ކޮންމެ ގައުމަކަށް ދެވޭ ހަމަލާއަކީ، ތިން ގައުމަށްމެ ދެވޭ ހަމަލާއެއްގެ ގޮތުގައި ބަލާނެ

07 އޯގަސްޓު 2026
ސައުދީ، ޕާކިސްތާން، ތުރުކީން ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފި - ކޮންމެ ގައުމަކަށް ދެވޭ ހަމަލާއަކީ، ތިން ގައުމަށްމެ ދެވޭ ހަމަލާއެއްގެ ގޮތުގައި ބަލާނެ
07 އޯގަސްޓު 2026

އީރާނުގެ ސަރުކާރު ވައްޓާލަން ރޭވި ރޭވުން ނާކާމިޔާބުވުމާ ގުޅިގެން އެކަމުގައި އިސްކޮށް އުޅުނު އިސްރާއީލުގެ މޮސާޑުގެ އެންމެ އިސް ދެ އޮފިޝަލަކު މަގާމުން ވަކިކޮށްފި

07 އޯގަސްޓު 2026
އީރާނުގެ ސަރުކާރު ވައްޓާލަން ރޭވި ރޭވުން ނާކާމިޔާބުވުމާ ގުޅިގެން އެކަމުގައި އިސްކޮށް އުޅުނު އިސްރާއީލުގެ މޮސާޑުގެ އެންމެ އިސް ދެ އޮފިޝަލަކު މަގާމުން ވަކިކޮށްފި
07 އޯގަސްޓު 2026

ސަރަހައްދީ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި އުރުދުޣާން ހުކުރު ދުވަހު ސައުދީއަށް ވަޑައިގަންނަވަނީ

07 އޯގަސްޓު 2026
ސަރަހައްދީ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި އުރުދުޣާން ހުކުރު ދުވަހު ސައުދީއަށް ވަޑައިގަންނަވަނީ
07 އޯގަސްޓު 2026

ސައުދީއަށް ހަމަލާދިނުމަށް އަވަށްޓެރި ގައުމުތަކުގެ ހަނގުރާމަވެރި ގުރޫޕްތަކުން ދަނީ ތައްޔާރުވަމުން: އިންޓެލް ރިޕޯޓް

07 އޯގަސްޓު 2026
ސައުދީއަށް ހަމަލާދިނުމަށް އަވަށްޓެރި ގައުމުތަކުގެ ހަނގުރާމަވެރި ގުރޫޕްތަކުން ދަނީ ތައްޔާރުވަމުން: އިންޓެލް ރިޕޯޓް
06 އޯގަސްޓު 2026

ހަނގުރާމައަށް ފުރިހަމަ އަށް ތައްޔާރު، ހުއްޓުމެއްނެތި އަސްކަރީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތްދަނީ ކުރިއަށް: އީރާން

06 އޯގަސްޓު 2026
ހަނގުރާމައަށް ފުރިހަމަ އަށް ތައްޔާރު، ހުއްޓުމެއްނެތި އަސްކަރީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތްދަނީ ކުރިއަށް: އީރާން
06 އޯގަސްޓު 2026

ސައުދީން އުފެއްދި ބައިނަލްއަގުވާމީ ކަނޑުގެ ދިފާއީ އިއްތިހާދަށް ކޮމާންޑަރަކު އައްޔަނުކޮށްފި

06 އޯގަސްޓު 2026
ސައުދީން އުފެއްދި ބައިނަލްއަގުވާމީ ކަނޑުގެ ދިފާއީ އިއްތިހާދަށް ކޮމާންޑަރަކު އައްޔަނުކޮށްފި
06 އޯގަސްޓު 2026

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

06 އޯގަސްޓު 2026
އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި
06 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅިއާ ގުޅޭ އެއްބަސްވުމަކަށް އަންނަ އިރު، މިއީ އެމެރިކާގެ ރައީސް ބޭނުންފުޅުވާ ފަދަ އެއްބަސްވުމެއް ނޫން!

06 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅިއާ ގުޅޭ އެއްބަސްވުމަކަށް އަންނަ އިރު، މިއީ އެމެރިކާގެ ރައީސް ބޭނުންފުޅުވާ ފަދަ އެއްބަސްވުމެއް ނޫން!
06 އޯގަސްޓު 2026

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

06 އޯގަސްޓު 2026
ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން
05 އޯގަސްޓު 2026

ކޮމަންވެލްތު ގޭމްސް އަށް ދިޔަ ޕާކިސްތާނާއި ޔޫގެންޑާގެ އެތުލީޓުންތަކެއް ފިލައިފި

05 އޯގަސްޓު 2026
ކޮމަންވެލްތު ގޭމްސް އަށް ދިޔަ ޕާކިސްތާނާއި ޔޫގެންޑާގެ އެތުލީޓުންތަކެއް ފިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް