Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

2028 ގެ ރިޔާސީ ޓިކެޓު ނައިބު ރައީސް ވޭންސް އަށް ދެއްވުމަށް، ޓްރަމްޕް ގެންދަވަނީ ސިއްރިއްޔާތުގައި މަސައްކަތް ކުރަައްވަމުންކަން ފެންމަތިވެއްޖެ

8 އޯގަސްޓު 2026 | ހޮނިހިރު 06:03

މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ވައިޓް ހައުސްގެ އޯވަލް އޮފީހުގައި މަހުޖަނުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ، އެންމެ ފަހު ނަތީޖާ އަކަށް ވާން ޖެހޭނީ ޖޭޑީ ވޭންސް އިންތިޚާބު ކުރުން ކަމަށް. މި ވާހަކަތައް މީޑިއާ އަށް ތިލަވެފައި ވަނީ އެ ބައްދަލުވުމުގެ މައުލޫމާތު އެނގޭ، ނަން ހާމަ ކުރަން ބޭނުން ނުވާ ދެ ފަރާތަކުން. ނަމަވެސް ޓްރަމްޕްގެ ބައެއް އެޑްވައިޒަރުން ވިދާޅުވާ ގޮތުގައި، ޓްރަމްޕް އަދިވެސް ހުންނެވީ ވަކި ބޭފުޅަކަށް ތާއީދު ކުރަން ނިންމަވައިގެނެއް ނޫން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 އޯގަސްޓު 2026 | ހޮނިހިރު 06:03
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ނައިބު ރައީސް ޖޭޑީ ވޭންސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ނައިބު ރައީސް ޖޭޑީ ވޭންސް | ގެޓީ އިމޭޖަސް

އެމެރިކާގައި 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި، އެ ޤައުމުގެ މިހާރުގެ ނައިބު ރައީސް ޖޭޑީ ވޭންސް އަށް ތާއީދު ކުރެއްވުމަށް، މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިއްރުއްޔާތުގައި މަހުޖަނުންނަށް އަންގަވައިފި އެވެ.

މިއީ ޓްރަމްޕްގެ ފަހުން ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ ލީޑަރަކަށް ވޭންސް ގެންނަން ބޭނުންފުޅުވާ ކަމުގެ އެންމެ ވަރުގަދަ ނިޝާން ކަމަށް ބެލެވުނު ނަމަވެސް، ޓްރަމްޕް އަދިވެސް ގެންދަަވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެހެން ބޭފުޅުންނަށް ވެސް ފުރުސަތު އޮތް ކަމަށް ދައްކަވަމުންނެވެ. 

މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ވައިޓް ހައުސްގެ އޯވަލް އޮފީހުގައި މަހުޖަނުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ، އެންމެ ފަހު ނަތީޖާ އަކަށް ވާން ޖެހޭނީ ޖޭޑީ ވޭންސް އިންތިޚާބު ކުރުން ކަމަށެވެ. މި ވާހަކަތައް މީޑިއާ އަށް ތިލަވެފައި ވަނީ އެ ބައްދަލުވުމުގެ މައުލޫމާތު އެނގޭ، ނަން ހާމަ ކުރަން ބޭނުން ނުވާ ދެ ފަރާތަކުންނެވެ. ނަމަވެސް ޓްރަމްޕްގެ ބައެއް އެޑްވައިޒަރުން ވިދާޅުވާ ގޮތުގައި، ޓްރަމްޕް އަދިވެސް ހުންނެވީ ވަކި ބޭފުޅަކަށް ތާއީދު ކުރަން ނިންމަވައިގެނެއް ނޫނެވެ. 

ފާއިތުވި އަހަރެއްހާ ދުވަހު ޓްރަމްޕް ފާޅުގައި ގެންދަވަނީ، ވޭންސް އާއި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާ ދެމެދު ވާދަވެރި ކަމެއް އުފައްދަވަމުންނެވެ. މިދިޔަ މަހުގެ ފަހު ކޮޅު މެރިން ވަން ހެލިކޮޕްޓަރުގައި ކުރެއްވި ދަތުރުފުޅެއްގައި ވެސް، ޓްރަމްޕް ވަނީ މި ދެ ބޭފުޅުންގެ ތެރެއިން މޮޅީ ކޮން ބޭފުޅެއްތޯ އޭނާގެ މުވައްޒަފުންނާ ސުވާލު ކުރައްވާފައި އެވެ.

ޓްރަމްޕްގެ އަރިސް ބައެއް ބޭފުޅުން ޤަބޫލުކުރާ ގޮތުގައި، ޓްރަމްޕް ވަނީ ސިއްރުން ވޭންސް އަކީ އޭނާގެ ވަލީ އަހުދު ކަމަށް ނިންމަވާފައި އެވެ. އެހެން ނަމަވެސް، އެކަން އާންމުކޮށް އިއުލާން ކުރެއްވުން ލަސް ކުރައްވަނީ، މާ އަވަހަށް އެކަން ކުރައްވައިފި ނަމަ ޓްރަމްޕްގެ ބާރު ކުޑަ ވެދާނެތީ އެވެ.

މި ވާދަވެރި ކަމުގެ ތެރޭގައި ނައިބު ރައީސް ވޭންސް މިހާތަނަށް ވަކި ނިންމެވުމެއް ނިންމަވާފައި ނުވެ އެވެ. ވޭންސްގެ ގާތް މީހުން ބުނާ ގޮތުގައި، އޭނާ ގޮތެއް ނިންމަވާނީ ފަހުންނެވެ. ވޭންސް ވިދާޅުވެފައި ވަނީ އޭނާ މިވަގުތު ހުންނެވީ މިހާރުގެ މަގާމުގެ މަސްއޫލިއްޔަތަށް ހުސްވެގެން ކަމަށާއި، ރޫބިއޯ އަކީ އޭނާގެ ގާތް އެކުވެރިއެއް ކަމަށެވެ. އަނެއް ކޮޅުން ރޫބިއޯ ވަނީ، 2028 ގެ ވާހަކަތަކާ ދުރުވުމަށް މީޑިއާތަކާ ބައްދަލު ކުރުން ވެސް މަދު ކުރައްވާފައި އެވެ. ރޫބިއޯގެ ޓީމުން ބުނާ ގޮތުގައި އޭނާ ގަސްދު ކުރައްވަނީ މިހާރުގެ ދައުރު ފުރިހަމަ ކުރެއްވުމަށެވެ.

ޓްރަމްޕްގެ ތާއީދު ހޯދުމަށް މި ދެ ބޭފުޅުންގެ މެދުގައި އޮތް ވާދަވެރިކަން މިހާރު ވަނީ ޕާޓީގެ ތެރޭގައި ވެސް ބޮޑު ވެފައި އެވެ. މާކޯ ރޫބިއޯ އަށް ރިޕަބްލިކަން ޕާޓީގެ މަހުޖަނުންގެ ތާއީދު އޮތްއިރު، ވޭންސް އަށް އޮތީ ޓްރަމްޕް އަލުން ވެރިކަމަށް ގެނައި ޒުވާން "މާގާ" ކޯލިޝަނުގެ ތާއީދެވެ. ވޭންސް ވަނީ އީރާން އާއެކު ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލުމަށް ކުރި މަސައްކަތުން ޓްރަމްޕްގެ ތާއީދު ހޯއްދަވާފައި ކަަމަށް ގިނަ ބަޔަކު ދެކެ އެވެ. ނަމަވެސް ރޫބިއޯ ހުންނެވި މަޤާމުގެ ގޮތުން، އޭނާ އަށް ސިޔާސީ ކެމްޕެއިންތަކުގައި އުޅުއްވުމަށް ޤާނޫނީ ހުރަސްތަކެއް އެބަހުއްޓެވެ.

ކަން މިހެން އޮތް ނަމަވެސް، ޓްރަމްޕް އަދިވެސް ގެންދަވަނީ 2028 ވަނަ އަހަރު ތިން ވަނަ ދައުރަކަށް އޭނާ ކުރިމަތިލައްވަފާނެ ކަމުގެ އިޝާރާތްތައް ސޯޝަލް މީޑިއާގައި ކުރައްވަމުންނެވެ. މިއީ ސީރިއަސް ވާހަކަތަކެއް ނޫން ކަމަށް އަރިސް ބޭފުޅުން ވިދާޅުވި ނަމަވެސް، ޓްރަމްޕް ބޭނުންފުޅުވަނީ ސިޔާސީ މަސްރަހުގެ ސަމާލުކަން އަބަދުވެސް އެމަނިކުފާނަށް އޮތުމަށެވެ.

މަސްދަރު: ދި ވޮޝިންޓަން ޕޯސްޓް

ރިޕަބްލިކަންް ޕާޓީ - އެމެރިކާއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސްއެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

08 އޯގަސްޓު 2026

އަހަރެންނަކީ އެންމެ މޮޅު އަދި އެންމެ ރަނގަޅު ރައީސް ކަމަށް ވަރަށް ގިނަ މީހުން ބުނޭ: ޓްރަމްޕް

08 އޯގަސްޓު 2026
އަހަރެންނަކީ އެންމެ މޮޅު އަދި އެންމެ ރަނގަޅު ރައީސް ކަމަށް ވަރަށް ގިނަ މީހުން ބުނޭ: ޓްރަމްޕް
06 އޯގަސްޓު 2026

ޓްރަމްޕްގެ ގޮލްފް ކޯހުން ފިސްތޯލައަކާއި ވަޒަންތަކަކާ އެކު ހައްޔަރު ކުރި މީހާ، އޮޅުވާލައިގެން ޓްރަމްޕްގެ ސެކިއުރިޓީ ޓީމުގައި ހަރަކާތްތެރިވެ، ޕްރޮޓޮކޯލްގެ މައުލޫމާތު ވެސް ހޯދި!

06 އޯގަސްޓު 2026
ޓްރަމްޕްގެ ގޮލްފް ކޯހުން ފިސްތޯލައަކާއި ވަޒަންތަކަކާ އެކު ހައްޔަރު ކުރި މީހާ، އޮޅުވާލައިގެން ޓްރަމްޕްގެ ސެކިއުރިޓީ ޓީމުގައި ހަރަކާތްތެރިވެ، ޕްރޮޓޮކޯލްގެ މައުލޫމާތު ވެސް ހޯދި!
30 ޖުލައި 2026

ނަތަންޔާާހޫ އެމެރިކާާ އަށް ވަޑައިގެންނެވި ދަތުރުފުޅާ ދިމާކޮށް، ޕްރިންސް ޚާލިދު ބިން ސަލްމާން އާއި ޓްރަމްޕް ބައްދަލުކުރައްވައިފި

30 ޖުލައި 2026
ނަތަންޔާާހޫ އެމެރިކާާ އަށް ވަޑައިގެންނެވި ދަތުރުފުޅާ ދިމާކޮށް، ޕްރިންސް ޚާލިދު ބިން ސަލްމާން އާއި ޓްރަމްޕް ބައްދަލުކުރައްވައިފި
29 ޖުލައި 2026

ނަތަންޔާހޫ އާއެކު ބޭއްވި ބައްދަލުވުން ވަރަށް ކާމިޔާބު: ޓްރަމްޕް

29 ޖުލައި 2026
ނަތަންޔާހޫ އާއެކު ބޭއްވި ބައްދަލުވުން ވަރަށް ކާމިޔާބު: ޓްރަމްޕް
26 ޖުލައި 2026

އިންފަންޓީނޯއާ ދެކޮޅަށް ހުށަހެޅި މައްސަލަ އައިއޯސީ އިން ބޭރުކޮށްލައިފި

26 ޖުލައި 2026
އިންފަންޓީނޯއާ ދެކޮޅަށް ހުށަހެޅި މައްސަލަ އައިއޯސީ އިން ބޭރުކޮށްލައިފި
23 ޖުލައި 2026

ހޫޘީން އިން ރަތް ކަނޑުގައި ހަމަލާ ދިނީ އީރާންގެ މަޅީގައި ޖެހިގެން: ރޫބިއޯ

23 ޖުލައި 2026
ހޫޘީން އިން ރަތް ކަނޑުގައި ހަމަލާ ދިނީ އީރާންގެ މަޅީގައި ޖެހިގެން: ރޫބިއޯ
15 ޖުލައި 2026

އީރާނުގެ އިންޖީނު ގެތަކާއި، ފާލަންތަކަށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި

15 ޖުލައި 2026
އީރާނުގެ އިންޖީނު ގެތަކާއި، ފާލަންތަކަށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި
14 ޖުލައި 2026

ހުރްމުޒް ކަނޑު އޮޅި މިހާރު ކޮންޓްރޯލް ކުރަނީ އެމެރިކާ އިން، އީރާން އަކީ މިހާާރު ބިރުގަންނަން ޖެހޭ ފަދަ ބާރެއް ނޫން: ޓްރަމްޕް

14 ޖުލައި 2026
ހުރްމުޒް ކަނޑު އޮޅި މިހާރު ކޮންޓްރޯލް ކުރަނީ އެމެރިކާ އިން، އީރާން އަކީ މިހާާރު ބިރުގަންނަން ޖެހޭ ފަދަ ބާރެއް ނޫން: ޓްރަމްޕް
13 ޖުލައި 2026

ޓްރަމްޕްގެ ދައުވަތަކަށް ގޯލްފް ކުޅެން ދިޔަ ކަމަށް ކޭން ބުނެފި

13 ޖުލައި 2026
ޓްރަމްޕްގެ ދައުވަތަކަށް ގޯލްފް ކުޅެން ދިޔަ ކަމަށް ކޭން ބުނެފި
12 ޖުލައި 2026

ސިއްހީ ޓެސްޓު ތަކުގެ ނަތީޖާ ވަރަށް ފުރިހަމަ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

12 ޖުލައި 2026
ސިއްހީ ޓެސްޓު ތަކުގެ ނަތީޖާ ވަރަށް ފުރިހަމަ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް