Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައިއޯސީ

އިންފަންޓީނޯއާ ދެކޮޅަށް ހުށަހެޅި މައްސަލަ އައިއޯސީ އިން ބޭރުކޮށްލައިފި

26 ޖުލައި 2026 | އާދީއްތަ 09:58

އައިއޯސީގެ ތަރުޖަމާނު ވިދާޅުވީ، ފެއަރ ސްކޮޔަރ އިން ހުށަހެޅި ޝަކުވާ އެތިކްސް ކޮމިޝަނުން ވަރަށް ފުންކޮށް ދިރާސާ ކޮށްފައިވާ ކަމަށް. ނަމަވެސް، އިންފަންޓީނޯއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މި ޝަކުވާތަކަކީ ބައިނަލްއަގުވާމީ ކުޅިވަރު ފެޑެރޭޝަނެއްގެ ހިންގުމާއި، ސަރުކާރުތަކާ ބާއްވާ ގުޅުމުގެ އިތުރުން، ކުޅިވަރުގެ ގަވާއިދުތައް ތަންފީޒު ކުރުމާ ގުޅޭ ކަންތައްތަކެއް ކަމަށް ވާތީ، އެއީ އައިއޯސީގެ އަޚުލާގީ މިންގަނޑުތަކުގެ ދާއިރާ އަށް ފެތޭ ކަންކަން ނޫން ކަމަށް އޭނާ ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ޖުލައި 2026 | އާދީއްތަ 09:58
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ | ގެޓީ އިމޭޖަސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ގާތް ގުޅުމެއް ބާއްވަވާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ދެކޮޅަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތެއް ކަމަށްވާ "ފެއަރ ސްކޮޔަރ" އިން ހުށަހެޅި ޝަކުވާ ބަލައިނުގަތުމަށް، އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ނިންމައިފި އެވެ.

އައިއޯސީގެ ތަރުޖަމާނަކު ހުކުރު ދުވަހު ވިދާޅުވީ، މި މައްސަލަ އަކީ އެ ކޮމިޓީގެ އެތިކްސް ކޮމިޝަނުގެ އިހުތިސާސުން ބޭރުގައިވާ ކަމެއް ކަމަށެވެ.

އައިއޯސީގެ ތަރުޖަމާނު ވިދާޅުވީ، ފެއަރ ސްކޮޔަރ އިން ހުށަހެޅި ޝަކުވާ އެތިކްސް ކޮމިޝަނުން ވަރަށް ފުންކޮށް ދިރާސާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް، އިންފަންޓީނޯއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މި ޝަކުވާތަކަކީ ބައިނަލްއަގުވާމީ ކުޅިވަރު ފެޑެރޭޝަނެއްގެ ހިންގުމާއި، ސަރުކާރުތަކާ ބާއްވާ ގުޅުމުގެ އިތުރުން، ކުޅިވަރުގެ ގަވާއިދުތައް ތަންފީޒު ކުރުމާ ގުޅޭ ކަންތައްތަކެއް ކަމަށް ވާތީ، އެއީ އައިއޯސީގެ އަޚުލާގީ މިންގަނޑުތަކުގެ ދާއިރާ އަށް ފެތޭ ކަންކަން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. މި ނިންމުން މިހާރު ފެއަރ ސްކޮޔަރ ޖަމާއަތަށް އަންގާފައިވާ ކަމަށް ވެސް އައިއޯސީ އިން ބުނެ އެވެ.

ފެއަރ ސްކޮޔަރ އިން އިންފަންޓީނޯއާ ދެކޮޅަށް މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހު ޝަކުވާ ހުށަހެޅީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ސިޔާސީ ގޮތުން ތާއީދުކުރައްވައި، ސިޔާސީ ކަންކަމުގައި ވަކި ފަރާތަކަށް ނުޖެހުމަށް އައިއޯސީ އިން ކަނޑަ އަޅާފައިވާ އުސޫލުތަކާ އިންފަންޓީނޯ ތަކުރާރުކޮށް ޚިލާފުވެ ވަޑައިގަންނަވާ ކަމަށް ބުނެ އެވެ. މީގެ އިތުރުން، މިދިޔަ އަހަރު އެ ޖަމާއަތުން ވަނީ ފީފާގެ އެތިކްސް ކޮމިޓީއަށް ވެސް މިފަދަ މައްސަލައެއް ހުށަހަޅާފައި އެވެ.

ޓްރަމްޕްގެ ނުފޫޒުގައި ޖެހިފައިވާ ކަމަށް ބުނެ، އިންފަންޓީނޯގެ މައްސަލަ އޯއައިސީ އަށް ހުށަހަޅަނީ
Raajje.mv

ޓްރަމްޕްގެ ނުފޫޒުގައި ޖެހިފައިވާ ކަމަށް ބުނެ، އިންފަންޓީނޯގެ މައްސަލަ އޯއައިސީ އަށް ހުށަހަޅަނީ

2020 ވަނަ އަހަރުން ފެށިގެން އައިއޯސީގެ މެންބަރެއްގެ ގޮތުގައި ހުންނެވި އިންފަންޓީނޯ އަށް ފާޑު ކިޔުންތައް އަމާޒުވެފައި ވަނީ، ޓްރަމްޕް އާއެކު އެކި މުނާސަބަތުތަކުން ފެނިވަޑައިގަންނަވާތީ އެވެ. އެގޮތުން، އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި މިއަހަރު ބޭއްވި ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ތަށި ދިނުމުގެ ރަސްމިއްޔާތަށް ޓްރަމްޕް އާއި އިންފަންޓީނޯ ދަނޑަށް އެރުއްވުމުން، ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ތިބި ސަޕޯޓަރުން ވަނީ ނުރުހުން ފާޅުކޮށް އަޑުގަދަ ކޮށްފައި އެވެ.

މީގެ އިތުރުން، މުބާރާތުގެ ކުރީ ކޮޅު އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޮގަން އަށް ދެއްކި ރަތް ކާޑެއް މުރާޖައާ ކޮށްދިނުމަށް އެދި ޓްރަމްޕް އިންފަންޓީނޯ އަށް ގުޅުއްވި ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައި އެވެ. ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ބަލޮގަން ސަސްޕެންޑް ކުރި ނަމަވެސް، ފަހުން އޭނާ އަށް ބެލްޖިއަމް މެޗުގައި ކުޅުމުގެ ފުރުސަތު ދީފައިވެ އެވެ.

ދުނިޔޭގައި ހަމަނުޖެހުންތައް ހިނގަމުން އަންނަ ސަރަހައްދުތަކުގައި ސުލްހަ ގާއިމު ކުރުމަށް ކުރެއްވި މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށް ބުނެ، ފީފާ އިން އަލަށް ތައާރަފުކުރި "ޕީސް ޕްރައިޒް" ނުވަތަ ސުލްހައިގެ އިނާމު މިދިޔަ ޑިސެމްބަރު މަހު ވަނީ ޓްރަމްޕް އަށް އަރުވާފައި އެވެ. އެކަމުގެ ސަބަބުން ވެސް އިންފަންޓީނޯ އަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެގެން ދިޔަ އެވެ.

ފީފާޖިއާނީ އިންފަންޓީނޯއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއިންޓަނޭޝަނަލް އޮލިމްޕިކް ކޮމެޓީ (އައިއޯސީ)

އިތުރަށް ކިޔާލަން

23 ޖުލައި 2026

ބަލޯގަންގެ ސަސްޕެންޝަން އުވާލި މައްސަލައިގައި ނޯވޭއިން ފީފާއަށް ޝަކުވާ ހުށަހަޅަނީ

23 ޖުލައި 2026
ބަލޯގަންގެ ސަސްޕެންޝަން އުވާލި މައްސަލައިގައި ނޯވޭއިން ފީފާއަށް ޝަކުވާ ހުށަހަޅަނީ
22 ޖުލައި 2026

އިންފަންޓީނޯ ދަނީ މުޅި ފުޓުބޯޅަ ހަލާކު ކުރަމުން: ސްޕެނިޝް ލީގުގެ ރައީސް ޓެބާސް

22 ޖުލައި 2026
އިންފަންޓީނޯ ދަނީ މުޅި ފުޓުބޯޅަ ހަލާކު ކުރަމުން: ސްޕެނިޝް ލީގުގެ ރައީސް ޓެބާސް
22 ޖުލައި 2026

ޓްރަމްޕް ބޭނުންވަނީ އދ.ގެ ސެކްރެޓަރީ ޖެނަރަލަށް އިންފަންޓީނޯ ގެންނަވަން

22 ޖުލައި 2026
ޓްރަމްޕް ބޭނުންވަނީ އދ.ގެ ސެކްރެޓަރީ ޖެނަރަލަށް އިންފަންޓީނޯ ގެންނަވަން
21 ޖުލައި 2026

ވޯލްޑް ކަޕް ފައިނަލް މެޗު ނިމުމާއެކު އާޖެންޓިނާގެ ޓީމުން ދަނޑުމަތީގައި މާރާމާރީ ހިންގި މައްސަލަ ތަހުގީގު ކުރަން ފީފާ އިން ޕްރޮސެކިއުޓަރަކު އައްޔަނު ކޮށްފި

21 ޖުލައި 2026
ވޯލްޑް ކަޕް ފައިނަލް މެޗު ނިމުމާއެކު އާޖެންޓިނާގެ ޓީމުން ދަނޑުމަތީގައި މާރާމާރީ ހިންގި މައްސަލަ ތަހުގީގު ކުރަން ފީފާ އިން ޕްރޮސެކިއުޓަރަކު އައްޔަނު ކޮށްފި
19 ޖުލައި 2026

ސްޕެއިން އާޖެންޓިނާ ބައްދަލުކުރާ ވޯލްޑް ކަޕް ފައިނަލް މެޗުގެ ހާފް ޓައިމް ގައި މެޑޯނާ، ޝަކީރާ، އަދި ބީޓީއެސް

19 ޖުލައި 2026
ސްޕެއިން އާޖެންޓިނާ ބައްދަލުކުރާ ވޯލްޑް ކަޕް ފައިނަލް މެޗުގެ ހާފް ޓައިމް ގައި މެޑޯނާ، ޝަކީރާ، އަދި ބީޓީއެސް
19 ޖުލައި 2026

ވޯލްޑް ކަޕްގެ ތެރޭގައި ފުރައްސާރައާ ގުޅުން ހުރި ހަތް މިލިއަން މެސެޖު، ކުރީ އަހަރާ އަޅާ ބަލާއިރު 14 އިންސައްތަ އިތުރުވުމެއް!

19 ޖުލައި 2026
ވޯލްޑް ކަޕްގެ ތެރޭގައި ފުރައްސާރައާ ގުޅުން ހުރި ހަތް މިލިއަން މެސެޖު، ކުރީ އަހަރާ އަޅާ ބަލާއިރު 14 އިންސައްތަ އިތުރުވުމެއް!
19 ޖުލައި 2026

ފައިނަލުގައި އާޖެންޓިނާ ކުޅޭއިރު ލެޓިން އެމެރިކާގެ ގައުމުތަކުން އިދިކޮޅު ޓީމަށް ސަޕޯޓު ކުރަނީ ކީއްވެ؟

19 ޖުލައި 2026
ފައިނަލުގައި އާޖެންޓިނާ ކުޅޭއިރު ލެޓިން އެމެރިކާގެ ގައުމުތަކުން އިދިކޮޅު ޓީމަށް ސަޕޯޓު ކުރަނީ ކީއްވެ؟
17 ޖުލައި 2026

ވޯލްޑް ކަޕް ޗެމްޕިއަން ޓީމަށް ފީފާއިން "އަނގޮޓި" ދެނީ

17 ޖުލައި 2026
ވޯލްޑް ކަޕް ޗެމްޕިއަން ޓީމަށް ފީފާއިން "އަނގޮޓި" ދެނީ
17 ޖުލައި 2026

ވޯލްޑް ކަޕް: ތިންވަނަ ހޮވާ މެޗު އޮންނަނީ ކީއްވެ؟ - މެޗާ ބެހޭ ގޮތުން އެނގެން ޖެހޭ މުހިންމު މައުލޫމާތު

17 ޖުލައި 2026
ވޯލްޑް ކަޕް: ތިންވަނަ ހޮވާ މެޗު އޮންނަނީ ކީއްވެ؟ - މެޗާ ބެހޭ ގޮތުން އެނގެން ޖެހޭ މުހިންމު މައުލޫމާތު
17 ޖުލައި 2026

ވޯލްޑްކަޕުން ފީފާއަށް ބިލިއަނުން ފައިދާ، ބެލުންތެރިންނަށް މާލީ ގޮތުން ގެއްލުން

17 ޖުލައި 2026
ވޯލްޑްކަޕުން ފީފާއަށް ބިލިއަނުން ފައިދާ، ބެލުންތެރިންނަށް މާލީ ގޮތުން ގެއްލުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް