Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އީރާން

ހުރްމުޒް ކަނޑު އޮޅި މިހާރު ކޮންޓްރޯލް ކުރަނީ އެމެރިކާ އިން، އީރާން އަކީ މިހާާރު ބިރުގަންނަން ޖެހޭ ފަދަ ބާރެއް ނޫން: ޓްރަމްޕް

14 ޖުލައި 2026 | އަންގާރަ 05:03

ޓްރަމްޕް ވިދާޅުވީ އެ ސަރަހައްދުގެ ފުރިހަމަ ބާރު މިހާރު އެމެރިކާގެ އަތް ދަށުގައި އޮތްއިރު، އީރާން އަކީ މިހާރި ކުރިއާ އަޅާ ބަލާއިރު ބިރުގަންނަން ޖެހޭ ފަދަ ބާރެއް ނޫން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖުލައި 2026 | އަންގާރަ 05:03
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާ ކުރަމުން އަންނަ ހުރްމުޒް ކަނޑު އޮޅި މިހާރު ކޮންޓްރޯލް ކުރަމުން އަންނަނީ އެމެރިކާ އިން ކަމަށް، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ޓްރަމްޕް ވިދާޅުވީ އެ ސަރަހައްދުގެ ފުރިހަމަ ބާރު މިހާރު އެމެރިކާގެ އަތް ދަށުގައި އޮތްއިރު، އީރާން އަކީ މިހާރި ކުރިއާ އަޅާ ބަލާއިރު ބިރުގަންނަން ޖެހޭ ފަދަ ބާރެއް ނޫން ކަމަށެވެ. 

ޓްރަމްޕް ވިދާޅުވި ގޮތުގައި އެމެރިކާގެ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅު ތަކުގެ ސަބަބުން، އީރާންގެ އަސްކަރީ އަދި އިޤްތިޞާދީ ޤާބިލުކަން ވަނީ ވަރަށް ބޮޑަށް ދަށްކޮށްލެވިފައި އެވެ. އީރާާންގެ ޤާބިލުކަން ކުޑަ ކުރުމަށް އެމެރިކާ އިން ކުރި މަސައްކަތް ކާމިޔާބު ވެފައިވާ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން މެދު އިރުމަތީގައި އީރާން އިން ކުރިން ދައްކަމުން އައި ބިރުވެރިކަން މިހާރު ފަނޑުވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަަރު ވައިޓް ހައުސްގައި ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ، ހުރްމުޒް ކަނޑު އޮޅި އަކީ ބައިނަލްއަގުވާމީ ވިޔަފާރި އަށް ނުހަނު މުހިންމު ސަރަހައްދަކަށް ވާއިރު، އެ ތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި އެމެރިކާ އިން ދެމި އޮންނާނެ ކަމަށެވެ. އީރާން އިން އެ ސަރަހައްދުގައި ހިންގާ ހަރަކާތްތައް ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، އެމެރިކާގެ މަސްލަހަތު ހިމާޔަތް ކުރުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން ޓްރަމްޕް ވަނީ ދެއްވައިފަ އެވެ. 

އެމެރިކާ އާއި އީރާންއާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާ މި ދަނޑިވަޅުގައި، ޓްރަމްޕް މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައި މިވަނީ އީރާން އަށް ދަތި ކުރުމުގެ އިތުރު ފިޔަވަޅު ތަކެއް އެޅުމަށް އެމެރިކާ އިން ތައްޔާރު ވަމުންދާ ކަމުގެ އަޑުތައް ފެތުރިފައިވާ ވަގުތެއްގައި އެވެ. އީރާންގެ ނިއުކްލިއާ މައްސަލަ އާއި މެދު އިރުމަތީގެ ހަމަޖެހުމާ ގުޅޭ ގޮތުން ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން މިދިޔަ ދުވަސް ތަކުގައި ވަނީ އިތުރަށް ބޮޑުވެފައި އެވެ.

އީރާން އިން މީގެ ކުރިން ތަކުރާރުކޮށް ބުނަމުން އައިސްފައި ވަނީ ހުރްމުޒް ކަނޑު އޮޅީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ގާބިލުކަން އެ ގައުމަށް ލިބިގެންވާ ކަމަށެވެ. ނަމަވެސް، އެމެރިކާާ އިން ބުނަމުން އަންނަނީ އީރާން އަށް އެކަން ނުކުރެވޭނެ ކަމަށާއި، އެ ކަނޑު އޮޅިން ރައްކާތެރިކަމާ އެކު އުޅަނދު ތަކަށް ދަތުރު ކުރެވޭނެކަން އެމެރިކާާ އިން ޔަޤީން ކުރާނެ ކަމަށެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާހުރްމުޒް ކަނޑުއޮޅިއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

14 ޖުލައި 2026

އީރާންގެ މިސައިލް އާއި ޑްރޯން އުފައްދާ މަރުކަޒު ތަކަށް ވަރުގަދަ ހަމަލާ ތަކެއް ދީފައިވާ ކަމަށް އެމެރިކާާ އިން ބުނެފި

14 ޖުލައި 2026
އީރާންގެ މިސައިލް އާއި ޑްރޯން އުފައްދާ މަރުކަޒު ތަކަށް ވަރުގަދަ ހަމަލާ ތަކެއް ދީފައިވާ ކަމަށް އެމެރިކާާ އިން ބުނެފި
14 ޖުލައި 2026

ބަހްރައިންގައި ހުންނަ އެމެރިކާގެ ފަސް ވަނަ ނޭވީ ފްލީޓަށް ހަމަލާ ދީފައިވާ ކަމަށް އީރާން އިން ބުނެފި

14 ޖުލައި 2026
ބަހްރައިންގައި ހުންނަ އެމެރިކާގެ ފަސް ވަނަ ނޭވީ ފްލީޓަށް ހަމަލާ ދީފައިވާ ކަމަށް އީރާން އިން ބުނެފި
13 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅިން ފީ އެއް ނަގާނެ ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން އދ. ގެ ޝިޕިން އޭޖެންސީ އިން އެކަމާ ދެކޮޅުކަން ހާމަކޮށްފި

13 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅިން ފީ އެއް ނަގާނެ ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން އދ. ގެ ޝިޕިން އޭޖެންސީ އިން އެކަމާ ދެކޮޅުކަން ހާމަކޮށްފި
13 ޖުލައި 2026

އީރާން ގެ ބޯޓުފަހަރަށް ހުރަސް އެޅުމަށް އެމެރިކާ އިން އަލުން ބްލޮކޭޑް ތަންފީޒު ކުރަނީ

13 ޖުލައި 2026
އީރާން ގެ ބޯޓުފަހަރަށް ހުރަސް އެޅުމަށް އެމެރިކާ އިން އަލުން ބްލޮކޭޑް ތަންފީޒު ކުރަނީ
13 ޖުލައި 2026

ސައިޕްރަސްގެ ބޯޓަށް އީރާނުން ދިން ހަމަލާއާ ގުޅިގެން، އިންޑިއާގެ ފަޅުވެރިއަކު ގެއްލިގެން ހޯދަނީ

13 ޖުލައި 2026
ސައިޕްރަސްގެ ބޯޓަށް އީރާނުން ދިން ހަމަލާއާ ގުޅިގެން، އިންޑިއާގެ ފަޅުވެރިއަކު ގެއްލިގެން ހޯދަނީ
13 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދަކަށް އީރާނުން އިންޒާރުގެ ބަޑި ޖަހައިފި

13 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދަކަށް އީރާނުން އިންޒާރުގެ ބަޑި ޖަހައިފި
13 ޖުލައި 2026

މެދުއިރުމަތީގެ ހަނގުރާމަ ހޫނުވަމުންދާއިރު، އެމެރިކާގެ ހަތިޔާރު ސްޓޮކް ނުރައްކަލުގެ ތެރޭގައި!

13 ޖުލައި 2026
މެދުއިރުމަތީގެ ހަނގުރާމަ ހޫނުވަމުންދާއިރު، އެމެރިކާގެ ހަތިޔާރު ސްޓޮކް ނުރައްކަލުގެ ތެރޭގައި!
13 ޖުލައި 2026

އެމެރިކާ އިން ހޯމަ ދުވަހު ހަމަލާ ދިނީ ފެންފޯރުކޮށްދޭ ސްޓޭޝަނަކަށް: އީރާން

13 ޖުލައި 2026
އެމެރިކާ އިން ހޯމަ ދުވަހު ހަމަލާ ދިނީ ފެންފޯރުކޮށްދޭ ސްޓޭޝަނަކަށް: އީރާން
13 ޖުލައި 2026

އެމެރިކާއިން ދިން ހަމަލާތަކާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން، ކުވެއިތާއި ބަހްރޭން އަދި އޮމާންގައި ހުރި އެމެރިކާގެ އަސްކަރީ މުހިންމު އަމާޒުތަކަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް އައިއާރްޖީސީ އިން ބުނެފި

އުރުދުންގައި ހުންނަ ޕްރިންސް ހަސަން އެއާ ބޭސްގައި ހުރި ތެޔޮ ގުދަންތަކާއި ހަތިޔާރު ރައްކާކުރާ ތަންތަނަށް ހަމަލާދީ، އެ ތަންތަނުގައި ރޯކޮށްލާފައިވާ ކަމަށް އިރާނުން ބުނެފި

13 ޖުލައި 2026
އުރުދުންގައި ހުންނަ ޕްރިންސް ހަސަން އެއާ ބޭސްގައި ހުރި ތެޔޮ ގުދަންތަކާއި ހަތިޔާރު ރައްކާކުރާ ތަންތަނަށް ހަމަލާދީ، އެ ތަންތަނުގައި ރޯކޮށްލާފައިވާ ކަމަށް އިރާނުން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް