Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ސައުދީ

ނަތަންޔާާހޫ އެމެރިކާާ އަށް ވަޑައިގެންނެވި ދަތުރުފުޅާ ދިމާކޮށް، ޕްރިންސް ޚާލިދު ބިން ސަލްމާން އާއި ޓްރަމްޕް ބައްދަލުކުރައްވައިފި

30 ޖުލައި 2026 | ބުރާސްފަތި 06:42

ޕްރިންސް ޚާލިދު އާއި، އެމެރިކާގެ ރައީސް ޓްރަމްޕްް އަދި ނައިބު ރައީސް ވޭންސްގެ ބައްދަލުވުން ބާއްވާފައި ވަނީ، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާ އަށް ވަޑައިގެންނެވި ދަތުރުފުޅާ ދިމާކޮށް. މަސްދަރު ތަކުން ބުނާ ގޮތުގައި ނަތަންޔާހޫ މަސައްކަތް ކުރައްވަނީ، ހަމަނުޖެހުންތައް އިތުރަށް ފުޅާ ކުރުމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޖުލައި 2026 | ބުރާސްފަތި 06:42
ސައުދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓަރު ޕްރިން ޚާލިދު ބިން ސަލްމާން.

ސައުދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓަރު ޕްރިން ޚާލިދު ބިން ސަލްމާން. | ރޮއިޓާސް

ސައުދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓަރު ޕްރިންސް ޚާލިދު ބިން ސަލްމާން އާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލު ކުރައްވައިފި އެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި މި ބައްދަލުވުން ބާއްވާފައި ވަނީ، އެމެރިކާ އާއި ސައުދީ ގުޅިގެން އިރާގުގެ އިރުމަތީ ސަރަހައްދުގައި ޙަރަކާތްތެރިވާ، އީރާންގެ މަދަދު ލިބޭ ހަނގުރާމަވެރި ޖަމާއަތްތަކަށް އަމާޒުކޮށް ހަމަލާ ދިންތާ މަދު ގަޑިއިރު ތަކެއްގެ ތެރޭގައި އެވެ. ޕްރިންސް ޚާލިދު ވަނީ އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސްއާ ވެސް ބައްދަލު ކުރައްވައިފަ އެެވެ.

ޕްރިންސް ޚާލިދު އާއި އެމެރިކާގެ ނައިބު ރައީސް ވޭންސް ބޭއްވެވި ބައްދަލުވުމުގައި، ސައުދީގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗާ އަށް، ނުވަތަ އާންމުން ދިރިއުޅޭ ތަންތަނަށް ދޭ އެއްވެސް ހަމަލާ އަކަށް އެ ޤައުމުން ކެތް ނުކުރާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް މަސްދަރު ތަކުން ބުނެ އެވެ. މިއީ އެމެރިކާގެ ނައިބު ރައީސް ވޭންސް އާއި، ޕްރިންސް ޚާލިދު ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ. މި ބައްދަލުވުމުގައި ވޭންސް ވަނީ، ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އަށް ވެސް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފަ އެވެ. 

އަންގާރަ ދުވަހުގެ ރޭ ދިން ހަމަލާ ތަކުގައި ސައުދީ އިން ބައިވެރިވުމުގެ މައިގަނޑު މަޤުސަދަކީ، އިރާގުގެ ހަނގުރާާމަވެރިންގެ އިތުރުން، ޔަމާންގެ ހޫޡީން އަށް ވެސް ވަރުގަދަ މެސެޖެއް ދިނުން ކަމަށް، އެ ޤައުމުގެ މަސްދަރުތަކާ ހަވާލާދީ ރިޕޯޓު ކޮށްފައިވެ އެވެ. އެއީ ސައުދީގެ މަދަނީ އަދި ހަކަތައާ ބެހޭ ވަސީލަތް ތަކަށް ދޭ ހަމަލާރައް ބަލައި ނުގަންނާނެ ކަމުގެ އިންޒާރެއް ކަމަށް ވެސް ބުނެފައިވެ އެވެ. މި ހަމަލާ ތަކުގައި އީރާންގެ 20 މީހަކު މަރުވެފައިވާ ކަމަށް، އެމެރިކާގެ މަސްދަރު ތަކުން ވަނީ ބުނެފައި އެވެ. 

ސައުދީގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، އެ ބައްދަލުވުމުގައި ޕްރިންސް ޚާލިދު ވަނީ ހަމަނުޖެހުންތައް ކުޑަކޮށް، ހަމަޖެހުން ޤާއިމު ކުރުމަށް ސައުދީ އިން އަބަދު ވެސް ގޮވާލަމުން އަންނަ ގޮވާލުން ތަކުރާރު ކުރައްވައިފަ އެވެ. ނަމަވެސް، ކޮންމެހެން ބޭނުންވެއްޖެ ޙާލަތެއްގައި ޤައުމުގެ ދިފާއުގައި ތެދުވުމުގެ ޤާބިލުކަމާއި، އަޒުމު ސައުދީގެ ކިބައިގައި ހުރި ކަމަށް ވެސް ޕްރިންސް ޚާލިދު ވިދާޅުވެފައިވާ ކަމަށް ބުނެފައިވެ އެވެ. 

މީގެ އިތުރުން ސައުދީގެ މަސްދަރު ތަކުން ބުނެފައި ވަނީ، ސައުދީ އިން ބޭނުން ވަނީ ސަރަހައްދީ ބޮޑު ހަނގުރާމަ އަކަށް ދިޔުމުގެ ބަދަލުގައި، އީރާންގެ މަދަދު ލިބޭ ގުރޫޕު ތަކުގެ ނުރައްކާތަކަށް އެކަށީގެންވާ ރައްދު ދިނުން ކަމަށް ވެސް، ޕްރިންސް ޚާލިދު ވަނީ ވިދާޅުވެފައި އެވެ. 

ޕްރިންސް ޚާލިދު އާއި، އެމެރިކާގެ ރައީސް ޓްރަމްޕްް އަދި ނައިބު ރައީސް ވޭންސްގެ ބައްދަލުވުން ބާއްވާފައި ވަނީ، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާ އަށް ވަޑައިގެންނެވި ދަތުރުފުޅާ ދިމާކޮށެވެ. މަސްދަރު ތަކުން ބުނާ ގޮތުގައި ނަތަންޔާހޫ މަސައްކަތް ކުރައްވަނީ، ހަމަނުޖެހުންތައް އިތުރަށް ފުޅާ ކުރުމަށެވެ. ސައުދީގެ ޑިފެންސް މިނިސްޓްރީ އިން ބުނެފައި ވަނީ އެ ޤައުމުން ހަމަނުޖެހުން އިތުރު ކުރުމަށް ބޭނުން ނުވާ ކަަމށާއި، ނަމަވެސް ކުރިމަތިވާާ ޙަަމަލާ ތަކަށް ފުރިހަމަ އަށް ރައްދު ދޭނެ ކަމަށެވެ. 

މަސްދަރު: އަލް އަރަބިއްޔާ

އީރާން ހަނގުރާމަސައުދީ-އެެމެރިކާ ގުޅުންސައުދީގެ ޑިފެންސް މިނިސްޓަރު ޕްރިންސް ޚާލިދު ބިން ސަލްމާންއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

20 އޯގަސްޓު 2026

އީރާންއާ ދެކޮޅަށް "ވަރުގަދަ އިޤްތިސާދީ އޮޕަރޭޝަނެއް" ފައްޓަވާނެ ކަމަށް ޓްރަމްޕް އިއުލާނު ކުރައްވައިފި

20 އޯގަސްޓު 2026
އީރާންއާ ދެކޮޅަށް "ވަރުގަދަ އިޤްތިސާދީ އޮޕަރޭޝަނެއް" ފައްޓަވާނެ ކަމަށް ޓްރަމްޕް އިއުލާނު ކުރައްވައިފި
19 އޯގަސްޓު 2026

އީރާން ހަނގުރާމައާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް ދައްކަވާފައިވާ ދެއުޅިއެއްނުވާ ބައެއް ވާހަކަތައް

19 އޯގަސްޓު 2026
އީރާން ހަނގުރާމައާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް ދައްކަވާފައިވާ ދެއުޅިއެއްނުވާ ބައެއް ވާހަކަތައް
19 އޯގަސްޓު 2026

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އިންޑިއާގައި ކައްކާ ގޭސް އުފައްދާ މިންވަރު އިތުރުކުރަނީ

19 އޯގަސްޓު 2026
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އިންޑިއާގައި ކައްކާ ގޭސް އުފައްދާ މިންވަރު އިތުރުކުރަނީ
19 އޯގަސްޓު 2026

ޔޫއޭއީ އަށް އީރާން އިން މިސައިލް ހަމަލާތަކެއް ދިން ކަމަށް ކުރާ ތުހުމަތު ދޮގުކޮށްފި

19 އޯގަސްޓު 2026
ޔޫއޭއީ އަށް އީރާން އިން މިސައިލް ހަމަލާތަކެއް ދިން ކަމަށް ކުރާ ތުހުމަތު ދޮގުކޮށްފި
18 އޯގަސްޓު 2026

އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި

18 އޯގަސްޓު 2026
އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި
18 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅީގައި އުޅަނދަކަށް ހަމަލާދީ، ބޮޑެތި ގެއްލުންތަކެއް

18 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅީގައި އުޅަނދަކަށް ހަމަލާދީ، ބޮޑެތި ގެއްލުންތަކެއް
17 އޯގަސްޓު 2026

އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ފަހުމުނާމާގެ މުއްދަތު ހަމަވެއްޖެ: މިއެއްބަސްވުން ނާކާމިޔާބުވީ ކީއްވެ؟

17 އޯގަސްޓު 2026
އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ފަހުމުނާމާގެ މުއްދަތު ހަމަވެއްޖެ: މިއެއްބަސްވުން ނާކާމިޔާބުވީ ކީއްވެ؟
17 އޯގަސްޓު 2026

ސަައުދީ އާއި ތުރުކީ އަދި ޕާކިސްތާނުން ސޮއިކުރި ދިފާއީ އެއްބަސްވުމަށް ޓްރަމްޕް ތައުރީފު ކުރައްވައިފި

17 އޯގަސްޓު 2026
ސަައުދީ އާއި ތުރުކީ އަދި ޕާކިސްތާނުން ސޮއިކުރި ދިފާއީ އެއްބަސްވުމަށް ޓްރަމްޕް ތައުރީފު ކުރައްވައިފި
17 އޯގަސްޓު 2026

އެމެރިކާ އާއި އިސްރާއީލްގެ މައްޗަށް ފުރިހަމަ ކާމިޔާބީ ލިބިފައިވާ ކަމަށް އީރާން އިން އިއުލާންކޮށްފި

17 އޯގަސްޓު 2026
އެމެރިކާ އާއި އިސްރާއީލްގެ މައްޗަށް ފުރިހަމަ ކާމިޔާބީ ލިބިފައިވާ ކަމަށް އީރާން އިން އިއުލާންކޮށްފި
17 އޯގަސްޓު 2026

ދުޝްމަނުން އީރާނުގެ "ސަޕްރައިޒްތަކަށް" ތައްޔާރަށް ތިބުމަށް އެގައުމުގެ އިިސް ކޮމާންޑަރަކު އިންޒާރުދީފި

17 އޯގަސްޓު 2026
ދުޝްމަނުން އީރާނުގެ "ސަޕްރައިޒްތަކަށް" ތައްޔާރަށް ތިބުމަށް އެގައުމުގެ އިިސް ކޮމާންޑަރަކު އިންޒާރުދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް