Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޑޮނަލްޑް ޓްރަމްޕް

ސިއްހީ ޓެސްޓު ތަކުގެ ނަތީޖާ ވަރަށް ފުރިހަމަ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

12 ޖުލައި 2026 | އާދީއްތަ 11:54

މިދިޔަ ޖޫން މަހު ޓްރަމްޕް އަށް 80 އަހަރުވެފައިވާއިރު، ޓްރަމްޕް ވިދާޅުވެފައި ވަނީ ކޮންމެ ހަ މަހަކުން އެއް ފަހަރު އެމަނިކުފާނު މެޑިކަލް ޓެސްޓު ހައްދަވާ ކަމަށް. އަދި މިފަހަރު އިތުރަށް ކޮގްނިޓިވް ޓެސްޓެއް ހެދުމަށް އެދިވަޑައިގެންނެވި ކަމަށް ވެސް ޓްރަމްޕް ވިދާޅުވި. އެއާ އެކު ޓްރަމްޕް ވިދާޅުވީ ތިން ފަހަރު ކޮގްނިޓިވް ޓެސްޓު ހެއްދެވީ އެމަނިކުފާނު އެކަނި ކަމަށާއި، އެ ތިން ޓެސްޓުން ވެސް ވަރަށް ފުރިހަމަ ނަތީޖާއެއް ލިބިފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ޖުލައި 2026 | އާދީއްތަ 11:54
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އެމެރިކާގެ ވޯލްޓާ ރީޑް ނެޝަނަލް މިލިޓަރީ މެޑިކަލް ސެންޓަރުގައި ޞިއްޙީ ޓެސްޓު ތަކެއް ހައްދަވާފައިވާ ކަމަށާއި، އެ ޓެސްޓުގެ ނަތީޖާ ވަރަށް ފުރިހަމަ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ޓުރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެވެ. ނަމަވެސް، މި ޓެސްޓު ހައްދަވާފައި ވަނީ ކޮން ދުވަހެއްގައި ކަމެއް ޓްރަމްޕް ވިދާޅުވެފައި ނުވެ އެވެ. 

މީގެ އިތުރުން މިއީ މުޅިން އަލަށް ހެއްދެވި ޓެސްޓެއްތޯ، ނުވަތަ މިއަހަރުގެ މެއި މަހުގެ ތެރޭގައި ހެއްދެވި ޓެސްޓު ކަމެއް ވެސް ޔަގީން ނުވެ އެވެ. މެއި މަހު ޓްރަމްޕް މެޑިކަލް ޓެސްޓެއް ހެއްދެވިއިރު، އެ ފަހަރު ވެސް ޓްރަމްޕް ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ހުރިހާ ކަމެއް ރަނގަޅު ކަމަށާއި، ޓެސްޓުގެ ކަންކަން ކުރިއަށް ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ. 

މިދިޔަ ޖޫން މަހު ޓްރަމްޕް އަށް 80 އަހަރުވެފައިވާއިރު، ޓްރަމްޕް ވިދާޅުވެފައި ވަނީ ކޮންމެ ހަ މަހަކުން އެއް ފަހަރު އެމަނިކުފާނު މެޑިކަލް ޓެސްޓު ހައްދަވާ ކަމަށެވެ. އަދި މިފަހަރު އިތުރަށް ކޮގްނިޓިވް ޓެސްޓެއް ހެދުމަށް އެދިވަޑައިގެންނެވި ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. އެއާ އެކު ޓްރަމްޕް ވިދާޅުވީ މިހާތަނަށް ތިން ފަހަރު ކޮގްނިޓިވް ޓެސްޓު ހެއްދެވީ އެމަނިކުފާނު އެކަނި ކަމަށާއި، އެ ތިން ޓެސްޓުން ވެސް ވަރަށް ފުރިހަމަ ނަތީޖާއެއް ލިބިފައިވާ ކަމަށެވެ. 

މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ ޓެސްޓުގައި ހުރިހާ ސުވާލު ތަކަށް ޞައްޙަ ޖަވާބު ދެއްވާފައިވާ ކަމަށާއި، އެ ޓެސްޓުގެ ނަތީޖާ ފުރިހަމަ ކަމަށެވެ. ކޮގްނިޓިވް ޓެސްޓަކީ މީހާގެ ވިސްނުމާއި، ހަނދާން  ހުރުމުގެ ކުޅަދާކަން ބެލުމަށް ހަދާ ޓެސްޓެކެވެ. 

ޓްރަމްޕްގެ ޞިއްޙަތާ މެދު އަބަދު މީޑިއާ ތަކުގައި އަދި އާންމުންގެ ތެރޭގައި ގިނަ ކަންބޮޑުވުން ތަކެއް އޮވެ އެވެ. އެގޮތުން ބައްދަލުވުން ތަކުގައި ނިދި ޖެހިފައި އިންނެވުމާއި، ދޭތެރެއަކުން އަތާއި ފައިގެ އެކި ތަންތަނުގައި ލޭ ގަނޑުވެފައި ހުރުން ފަދަ ކަންކަން ވަނީ ފާހަގަވެފައި އެވެ. 

އެމެރިކާއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

12 ޖުލައި 2026

އުމުރުން 80 އަހަރުން މަތީގެ މީހުންނަށް ވެރިކަމެއް ނުކުރެވޭނެ: މިޓް ރޮމްނީ

12 ޖުލައި 2026
އުމުރުން 80 އަހަރުން މަތީގެ މީހުންނަށް ވެރިކަމެއް ނުކުރެވޭނެ: މިޓް ރޮމްނީ
11 ޖުލައި 2026

ޓްރަމްޕްގެ ނުފޫޒުގައި ޖެހިފައިވާ ކަމަށް ބުނެ، އިންފަންޓީނޯގެ މައްސަލަ އޯއައިސީ އަށް ހުށަހަޅަނީ

11 ޖުލައި 2026
ޓްރަމްޕްގެ ނުފޫޒުގައި ޖެހިފައިވާ ކަމަށް ބުނެ، އިންފަންޓީނޯގެ މައްސަލަ އޯއައިސީ އަށް ހުށަހަޅަނީ
09 ޖުލައި 2026

އީރާން އިން ގުޅައިފި، އެ ޤައުމުން ބޭނުން ވަނީ އެއްބަސްވުމަކަށް އަންނަން: ޓްރަމްޕް

09 ޖުލައި 2026
އީރާން އިން ގުޅައިފި، އެ ޤައުމުން ބޭނުން ވަނީ އެއްބަސްވުމަކަށް އަންނަން: ޓްރަމްޕް
08 ޖުލައި 2026

ބްރެޒިލުން ބުނީ އެމެރިކާގެ ޓެރަރިސްޓް ލިސްޓަކީ އެ ގައުމަށް އެމެރިކާ އިން އަރައިގަތުމަށް ބަހަނާއަކަށް ވެދާނެ ކަމަށް

08 ޖުލައި 2026
ބްރެޒިލުން ބުނީ އެމެރިކާގެ ޓެރަރިސްޓް ލިސްޓަކީ އެ ގައުމަށް އެމެރިކާ އިން އަރައިގަތުމަށް ބަހަނާއަކަށް ވެދާނެ ކަމަށް
07 ޖުލައި 2026

އެއް ގޮތަކީ އީރާން އާއެކު އެއްބަސްވުމަކަށް އައުން، އެހެން ނޫނީ އީރާން ނައްތާލުންް: ޓްރަމްޕް

07 ޖުލައި 2026
އެއް ގޮތަކީ އީރާން އާއެކު އެއްބަސްވުމަކަށް އައުން، އެހެން ނޫނީ އީރާން ނައްތާލުންް: ޓްރަމްޕް
06 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އެތައް ހާސް ބަޔަކު ގޮވާލީ ޓްރަމްޕްގެ މަރަށް!

06 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އެތައް ހާސް ބަޔަކު ގޮވާލީ ޓްރަމްޕްގެ މަރަށް!
06 ޖުލައި 2026

ނޭޓޯ ސަމިޓުގައި ޓްރަމްޕް، ޒެލެންސްކީ އާއި އަލް ޝަރާއާ ބައްދަލު ކުރައްވަނީ

06 ޖުލައި 2026
ނޭޓޯ ސަމިޓުގައި ޓްރަމްޕް، ޒެލެންސްކީ އާއި އަލް ޝަރާއާ ބައްދަލު ކުރައްވަނީ
06 ޖުލައި 2026

ބަލޮގަންގެ ސަސްޕެންޝަން ލުއި ކުރީ އެމެރިކާގެ ނުފޫޒުން، ޓްރަމްޕްގެ ޝުކުރު ފީފާ އަށް

06 ޖުލައި 2026
ބަލޮގަންގެ ސަސްޕެންޝަން ލުއި ކުރީ އެމެރިކާގެ ނުފޫޒުން، ޓްރަމްޕްގެ ޝުކުރު ފީފާ އަށް
05 ޖުލައި 2026

އިދިކޮޅު ފިކުރަކީ ގައުމަށް ޖެހިފައިވާ ކެންސަރެއް: ޓްރަމްޕް

05 ޖުލައި 2026
އިދިކޮޅު ފިކުރަކީ ގައުމަށް ޖެހިފައިވާ ކެންސަރެއް: ޓްރަމްޕް
05 ޖުލައި 2026

ހަނގުރާމަ އަށް ޙައްލު ހޯއްދުމަށް އެހީތެރި ވާނެ ކަމަށް، ޓްރަމްޕް ޕުޓިން އަށް އަންގަވައިފި

05 ޖުލައި 2026
ހަނގުރާމަ އަށް ޙައްލު ހޯއްދުމަށް އެހީތެރި ވާނެ ކަމަށް، ޓްރަމްޕް ޕުޓިން އަށް އަންގަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް