Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ޓްރަމްޕްގެ ދައުވަތަކަށް ގޯލްފް ކުޅެން ދިޔަ ކަމަށް ކޭން ބުނެފި

13 ޖުލައި 2026 | ހޯމަ 03:54

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކޭން ބުނެފައި ވަނީ، މީގެ 18 މަސް ކުރިން އެމެރިކާގެ ފްލޮރިޑާގެ ޕާމް ބީޗުގައި އޭނާ ހުއްޓާ، ގޯލްފް ކުޅުމަށް ޓްރަމްޕްގެ ފަރާތުން ދައުވަތެއް ލިބުނު ކަމަށް. ޤައުމެއްގެ ރައީސެއްގެ ފަރާތުން އެފަދަ ދައުވަތެއް ލިބުމުން، އެއީ ދެކޮޅު ހެދޭނެ ކަމެއް ނޫންކަން ފާހަގަކޮށް ކޭން ބުނީ، އެއީ ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޖުލައި 2026 | ހޯމަ 03:54
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން. | ރޮއިޓާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދައުވަތަކަށް، އޭނާާ އާއެކު ގޯލްފް ކުޅެން ދިޔަ ކަމަށް އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ބުނެފި އެވެ.

ކޭން މިހެން ބުނެފައި ވަނީ ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި އިންގްލެންޑް އިން ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. ކުއާޓާ ފައިނަލްގައި އިންގްލެންޑް އިން ވަނީ 2-1 އިން ނޯވޭ ބަލިކޮށްފައި އެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ޓްރަމްޕް ވަނީ، ކޭން އާއެކު ގޯލްފް ކުޅުނުކަން ހާމަ ކުރައްވައިފަ އެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ ކޭން އަކީ މޮޅު ފުޓުބޯޅަ ކުޅުންތެރިޔެއްގެ އިތުރުން، އެހާ މޮޅަށް ގޯލްފް ކުޅެން ވެސް ކުޅަދާން ކުޅުންތެރިޔެއް ކަމަށެވެ. އަދި ކޭން އަކީ ވަރަށް ރަނގަޅު ޝަޚުސިއްޔަތެއް ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. 

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކޭން ބުނެފައި ވަނީ، މީގެ 18 މަސް ކުރިން އެމެރިކާގެ ފްލޮރިޑާގެ ޕާމް ބީޗުގައި އޭނާ ހުއްޓާ، ގޯލްފް ކުޅުމަށް ޓްރަމްޕްގެ ފަރާތުން ދައުވަތެއް ލިބުނު ކަމަށެވެ. ޤައުމެއްގެ ރައީސެއްގެ ފަރާތުން އެފަދަ ދައުވަތެއް ލިބުމުން، އެއީ ދެކޮޅު ހެދޭނެ ކަމެއް ނޫންކަން ފާހަގަކޮށް ކޭން ބުނީ، އެއީ ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށެވެ. 

މީގެ އިތުރުން ކޭން ބުނީ އުމުރުން މިހާރު 80 އަހަރުވެފައިވާ ޓްރަމްޕް އަކީ، ގޯލްފް ކުޅުއްވުމަށް ވަރަށް ކުޅަދާނަ ބޭފުޅެއް ކަމަށެވެ. ކޭން ބުނީ އޭނާގެ އުމުރުން 80 އަހަރުވާއިރު ވެސް، ޓްރަމްޕް ފަދައިން މޮޅަށް ގޯލްފް ކުޅެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. 

ޓްރަމްޕް އާއެކު ގޯލްފް ކުޅެން ދިޔަ ކަމަށް ކޭން ބުނެފައިވާއިރު، ޓްރަމްޕް އަކީ ޤަވާއިދުން ގޯލްފް ކުޅުއްވާ ބޭފުޅެކެވެ. ދެ ވަނަ ދައުރަކަށް ވެރި ކަމަށް ވަޑައިގެންނެވި ފަހުން ވެސް، ޓްރަމްޕް ގޯލްފް ކުޅުއްވަ އެވެ. އެގޮތުން ހަފުތާ ބަންދުގައި އަމިއްލަ ރިސޯޓު މާ އަ ލާގޯ އަށް ވަޑައިގެން، ގޯލްފް ކުޅުއްވުމުގައި ޓްރަމްޕް ވަގުތު ހޭދަ ކުރައްވަ އެވެ.

ވޯލްޑް ކަޕްގެ ގަދަ 16 ގައި އިންގްލެންޑް އިން މެކްސިކޯ ބަލި ކުރި މެޗުގައި ކޭން ލަނޑު ޖެހިއިރު، އެ މެޗަށް ފަހު ޓްރަމްޕް ވަނީ ކޭން އަށް ތައުރީފު ކުރައްވައި ޕޯސްޓެއް ވެސް ކުރައްވައިފަ އެވެ.

ފީފާ ވަރލްޑް ކަޕް 2026ހެރީ ކޭންއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 ޖުލައި 2026

އިންގްލެންޑާއި އާޖެންޓީނާގެ ސެމީ ފައިނަލް: ތާރީޚު ބުރަ ވަނީ އިންގްލެންޑު ކޮޅަށް، އާޖެންޓީނާގެ ހިތްވަރަކީ މެސީ!

13 ޖުލައި 2026
އިންގްލެންޑާއި އާޖެންޓީނާގެ ސެމީ ފައިނަލް: ތާރީޚު ބުރަ ވަނީ އިންގްލެންޑު ކޮޅަށް، އާޖެންޓީނާގެ ހިތްވަރަކީ މެސީ!
13 ޖުލައި 2026

މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ވެސް، ފީފާ ރޭންކިންގެ ގަދަ ހަތަރު ޓީމު ސެމީ ފައިނަލް އަށް ދިޔަ ފުރަތަމަ ފަހަރު

13 ޖުލައި 2026
މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ވެސް، ފީފާ ރޭންކިންގެ ގަދަ ހަތަރު ޓީމު ސެމީ ފައިނަލް އަށް ދިޔަ ފުރަތަމަ ފަހަރު
13 ޖުލައި 2026

ސްޕެއިން އާއި ފްރާންސް: އެމްބާޕޭ އާއި ޔަމާލްގެ ކުރިމަތިލުން، ނަތީޖާ ބުރަވަނީ ސްޕެއިން ކޮޅަށް!

13 ޖުލައި 2026
ސްޕެއިން އާއި ފްރާންސް: އެމްބާޕޭ އާއި ޔަމާލްގެ ކުރިމަތިލުން، ނަތީޖާ ބުރަވަނީ ސްޕެއިން ކޮޅަށް!
12 ޖުލައި 2026

ގޮންޖެހުންތަކާ ކުރިމަތިލުމަކީ އާޖެންޓީނާގެ ލޭގައި ހުރި ކަމެއް: ސްކަލޯނީ

12 ޖުލައި 2026
ގޮންޖެހުންތަކާ ކުރިމަތިލުމަކީ އާޖެންޓީނާގެ ލޭގައި ހުރި ކަމެއް: ސްކަލޯނީ
12 ޖުލައި 2026

ވީއޭއާރުގެ ނިންމުން ތަކަށް ސްވިޒަލެންޑް ކޯޗުގެ ފާޑު ކިޔުން

12 ޖުލައި 2026
ވީއޭއާރުގެ ނިންމުން ތަކަށް ސްވިޒަލެންޑް ކޯޗުގެ ފާޑު ކިޔުން
12 ޖުލައި 2026

ސިއްހީ ޓެސްޓު ތަކުގެ ނަތީޖާ ވަރަށް ފުރިހަމަ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

12 ޖުލައި 2026
ސިއްހީ ޓެސްޓު ތަކުގެ ނަތީޖާ ވަރަށް ފުރިހަމަ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
12 ޖުލައި 2026

ވޯލްޑް ކަޕް ފައިނަލް މެޗް ކުޅޭ ދަނޑުގެ ވިނަކޮޅުވެސް ފީފާ އިން ވިއްކާލަނީ، ވިނަކޮޅެއްގެ ފެށޭ އަގު އުޅެނީ 450 ޑޮލަށް

12 ޖުލައި 2026
ވޯލްޑް ކަޕް ފައިނަލް މެޗް ކުޅޭ ދަނޑުގެ ވިނަކޮޅުވެސް ފީފާ އިން ވިއްކާލަނީ، ވިނަކޮޅެއްގެ ފެށޭ އަގު އުޅެނީ 450 ޑޮލަށް
12 ޖުލައި 2026

އިންގްލެންޑްއާ ދެކޮޅަށް މެސީ ކުޅޭ ފުރަތަމަ މެޗު، ޓީމާ މެދު އޮތީ އިތުބާރު!

12 ޖުލައި 2026
އިންގްލެންޑްއާ ދެކޮޅަށް މެސީ ކުޅޭ ފުރަތަމަ މެޗު، ޓީމާ މެދު އޮތީ އިތުބާރު!
12 ޖުލައި 2026

ސްވިޒަލެންޑް ބަލިކޮށް، ޗެމްޕިއަން އާޖެންޓީނާ ސެމީ ފައިނަލް އަށް

12 ޖުލައި 2026
ސްވިޒަލެންޑް ބަލިކޮށް، ޗެމްޕިއަން އާޖެންޓީނާ ސެމީ ފައިނަލް އަށް
12 ޖުލައި 2026

ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނޯވޭ ކަޓުވާލައި، އިންގްލެންޑް ސެމީ ފައިނަލް އަށް

12 ޖުލައި 2026
ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނޯވޭ ކަޓުވާލައި، އިންގްލެންޑް ސެމީ ފައިނަލް އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް