Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްޓެލްކޯ

ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކަށް ކަރަންޓު ދިނުން ލަސްވަނީ އެޗްޑީސީން ހަދަމުންދާ ލޭންޑް ޔޫސް ޕްލޭން ނުނިމޭތީ: ސްޓެލްކޯ

7 އޯގަސްޓު 2026 | ހުކުރު 11:47

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭން ފައިނަލް ނުވާތީ އެ ސަރަހައްދުގެ ގޯތިތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ސްޓެލްކޯއަށް ވަނީ ނުފެށިފައި. މި ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން ގޯތިތަކުގެ ލޮކޭޝަން ބަދަލުވުމުން އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް ނިމިފައިވާ ކަމަށް

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 7 އޯގަސްޓު 2026 | ހުކުރު 11:47
ސްޓެލްކޯއިން ބުނީ ތިންވަނަ ފިޔަވަހިން ދޫކުރި ގޯތިތަކަށް ކަރަންޓް ނުދެވެނީ ފޭސް ތިނެއްގެ ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތްތައް ފައިނަލް ކުރުމުގެ މަރުހަލާގައިވާތީ ކަމަށް

ސްޓެލްކޯއިން ބުނީ ތިންވަނަ ފިޔަވަހިން ދޫކުރި ގޯތިތަކަށް ކަރަންޓް ނުދެވެނީ ފޭސް ތިނެއްގެ ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތްތައް ފައިނަލް ކުރުމުގެ މަރުހަލާގައިވާތީ ކަމަށް | ސޯޝަލް މީޑިއާ

ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކަށް ކަރަންޓް ދިނުން ލަސްވަނީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަދަމުންދާ ލޭންޑް ޔޫސް ޕްލޭން ނުނިމޭތީ ކަމަށް ސްޓޭޓް އިލެކްޓްރޯނިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފި އެެވެ.

ހުޅުމާލެ ފޭސް ތިނަކީ ކުރީގެ ރައީސް އިބްރާހިީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރައްޔިތުންނަށް ބޯހިޔާވެހިކަން ފޯރުކޮށްދޭން 23 ސެޕްޓެންބަރު 2023 ގައި އަމަލީ މަސައްކަތް ފެށި ތަނަކެވެ. ނަމަވެސް ސަރުކާރު ބަދަލުވެ އެ މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު މިސަރުކާރުން އަލުން އެ މަސައްކަތް ފަށާފައިވަނީ އެ ސަރަހައްދުން ގޯތި ލިބުނު މީހުން މުޒާހަރާއަށް ވެސް ނުކުތުމުންނެވެ. 

Advertisement - newsAdvertisement

ހުޅުމާލެ ފޭސް ތިނެއް ހިއްކާ ނިންމާފައިވާކަން ރައީސް މުއިއްޒު އިއުލާން ކުރެއްވީ 24 ޖެނުއަރީ 2026 ގައި އެވެ. އަދި އެ އަހަރުގެ މާރޗް މަހުގެ ތެރޭގައި އިން ވަކިކޮށް ގޯތިތައް ދޫކުރުމުގެ މަސައްކަތް ފަށާފައިވެ އެވެ. ނަމަވެސް އަދިވެސް އެ ސަރަހައްދުން ދޫކޮށްފައިވާ ގޯތިތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ފަށާފައި ނުވާތީ، ފޭސް ތިނަކުން ގޯތި ލިބުނު މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި އެވެ. 

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން ސްޓެލްކޯއިން ބުނެފައިވަނީ ތިންވަނަ ފިޔަވަހިން ދޫކުރި ގޯތިތަކަށް އަދި ކަރަންޓު ނުދެވޭ ކަމަށާއި، ކަރަންޓް ނުދެވެނީ ފޭސް ތިނެއްގެ ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތްތައް ފައިނަލް ކުރުމުގެ މަރުހަލާގައިވާތީ ކަމަށެވެ. އަދި އެ ސަރަހައްދުގެ ކަރަންޓު މަސައްކަތް ފަށާނީ ލޭންޑް ޔޫސް ޕްލޭން ނިމުމުން ކަމަށް ސްޓެލްކޯއިން ބުނެފައިވެ އެވެ. 

ސްޓެލްކޯއިން މިހެން ބުނެފައިވާއިރު، 2024 ވަނަ އަހަރު ޖެނުއަރީ މަހުގެ ތެރޭގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދިލްޝާން އަބްދުالله ވަނީ ހުޅުމާލެ ފޭސް 3 އަދި ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް ނިމިފައިވާ ކަމަށާއި ވަރަށް އަވަހަށް އާންމުކުރާނެ ކަމަށް ވިދާޅުވެފައި އެވެ. 

މީގެއިތުރުން، 19 ޑިސެންބަރު 2025 ގައި ހައުސިންގ މިނިސްޓްރީގެ އިއުލާނާ އެކު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ "ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ އައު ލޭންޑް ޔޫސް ޕްލޭން" ގެ ދަށުން ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭންއަށް ބަދަލު ގެނެސް، ކުރިން ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިން ވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަން ބަދަލުވެފައިވާ ކަމަށް މިނިސްޓްރީން ބުނުމުން، ހުޅުމާލެ ފޭސް ތިނެއްގެ ޔޫނިއަނުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. 

ހުޅުމާލޭ 3 ވަނަ ފިޔަވަހި ސްޓެލްކޯ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

03 އޯގަސްޓު 2026

ސްޓެލްކޯއިން ދިއްލަންވީ ޤައުމު، އޭސީސީން ކުރަންވީ ކަމަކީ ކޮރަޕްޝަން ތަހުގީގުކުރުން، ފުރަތަމަ އެކަންކަން ކޮށްދީ!

03 އޯގަސްޓު 2026
ސްޓެލްކޯއިން ދިއްލަންވީ ޤައުމު، އޭސީސީން ކުރަންވީ ކަމަކީ ކޮރަޕްޝަން ތަހުގީގުކުރުން، ފުރަތަމަ އެކަންކަން ކޮށްދީ!
03 އޯގަސްޓު 2026

ކޮރަޕްޝަން ހުއްޓުވަން ކުރެވޭނެ މަސައްކަތްތައް ދެނެގަންނަން އޭސީސީއާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

03 އޯގަސްޓު 2026
ކޮރަޕްޝަން ހުއްޓުވަން ކުރެވޭނެ މަސައްކަތްތައް ދެނެގަންނަން އޭސީސީއާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
25 ޖުލައި 2026

ފެނަކަ ބްރާންޗްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ

25 ޖުލައި 2026
ފެނަކަ ބްރާންޗްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ
21 ޖުލައި 2026

ކަމަދޫ ފެނަކަ ބްރާންޗުގެ މުވައްޒަފުން ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ތެރެއިން ގިނަ ދުވަސްވީ މުވައްޒަފުންތަކެއް ގޭގައި މަޑުކުރަން އަންގައިފި

21 ޖުލައި 2026
ކަމަދޫ ފެނަކަ ބްރާންޗުގެ މުވައްޒަފުން ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ތެރެއިން ގިނަ ދުވަސްވީ މުވައްޒަފުންތަކެއް ގޭގައި މަޑުކުރަން އަންގައިފި
14 ޖުލައި 2026

ސްޓެލްކޯ އިން ދަނީ ކޮންމެ މަހަކު ރައްޔިތުންނަށް ނޭނގި، ރައްޔިތުންގެ އަތުން އިތުރަށް 1200 ރުފިޔާ ނަގަމުން: ޝަމްހީދު

14 ޖުލައި 2026
ސްޓެލްކޯ އިން ދަނީ ކޮންމެ މަހަކު ރައްޔިތުންނަށް ނޭނގި، ރައްޔިތުންގެ އަތުން އިތުރަށް 1200 ރުފިޔާ ނަގަމުން: ޝަމްހީދު
04 ޖުލައި 2026

ސްޓެލްކޯއިން ވައްކަން ކުރާ ކަމަށް ކުރެވޭ ތުހުމަތުތަކަށް އިތުރު ބާރެއް!

04 ޖުލައި 2026
ސްޓެލްކޯއިން ވައްކަން ކުރާ ކަމަށް ކުރެވޭ ތުހުމަތުތަކަށް އިތުރު ބާރެއް!
03 ޖުލައި 2026

ސްޓެލްކޯ އަށް ފާއިތުވި އަހަރު އެތައް މިލިއަނުން ސާފު ފައިދާ ލިބުނީ ރައްޔިތުންގެ އަތުން ވައްކަން ކޮށްގެން: މެންބަރު ޣަފޫރު

03 ޖުލައި 2026
ސްޓެލްކޯ އަށް ފާއިތުވި އަހަރު އެތައް މިލިއަނުން ސާފު ފައިދާ ލިބުނީ ރައްޔިތުންގެ އަތުން ވައްކަން ކޮށްގެން: މެންބަރު ޣަފޫރު
02 ޖުލައި 2026

ސްޓެލްކޯ އަށް ފާއިތުވި އަހަރު 239 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް: އޮޑިޓް ރިޕޯޓް

02 ޖުލައި 2026
ސްޓެލްކޯ އަށް ފާއިތުވި އަހަރު 239 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް: އޮޑިޓް ރިޕޯޓް
02 ޖުލައި 2026

ދައުލަތުގެ އެކި އިދާރާތަކުން ސްޓެލްކޯއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 948 މިލިއަނަށް އަރާ

02 ޖުލައި 2026
ދައުލަތުގެ އެކި އިދާރާތަކުން ސްޓެލްކޯއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 948 މިލިއަނަށް އަރާ
23 ޖޫން 2026

ސަރުކާރުގެ ޕޮލިސީ ތަންފީޒު ކުރުމަށް ނާލާފުށި ފެނަކަ އިން 19 މީހަކު ކުއްލިގޮތަކަށް ވާޒީފާ އިން ވަކިކޮށްފ

23 ޖޫން 2026
ސަރުކާރުގެ ޕޮލިސީ ތަންފީޒު ކުރުމަށް ނާލާފުށި ފެނަކަ އިން 19 މީހަކު ކުއްލިގޮތަކަށް ވާޒީފާ އިން ވަކިކޮށްފ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް