ފެނަކަ ބްރާންޗްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ
25 ޖުލައި 2026 | ހޮނިހިރު 12:09މ. ނާލާފުށީ ފެނަކަ ބްރާންޗުގެ ގިނަ އަދަދެއްގެ މުވައްޒަފުން އެއްވެސް އިންޒާރަކާ ނުލައި ވަޒީފާއިން ވަކިކުރުމާ ގުޅިގެން އެ ރަށު ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފި. ވަޒީފާއިން ވަކިކުރި މުވައްޒަފުން ތުހުމަތުކުރާ ގޮތުގައި މިއީ ސިޔާސީ ނުފޫޒުން ނިންމާފައިވާ ނިންމުމެއް ކަމަށާއި، ވަކިކުރި އިރު ދޭނެ ކަމަށް ބުނާ ތިން މަހުގެ މުސާރަ ވެސް އަދި ލިބިފައިނުވޭ. އެހެންކަމުން ކުއްލި ގޮތަކަށް ވަޒީފާ އިން ވަކިކުރުމުގެ ސަބަބުން އާންމު ދިރިއުޅުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވޭ


މ. އަތޮޅު ނާލާފުށި ފެނަކަ ބްރާންޗް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ތެރޭގައި ފެނަކައިން ވަކި ކުރި މުވައްޒަފެއް | ރާއްޖެއެމްވީ
މ. އަތޮޅު ނާލާފުށި ފެނަކަ ބްރާންޗް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ތެރޭގައި ފެނަކައިގައި ތިބި ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފި އެވެ.
ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމަށް ނާލާފުށި ރައްޔިތަކު ދިން އިންޓަވިއުއެއްގައި ބުނީ، ފެނަކައިގައި ވަޒީފާ އަދާ ކުރާތާ 6 އަހަރު ވެއްޖެ ކަމަށާއި ވަޒީފާ އިން ވަކި ކުރީ އެއްވެސް އިންޒާރެއް ދިނުމެއް ނެތި ވަރަށް ރަނގަޅަށް ވަޒީފާ އަދާކުރަމުން ދަނިކޮށް ކަމަށެވެ.
އޭނަ ބުނި ގޮތުގައި ފެނަކަ ބްރާންޗް ސްޓެލްކޯގެ ދަށަށް ބަދަލު ކުރުމުގެ ތެރޭގައި، އޭނަ ވަކި ކުރީ ސްޓެލްކޯ އަށް ވަޒީފާއަށް ނުކުންނަން ވެސް އަންގައި، ކުއްލި ގޮތަކަށެވެ. އޭނަ ތުހުމަތު ކުރި ގޮތުގައި ވަޒީފާއިން ވަކި ކުރީ ސަރުކާރުގެ ނުފޫޒުންނެވެ.
އެބޭފުޅާގެ ވައުދެއް އަޅުގަނޑު މިހާރު ގަބޫލެއް ނުކުރަން އެއީ ވައުދު ގަބޫލު ނުކުރާތީދޯ އަޅުގަނޑުމެން މިހާ ދުވަސްވެފައި ހުރި މީހުން ކަނޑާލި އިރުގައި ބަލައެއް ނުލާ ތަނެއް ދޮރެއް ވެސްނާލާފުށިން އިންޓަވިއު ދިން ރައްޔިތަކު
އެރަށުން ވާހަކަ ދެއްކި އިތުރު ރައްޔިތަކު ބުނި ގޮތުގައި އޭނާ ވެސް ވަކި ކުރީ ފެނަކައިގައި އުޅޭތާ 6 އަހަރު ވެފައިވަނި ކޮށެވެ. މި ސަރުކާރު ކަމުނުދާ ކަމަށް ބުނެ އޭނާ ބުނީ ވަޒީފާއިން ވަކި ކުރިއިރު 3 މަހުގެ މުސާރަ ދޭނެ ކަމަށް ބުނި ނަމަވެސް، އަދިވެސް މުސާރަ ނުދޭ ކަމަށް އޭނަ ބުންޏެވެ.
އެއްވެސް މައްސަލައެއް ދިމާ ނުވޭ، ހަމަ އެމީހުން ކަނޑާލަން ހިތައް އެރީ ކަނޑާލީނާލާފުށިން އިންޓަވިއު ދިން ރައްޔިތަކު
މީގެ އިތުރުން އެރަށު އެހެން ރައްޔިތަކު ވަނީ އޭނާއަށް ވެސް އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށާއި ކުއްލި ގޮތަކަށް އައީ ވަޒީފާއިން ވަކި ކުރި ކަމުގެ ޗިޓު ކަމަށެވެ. އޭނާ ބުނީ ޗިޓުގައި އޮތީ 3 މަހުގެ މުސާރައާއެކު ވަޒީފާއިން ވަކި ކުރި ކަމަށެވެ. ނަމަވެސް މުސާރަ ނުދޭކަމަށް އޭނާ ބުންޏެވެ.
އެ ރަށުން ވާހަކަ ދެއްކި އިތުރު ރައްޔިތަކު ބުނި ގޮތުގައި ސްޓެލްކޯ އަށް ބަދަލުކުރުމުގެ ތެރޭގައި ވަކި ކުރީ ގިނައިން އެމްޑީޕީއަށް ތާއީދު ކުރާ މުވައްޒަފުންނެވެ.
މ. ނާލާފުށީން ވަޒީފާއިން ވަކި ކޮށްފައިވާ ހުރިހާ މުވައްޒަފުންގެ ވާހަކައިގައި ވެސް ކުއްލި ގޮތަކަށް އެއްވެސް އެންގުމެއް ނެތި ވަޒީފާއިން ކަނޑާލާފައިވާތީ، ދިރިއުޅުމަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާތީ އެކަމާ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.









