Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސްޓެލްކޯ

ސްޓެލްކޯއިން ވައްކަން ކުރާ ކަމަށް ކުރެވޭ ތުހުމަތުތަކަށް އިތުރު ބާރެއް!

4 ޖުލައި 2026 | ހޮނިހިރު 11:17

ސްޓެލްކޯއަށް މިދިޔަ އަހަރު 238.7 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވުމާއެކު، ކަރަންޓު ބިލުތައް ބޮޑުވާ މައްސަލައިގައި އާންމުންގެ ތުހުމަތުތަކާއި ނުރުހުން ވަނީ އިތުރުވެފައި. ސަރުކާރުގެ އިދާރާތަކުން އެ ކުންފުންޏަށް 949 މިލިއަން ރުފިޔާ ދައްކަން އޮތްއިރުވެސް ޚިދުމަތް މެދުނުކެނޑޭތީ، އާންމު ރައްޔިތުންނާ މެދު ތަފާތުކުރުން ގެންގުޅޭ ކަމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފައި. އެހެންކަމުން، މި ބޮޑު ފައިދާއަކީ ރައްޔިތުންގެ އަތުން ނުހައްގުން ނަގާ ފައިސާ ކަމަށް ބުނެ، މިކަން ދެފުށް ފެންނަ ގޮތަކަށް ތަހުގީގު ކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުން.

އަމްނާ އިމާދު
އަމްނާ އިމާދު | 4 ޖުލައި 2026 | ހޮނިހިރު 11:17
ސްޓެލްކޯގެ ހެޑް އޮފީސް. ކަރަންޓު ބިލުތަކުން ވައްކަން ކުރާ ކަމަށް ގިނަ ރައްޔިތުން ބުނި ނަމަވެސް އެކަން ސްޓެލްކޯއިން ދޮގު ކުރޭ.

ސްޓެލްކޯގެ ހެޑް އޮފީސް. ކަރަންޓު ބިލުތަކުން ވައްކަން ކުރާ ކަމަށް ގިނަ ރައްޔިތުން ބުނި ނަމަވެސް އެކަން ސްޓެލްކޯއިން ދޮގު ކުރޭ. | ރާއްޖެއެމްވީ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަކީ ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ދެމުންދާ އެންމެ ބޮޑު އެއް ކުންފުންޏެވެ. ނަމަވެސް  ފަހަކަށް އައިސް އެ ކުންފުންޏާއި، އެކުންފުނީގެ މާލީ ހިސާބުތަކާއި ކަރަންޓު ބިލުތަކާ ގުޅިގެން އާންމުންގެ މެދުގައި ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެންމެ ފަހުން ނެރުނު ރިޕޯޓާއެކު، ރައްޔިތުން ކުރަމުންދިޔަ ތުހުމަތުތަކަށް އިތުރު ބާރެއް ލިބިގެން ގޮސްފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު ނެރުނު ސްޓެލްކޯގެ އަހަރީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ފާއިތުވި އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 238.7 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ އޭގެ ކުރީ އަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ. 2023 ވަނަ އަހަރު 172 މިލިއަން ރުފިޔާގެ ގެއްލުމެއްގައި އޮތް ކުންފުނި، އެންމެ އަހަރެއްގެ ތެރޭގައި އެ ގެއްލުމުން އަރައިގަނެ 181 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދުމަކީ ގިނަ ބަޔަކު ސުވާލު އުފައްދާ ކަމެކެވެ. ނިމިދިޔަ އަހަރުގެ ހިސާބުތަކަށް ބަލާއިރު، ފައިދާގެ މިންވަރު ވަނީ 30 އިންސައްތަ އިތުރުވެފަ އެވެ.

ކަންމިހެން އޮތްނަމަވެސް ކަރަންޓު ބިލުތަކުގެ ބޮޑުވުމާއި ރައްޔިތުންގެ ޝަކުވާ އިންތިހާއަށް ބޮޑެވެ. 

ރައީސް މުއިއްޒުގެ ސަރުކާރު އައި ފަހުން ކަރަންޓު ބިލުތައް ގަބޫލުނުކުރެވޭ މިންވަރަށް ބޮޑުވަމުންދާ ކަމުގެ ޝަކުވާ އެއްދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުންނެވެ. ސްޓެލްކޯއިން މިކަމަށް ދޭ ޖަވާބަކީ ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމެވެ. ނަމަވެސް، ބައެއް ގޭތަކުގައި މީހުން ދިރިނޫޅޭ މަސްމަހުވެސް ބިލުތައް އިންތިހާއަށް ބޮޑުވެގެން އަންނާތީ، މިއީ އޮޅުވާލުމެއް ނުވަތަ "ވައްކަމެއް" ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ. ރައްޔިތުންގެ މަންދޫބުން ކަމަށްވާ މަޖިލިސް މެންބަރުންވެސް ވަނީ ސްޓެލްކޯ ފަދަ ކުންފުންޏަކަށް މިހާ ބޮޑު ފައިދާއެއް ހަމައެކަނި ޚިދުމަތް ދީގެން ނުލިބޭނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ސްޓެލްކޯގެ މާލީ ހާލަތަށް ބަލާއިރު، ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން އެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާގެ އަދަދު މިހާރު ވަނީ 949 މިލިއަން ރުފިޔާއަށް އަރާފަ އެވެ. މީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައްކަން އޮތީ ފައިނޭންސް މިނިސްޓްރީންނެވެ. ހައިރާންވާންޖެހޭ ކަމަކީ، ދައުލަތުގެ އިދާރާތަކުން މިލިއަނުން ފައިސާ ނުދައްކާ ހުރިއިރުވެސް ޚިދުމަތް މެދުނުކެނޑި ލިބޭއިރު، އާންމު ރައްޔިތަކު ތިން މަސް ދުވަހު ބިލު ނުދައްކައިފިނަމަ ވަގުތުން ކަރަންޓު ކަނޑާލައި ޖޫރިމަނާ ކުރާ ކަމެވެ. މިއީ އިންސާފެއް ނެތް އަމަލެއްގެ ގޮތުގައި ރައްޔިތުން ސިފަކުރެ އެވެ.

ޖުމްލަކޮށް ބަލާއިރު، ސްޓެލްކޯއަށް ލިބުނު ބޮޑު ފައިދާއަކީ ރައްޔިތުންގެ އަތުން ނުހައްގުން ނަގާފައިވާ ފައިސާ ކަމަށް ކުރެވޭ ތުހުމަތުތައް ވަނީ ވަރުގަދަވެފަ އެވެ. ސަރުކާރުގެ ކުންފުނިތައް ބޭނުންކޮށްގެން ދައުލަތަށް ފައިސާ ހޯދުމުގެ ނަމުގައި ރައްޔިތުންގެ ޖީބަށް އަތްބޭނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ރައްޔިތުން ބުނެ އެވެ. އަދި މިކަމުގައި ދެފުށް ފެންނަ ތަހުގީގެއް ހިންގައި، ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ވެސް ގިނަ ރައްޔިތުން ދަނީ ގޮވާލަމުންނެވެ.

ސްޓެލްކޯރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުކަރަޕްޝަން

އިތުރަށް ކިޔާލަން

03 ޖުލައި 2026

ސްޓެލްކޯ އަށް ފާއިތުވި އަހަރު އެތައް މިލިއަނުން ސާފު ފައިދާ ލިބުނީ ރައްޔިތުންގެ އަތުން ވައްކަން ކޮށްގެން: މެންބަރު ޣަފޫރު

03 ޖުލައި 2026
ސްޓެލްކޯ އަށް ފާއިތުވި އަހަރު އެތައް މިލިއަނުން ސާފު ފައިދާ ލިބުނީ ރައްޔިތުންގެ އަތުން ވައްކަން ކޮށްގެން: މެންބަރު ޣަފޫރު
02 ޖުލައި 2026

ސްޓެލްކޯ އަށް ފާއިތުވި އަހަރު 239 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް: އޮޑިޓް ރިޕޯޓް

02 ޖުލައި 2026
ސްޓެލްކޯ އަށް ފާއިތުވި އަހަރު 239 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް: އޮޑިޓް ރިޕޯޓް
02 ޖުލައި 2026

ދައުލަތުގެ އެކި އިދާރާތަކުން ސްޓެލްކޯއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 948 މިލިއަނަށް އަރާ

02 ޖުލައި 2026
ދައުލަތުގެ އެކި އިދާރާތަކުން ސްޓެލްކޯއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 948 މިލިއަނަށް އަރާ
30 ޖޫން 2026

ސްކޫލްތަކަށް ލެޕްޓޮޕް ހޯދުމުގެ މަޝްރޫއެއްގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގޫގުލް ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމުގެ ކުށުގައި އިންޑޮނީޝިއާގެ ކުރީގެ އެޑިއުކޭޝަން މިނިސްޓަރ 10 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

28 ޖޫން 2026

ޖަލަށް ލާފައިވާ ވިއެޓްނާމުގެ ބިލިއަނަރެއްގެ އަގުބޮޑު ކާރުތަކާއި، ގަހަނާތައް ނީލަމުގައި ވިއްކާލުމަށް ތައްޔާރުވެއްޖެ

28 ޖޫން 2026
ޖަލަށް ލާފައިވާ ވިއެޓްނާމުގެ ބިލިއަނަރެއްގެ އަގުބޮޑު ކާރުތަކާއި، ގަހަނާތައް ނީލަމުގައި ވިއްކާލުމަށް ތައްޔާރުވެއްޖެ
28 ޖޫން 2026

އިރާގުގެ ގްރީން ޒޯނަށް ހަތިޔާރު އެޅި ސިފައިން ވަދެ ބައެއް އޮފިޝަލުން ހައްޔަރުކޮށްފި

28 ޖޫން 2026
އިރާގުގެ ގްރީން ޒޯނަށް ހަތިޔާރު އެޅި ސިފައިން ވަދެ ބައެއް އޮފިޝަލުން ހައްޔަރުކޮށްފި
26 ޖޫން 2026

އަމިއްލަ މުދަލަށް ހިޔާނަތްތެރިވުމަށްވުރެ، ރައްޔިތުންގެ މުދަލާއި ފައިސާއަށް ހިޔާނަތްތެރިވުމުގެ ފާފަ މާ ބޮޑު: ޚުތުބާ

26 ޖޫން 2026
އަމިއްލަ މުދަލަށް ހިޔާނަތްތެރިވުމަށްވުރެ، ރައްޔިތުންގެ މުދަލާއި ފައިސާއަށް ހިޔާނަތްތެރިވުމުގެ ފާފަ މާ ބޮޑު: ޚުތުބާ
23 ޖޫން 2026

ސަރުކާރުގެ ޕޮލިސީ ތަންފީޒު ކުރުމަށް ނާލާފުށި ފެނަކަ އިން 19 މީހަކު ކުއްލިގޮތަކަށް ވާޒީފާ އިން ވަކިކޮށްފ

23 ޖޫން 2026
ސަރުކާރުގެ ޕޮލިސީ ތަންފީޒު ކުރުމަށް ނާލާފުށި ފެނަކަ އިން 19 މީހަކު ކުއްލިގޮތަކަށް ވާޒީފާ އިން ވަކިކޮށްފ
22 ޖޫން 2026

ރާއްޖޭގެ ސްކޫލުތަކަށް އިންޓަނެޓު ލިބެންފެށީވެސް ރައީސް މުއިއްޒު ވެރިކަމަށް އައިފަހުން: ސުޖާއު

22 ޖޫން 2026
ރާއްޖޭގެ ސްކޫލުތަކަށް އިންޓަނެޓު ލިބެންފެށީވެސް ރައީސް މުއިއްޒު ވެރިކަމަށް އައިފަހުން: ސުޖާއު
21 ޖޫން 2026

މ.އަތޮޅުގެ 8 ރަށަކަށް ދެމުންދާ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއާ ޙަވާލުކޮށްފި

21 ޖޫން 2026
މ.އަތޮޅުގެ 8 ރަށަކަށް ދެމުންދާ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއާ ޙަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް