Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްޓެލްކޯ އޮޑިޓް

ދައުލަތުގެ އެކި އިދާރާތަކުން ސްޓެލްކޯއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 948 މިލިއަނަށް އަރާ

2 ޖުލައި 2026 | ބުރާސްފަތި 09:21

ސްޓެލްކޯގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި، ދައުލަތުގެ އެކި އިދާރާތަކުން އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާގެ އަދަދު ކުރީ އަހަރާ އަޅާބަލާއިރު 22 އިންސައްތަ ވަނީ އިތުރުވެފައި. މީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައްކަން އޮތީ ފިނޭންސް މިނިސްޓްރީން ކަމަށްވާއިރު، ސަރުކާރުގެ 19 އިދާރާއަކުން ބޮޑެތި އަދަދުތަކުން ފައިސާ ނުދައްކާ ހުރުމަކީ ކުންފުނީގެ މާލީ ހާލަތަށް ނޭދެވޭ އަސަރު ފޯރާނެ ކަމެއް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 ޖުލައި 2026 | ބުރާސްފަތި 09:21
ސްޓެލްކޯ

ސްޓެލްކޯ | ސްޓެލްކޯ

 

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް ދައުލަތުގެ އެކި އިދާރާތަކުން ދައްކަންޖެހޭ ކަރަންޓު ބިލުތަކާއި އެހެނިހެން ދަރަނީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޖުމުލަ އަދަދު 948 މިލިއަން ރުފިޔާއަށް އަރާފައިވާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ އެ ކުންފުނީގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓު އާންމުކުރުމާ ގުޅިގެންނެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކުންފުންޏަށް މިދިޔަ އަހަރު ލިބެންޖެހޭ ފައިސާގެ ޖުމުލަ އަދަދު 948 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް އަރާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 22 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. މިއީ ކުންފުނީގެ މާލީ ހާލަތަށް އޭގެ ނޭދެވޭ އަސަރު ފޯރާފާނެ ފަދަ ބޮޑު އަދަދެއްކަން ރިޕޯޓުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ސްޓެލްކޯއަށް ފައިސާ ދައްކަންޖެހޭ އިދާރާތަކުގެ ލިސްޓަށް ބަލާއިރު، އެންމެ ގިނަ ފައިސާ ދައްކަންޖެހެނީ މިނިސްޓްރީ އޮފް ފައިނޭންސް ނުވަތަ މާލީ ވުޒާރާއިންނެވެ. ރިޕޯޓުން ދައްކާ ގޮތުގައި މާލީ ވުޒާރާއިން އެކަނިވެސް 300 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ސްޓެލްކޯއަށް ދައްކަން އެބައޮތެވެ.

މީގެ އިތުރުން ސަރުކާރުގެ އެކި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) ހިމެނޭހެން ޖުމުލަ 19 އިދާރާއަކުން ސްޓެލްކޯއަށް ބޮޑެތި އަދަދުތަކުން ދަރާފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ސްޓެލްކޯގެ ހިންގުމުގެ އޮނިގަނޑަށާއި އިސް މަގާމުތަކަށް ދޭތެރެ ދޭތެރެއިން ބޮޑެތި ބަދަލުތަކެއް ގެންނަމުންދާކަން ފާހަގަކުރެވެއެވެ. މި ބަދަލުތަކާ ގުޅިގެން ކުންފުނީގެ ހިންގުމުގައި އެއްވެސް ހަމަޖެހުމެއް ނުވަތަ ސްޓެބިލިޓީއެއް ނެތް ކަމަށް ބުނެ އާންމުންނާއި އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

 

ސްޓެލްކޯފިނޭންސް މިނިސްޓްރީސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

އިތުރަށް ކިޔާލަން

23 ޖޫން 2026

ސަރުކާރުގެ ޕޮލިސީ ތަންފީޒު ކުރުމަށް ނާލާފުށި ފެނަކަ އިން 19 މީހަކު ކުއްލިގޮތަކަށް ވާޒީފާ އިން ވަކިކޮށްފ

23 ޖޫން 2026
ސަރުކާރުގެ ޕޮލިސީ ތަންފީޒު ކުރުމަށް ނާލާފުށި ފެނަކަ އިން 19 މީހަކު ކުއްލިގޮތަކަށް ވާޒީފާ އިން ވަކިކޮށްފ
21 ޖޫން 2026

މ.އަތޮޅުގެ 8 ރަށަކަށް ދެމުންދާ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއާ ޙަވާލުކޮށްފި

21 ޖޫން 2026
މ.އަތޮޅުގެ 8 ރަށަކަށް ދެމުންދާ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއާ ޙަވާލުކޮށްފި
18 ޖޫން 2026

ދައުލަތުގެ ކުންފުނިތަކަށް ރިސޯޓު ތަރައްޤީކުރުމުގެ ގަވާއިދު ގެޒެޓްކޮށްފި

18 ޖޫން 2026
ދައުލަތުގެ ކުންފުނިތަކަށް ރިސޯޓު ތަރައްޤީކުރުމުގެ ގަވާއިދު ގެޒެޓްކޮށްފި
16 ޖޫން 2026

މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ސަރުކާރުން 110.6 މިލިއަން ރުފިޔާގެ ދަރަނި އުފައްދައިފި

16 ޖޫން 2026
މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ސަރުކާރުން 110.6 މިލިއަން ރުފިޔާގެ ދަރަނި އުފައްދައިފި
08 ޖޫން 2026

ފިނޭންސް މިނިސްޓަރަކަށް ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ޒަރީރު އައްޔަނުކޮށްފި

08 ޖޫން 2026
ފިނޭންސް މިނިސްޓަރަކަށް ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ޒަރީރު އައްޔަނުކޮށްފި
07 ޖޫން 2026

ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބެންޖެހޭ 30 މިލިއަން ގެ ތެރެއިން 2024 ވަނަ އަހަރު އެއްވެސް ފައިސާއެއް ލިބުނު ކަން އެނގޭކަށް ނެތް: އޮޑިޓް ރިޕޯޓް

07 ޖޫން 2026
ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބެންޖެހޭ 30 މިލިއަން ގެ ތެރެއިން 2024 ވަނަ އަހަރު އެއްވެސް ފައިސާއެއް ލިބުނު ކަން އެނގޭކަށް ނެތް: އޮޑިޓް ރިޕޯޓް
30 މެއި 2026

ރައްޔިތުންނަށް މިލިބެނީ ހަމަ ކަރަންޓު ރަހަލާ މަސްދަޅުތަ؟

30 މެއި 2026
ރައްޔިތުންނަށް މިލިބެނީ ހަމަ ކަރަންޓު ރަހަލާ މަސްދަޅުތަ؟
29 މެއި 2026

ސަބްސިޑީ އަށް ހޭދަކުރި ފައިސާ 77 އިންސައްތަ އިތުރުވެއްޖެ

29 މެއި 2026
ސަބްސިޑީ އަށް ހޭދަކުރި ފައިސާ 77 އިންސައްތަ އިތުރުވެއްޖެ
27 މެއި 2026

ސަރުކާރުން މި އީދަށް ނެރުނު "ދޮގު" މާލިތައް

27 މެއި 2026
ސަރުކާރުން މި އީދަށް ނެރުނު "ދޮގު" މާލިތައް
22 މެއި 2026

އެއްކޮޅުން ވަޒީފާތައް ބަހަމުން، އަނެއްކޮޅުން ގިނަބަޔަކު ވަޒީފާ އިން ވަކި ކުރުމަށް ފެނަކައިގެ ރިޑަންޑަންސީ ޕޮލިސީ ބަދަލުކޮށްފި

22 މެއި 2026
 އެއްކޮޅުން ވަޒީފާތައް ބަހަމުން، އަނެއްކޮޅުން ގިނަބަޔަކު ވަޒީފާ އިން ވަކި ކުރުމަށް ފެނަކައިގެ ރިޑަންޑަންސީ ޕޮލިސީ ބަދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް