Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްޓެލްކޯ

ސްޓެލްކޯ އަށް ފާއިތުވި އަހަރު އެތައް މިލިއަނުން ސާފު ފައިދާ ލިބުނީ ރައްޔިތުންގެ އަތުން ވައްކަން ކޮށްގެން: މެންބަރު ޣަފޫރު

3 ޖުލައި 2026 | ހުކުރު 12:50

ސްޓެލްކޯގެ ކަރަންޓު ބިލުތައް އާދަޔާ ހިލާފަށް ބޮޑުވަމުންދާ މައްސަލައިގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ކަންބޮޑުވުން ފާޅުކުރައްވައި، އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު ބޮޑު ފައިދާއާ މެދު ވަނީ ސުވާލު އުފައްދަވާފައި. ކަރަންޓުގެ އަސާސީ ޚިދުމަތުން އެވަރުގެ ބޮޑު ފައިދާއެއް ނެރެނީ ރައްޔިތުންގެ އަތުން ނަހަމަ ގޮތުގައި ފައިސާ ހޯދައިގެން ކަމަށް އޭނާ ތުހުމަތު ކުރެއްވި. ނަމަވެސް، އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި ސްޓެލްކޯއަށް ލިބުނު 238.7 މިލިއަން ރުފިޔާގެ ސާފު ފައިދާއަކީ ކުންފުނީގެ ދަރަނި ކުޑަކުރުމުގެ ސަބަބުން ލިބުނު ކުރިއެރުމެއް.

އަމްނާ އިމާދު
އަމްނާ އިމާދު | 3 ޖުލައި 2026 | ހުކުރު 12:50
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ފާއިތުވި އަހަރު އެތައް މިލިއަނުން ސާފު ފައިދާ ލިބުނީ ރައްޔިތުންގެ އަތުން ވައްކަން ކޮށްގެން ކަމަށް ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މެންބަރު ޣަފޫރު ވިދާޅުވީ އާދަޔާ ހިލާފަށް ކަރަންޓު ބިލުތައް ބޮޑުވާތީ، އެކަމުގެ ޝަކުވާ ރައްޔިތުން ކުރަމުންދާތާ އެތައް ދުވަހެއް ވެފައިވާ ކަަމަށެވެ.

ސްޓެލްކޯ އަށް 300 މިލިއަންއާ ގާތްކުރާ އަދަދަކަށް ފާއިތުވި އަހަރު ސާފު ފައިދާ ލިބިފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި މެންބަރު ޣަފޫރު ވިދާޅުވީ ސްޓެލްކޯ ވައްކަން ކުރާ ކަމަށާއި، މީގެ ކުރިން ދެއްކި ވާހަކަތައް މިއަދު ދިމާވެ، އެކަންކަން ފެންނަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތެއް ދީގެން ކުންފުންޏަކަށް އެވަރުގެ ބޮޑު ފައިދާއެއް ނުވާނެ ކަމަށެވެ. ޚާއްސަކޮށް ސްޓެލްކޯ ފަދަ ކުންފުންޏަކަށް ބޮޑު ފައިދާއެއް ވެފައިވާތީ އެކަމާމެދު މެންބަރު ޣަފޫރު ސުވާލު އުފެއްދެވި އެވެ. 

ސްޓެލްކޯ، ގްރޭޓަރ މާލެއާއި 10 ވަރަކަށް ރަށް މި އޮންނަނީ ސްޓެލްކޯއިން ކަރަންޓު ދޭން. ގާތްގަނޑަކަށް 300 މިލިއަނެއްހާ ރުފިޔާގެ ފައިދާ މިދިޔަ އަހަރު ވީކަމަށް، އަޅުގަނޑު ބުނަން ދެއްތޯ އެބަ ކަރަންޓު ބިލުން ވައްކަން ކުރެއޭ އެބަ. ދެން ކޮން ގޮތަކުން 300 މިލިއަން ފައިދާ އެތަނަށް އެ ނެރުނީ. އެ އޮތީ. ދެކުނިމެނުންތޯ އާމިރުވެސް. ބަރާބަރު 300 މިލިއަނެއް ނޫން އިނީކީ. އެކަމަކު 250 މިލިއަންއަށްވުރެ މަތިކޮށް އަދަދުތައް ހުރީ. އަޅުގަނޑު ސީދާ އަދަދު ހަނދާނެއް ނެތް. ކިހިނެއްތޯ ރައްޔިތުންނަށް އަސާސީ ޚިދުމަތެއް ދީގެން އެވަރު ބޮޑު ފައިދާއެއް ދައުލަތަށް މި ނަގަނީ އިހުލާސްތެރިކަމާއެކު އެކަން ކޮށްގެން.
ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ)

މީގެ އިތުރުން މެންބަރު ޣަފޫރު ވިދާޅުވީ ކަރަންޓުގެ ޚިދުމަތް އަގު ބޮޑު ނުކުރި ނަމަވެސް ދައްކަން ޖެހޭ އަދަދު މިހާރު ދެ ގުނަ ބޮޑުވެފައިވާ ކަމަށެވެ. 

އެގޮތުން ގޭބިސީއެއްގައި 1000 ރުފިޔާ ދައްކާނަމަ މިހާރު 2000 ރުފިޔާ ދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން އަމަލު ކުރަނީ ރައްޔިތުން ނިކަމެތިވާނެ ގޮތަށް ކަމަށާއި، ދޮގާއި މަކަރާއި ހީލަތް ހަދައި، ރައްޔިތުންނަށް ގެއްލުވާނެ ގޮތަށް ސިޔާސަތުތައް ރާވައި އެގޮތަށް އަމަލުކުރާ ކަމަށް މެންބަރު ޣަފޫރު ވިދާޅުވި އެވެ.

ބިލަކުންނެއް އެ ބޮޑުވާ ކަމަކަށް ނުދައްކާ. ޔުނިޓް ނަގާ ރޭޓު ހަމަ އިންނަނީ އެއްވަރަކަށް. އަނެއްކޮޅުން ފިލްމު ނިމުނީމަ ބަލައިލާއިރު ފައިދާ އެބަ ދައްކާ 300 މިލިއަނެއްހާ ރުފިޔާ. ދެން އަޅުގަނޑުމެން ހަމަ އެ ވާހަކައެއް ދައްކަނީކީ ނޫނޭ އާމިރު. އެހެރިގޮސް އާޚިރުގައި ނިމޭއިރު އަޅުގަނޑުމެންނަށްވާ ވާހަކަ އާއި އެހިސާބު ދިމާވޭ. އެހެންވީމާ، މި ބޭފުޅުން ކޮށްފައި ނުކުރާނެ ކަމެއް ނެތެއް ނޫންތޯ ރައްޔިތުންނަށްޓަކައި.
ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ)

އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު ނެރުނު ސްޓެލްކޯގެ އަހަރީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އެކުންފުންޏަށް ފާއިތުވި އަހަރު ސާފު ފައިދާގެ ގޮތުގައި 238.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އޮޑިޓް ރިޕޯޓުގައި ބުނާގޮތުން ސްޓެލްކޯ އަށް މި ބޮޑު ފައިދާ ލިބުނު މައިގަނޑު ސަބަބަކީ ކުންފުނީގެ ދަރަނި ބޮޑުތަނުން ކުޑަކުރެވިފައިވުމެވެ.

ސްޓެލްކޯރ. މަޖިލިސް މެމްބަރު އަބްދުލްޣަފޫރު މޫސާ

އިތުރަށް ކިޔާލަން

02 ޖުލައި 2026

ސްޓެލްކޯ އަށް ފާއިތުވި އަހަރު 239 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް: އޮޑިޓް ރިޕޯޓް

02 ޖުލައި 2026
ސްޓެލްކޯ އަށް ފާއިތުވި އަހަރު 239 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް: އޮޑިޓް ރިޕޯޓް
02 ޖުލައި 2026

ދައުލަތުގެ އެކި އިދާރާތަކުން ސްޓެލްކޯއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 948 މިލިއަނަށް އަރާ

02 ޖުލައި 2026
ދައުލަތުގެ އެކި އިދާރާތަކުން ސްޓެލްކޯއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 948 މިލިއަނަށް އަރާ
30 ޖޫން 2026

ބައިނަލް އަގްވާމީ އެއަރލައިންތަކަށް ރައީސް މުއިއްޒު ދައުވަތު ދެއްވި ހަނިމާދޫ އެއަރޕޯޓަކީ މިނިސްޓަރ އަމީން ވިދާޅުވާ ގޮތުން އެކަމަށް އެކަށީގެންވާ ތަނެއް ނޫން!

30 ޖޫން 2026
ބައިނަލް އަގްވާމީ އެއަރލައިންތަކަށް ރައީސް މުއިއްޒު ދައުވަތު ދެއްވި ހަނިމާދޫ އެއަރޕޯޓަކީ މިނިސްޓަރ އަމީން ވިދާޅުވާ ގޮތުން އެކަމަށް އެކަށީގެންވާ ތަނެއް ނޫން!
29 ޖޫން 2026

ރާއްޖެތެރޭ އެއްވެސް މީހަކަށް މާލެ ސަަހައްދުން ގޯތި ނުލިބި، ލިބެނީ ފްލެޓު، މިއުސޫލު އުވާލަން ޖެހޭ: މެންބަރު ގަފޫރު

29 ޖޫން 2026
ރާއްޖެތެރޭ އެއްވެސް މީހަކަށް މާލެ ސަަހައްދުން ގޯތި ނުލިބި، ލިބެނީ ފްލެޓު، މިއުސޫލު އުވާލަން ޖެހޭ: މެންބަރު ގަފޫރު
24 ޖޫން 2026

ސިނގިރޭޓްގެ އަގުބޮޑު ކުރީ ވައްކަމުގެ މާކެޓެއް އުފައްދަން، ކަސްޓަމްސްގެ އާމްދަނީ އިން މި ސަރުކާރުން 2 ބިލިއަން ރުފިޔާ ވަގަށް ނަގައިފި: ޣަފޫރު

24 ޖޫން 2026
ސިނގިރޭޓްގެ އަގުބޮޑު ކުރީ ވައްކަމުގެ މާކެޓެއް އުފައްދަން، ކަސްޓަމްސްގެ އާމްދަނީ އިން މި ސަރުކާރުން 2 ބިލިއަން ރުފިޔާ ވަގަށް ނަގައިފި: ޣަފޫރު
23 ޖޫން 2026

ސަރުކާރުގެ ޕޮލިސީ ތަންފީޒު ކުރުމަށް ނާލާފުށި ފެނަކަ އިން 19 މީހަކު ކުއްލިގޮތަކަށް ވާޒީފާ އިން ވަކިކޮށްފ

23 ޖޫން 2026
ސަރުކާރުގެ ޕޮލިސީ ތަންފީޒު ކުރުމަށް ނާލާފުށި ފެނަކަ އިން 19 މީހަކު ކުއްލިގޮތަކަށް ވާޒީފާ އިން ވަކިކޮށްފ
22 ޖޫން 2026

މި ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލަކުން، ކުރި ކަމަކުން ފައިދާއެއްވީ ދިވެހި ރައްޔިތަކު ނެތް: ޣަފޫރު

22 ޖޫން 2026
މި ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލަކުން، ކުރި ކަމަކުން ފައިދާއެއްވީ ދިވެހި ރައްޔިތަކު ނެތް: ޣަފޫރު
21 ޖޫން 2026

މ.އަތޮޅުގެ 8 ރަށަކަށް ދެމުންދާ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއާ ޙަވާލުކޮށްފި

21 ޖޫން 2026
މ.އަތޮޅުގެ 8 ރަށަކަށް ދެމުންދާ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއާ ޙަވާލުކޮށްފި
17 ޖޫން 2026

ގަޕޯގެ ވަގުތީ ޗެއަރޕާސަން ކަމުގައި އެމްޑީޕީއަށް ހަރުދަނާ މަސައްކަތްތަކެއް ކޮށްދެއްވާފައިވޭ: ޕާޓީގެ ރައީސް ޝާހިދު

17 ޖޫން 2026
ގަޕޯގެ ވަގުތީ ޗެއަރޕާސަން ކަމުގައި އެމްޑީޕީއަށް ހަރުދަނާ މަސައްކަތްތަކެއް ކޮށްދެއްވާފައިވޭ: ޕާޓީގެ ރައީސް ޝާހިދު
12 ޖޫން 2026

ބޮޑު ތަފާތަކުން އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު ކުރީގެ ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި!

12 ޖޫން 2026
ބޮޑު ތަފާތަކުން އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު ކުރީގެ ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް