Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްޓެލްކޯ އޮޑިޓް

ސްޓެލްކޯ އަށް ފާއިތުވި އަހަރު 239 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް: އޮޑިޓް ރިޕޯޓް

2 ޖުލައި 2026 | ބުރާސްފަތި 15:28

ސްޓެލްކޯގެ ދަރަނި ކުޑަކޮށް، ނިމިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާ 30 އިންސައްތަ އިތުރުވެފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ. ނަމަވެސް ސަރުކާރުގެ އެކި އިދާރާތަކުން ލިބެންޖެހޭ 949 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އޮތުމުގެ ސަބަބުން، ކުންފުނީގެ ކޭޝްފްލޯ މެނޭޖްކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ. މިގޮތުން ފައިނޭންސް މިނިސްޓްރީ އާއި ޕީއެސްއެމް ފަދަ މުއައްސަސާތަކުން ދައްކަންޖެހޭ ފައިސާ އިތުރުވަމުންދިއުމަކީ ކުންފުނީގެ މާލީ ދެމެހެއްޓެނިވިކަމަށް އޮތް ހުރަހެއްކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 2 ޖުލައި 2026 | ބުރާސްފަތި 15:28
ސްޓެލްކޯ

ސްޓެލްކޯ | ސްޓެލްކޯ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް ފާއިތުވި އަހަރު ސާފު ފައިދާގެ ގޮތުގައި 238.7 މިލިއަން ރުފިޔާ ލިބިފައިވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފި އެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު ނެރުނު ސްޓެލްކޯގެ އަހަރީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، މިއީ އޭގެ ކުރީ އަހަރުތަކާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. އެގޮތުން 2023 ވަނަ އަހަރު އެ ކުންފުންޏަށް 172 މިލިއަން ރުފިޔާގެ ގެއްލުންވީ ނަމަވެސް، 2024 ވަނަ އަހަރު އެ ގެއްލުމުން އަރައިގަނެ 181 މިލިއަން ރުފިޔާގެ ފައިދާއެއް ވަނީ ހޯދާފަ އެވެ. އަދި ނިމިދިޔަ އަހަރުގެ ހިސާބުތަކަށް ބަލާއިރު، ފައިދާގެ މިންވަރު ވަނީ 30 އިންސައްތަ އިތުރުވެފަ އެވެ.

އޮޑިޓް ރިޕޯޓުގައި ބުނާގޮތުން ސްޓެލްކޯ އަށް މި ބޮޑު ފައިދާ ލިބުނު މައިގަނޑު ސަބަބަކީ ކުންފުނީގެ ދަރަނި ބޮޑުތަނުން ކުޑަކުރެވިފައިވުމެވެ. ނަމަވެސް، ކުންފުނީގެ އާމްދަނީއަށް ކުރިއެރުން ލިބުނު ނަމަވެސް، ސަރުކާރުގެ އިދާރާތަކުން ލިބެންޖެހޭ ފައިސާ ނުލިބި ގިނަ ދުވަސްވުމުގެ ސަބަބުން ކޭޝްފްލޯ މެނޭޖްކުރުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން ސްޓެލްކޯއަށް ދައްކަންޖެހޭ ފައިސާގެ އަދަދު މިހާރު ވަނީ 949 މިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 20 އިންސައްތައިގެ އިތުރުވުމެކެވެ. ޖުމްލަ 19 ދައުލަތުގެ އިދާރާއަކުން ސްޓެލްކޯއަށް ފައިސާ ނުދައްކާ ހުރިއިރު، އެންމެ ބޮޑު އަދަދެއް ދައްކަން އޮތީ މިނިސްޓްރީ އޮފް ފައިނޭންސް އިންނެވެ. އެ މިނިސްޓްރީން އެކަނިވެސް 333 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަންޖެހެ އެވެ. 

ދެން އެންމެ ބޮޑު ދަރަންޏެއް އޮތީ ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގަ އެވެ. ޕީއެސްއެމް އިން 163 މިލިއަން ރުފިޔާ ސްޓެލްކޯ އަށް ދައްކަންޖެހޭއިރު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން 33 މިލިއަން ރުފިޔާ އަދި މިނިސްޓްރީ އޮފް ހައުސިންއިން 43 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށް ރިޕޯޓުގައިވެ އެވެ. މީގެ އިތުރުން ސަރުކާރުގެ ފެން ކުންފުނި (އެމްޑަބްލިއުއެސްސީ) އިންވެސް 24 މިލިއަން ރުފިޔާ ސްޓެލްކޯއަށް ދައްކަންޖެހޭކަން އޮޑިޓުން ވަނީ ހާމަވެފަ އެވެ.

ކުންފުންޏަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިފައިވީ ނަމަވެސް، ދައުލަތުގެ އިދާރާތަކުން ލިބެންޖެހޭ މި ފައިސާއަކީ ކުންފުނީގެ މާލީ ދެމެހެއްޓެނިވިކަމާއި ހަމަޖެހުމަށް އޮތް ވަރަށް ބޮޑު ހުރަހެއްގެ ގޮތުގައި މާލީ މާހިރުން ދަނީ ފާހަގަކުރަމުންނެވެ.

ސްޓެލްކޯއޮޑިޓަރ ޖެނެރަލްގެ ރިޕޯޓުފިނޭންސް މިނިސްޓްރީ

އިތުރަށް ކިޔާލަން

02 ޖުލައި 2026

ދައުލަތުގެ އެކި އިދާރާތަކުން ސްޓެލްކޯއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 948 މިލިއަނަށް އަރާ

02 ޖުލައި 2026
ދައުލަތުގެ އެކި އިދާރާތަކުން ސްޓެލްކޯއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 948 މިލިއަނަށް އަރާ
23 ޖޫން 2026

ސަރުކާރުގެ ޕޮލިސީ ތަންފީޒު ކުރުމަށް ނާލާފުށި ފެނަކަ އިން 19 މީހަކު ކުއްލިގޮތަކަށް ވާޒީފާ އިން ވަކިކޮށްފ

23 ޖޫން 2026
ސަރުކާރުގެ ޕޮލިސީ ތަންފީޒު ކުރުމަށް ނާލާފުށި ފެނަކަ އިން 19 މީހަކު ކުއްލިގޮތަކަށް ވާޒީފާ އިން ވަކިކޮށްފ
21 ޖޫން 2026

މ.އަތޮޅުގެ 8 ރަށަކަށް ދެމުންދާ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއާ ޙަވާލުކޮށްފި

21 ޖޫން 2026
މ.އަތޮޅުގެ 8 ރަށަކަށް ދެމުންދާ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއާ ޙަވާލުކޮށްފި
20 ޖޫން 2026

ރިސޯޓުތަކުގެ ކުލީގެ މުއްދަތު ހަމަވުމުން ބަދަލުދޭން އެކުލަވާލި އުސޫލަކީ ވަކި ބަޔަކަށް ފައިދާ ހޯދައިދޭން ހަދާފައިވާ އުސޫލެއް: މައުރޫފް

20 ޖޫން 2026
ރިސޯޓުތަކުގެ ކުލީގެ މުއްދަތު ހަމަވުމުން ބަދަލުދޭން އެކުލަވާލި އުސޫލަކީ ވަކި ބަޔަކަށް ފައިދާ ހޯދައިދޭން ހަދާފައިވާ އުސޫލެއް: މައުރޫފް
18 ޖޫން 2026

ދައުލަތުގެ ކުންފުނިތަކަށް ރިސޯޓު ތަރައްޤީކުރުމުގެ ގަވާއިދު ގެޒެޓްކޮށްފި

18 ޖޫން 2026
ދައުލަތުގެ ކުންފުނިތަކަށް ރިސޯޓު ތަރައްޤީކުރުމުގެ ގަވާއިދު ގެޒެޓްކޮށްފި
16 ޖޫން 2026

މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ސަރުކާރުން 110.6 މިލިއަން ރުފިޔާގެ ދަރަނި އުފައްދައިފި

16 ޖޫން 2026
މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ސަރުކާރުން 110.6 މިލިއަން ރުފިޔާގެ ދަރަނި އުފައްދައިފި
08 ޖޫން 2026

ފިނޭންސް މިނިސްޓަރަކަށް ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ޒަރީރު އައްޔަނުކޮށްފި

08 ޖޫން 2026
ފިނޭންސް މިނިސްޓަރަކަށް ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ޒަރީރު އައްޔަނުކޮށްފި
07 ޖޫން 2026

ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބެންޖެހޭ 30 މިލިއަން ގެ ތެރެއިން 2024 ވަނަ އަހަރު އެއްވެސް ފައިސާއެއް ލިބުނު ކަން އެނގޭކަށް ނެތް: އޮޑިޓް ރިޕޯޓް

07 ޖޫން 2026
ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބެންޖެހޭ 30 މިލިއަން ގެ ތެރެއިން 2024 ވަނަ އަހަރު އެއްވެސް ފައިސާއެއް ލިބުނު ކަން އެނގޭކަށް ނެތް: އޮޑިޓް ރިޕޯޓް
30 މެއި 2026

ރައްޔިތުންނަށް މިލިބެނީ ހަމަ ކަރަންޓު ރަހަލާ މަސްދަޅުތަ؟

30 މެއި 2026
ރައްޔިތުންނަށް މިލިބެނީ ހަމަ ކަރަންޓު ރަހަލާ މަސްދަޅުތަ؟
29 މެއި 2026

ސަބްސިޑީ އަށް ހޭދަކުރި ފައިސާ 77 އިންސައްތަ އިތުރުވެއްޖެ

29 މެއި 2026
ސަބްސިޑީ އަށް ހޭދަކުރި ފައިސާ 77 އިންސައްތަ އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް