Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްޓެލްކޯ

ސްޓެލްކޯ އިން ދަނީ ކޮންމެ މަހަކު ރައްޔިތުންނަށް ނޭނގި، ރައްޔިތުންގެ އަތުން އިތުރަށް 1200 ރުފިޔާ ނަގަމުން: ޝަމްހީދު

14 ޖުލައި 2026 | އަންގާރަ 10:09

ސްޓެލްކޯގެ ފައިދާ އާދަޔާ ޚިލާފަށް އިތުރުވެފައިވަނީ ކަރަންޓު ބިލުތަކުން ނަގާ ފީތައް ބޮޑުކޮށްގެން ކަމަށް ބުނެ، މަޖިލިސް މެންބަރުންނާއި އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން. އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި އެ ކުންފުނީގެ ފައިދާ 30 އިންސައްތަ އިތުރުވެފައިވާއިރު، މިއީ ޚިދުމަތް ހޯދާ ފަރާތްތަކަށް އޮޅުވާލައިގެން ހޯދާ ފައިދާއެއް ކަމަށް މެންބަރުން ތުހުމަތު ކުރައްވާ. އެހެންކަމުން، ޒަރޫރީ ޚިދުމަތްތަކަކީ ބޮޑު ފައިދާ ނަގާ ވިޔަފާރިއަކަށް ނުހެދުމަށް މެންބަރުން ވަނީ ގޮވާލައްވާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 14 ޖުލައި 2026 | އަންގާރަ 10:09
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު | ރާއްޖެއެމްވީ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ފައިދާ ހޯދަމުން ދަނީ ރައްޔިތުންނަށް އޮޅުވާލައިގެން ރައްޔިތުންނަށް ނޭނގި، ކޮންމެ ގޭބިސީއަކުން އެވްރެޖްކޮށް 1200 ރުފިޔާ އިތުރަށް ނަގައިގެން ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ. 

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒް ހުށަހަޅުއްވާފައިވާ ކުނި މެނޭޖް ކުރުމުގެ ބިލަށް ބަހުސްކުރައްވަމުން މެންބަރު ޝަމްހީދު ވަނީ ކުނި މެނޭޖް ކުރުމުގައި ވެސް އަދި އެހެން ކަންކަމުގައި ވެސް ރައްޔިތުންނަށް ދޭ ޚިދުމަތްތަކުން ނަގާ ފީތަކުގެ ވާހަކަ ދައްކަވާފަ އެވެ. 

Advertisement - newsAdvertisement

ޚާއްސަކޮށް، ކުންޏަށް ނަގާ ބިލާއި، ކަރަންޓު ބިލާ ގުޅިފައިވާއިރު ކަރަންޓު ބިލާ މެދު ގިނަ ބައެއްގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށް ވިދާޅުވެ މެންބަރު ވަނީ ކަރަންޓު ބިލު އާދަޔާ ޚިލާފަށް ބޮޑުވާހަކަ މިއަދު ހުރިހާ ރައްޔިތުން ވެސް ދައްކަމުން ދާ ކަމަށް ވިދާޅުވެފަ އެވެ. 

ކަރަންޓު ބިލާ ކުނި ބިލާ ގުޅިފަ މި އޮންނަނީ މިހާރު. ސްޓެލްކޯ އަށް މިދިޔަ އަހަރު 355 މިލިއަން ރުފިޔާގެ ފައިދާ ލިބުނު. އަޅުގަނޑު ކުޑަކުޑަކޮށް ހިސާބު ޖަހާއިރު މިއީ ކޮންމެ ގޭބިސީއަކަށް ގާތްގަނޑަކަށް 1200 ރުފިޔާ އިތުރަށް ބިލުކުރެވިފަ މިހުރީ. މިވަރު ފައިދާ އެއް ސްޓެލްކޯ އަށް މި ލިބެނީ 1200 ރުފިޔާ ބިލަށް، އެވްރެޖް ކޮށް ބިލަށް އިތުރަށް ޖަހައިގެން. އެހެންވީމާ މިކަހަލަ ހިޑެން ޗަރޖަސް ރައްޔިތުންގެ އަތުން ނެގުމަކީ ކުނި މެނޭޖް ކުރުމަށް ވެސް ދިމާވެގެން އުޅޭ އެންމެ ބޮޑު އުނދަގުލަކީ. ކުނި އުކަން ވަރަށް ބޮޑު ފީތަކެއް ނެގުން. އެހެންވީމާ އަޅުގަނޑު އެދެނީ މި ރައްޔިތުންނަށް އެންމެ ޒަރޫރީ ޚިދުމަތް ދޭ ކުންފުނިތަކުން ރައްޔިތުންނަށް ޚިދުމަތް ދޭއިރު ނަގާ ފީ ތަކާ އެއްޗެހިތަކަކީ މިންގަނޑުތަކެއް ކަނޑައެޅިގެން މިއީ ބޮޑެތި ފައިދާ ނަގާ، ވިޔަފާރި އަކަށް ނުހެދުމަށް. 
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު

މެންބަރު ޝަމްހީދު އެ ތުހުމަތު ކުރެއްވި އިރު އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެންމެ ފަހުން ނެރުނު ރިޕޯޓާއެކު، ރައްޔިތުން ކުރަމުންދިޔަ ތުހުމަތުތަކަށް އިތުރު ބާރެއް ލިބިގެން ގޮސްފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު ނެރުނު ސްޓެލްކޯގެ އަހަރީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، 2023 ވަނަ އަހަރު 172 މިލިއަން ރުފިޔާގެ ގެއްލުމެއްގައި އޮތް ކުންފުނި، އެންމެ އަހަރެއްގެ ތެރޭގައި އެ ގެއްލުމުން އަރައިގަނެ 181 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދުމަކީ ގިނަ ބަޔަކު ސުވާލު އުފައްދާ ކަމެކެވެ. ނިމިދިޔަ އަހަރުގެ ހިސާބުތަކަށް ބަލާއިރު، ފައިދާގެ މިންވަރު ވަނީ 30 އިންސައްތަ އިތުރުވެފަ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރު އައި ފަހުން ކަރަންޓު ބިލުތައް ގަބޫލުނުކުރެވޭ މިންވަރަށް ބޮޑުވަމުންދާ ކަމުގެ ޝަކުވާ އެއްދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުންނެވެ. ސްޓެލްކޯއިން މިކަމަށް ދޭ ޖަވާބަކީ ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމެވެ. ނަމަވެސް، ބައެއް ގޭތަކުގައި މީހުން ދިރިނޫޅޭ މަސްމަހުވެސް ބިލުތައް އިންތިހާއަށް ބޮޑުވެގެން އަންނާތީ، މިއީ އޮޅުވާލުމެއް ނުވަތަ "ވައްކަމެއް" ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ. ރައްޔިތުންގެ މަންދޫބުން ކަމަށްވާ މަޖިލިސް މެންބަރުންވެސް ވަނީ ސްޓެލްކޯ ފަދަ ކުންފުންޏަކަށް މިހާ ބޮޑު ފައިދާއެއް ހަމައެކަނި ޚިދުމަތް ދީގެން ނުލިބޭނެ ކަމަށް ވިދާޅުވެފަ އެވެ.

 އޭގެ އިތުރުން ފާއިތުވި އަހަރު އެތައް މިލިއަނުން ސާފު ފައިދާ ލިބުނީ ރައްޔިތުންގެ އަތުން ވައްކަން ކޮށްގެން ކަމަށް ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވެސް ވަނީ ވިދާޅުވެފަ އެވެ. 

ސްޓެލްކޯޑރ. އަހްމަދު ޝަމްހީދު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

08 ޖުލައި 2026

ވަޒީރުން ޖަވާބު ނުދެއްވުމުން އެކަމާއި އުފާފާޅުކޮށް މެންބަރުން އަތް ޖައްސަވާ، މިއީ މަޖިލީހެއްގެ ހަޔާތުގައި ލަދުގަންނަން ޖެހޭ ކަންކަން: މެންބަރު ޒިޔާދު

08 ޖުލައި 2026
ވަޒީރުން ޖަވާބު ނުދެއްވުމުން އެކަމާއި އުފާފާޅުކޮށް މެންބަރުން އަތް ޖައްސަވާ، މިއީ މަޖިލީހެއްގެ ހަޔާތުގައި ލަދުގަންނަން ޖެހޭ ކަންކަން: މެންބަރު ޒިޔާދު
04 ޖުލައި 2026

ސްޓެލްކޯއިން ވައްކަން ކުރާ ކަމަށް ކުރެވޭ ތުހުމަތުތަކަށް އިތުރު ބާރެއް!

04 ޖުލައި 2026
ސްޓެލްކޯއިން ވައްކަން ކުރާ ކަމަށް ކުރެވޭ ތުހުމަތުތަކަށް އިތުރު ބާރެއް!
03 ޖުލައި 2026

ސްޓެލްކޯ އަށް ފާއިތުވި އަހަރު އެތައް މިލިއަނުން ސާފު ފައިދާ ލިބުނީ ރައްޔިތުންގެ އަތުން ވައްކަން ކޮށްގެން: މެންބަރު ޣަފޫރު

03 ޖުލައި 2026
ސްޓެލްކޯ އަށް ފާއިތުވި އަހަރު އެތައް މިލިއަނުން ސާފު ފައިދާ ލިބުނީ ރައްޔިތުންގެ އަތުން ވައްކަން ކޮށްގެން: މެންބަރު ޣަފޫރު
02 ޖުލައި 2026

ސްޓެލްކޯ އަށް ފާއިތުވި އަހަރު 239 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް: އޮޑިޓް ރިޕޯޓް

02 ޖުލައި 2026
ސްޓެލްކޯ އަށް ފާއިތުވި އަހަރު 239 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް: އޮޑިޓް ރިޕޯޓް
02 ޖުލައި 2026

ދައުލަތުގެ އެކި އިދާރާތަކުން ސްޓެލްކޯއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 948 މިލިއަނަށް އަރާ

02 ޖުލައި 2026
ދައުލަތުގެ އެކި އިދާރާތަކުން ސްޓެލްކޯއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 948 މިލިއަނަށް އަރާ
29 ޖޫން 2026

ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތައް ހުރީ ކޮމިއުނިސްޓް ވެރިކަމެއް ހިންގުމަށް: ޝަމްހީދު

29 ޖޫން 2026
ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތައް ހުރީ ކޮމިއުނިސްޓް ވެރިކަމެއް ހިންގުމަށް: ޝަމްހީދު
29 ޖޫން 2026

އިގްތިސާދު ދަށު ދަރަޖައަށް ވެއްޓިގެން ދިޔައީ، މާލިއްޔާއަށް ނުކަތާ ވަރަށް މަޝްރޫއުތައް ފެށުމުން: މެންބަރު ޝަމްހީދު

29 ޖޫން 2026
އިގްތިސާދު ދަށު ދަރަޖައަށް ވެއްޓިގެން ދިޔައީ، މާލިއްޔާއަށް ނުކަތާ ވަރަށް މަޝްރޫއުތައް ފެށުމުން: މެންބަރު ޝަމްހީދު
28 ޖޫން 2026

ތަރައްޤީގެ މަޝްރޫއުތައް ކުރިއަކަށް ނުދޭ، ޕޯޑިއަމްތަކުގައި ރައްޔިތުންނަށް މާނައެއް ނެތް އުއްމީދުތައް ދިނުން ހުއްޓާލަންވެއްޖެ: ޝަމްހީދު

28 ޖޫން 2026
ތަރައްޤީގެ މަޝްރޫއުތައް ކުރިއަކަށް ނުދޭ، ޕޯޑިއަމްތަކުގައި ރައްޔިތުންނަށް މާނައެއް ނެތް އުއްމީދުތައް ދިނުން ހުއްޓާލަންވެއްޖެ: ޝަމްހީދު
23 ޖޫން 2026

ސަރުކާރުގެ ޕޮލިސީ ތަންފީޒު ކުރުމަށް ނާލާފުށި ފެނަކަ އިން 19 މީހަކު ކުއްލިގޮތަކަށް ވާޒީފާ އިން ވަކިކޮށްފ

23 ޖޫން 2026
ސަރުކާރުގެ ޕޮލިސީ ތަންފީޒު ކުރުމަށް ނާލާފުށި ފެނަކަ އިން 19 މީހަކު ކުއްލިގޮތަކަށް ވާޒީފާ އިން ވަކިކޮށްފ
21 ޖޫން 2026

މ.އަތޮޅުގެ 8 ރަށަކަށް ދެމުންދާ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއާ ޙަވާލުކޮށްފި

21 ޖޫން 2026
މ.އަތޮޅުގެ 8 ރަށަކަށް ދެމުންދާ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއާ ޙަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް