Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއޭސީސީ

ސްޓެލްކޯއިން ދިއްލަންވީ ޤައުމު، އޭސީސީން ކުރަންވީ ކަމަކީ ކޮރަޕްޝަން ތަހުގީގުކުރުން، ފުރަތަމަ އެކަންކަން ކޮށްދީ!

3 އޯގަސްޓު 2026 | ހޯމަ 11:07

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބަދަލުގައި އޭސީސީން އެކި މުއައްސަސާތަކާއެކު ފަހުމުނާމާތަކުގައި ސޮއިކުރަމުންދާތީ އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައި. ގިނަ ދުވަސްވީ މައްސަލަތައް ނުނިމި ހުރިއިރު، ކޮމިޝަނުން އިސްކަންދޭންވީ ތަހުގީގުތައް އަވަސްކޮށް ނަތީޖާ ނެރުމަށް. އެހެންކަމުން ކަރަންޓު ކުންފުންޏަކާއެކު އެއްބަސްވުންތައް ހެދުމުގެ ބަދަލުގައި، އޭސީސީގެ ގާނޫނީ ޒިންމާ އަދާކުރުމަށް ވަނީ ގޮވާލާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 އޯގަސްޓު 2026 | ހޯމަ 11:07
އޭސީސީ އާއި ސްޓެލްކޯ ގުޅިގެން ކޮރަޕްޝަން ހުއްޓުވުމަށާއި ނަޒާހަތްތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމަށްޓަކައި ފަހުމުނާމާއެއްގައި ސޮއިކުރުން

އޭސީސީ އާއި ސްޓެލްކޯ ގުޅިގެން ކޮރަޕްޝަން ހުއްޓުވުމަށާއި ނަޒާހަތްތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމަށްޓަކައި ފަހުމުނާމާއެއްގައި ސޮއިކުރުން | އޭސީސީ

"ކޮރަޕްޝަން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމަށްޓަކައި، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި"

މި ޚަބަރުގެ ސުރުޚީ ފެނުމުން، ގިނަ ބަޔަކަށް އެއީ ތެދެއްތޯ ބަލަން ދެވަނަ ފަހަރަށް ކިޔަން މަޖުބޫރުވި އެވެ.

ސްޓެލްކޯއަކީ ރާއްޖޭގެ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެވެ. އެ ކުންފުނީގެ މައިގަނޑު މަސައްކަތަކީ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމެވެ. މީހަކު ބޮތްކެއް ދިއްލާލާ ކޮންމެ ފަހަރަކު ކޮރަޕްޝަން ދެނެގަނެވޭނެ މެޝިނެއް ސްޓެލްކޯއިން ސިއްރިއްޔާތުގައި އުފައްދާފައި ނުވާނަމަ، މި މަސައްކަތުގައި އެ ކުންފުނީގެ ދައުރަކީ ކޮބައިތޯ ސުވާލު އުފެދެ އެވެ.

މީގެ އިތުރުން، އޭސީސީ އުފެއްދި މަގުސަދު ހާސިލުކުރުމަށް އެ ކޮމިޝަނަށް ހުރަސްއަޅަނީ ކޮން ކަމެއްތޯ ވެސް މިއީ މިއަދު އުފެދޭ ސުވާލެކެވެ.

އޭސީސީއަކީ ސާފު މެންޑޭޓެއް އޮތް، ގާނޫނީ ބާރުތަކާއި ތަހުގީގު ކުރާނެ މުވައްޒަފުންނާއި ދައުލަތުގެ ބަޖެޓާއި އަދި އެތައް އަހަރެއްވީ ދުވަސްވީ މުއައްސަސާއެކެވެ.

އޭސީސީގައި ނުނިމި ހުރި މަސައްކަތްތަކަށް ބަލާއިރު، އެ ކޮމިޝަނަށް މަސައްކަތް މަދެއް ނޫނެވެ. އެތައް މައްސަލައެއް ނުނިމި ދިގުލައިގެން ގޮސްފައިވާއިރު، މައްސަލަ ހުށަހަޅާ ފަރާތްތަކުން ބުނަމުންދަނީ އެ މައްސަލަތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ނުލިބޭ ކަމަށެވެ. ގިނަ ބަޔަކު ތިބީ އެމީހުން ހުށަހެޅި މައްސަލަތައް ކުރިއަށްދޭތޯ ނުވަތަ ކޮންމެވެސް ފައިލެއްގެ ތެރޭގައި ހިރަފުސް ބޯވެފައި އޮތީތޯ ސުވާލު އުފެދިފަ އެވެ.

އެހެންނަމަވެސް މި ކަންކަން އެކަށީގެންވާ ގޮތެއްގައި ތަހުގީގު ކުރުމުގެ ބަދަލުގައި އޭސީސީން އަބަދުވެސް ފެންނަނީ ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ފަހުމުނާމާތަކުގައި ސޮއިކުރުމުގައި އަވަދިނެތި އުޅެމުންދާ ތަނެވެ.

އެއިން ކޮންމެ ފަހަރަކު ވެސް ސަލާމްކުރުމާއި ގްރޫޕް ފޮޓޯ ނެގުމާ ގުޅިގެން މަސައްކަތް ކުރުމާ ބެހޭ އުންމީދީ ބަޔާންތައް ދެ އެވެ. ނަމަވެސް އޭސީސީގެ އަސްލު ޒިންމާކަމަށްވާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުން އޮތީ ހަމަ ސުމެއްގައޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

އެހެންކަމުން ހަގީގަތުގައި އޭސީސީން އެއްބަސްވުމެއްގައި ސޮއިކުރާނަމަ ކުރަންވީ އެ ކޮމިޝަނުގެ އަމިއްލަ ނަފްސާ އެވެ. އެއީ ތަހުގީގުތައް އަވަސްކުރުމަށާއި މައްސަލަ ހުށަހަޅާ ފަރާތްތަކާ އޮންނަ މުއާމަލާތްތައް ރަނގަޅުކުރުމަށާއި ގިނަ ދުވަސްވެފައިވާ މައްސަލަތަކުގެ މައުލޫމާތު ގަވާއިދުން އާންމުންނަށް ހިއްސާކުރުމަށެވެ.

ކޮރަޕްޝަން ހުއްޓުވުމަކީ މުހިންމު ކަމެއްކަމާ މެދު އެއްވެސް މީހަކު ޝައްކެއް ނުކުރެ އެވެ. ނަމަވެސް، އެ މަސައްކަތް ފެށެންޖެހެނީ ވަރުގަދަ އަދި ހަރުދަނާ އެންޓި-ކޮރަޕްޝަން މުއައްސަސާއެއްގެ ތެރެއިންނެވެ. ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާނެ ގޮތް ކަރަންޓު ކުންފުންޏަކާ ގުޅިގެން ކުރަންވީ ފުރަތަމަ އެ ކަންކަން ކޮށްފަ އެވެ.

ސްޓެލްކޯއަށް ކުރެވޭނެ ކަމަކީ ގައުމު އަލިކޮށް ބޭއްވުމެވެ. އޭސީސީން ކުރަންވީ ކަމަކީ، ކޮރަޕްޝަންގެ މައްޗަށް މިއަށްވުރެ ގަދަ އަލިކަމެއް ފޯރުކޮށްދީ، އެކަންކަން ހާމަކުރުމެވެ. އެކަމަކު މިއަދު ފެންނަނީ ދެ ދުވަހުން އެއް ދުވަހު ކަރަންޓު ކަނޑޭ މަންޒަރާއި އޭސީސީ ނިދި ގޮތަށް ނުހޭލާ މަންޒަރެވެ.  

އޭސީސީސްޓެލްކޯއެންޓި ކޮރަޕްޝަން ކޮމިޝަން

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

07 އޯގަސްޓު 2026

ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކަށް ކަރަންޓު ދިނުން ލަސްވަނީ އެޗްޑީސީން ހަދަމުންދާ ލޭންޑް ޔޫސް ޕްލޭން ނުނިމޭތީ: ސްޓެލްކޯ

07 އޯގަސްޓު 2026
ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކަށް ކަރަންޓު ދިނުން ލަސްވަނީ އެޗްޑީސީން ހަދަމުންދާ ލޭންޑް ޔޫސް ޕްލޭން ނުނިމޭތީ: ސްޓެލްކޯ
05 އޯގަސްޓު 2026

މޭޔަރުކަމުގައި ހުންނެވިއިރު މުއިއްޒުގެ އަރިސް ބޭފުޅެއްގެ ކުންފުންޏަކަށް 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިންކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އަވަސް ތަހުގީގެއް ހިންގައިދޭން މާލޭ ސިޓީ ކައުންސިލުން އެދެނީ!

03 އޯގަސްޓު 2026

ކޮރަޕްޝަން ހުއްޓުވަން ކުރެވޭނެ މަސައްކަތްތައް ދެނެގަންނަން އޭސީސީއާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

03 އޯގަސްޓު 2026
ކޮރަޕްޝަން ހުއްޓުވަން ކުރެވޭނެ މަސައްކަތްތައް ދެނެގަންނަން އޭސީސީއާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
02 އޯގަސްޓު 2026

ފަޅުތަކާއި ގިރިތަކާއި ބިންތައް ބަހަމުންދާކަމުގެ ތުހުމަތާއެކު، ކުރީގެ ރައީސް ޔާމީންގެ ބަހުގެ ހަމަލާތަކެއް އޭސީސީ އަދި ފުލުހުންނަށް އަމާޒު ކުރައްވައިފި

02 އޯގަސްޓު 2026
ފަޅުތަކާއި ގިރިތަކާއި ބިންތައް ބަހަމުންދާކަމުގެ ތުހުމަތާއެކު، ކުރީގެ ރައީސް ޔާމީންގެ ބަހުގެ ހަމަލާތަކެއް އޭސީސީ އަދި ފުލުހުންނަށް އަމާޒު ކުރައްވައިފި
30 ޖުލައި 2026

އެމްއެމްޕީއާރުސީ މައްސަލައިގައި ހިމެނޭ އެމްއެޗްއާރް ޓްރޭޑިންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކޮށްދޭން އެދިއްޖެ

30 ޖުލައި 2026
އެމްއެމްޕީއާރުސީ މައްސަލައިގައި ހިމެނޭ އެމްއެޗްއާރް ޓްރޭޑިންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކޮށްދޭން އެދިއްޖެ
27 ޖުލައި 2026

އިންސާފުވެރި އިޖުރާއަތުން ބޭރުން ފަނޑިޔާރުންތަކެއް ވަކިކޮށްލީ އޭސީސީއާއި ސަރުކާރު ބައިވެރިވެގެން، ބޭނުމަކީ ސަރުކާރުގެ މަސްލަހަތު އޮތް މައްސަލައެއް ވަކި ގޮތަކަށް ނިންމާލުން: މުއިއްޒު

27 ޖުލައި 2026
އިންސާފުވެރި އިޖުރާއަތުން ބޭރުން ފަނޑިޔާރުންތަކެއް ވަކިކޮށްލީ އޭސީސީއާއި ސަރުކާރު ބައިވެރިވެގެން، ބޭނުމަކީ ސަރުކާރުގެ މަސްލަހަތު އޮތް މައްސަލައެއް ވަކި ގޮތަކަށް ނިންމާލުން: މުއިއްޒު
25 ޖުލައި 2026

ފެނަކަ ބްރާންޗްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ

25 ޖުލައި 2026
ފެނަކަ ބްރާންޗްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ
21 ޖުލައި 2026

ކަމަދޫ ފެނަކަ ބްރާންޗުގެ މުވައްޒަފުން ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ތެރެއިން ގިނަ ދުވަސްވީ މުވައްޒަފުންތަކެއް ގޭގައި މަޑުކުރަން އަންގައިފި

21 ޖުލައި 2026
ކަމަދޫ ފެނަކަ ބްރާންޗުގެ މުވައްޒަފުން ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ތެރެއިން ގިނަ ދުވަސްވީ މުވައްޒަފުންތަކެއް ގޭގައި މަޑުކުރަން އަންގައިފި
14 ޖުލައި 2026

ސްޓެލްކޯ އިން ދަނީ ކޮންމެ މަހަކު ރައްޔިތުންނަށް ނޭނގި، ރައްޔިތުންގެ އަތުން އިތުރަށް 1200 ރުފިޔާ ނަގަމުން: ޝަމްހީދު

14 ޖުލައި 2026
ސްޓެލްކޯ އިން ދަނީ ކޮންމެ މަހަކު ރައްޔިތުންނަށް ނޭނގި، ރައްޔިތުންގެ އަތުން އިތުރަށް 1200 ރުފިޔާ ނަގަމުން: ޝަމްހީދު
08 ޖުލައި 2026

ހޯރަފުށީ މުޅި ކައުންސިލުގެ މައްޗަށް ދައުވާ ކުރާ ވާހަކަ ތިން ފަހަރަށް އޭސީސީން ބަދަލުކޮށްފި

08 ޖުލައި 2026
ހޯރަފުށީ މުޅި ކައުންސިލުގެ މައްޗަށް ދައުވާ ކުރާ ވާހަކަ ތިން ފަހަރަށް އޭސީސީން ބަދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް