Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮރަޕްޝަން

ކޮރަޕްޝަން ހުއްޓުވަން ކުރެވޭނެ މަސައްކަތްތައް ދެނެގަންނަން އޭސީސީއާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

3 އޯގަސްޓު 2026 | ހޯމަ 07:55

ކޮރަޕްޝަން ހުއްޓުވުމަށާއި ނަޒާހަތްތެރިކަން އިތުރުކުރުމަށް އޭސީސީއާއި ސްޓެލްކޯއިން ސޮއިކުރި މި އެއްބަސްވުމުގެ ދަށުން، މުވައްޒަފުން ތަމްރީނުކުރުމާއި ފަންނީ އެހީތެރިކަން ބަދަލުކުރުމަށް ވަނީ ނިންމާފައި. މީގެ އިތުރުން، އޭސީސީގެ ތަޙުޤީޤުތަކަށް ބޭނުންވާ މަޢުލޫމާތު އަވަހަށް ފޯރުކޮށްދިނުމަށާއި، ކުންފުނީގެ ސިޔާސަތުތައް އެކުލަވާލުމުގައި ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމަށް އޭސީސީގެ ލަފާ ހޯދުމަށްވެސް ވަނީ އެއްބަސްވެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 އޯގަސްޓު 2026 | ހޯމަ 07:55
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގުޅިގެން ކޮރަޕްޝަން ހުއްޓުވުމަށާއި ނަޒާހަތްތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމަށްޓަކައި ފަހުމުނާމާއެއްގައި ސޮއިކުރުން

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގުޅިގެން ކޮރަޕްޝަން ހުއްޓުވުމަށާއި ނަޒާހަތްތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމަށްޓަކައި ފަހުމުނާމާއެއްގައި ސޮއިކުރުން | އޭސީސީ

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގުޅިގެން ކޮރަޕްޝަން ހުއްޓުވުމަށާއި ނަޒާހަތްތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމަށްޓަކައި ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލް އެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު އެވެ.

Advertisement - newsAdvertisement

އޭސީސީން މައުލޫމާތު ދޭ ގޮތުގައި މި ފަހުމުނާމާގެ މައިގަނޑު މަޤްޞަދަކީ ކޮރަޕްޝަން ވިޔަނުދިނުމަށާއި ނަޒާހަތްތެރިކަން އިތުރުކުރުމަށް ދެ ފަރާތް ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަނެ، އެކަންކަން ހަރުދަނާކުރުމެވެ.

މީގެ އިތުރުން ދެ އިދާރާގެ މުވައްޒަފުންނަށް ބާއްވާ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމާއި، ކޮރަޕްޝަން ހުއްޓުވުމަށް ކޮމިޝަނުންދޭ ލަފަޔާއި އިރުޝާދު ތަންފީޒުކުރުމުގައި ގުޅިގެން މަސައްކަތްކުރުން މި ފަހުމުނާމާގައި ހިމެނެ އެވެ.

މި ފަހުމުނާމާގެ ދަށުން އޭސީސީގެ ޒިންމާތަކުގެ ތެރޭގައި ސްޓެލްކޯގެ މުވައްޒަފުންގެ ނަޒާހަތްތެރިކަން އިތުރުކުރުމަށް ބާއްވާ ވާކްޝޮޕްތަކާއި މަހާސިންތާތަކުގައި އެހީތެރިކަން ދިނުން ހިމެނެ އެވެ.

ސްޓެލްކޯގެ ޒިންމާތަކަށް ބަލާއިރު، އޭސީސީން ތަޙުޤީޤުކުރާ މައްސަލަތަކަށް ބޭނުންވާ ލިޔެކިޔުމާއި މަޢުލޫމާތު ވީއެންމެ އަވަހަކަށް ފޯރުކޮށްދިނުމާއި، ތަޙުޤީޤުތަކަށް މުވައްޒަފުން ހާޒިރުކުރުމުގައި އެއްބާރުލުން ދިނުން ހިމެނެ އެވެ.

މީގެ އިތުރުން ސްޓެލްކޯގައި އެންޓި-ކޮރަޕްޝަން ޕޮލިސީތައް ޤާއިމްކުރުމާއި، ކުންފުނީގެ ސިޔާސަތުތައް އެކުލަވާލުމުގައި ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމަށް އޭސީސީގެ ލަފަޔާއި އިރުޝާދަށް އިސްކަންދިނުމަށް ވަނީ ނިންމާފަ އެވެ.

މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަޞީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ. 

އޭސީސީސްޓެލްކޯއާދަމް ޝާމިލްކަރަޕްޝަން

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

02 އޯގަސްޓު 2026

އެމްޓީސީސީގެ ޓެކްސީތަކުން އުސޫލާ ހިލާފަށް މަގުމަތިން ދަތުރު ނަގައި، ފަތުރުވެރިންގެ އަތުން ޑޮލަރު ނަގާކަމުގެ ތުހުމަތު!

02 އޯގަސްޓު 2026
އެމްޓީސީސީގެ ޓެކްސީތަކުން އުސޫލާ ހިލާފަށް މަގުމަތިން ދަތުރު ނަގައި، ފަތުރުވެރިންގެ އަތުން ޑޮލަރު ނަގާކަމުގެ ތުހުމަތު!
30 ޖުލައި 2026

އެމްއެމްޕީއާރުސީ މައްސަލައިގައި ހިމެނޭ އެމްއެޗްއާރް ޓްރޭޑިންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކޮށްދޭން އެދިއްޖެ

30 ޖުލައި 2026
އެމްއެމްޕީއާރުސީ މައްސަލައިގައި ހިމެނޭ އެމްއެޗްއާރް ޓްރޭޑިންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކޮށްދޭން އެދިއްޖެ
28 ޖުލައި 2026

މިސަރުކާރުގައި ފެނަކައިގެ މައްޗަށް ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައި އޮއްވައި، މިދިޔަ ސަރުކާރުގެ މައްސަލަތައް ބަލައިދޭން އެދުމަށް މަޖިލީހުން ފާސްކޮށްފި

28 ޖުލައި 2026
މިސަރުކާރުގައި ފެނަކައިގެ މައްޗަށް ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައި އޮއްވައި، މިދިޔަ ސަރުކާރުގެ މައްސަލަތައް ބަލައިދޭން އެދުމަށް މަޖިލީހުން ފާސްކޮށްފި
26 ޖުލައި 2026

"އަޅުގަނޑުމެންގެ ކުރިމަތީގައި އެއްވެސް މީހެއްގެ މޫނެއް ކަނދުރާއެއް މުހިއްމެއް ނޫން": ރައީސް

26 ޖުލައި 2026
"އަޅުގަނޑުމެންގެ ކުރިމަތީގައި އެއްވެސް މީހެއްގެ މޫނެއް ކަނދުރާއެއް މުހިއްމެއް ނޫން": ރައީސް
25 ޖުލައި 2026

ފެނަކަ ބްރާންޗްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ

25 ޖުލައި 2026
ފެނަކަ ބްރާންޗްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ
21 ޖުލައި 2026

ކަމަދޫ ފެނަކަ ބްރާންޗުގެ މުވައްޒަފުން ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ތެރެއިން ގިނަ ދުވަސްވީ މުވައްޒަފުންތަކެއް ގޭގައި މަޑުކުރަން އަންގައިފި

21 ޖުލައި 2026
ކަމަދޫ ފެނަކަ ބްރާންޗުގެ މުވައްޒަފުން ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ތެރެއިން ގިނަ ދުވަސްވީ މުވައްޒަފުންތަކެއް ގޭގައި މަޑުކުރަން އަންގައިފި
16 ޖުލައި 2026

ސަރުކާރު އެސްއޯއީތަކުގެ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް މާލިއްޔަތު ކޮމިޓީން ބަލަމުންދިޔަ ލިޔެކިޔުންތައްވެސް ވަކި ހިސާބަކުން ގެއްލިއްޖެ: ޝަމްހީދު

16 ޖުލައި 2026
ސަރުކާރު އެސްއޯއީތަކުގެ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް މާލިއްޔަތު ކޮމިޓީން ބަލަމުންދިޔަ ލިޔެކިޔުންތައްވެސް ވަކި ހިސާބަކުން ގެއްލިއްޖެ: ޝަމްހީދު
14 ޖުލައި 2026

ސްޓެލްކޯ އިން ދަނީ ކޮންމެ މަހަކު ރައްޔިތުންނަށް ނޭނގި، ރައްޔިތުންގެ އަތުން އިތުރަށް 1200 ރުފިޔާ ނަގަމުން: ޝަމްހީދު

14 ޖުލައި 2026
ސްޓެލްކޯ އިން ދަނީ ކޮންމެ މަހަކު ރައްޔިތުންނަށް ނޭނގި، ރައްޔިތުންގެ އަތުން އިތުރަށް 1200 ރުފިޔާ ނަގަމުން: ޝަމްހީދު
11 ޖުލައި 2026

ރައީސް އޮފީހަށް ނޭގި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށް، ސިވިލް ސާވިސް މުވައްޒަފުންނާއެކު ފޭކު އޮފީހެއް ނައިޖީރިއާގައި ހިންގީ ކިހިނެއް؟

11 ޖުލައި 2026
ރައީސް އޮފީހަށް ނޭގި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށް، ސިވިލް ސާވިސް މުވައްޒަފުންނާއެކު ފޭކު އޮފީހެއް ނައިޖީރިއާގައި ހިންގީ ކިހިނެއް؟
07 ޖުލައި 2026

ގޯއްޗާއި ފްލެޓް ދޭނެ ކަމަށް ބުނެ 8 މިލިއަން ރުފިޔާ ހޯދި ކަމުގެ ތުހުމަތުގައި ފިޝަރީޒްގެ ޑެޕިއުޓީ މިނިސްޓަރަކު މަގާމުން ވަކިކޮށްފި

07 ޖުލައި 2026
ގޯއްޗާއި ފްލެޓް ދޭނެ ކަމަށް ބުނެ 8 މިލިއަން ރުފިޔާ ހޯދި ކަމުގެ ތުހުމަތުގައި ފިޝަރީޒްގެ ޑެޕިއުޓީ މިނިސްޓަރަކު މަގާމުން ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް