ޔޫގަންޑާގެ އެންމެ ބޮޑު އެއް ފުޓުބޯޅަ ކުލަބުގެ ކެޕްޓަން އަށް ހަމަލާދީ މަރާލައިފި
6 އޯގަސްޓު 2026 | ބުރާސްފަތި 11:10އޯވޯރީ މަރުވެފައި ވަނީ ޔޫގަންޑާގެ ވެރި ރަށުގައި ރަގްބީ ޤައުމީ ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ ސިޑްނީ ގޮންގޮޑިޔޯ މަރާލިތާ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި. ފުލުހުން ބުނެފައިވާ ގޮތުގައި އޯވޯރީ އަށް ހަމަލާ ދީފައި ވަނިކޮށް އެންމެ ފުރަތަމަ ފެނުނީ އެ މަގުން ހިނގާާފައި ދިޔަ ބަޔަކަށް. އެ މީހުން އެންމެ ފުރަތަމަ އޭނާ ގެންދިޔައީ އެ ސަރަހައްދުގެ ކައިރީގައި ހުރި ހޮސްޕިޓަލަކަށް. ފަހުން އޭނާ އެހެން ހޮސްޕިޓަލަކަށް ބަދަލު ކޮށްފައިވާއިރު، އޭނާ މަރުވެފައި ވަނީ އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނިކޮށް


ޔޫގަންޑާގެ އެންމެ ބޮޑު ފުޓުބޯޅަ ކުލަބުތަކުގެ ތެރެއިން އެއް ކުލަބުގެ ކެޕްޓަން ކަމަށްވާ ޑޭވިޑް އޯވޯރީ | ސޯޝަލް މީޑިއާ
ޔޫގަންޑާގެ އެންމެ ބޮޑު ފުޓުބޯޅަ ކުލަބުތަކުގެ ތެރެއިން އެއް ކުލަބުގެ ކެޕްޓަން ކަމަށްވާ ޑޭވިޑް އޯވޯރީ އަށް ބަޔަކު ހަމަލާ ދީ މަރާލައިފި އެވެ.
ޔޫގަންޑާގެ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، އޯވޯރީ މަރާލާފައި ވަނީ ޔުގެންޑާގެ ވެރި ރަށް ކަމްޕާލާގައި ދިން ހަމަލާތަކެއްގައި އެވެ.
އުމުރުން 28 އަހަރުގެ އޯވޯރީ އަކީ ޔޫގަންޑާގެ ރެކޯޑު ހަދާފައިވާ ޗެމްޕިއަންސް އެސްސީ ވިލާގެ ކެޕްޓަން އެވެ. ފުލުހުންގެ ތަރުޖަމާން ރޭޗަލް ކަވާލާ ބުނި ގޮތުގައި، އަންގާރަ ދުވަހު ކަމްޕާލާގެ ސަރަހައްދެއްގައި ގޮތް ނޭނގޭ ބަޔަކު ދިން ހަމަލާއެއްގައި އޯވޯރީ އަށް ވަނީ ބޮޑެތި ޒަޚަމުތަކެއް ވެސް ލިބިފައި އެވެ.
އޯވޯރީ މަރުވެފައި ވަނީ ޔޫގަންޑާގެ ވެރި ރަށުގައި ރަގްބީ ޤައުމީ ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ ސިޑްނީ ގޮންގޮޑިޔޯ މަރާލިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އޯވޯރީ އަށް ހަމަލާ ދީފައި ވަނިކޮށް އެންމެ ފުރަތަމަ ފެނުނީ އެ މަގުން ހިނގާާފައި ދިޔަ ބަޔަކަށެވެ. އެ މީހުން އެންމެ ފުރަތަމަ އޭނާ ގެންދިޔައީ އެ ސަރަހައްދުގެ ކައިރީގައި ހުރި ހޮސްޕިޓަލަކަށެވެ. ފަހުން އޭނާ އެހެން ހޮސްޕިޓަލަކަށް ބަދަލު ކޮށްފައިވާއިރު، އޭނާ މަރުވެފައި ވަނީ އެ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.
ޔޫގަންޑާ ފުޓުބޯޅަ އެސޯސިއޭޝަން އިން ނެރުނު ބަޔާނެއްގައި ބުނީ، ޑޭވިޑް އަކީ ހަމައެކަނި ފުޓުބޯޅަ ކުޅުންތެރިއެއް ނޫން ކަމަށާއި، އޭނާ އަކީ ލީޑަރެއްގެ އިތުރުން، އެތައް ބަޔަކަށް ނަމޫނާއެއް ކަމަށެވެ.
އިރުމަތީ އެފްރިކާގައި އޮންނަ ޔޫގަންޑާގެ ވެރިރަށުގައި ކުށްތައް ވަރަށް ބޮޑަށް ހިނގަމުންދާއިރު، އޯވޯރީގެ މަރާ ގުޅިގެން ޔޫގަންޑާގެ ގިނަ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ބައެއް ފަރާތްތަކުން ބުނެފައި ވަނީ، ކުށުގެ މައްސަލަތަކުގައި ޝާމިލުވާ މީހުން ހައްޔަރު ކުރުމުގައި ޤައުމުގެ އިސްވެރިން ފެއިލްވެފައިވާ ކަމަށެވެ.
ސަރުކާރުން ހިންގާ ނޭޝަނަލް ކައުންސިލް އޮފް ސްޕޯޓްސް ޔޫގަންޑާ އިން ބުނީ، ޔޫގަންޑާގެ ކުޅިވަރަށް މިފަދަ ގިނަ ހިތާމަވެރި ހާދިސާތައް ދިމާވަމުންދާ ކަމަށާއި، އިންސާފާއި ދާއިމީ ހައްލެއް އުންމީދުކުރާ ކަމަށެވެ. ޑެޕިއުޓީ ސްޕީކަރު ތޯމަސް ތައިބްވާ ވަނީ، ޤައުމުގައި ހުރި ރައްކާތެރިކަމުގެ ބޮޑު މައްސަލަތައް ހައްލު ކުރުމަށް އިސްވެރިން ވެސް ސަމާލުކަން ދޭން ޖެހޭ ކަމަށް ވިދާޅުވެފައި އެވެ.
އެސްސީ ވިލާ އިން ވަނީ ފާއިތުވި ސީޒަނުގައި 20 އަހަރުގެ އިންތިޒާރަށް ފަހު ޔޫގަންޑާ ލީގުގެ ތަށި ކާމިޔާބު ކޮށްފައި އެވެ. އޯވޯރީގެ ކެޕްޓަން ކަމުގެ ދަށުން އޭނާ ވަނީ އެ ޓީމަށް ތަށި ކާމިޔާބު ކޮށްދީފައި އެވެ. މިއީ އެ ކުލަބުން ޔޫގަންޑާ ލީގު ހޯދި 17 ވަނަ ފަހަރެވެ.










