Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތުއެބޯލާ

ޑީއާރުސީ އާއި ޔުގެންޑާގައި އެބޯލާ ބަލީގައި 1،000 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރުސީގެ އިތުރުން ޔުގެންޑާގައި ހަލުވިކަމާއެކު އެބޯލާ ފެތުރެމުންދާއިރު، މި ބަލީގެ "ބުންޑިބުގްޔޯ" ވޭރިއަންޓަށް ރަސްމީ ފަރުވާއެއް އަދި ހޯދިފައެއް ނުވޭ. ނަމަވެސް ބަލި ކޮންޓްރޯލްކުރުމަށް އާ ވެކްސިނަކާއި ބޭސްތަކެއް ޓެސްޓުކުރަމުންދާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނޭ. ބަލި ފެތުރުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް، ކުރިއަށްވުރެ ބާރުމިނުގައި ބަލި ފެތުރެމުންދާތީ އެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި.

ރާއްޖެ އެމްވީ | 22 ޖުލައި 2026 | ބުދަ 13:02
ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ނުވަތަ ރައްކާތެރިކަމުގެ ހެދުން އަޅައިގެން ތިބި ސިއްހީ ޚިދުމަތްތެރިން، ތަމްރީނު ޕްރޮގްރާމެއްގެ ތެރެއިން އެކަކު އަނެކަކުގެ ސަލާމަތީ ފިޔަވަޅުތައް ހުރި ނެތްގޮތް ބަލައި ޗެކްކުރުމުގެ އުސޫލުތައް ފަރިތަކުރަނީ.

ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ނުވަތަ ރައްކާތެރިކަމުގެ ހެދުން އަޅައިގެން ތިބި ސިއްހީ ޚިދުމަތްތެރިން، ތަމްރީނު ޕްރޮގްރާމެއްގެ ތެރެއިން އެކަކު އަނެކަކުގެ ސަލާމަތީ ފިޔަވަޅުތައް ހުރި ނެތްގޮތް ބަލައި ޗެކްކުރުމުގެ އުސޫލުތައް ފަރިތަކުރަނީ. | ގެޓީ އިމޭޖަސް

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) އާއި ޔުގެންޑާގައި މިދިޔަ މެއި މަހު ފެތުރެން ފެށި އެބޯލާ ބަލީގައި މިހާތަނަށް 1،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުދަ ދުވަހު ބުނެފި އެވެ.

ދެ ގައުމުގެ ރަސްމީ ތަފާސްހިސާބުތަކަށް ބިނާކޮށް ޑަބްލިއުއެޗްއޯ އިން އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން، ޑީއާރުސީން މި ނުރައްކާތެރި ވައިރަސް ޖެހިފައިވާ 2،473 ކޭސް ފެނިފައިވާއިރު، އޭގެ ތެރެއިން 999 މީހުން ވަނީ މަރުވެފަ އެވެ. އަދި އަވަށްޓެރި ޔުގެންޑާގައި މި ބަލި ޖެހުނު 20 މީހަކު ރަޖިސްޓްރީކޮށްފައިވާއިރު، އޭގެ ތެރެއިން ދެ މީހަކު ވަނީ މަރުވެފަ އެވެ.

ޑީއާރުސީގައި 17 ވަނަ ފަހަރަށް އެބޯލާ ފެތުރެން ފެށިކަން އިއުލާނުކުރީ އިޓޫރީ ޕްރޮވިންސްގައި ބައެއް މީހުން މަރުވުމާ ގުޅިގެން މިދިޔަ މެއި މަހުގެ 15 ވަނަ ދުވަހު އެވެ. ހަތިޔާރު އެޅި ޖަމާއަތްތަކުގެ ނުފޫޒު އޮންނަ، މައުދަނުން މުއްސަނދި އެ ގައުމުގެ އިރުއުތުރުގެ މި ސަރަހައްދުގައި ބަލި ފެތުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ގާތުން ބައްދަލުވުމާއި ހަށިގަނޑުން ބޭރުވާ ދިޔާ ތަކެތީގެ ޒަރީއާއިން ފެތުރޭ އެބޯލާ ވައިރަސް، ޑީއާރުސީގެ އިތުރު ހަތަރު ޕްރޮވިންސަކުން ވެސް މިހާރު ވަނީ ފެނިފަ އެވެ.

ޔުގެންޑާއިން ފެނުނު ކޭސްތަކަކީ ގިނައިން ބޯޑަރު ހުރަސްކޮށް އެ ގައުމަށް އެތެރެވި ކޮންގޯގެ ރައްޔިތުން ކަމަށްވާއިރު، ވޭތުވެދިޔަ ތިން ހަފުތާގެ ތެރޭގައި އެ ގައުމުން އާ ކޭސްއެއް ފެނިފައިނުވާ ކަމަށް ޔުގެންޑާ ސަރުކާރުން ބުނެ އެވެ.

ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރެޔޭސަސް މިދިޔަ ހަފުތާގައި އިންޒާރު ދެއްވި ގޮތުގައި، ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި މި ބަލި ފެތުރެމުންދަނީ ކުރިން އެބޯލާ ފެތުރުނު އެއްވެސް ފަހަރަކަށްވުރެ މާ ބާރުމިނެއްގަ އެވެ.

ބަލި ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތްތައް ވަރުގަދަކޮށްފައިވީ ނަމަވެސް، ބަލި ފެތުރޭ މިންވަރު އަދިވެސް ހުރީ ކޮންޓްރޯލް ކުރެވޭ މިންވަރަށްވުރެ މަތީގައި ކަމަށް ޑީއާރުސީގައި ހުންނަވާ ޑަބްލިއުއެޗްއޯގެ އިންސިޑެންޓް މެނޭޖަރު ތިއެރްނޯ ބަލްޑޭ އަންގާރަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

މިފަހަރު ފެތުރެމުންދާ އެބޯލާގެ "ބުންޑިބުގްޔޯ" ވޭރިއަންޓަށް މިހާތަނަށް އެއްވެސް ވެކްސިނެއް ނުވަތަ ފަރުވާއެއް ރަސްމީކޮށް ފާސްކޮށްފައެއް ނުވެ އެވެ.

ނަމަވެސް، މި ބައްޔަށް ފަރުވާ ދިނުމަށް ބޭނުންކުރެވިދާނެ ދެ ބޭހަކާއި، ވެކްސިނެއްގެ އިތުރުން ބަލި ޖެހުމުގެ ފުރުސަތު އޮތް މީހުންނަށް ދޭ ރައްކާތެރިކަމުގެ ފަރުވާއެއް ޓެސްޓުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، އޭގެއިން އުންމީދީ ނަތީޖާތަކެއް ފެންނަމުންދާ ކަމަށް ޑަބްލިއުއެޗްއޯ އިން ވަނީ ރިޕޯޓުކޮށްފަ އެވެ.

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯޔުގަންޑާއެބޯލާދުނިޔޭގެ ސިއްހަތު ޖަމިއްޔާއިޓޫރީ

އިތުރަށް ކިޔާލަން

21 ޖުލައި 2026

ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު 160 އަށްވުރެ މައްޗަށް: މިދިޔަ ހަފުތާގައި އެކަނިވެސް 22 ކޭސް

21 ޖުލައި 2026
ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު 160 އަށްވުރެ މައްޗަށް: މިދިޔަ ހަފުތާގައި އެކަނިވެސް 22 ކޭސް
14 ޖުލައި 2026

ދިރޭރަހަ އެކުލެވޭ ދަތުގެ ފުޓުނި ބޭނުންކުރުން ހުއްޓާލުމަށް ޑަބްލިއުއެޗްއޯ އިން ގޮވާލައިފި

14 ޖުލައި 2026
ދިރޭރަހަ އެކުލެވޭ ދަތުގެ ފުޓުނި ބޭނުންކުރުން ހުއްޓާލުމަށް ޑަބްލިއުއެޗްއޯ އިން ގޮވާލައިފި
10 ޖުލައި 2026

2050 އަންނައިރު ދުނިޔޭގެ އާބާދީގެ 90 އިންސައްތައަށްވުރެ ގިނަ މީހުންނަށް ކޮންމެވެސް ސިފައެއްގައި ކެންސަރުގެ އަސަރު ފޯރާނެ: ޑަބްލިއުއެޗްއޯ

10 ޖުލައި 2026
2050 އަންނައިރު ދުނިޔޭގެ އާބާދީގެ 90 އިންސައްތައަށްވުރެ ގިނަ މީހުންނަށް ކޮންމެވެސް ސިފައެއްގައި ކެންސަރުގެ އަސަރު ފޯރާނެ: ޑަބްލިއުއެޗްއޯ
08 ޖުލައި 2026

މާލެ ސަރަހައްދުން ހިމަބިހި ޖެހުނު މީހުންގެ އަދަދު 121 އަށް އަރައިފި

08 ޖުލައި 2026
މާލެ ސަރަހައްދުން ހިމަބިހި ޖެހުނު މީހުންގެ އަދަދު 121 އަށް އަރައިފި
03 ޖުލައި 2026

އެބޯލާ ގެ ފަރުވާ އަޖުމަބެލުމަށް ކޮންގޯ ގައި ދޭން ފަށައިފި

03 ޖުލައި 2026
އެބޯލާ ގެ ފަރުވާ އަޖުމަބެލުމަށް ކޮންގޯ ގައި ދޭން ފަށައިފި
01 ޖުލައި 2026

ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި

01 ޖުލައި 2026
ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި
30 ޖޫން 2026

މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ: މިދިޔަ ހަފްތާގައި އެކަނިވެސް 44 މީހަކަށް ބަލިޖެހިއްޖެ

30 ޖޫން 2026
މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ: މިދިޔަ ހަފްތާގައި އެކަނިވެސް 44 މީހަކަށް ބަލިޖެހިއްޖެ
29 ޖޫން 2026

ވިލާތުގެ ގަދަ ހޫނާ ގުޅިގެން 1300 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

29 ޖޫން 2026
ވިލާތުގެ ގަދަ ހޫނާ ގުޅިގެން 1300 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
25 ޖޫން 2026

ސަރުކާރުން ސިނގިރޭޓް އަގު ކުޑަކުރުމުގެ ބަހަނާ: ގަރުނުގެ ބޮޑު ޖޯކު

25 ޖޫން 2026
ސަރުކާރުން ސިނގިރޭޓް އަގު ކުޑަކުރުމުގެ ބަހަނާ: ގަރުނުގެ ބޮޑު ޖޯކު
24 ޖޫން 2026

ފްރާންސް އިން ފުރަތަމަ ފަހަރަށް އެބޯލާގެ ކޭސްއެއް ފެނިއްޖެ

24 ޖޫން 2026
ފްރާންސް އިން ފުރަތަމަ ފަހަރަށް އެބޯލާގެ ކޭސްއެއް ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު