Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެބޯލާ ވައިރަސް

އެބޯލާއާ ގުޅިގެން ޑަބްލިއުއެޗްއޯއިން ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށްފި، މިނިސްޓްރީން ބުނީ ޙާލަތު މޮނިޓަރ ކުރަމުންދާކަމަށް

ކޮންގޯ އާއި ޔުގެންޑާގައި އިބޯލާ ބަލި ހަލުވިކަމާއެކު ފެތުރެމުންދާތީ، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މިހާރު ވަނީ ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި. މި ބަލި ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ބަލި ފެތުރޭ ސަރަހައްދުތަކުގައި ހުރި ސަލާމަތީ ނުތަނަވަސްކަމާއި ދަތުރުފަތުރު ކުރުން ގިނަވުމުގެ ސަބަބުން ބަލި ކޮންޓްރޯލް ކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 17 މެއި 2026 | އާދީއްތަ 08:21
ހެލްތް މިނިސްޓްރީ

ހެލްތް މިނިސްޓްރީ

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ އާއި ޔުގެންޑާގައި ފެތުރެމުންދާ އިބޯލާ ބައްޔަކީ ބައިނަލްއަގުވާމީ ފެންވަރުގައި ސަމާލުކަން ދޭން ޖެހޭ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާތީ ޙާލަތު މޮނިޓަރ ކުރަމުންދާކަމަށް ހެލެތް މިނިސްޓްރީން ބުނެފިއެވެ.

އެކަމާ ގުޅޭގޮތުން މީޑިއާތަކުން ސުވާލުކުރުމުން މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ގުޅުންހުރި ސްޓެކްހޯލްޑަރުންނާއެކު މިވަގުތު ޙާލަތު މޮނިޓަރ ކުރަމުންދާކަމަށެވެ. އަދި މައުލޫމާތު ލިބެމުންދާވަރަކަށް މީޑިއާތަކާ ހިއްސާކުރަމުން ދާނެކަން ވެސް ފާހަގަކޮށްފައިވެއެވެ.

Advertisement - newsAdvertisement

ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނު ކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ ސިއްހީ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ "ޕެންޑެމިކް" ނުވަތަ މުޅި ދުނިޔެއަށް ފެތުރިފައިވާ ބަލިމަޑުކަމެއްގެ މިންގަނޑަށް މި ބަލި އަދި ފެތިފައިނުވާކަމަށް ޑަބްލިއުއެޗްއޯއިން ހާމަކުރެއެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ވަނީ ކޮންގޯ އާއި ޔުގެންޑާގެ ސަރުކާރުން ފޯރުކޮށްދީފައިވާ މައުލޫމާތާއި، ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ބިނާކޮށް، އިންސާނުންގެ ސިއްހަތަށް އޮތް ނުރައްކަލާއި ބައިނަލްއަގުވާމީ ދަތުރުފަތުރަށް ކުރާނެ އަސަރުތަކަށް ރިއާޔަތްކުރައްވާފައެވެ. ބަލި ކޮންޓްރޯލް ކުރުމަށް އެ ދެ ގައުމުގެ ވެރިން ދެއްވާ އަހަންމިއްޔަތަށާއި، ބަލީގެ ނުރައްކާ އޮތް މިންވަރު ދުނިޔެއަށް ހާމަކޮށްދިނުމުގައި ގެންގުޅުއްވި ދެފުށް ފެންނަ ސިޔާސަތަށް ޑަބްލިއުއެޗްއޯއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

މި ބަލިމަޑުކަން ކުއްލި ނުރައްކަލުގެ ހާލަތަކަށް ބަދަލުވީ ބަލި ފެތުރޭ މިންވަރު އާދަޔާ ހިލާފަށް އިތުރުވުމާ ގުޅިގެންނެވެ. އެގޮތުން 2026 މެއި 16 ވަނަ ދުވަހުގެ ނިޔަލަށް ކޮންގޯގެ އިޓޫރީ ޕްރޮވިންސްގެ ތިން ސަރަހައްދަކުން ލެބޯޓްރީން ކަށަވަރުކުރެވިފައިވާ އަށް ކޭސްއާއި، ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 246 ކޭސްގެ އިތުރުން، ބަލީގައި މަރުވި ކަމަށް ބެލެވޭ 80 މީހުން ވަނީ ރިޕޯޓްކޮށްފައެވެ. މީގެ އިތުރުން، ކޮންގޯއިން ދަތުރުކުރި ދެ މީހެއްގެ ހަށިގަނޑުން ޔުގެންޑާގެ ކަމްޕާލާއިން ވެސް ވަނީ މި ބަލި ފެނިފައެވެ. އަދި ކޮންގޯގެ ވެރިރަށް ކިންޝާސާއިން ވެސް މިހާރު ވަނީ ބަލި ޖެހިފައިވާ މީހަކު ފެނިފައެވެ.

ސިއްހީ މާހިރުން ކަންބޮޑުވާ އަނެއް ކަމަކީ، ބަލި ފެތުރެމުންދާ ސަރަހައްދުތަކުގައި ސިއްހީ ހިދުމަތްތެރިންގެ ތެރެއިން ހަތަރު މީހަކު މަރުވެފައިވުމެވެ. މިއީ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގެ ތެރޭގައި ބަލި ފެތުރުމުގެ ފުރުސަތު އޮތް ކަމުގެ ނިޝާނެއް ކަމަށް ބެލެވެއެވެ. އަދި ބަލި ޖެހިފައިވާ މީހުންގެ އަސްލު އަދަދާއި ބަލި ފެތުރިފައިވާ ސަރަހައްދުތަކުގެ ސީދާ މައުލޫމާތު ހޯދުމުގައި ގޮންޖެހުންތަކެއް ހުރިކަން ޑަބްލިއުއެޗްއޯއިން ފާހަގަކުރެއެވެ.

ރިޕޯޓުތައް ބުނާގޮތުން ކޮންގޯގައި މިހާރު އޮތް ބަލިމަޑުކަމަކީ 2018 އާއި 2019 ވަނަ އަހަރު ފެތުރުނު އިބޯލާގެ ނުރައްކާތެރި ރޯގާއާ އެއްފަދަ ހާލަތަކަށް ހިނގައިދާނެ ކަމެއް ކަމަށް ބެލެވެއެވެ. އެ ސަރަހައްދުގައި އޮތް ސަލާމަތީ ނުތަނަވަސްކަމާއި، އިންސާނީ އެހީތެރިކަމަށް ބޭނުންވެފައިވާ މިންވަރާއި، މީހުން އެއްތަނުން އަނެއްތަނަށް ދަތުރުކުރުން ގިނަވުމަކީ ބަލި ފެތުރުމަށް މަގުފަހިވާ ކަންކަމެވެ. ހާއްސަކޮށް، އިބޯލާގެ އެހެން ބާވަތްތަކާ ހިލާފަށް، ބަންޑިބުގްޔޯ ވައިރަހަށް ހާއްސަ ފަރުވާއެއް ނުވަތަ ވެކްސިނެއް މިހާތަނަށް ހޯދިފައި ނެތުމަކީ މި ހާލަތު އިތުރަށް ނުރައްކާވާ ސަބަބެކެވެ.

 

 

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯޔުގަންޑާއެބޯލާޑަބްލިޔުއެޗްއޯކިންޝާސާކަމްޕާލާ

ކޮމެންޓް

އިތުރަށް ކިޔާލަން

ނިޕާ ވައިރަސް ފެތުރުމުގެ ނުރައްކާ ކުޑަކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި

ނިޕާ ވައިރަސް ފެތުރުމުގެ ނުރައްކާ ކުޑަކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި

31 ޖެނުއަރީ 2026
ނިޕާ ވައިރަސްގެ ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އިންޑިއާ އިން ބުނެފި

ނިޕާ ވައިރަސްގެ ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އިންޑިއާ އިން ބުނެފި

28 ޖެނުއަރީ 2026
މުޅި އުމުރު ވެރިކަމުގައި ހުންނާނީ ކިހިނެއް؟

މުޅި އުމުރު ވެރިކަމުގައި ހުންނާނީ ކިހިނެއް؟

20 ޖެނުއަރީ 2026
ޔޫގަންޑާގެ ރިޔާސީ އިންތިޚާބުގެ 7 ވަނަ ދައުރަކަށް މިހާރު ހުންނެވި ރައީސް ކާމިޔާބު ކުރައްވައިފި، އިދިކޮޅުން ބުނަނީ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށް

ޔޫގަންޑާގެ ރިޔާސީ އިންތިޚާބުގެ 7 ވަނަ ދައުރަކަށް މިހާރު ހުންނެވި ރައީސް ކާމިޔާބު ކުރައްވައިފި، އިދިކޮޅުން ބުނަނީ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށް

17 ޖެނުއަރީ 2026
ޔުގެންޑާގެ އިދިކޮޅު ލީޑަރު ހައްޔަރު ކުރި ވާހަކަ ދޮގު ކޮށްފި

ޔުގެންޑާގެ އިދިކޮޅު ލީޑަރު ހައްޔަރު ކުރި ވާހަކަ ދޮގު ކޮށްފި

17 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު