Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތު
އެބޯލާ

ކޮންގޯއިން 131 މީހުން މަރުވެ، އެބޯލާ ގެ ބިރުވެރިކަން އިތުރުވަނީ

ކޮންގޯ އާއި ޔުގެންޑާގައި އިބޯލާ ބަލި ހަލުވިކަމާއެކު ފެތުރެމުންދާތީ، ބަލި ކޮންޓްރޯލް ކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައި. މި ބަލިމަޑުކަމާ ގުޅިގެން އެމެރިކާއިން ވަނީ އެ ގައުމަށް ދަތުރުކުރުން ހަނިކޮށް، ބަލި ފެތުރޭ ސަރަހައްދުތަކުގައި ތިބި އެމެރިކާ ރައްޔިތުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައި. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މި ހާލަތަކީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، އަވަށްޓެރި ގައުމުތަކުން ވެސް ދަނީ ބޯޑަރުތަކުގައި ސްކްރީން ކުރުން ހަރުދަނާ ކުރަމުން.

ރާއްޖެ އެމްވީ | 20 މެއި 2026 | ބުދަ 09:28
ގިނީގައި އެބޯލާ ފެތުރުން (ފައިލް)

ގިނީގައި އެބޯލާ ފެތުރުން (ފައިލް) | އޭޕީ

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) އާއި އަވަށްޓެރި ޔުގެންޑާގައި ފެތުރެމުންދާ އެބޯލާ ބަލި ކޮންޓްރޯލް ކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްތަކެއް ކުރަމުންދަނިކޮށް، ކޮންގޯއިން މިހާތަނަށް މަދުވެގެން 131 މީހުން މަރުވެ، ބަލިޖެހިފައިވާ ކަމަށް ބެލެވޭ 513 އަށްވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މިދިޔަ ހަފުތާގައި އެބޯލާ ފެތުރެމުންދާކަން އިއުލާނުކުރި ޑީއާރުސީގެ އިރުމަތީ އިޓޫރީ ޕްރޮވިންސްގެ ރައްޔިތުން ތިބީ، މި ބަލި އިތުރަށް ފެތުރިދާނެތީ އާއި އޭގެ ނުރައްކާތެރި އަސަރުތަކާ މެދު ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. މިއީ އެ ސަރަހައްދުގައި އެންމެ ފަހުން އެބޯލާ ފެތުރުނުތާ ގާތްގަނޑަކަށް ހަ އަހަރު ފަހުން ބަލި އަލުން ފެނުނު ފުރަތަމަ ފަހަރެވެ.

ހަތިޔާރު އެޅި ހަމަނުޖެހުންތަކާއި މާލީ ދަތިކަމާ ކުރިމަތިލާން ޖެހިފައިވާ އެ ސަރަހައްދުގެ ރައްޔިތުން، ބަލި ފެތުރުމާ ގުޅިގެން ކުރިމަތިވެދާނެ އިގްތިސާދީ ލޮޅުންތަކާ މެދު ނުހަނު ކަންބޮޑުވެއެވެ. އަދި ބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާމްދަނީ ހޯދުމަށް ހުރަސްތަކެއް ކުރިމަތިވެދާނެތީ އެމީހުން ތިބީ ބިރުންނެވެ.

ޑީއާރުސީ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ، މިހާރު ބަލި ފެންނަ ސަރަހައްދުތައް ކުރިއަށްވުރެ ފުޅާވަމުންދާ ކަމަށެވެ.

އެމެރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނި ގޮތުގައި، ޔުގެންޑާގައި ވެސް ބަލިޖެހިފައިވާ ދެ މީހަކު ފެނިފައިވާއިރު، އެކަކު ވަނީ މަރުވެފައެވެ.

ޑީއާރުސީގައި މަސައްކަތް ކުރަމުންދިޔަ އެމެރިކާގެ ރައްޔިތަކު އެބޯލާއަށް ޕޮޒިޓިވްވުމާ ގުޅިގެން، ބަލި ފެތުރޭ ސަރަހައްދުތަކުން އެމެރިކާއަށް މީހުން އެތެރެވުން ހަނިކުރުމަށް އާންމު ސިއްހަތުގެ ގާނޫނެއްގެ ބޭނުން އެމެރިކާ ސަރުކާރުން ހިފާފައިވާކަން ސީޑީސީން ހޯމަ ދުވަހު ވަނީ ކަށަވަރުކޮށްދީފައެވެ.

އެމީހަކީ ކާކުކަން ސީޑީސީން ހާމަނުކުރި ނަމަވެސް، ބައިނަލްއަގުވާމީ ޗެރިޓީއެއް ކަމަށްވާ 'ސާޖް' އިން ބުނީ، އެބޯލާގެ އަލާމާތްތައް ފެނިގެން ޓެސްޓުކުރި ކްރިސްޓިއަން މިޝަނަރީ ޑޮކްޓަރެއް ކަމަށްވާ ޑރ. ޕީޓަރ ސްޓެފަަންޑް ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެ ޗެރިޓީން ބުނި ގޮތުގައި، ބަލި ފެތުރެން ފެށިއިރު ބަލިމީހުންނަށް ފަރުވާ ދިނުމުގައި އުޅުއްވި އޭނާގެ އަންހެނުން ޑރ. ރެބެކާ ސްޓެފަަންޑާއި، އެހެން ޑޮކްޓަރެއްގެ ހަށިގަނޑުން ބަލީގެ އަލާމާތެއް މިހާތަނަށް ފެނިފައި ނުވި ނަމަވެސް، އެ ދެ މީހުންވެސް މިހާރު ތިބީ މޮނިޓަރިންގައެވެ. މީގެ އިތުރުން އެ ދެމަފިރިންގެ ހަތަރު ދަރިން ވެސް ދަނީ މޮނިޓަރު ކުރަމުންނެވެ.

ޑރ. ސްޓެފަަންޑަށް ފަރުވާ ދިނުމަށްޓަކައި މިހާރު ޖަރުމަނަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ޗެރިޓީން ބުންޏެވެ.

ސީބީއެސް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޑީއާރުސީގައި އެބޯލާ ފެތުރެމުންދާ މި ދަނޑިވަޅުގައި އެމެރިކާގެ މަދުވެގެން ހަ މީހަކު ވަނީ މި ވައިރަހަށް ހުށަހެޅިފައެވެ.

ސީޑީސީން ބުނީ ބަލީގެ އަސަރު ސީދާކޮށް ކޮށްފައިވާ މަދު އަދަދެއްގެ އެމެރިކާ ރައްޔިތުން ރައްކާތެރިކަމާއެކު އެ ގައުމުން ބޭރުކުރުމަށް އެހީތެރިވަމުންދާ ކަމަށެވެ. ނަމަވެސް އެއީ ކިތައް މީހުން ކަމެއް ހާމައެއް ނުކުރެއެވެ.

ސިއްހީ ހަބަރުތައް ގެނެސްދޭ 'ސްޓެޓް' ސައިޓަށް މައުލޫމާތު ދިން މަސްދަރަކުން ބުނި ގޮތުގައި، އެމެރިކާ ސަރުކާރުން ދަނީ ޑީއާރުސީގައި ތިބި އެމެރިކާގެ އެ ގްރޫޕް ރައްކާތެރި ކަރަންޓީނު ފެސިލިޓީއަކަށް ގެންދިއުމަށް ދަތުރުފަތުރުގެ އިންތިޒާމު ހަމަޖައްސަމުންނެވެ.

އެ ސައިޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމީހުން ގެންދިއުމަށް ހަމަޖެހިފައިވަނީ ޖަރުމަނުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށެވެ. ނަމަވެސް މިކަން އަދި ރަސްމީކޮށް ކަށަވަރެއް ނުވެއެވެ.

އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ބަލީގެ އަސަރުކޮށްފައިވާ އެމެރިކާ ރައްޔިތުންނާ ގުޅޭގޮތުން ކުރި ސީދާ ސުވާލުތަކަށް ޖަވާބު ދިނުމަށް ސީޑީސީން ވަނީ އިންކާރުކޮށްފައެވެ.

ހޯމަ ދުވަހު އާންމުކުރި އަދާހަމައިގައި ސީޑީސީން ބުނީ، އެމެރިކާއަށް މި ބަލީގެ ނުރައްކާ އޮތީ ނިސްބަތުން ކުޑަކޮށް ކަމަށެވެ. ނަމަވެސް ބަލި އެމެރިކާއަށް އެތެރެވިޔަ ނުދިނުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

މީގެ ތެރޭގައި ބަލި ފެތުރޭ ސަރަހައްދުތަކުން އަންނަ ދަތުރުވެރިން މޮނިޓަރު ކުރުމާއި، ފާއިތުވި 21 ދުވަހުގެ ތެރޭގައި ޔުގެންޑާ، ޑީއާރުސީ ނުވަތަ ދެކުނު ސޫދާނަށް ގޮސްފައިވާ ބޭރު ގައުމުތަކުގެ މީހުން އެމެރިކާއަށް އެތެރެވުން ހަނިކުރުން ހިމެނެއެވެ.

ސީޑީސީން ބުނީ އެއާލައިންތަކާއި އެހެނިހެން ބައިވެރިންނާ ގުޅިގެން ދަތުރުވެރިންގެ ކޮންޓެކްޓް ޓްރޭސިންގ ހެދުމާއި، ޓެސްޓު ކުރުމުގެ ގާބިލުކަން އިތުރުކުރުމާއި، ބަލިމީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލްތައް ތައްޔާރީ ހާލަތަކަށް ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

އެމެރިކާއިން ވަނީ ޑީއާރުސީއަށް ދަތުރުނުކުރުމަށް އަންގާ، އެންމެ ނުރައްކާތެރި ދަރަޖަ ކަމަށްވާ 'ލެވެލް ފޯ' ގެ ޓްރެވަލް އެޑްވައިޒަރީއެއް ވެސް ނެރެފައެވެ.

އެފްރިކާ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ވެރިޔާ ޖީން ކަސޭޔާ ވިދާޅުވީ، ވެކްސިނާއި ފައިދާހުރި ބޭސްތައް ނެތް ހާލަތެއްގައި، އާންމު ސިއްހަތުގެ ފިޔަވަޅުތަކަށް އަމަލުކުރަން ޖެހޭ ކަމަށެވެ. ހާއްސަކޮށް ބަލީގައި މަރުވާ މީހުންގެ ޖަނާޒާގެ ކަންކަން ކުރިއަށްގެންދިއުމުގައި ދީފައިވާ އިރުޝާދުތަކަށް ސަމާލުވުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

"ޖަނާޒާތަކުގެ ސަބަބުން މީހުންނަށް ބަލިޖެހޭކަށް އަޅުގަނޑުމެން ބޭނުމެއް ނޫން،" ބީބީސީއާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވިއެވެ.

މީގެ ދިހަ ވަރަކަށް އަހަރު ކުރިން ކުރިމަތިވި ބޮޑު އައުޓްބްރޭކްގައި ގިނަ ބަޔަކަށް ބަލިޖެހެން މެދުވެރިވީ، މަރުވާ މީހުންގެ ހަށިގަނޑު ދޮވުމުގައި އާއިލާގެ މީހުން ބައިވެރިވެގެން ބޭއްވި ޖަނާޒާތަކުގެ ސަބަބުންނެވެ.

ބަލިޖެހިފައިވާ މީހުން ފެނިފައިވާ ޑީއާރުސީ އާއި ޔުގެންޑާއިން، ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ބޯޑަރު ހުރަސްކުރާ މީހުން ސްކްރީން ކުރުމަށް ޑަބްލިއުއެޗްއޯއިން ވަނީ ލަފާދީފައެވެ.

އަދި ކައިރި ގައުމުތަކުން ވެސް ސިއްހީ މަރުކަޒުތަކާއި އާންމުންގެ ތެރޭގައި ބަލި މޮނިޓަރުކޮށް، ތައްޔާރީ ހާލަތު ވަރުގަދަ ކުރުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

ރުވާންޑާއިން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޑީއާރުސީއާ ގުޅޭ ބޯޑަރުގައި ސްކްރީން ކުރުން ވަރުގަދަ ކުރާނެ ކަމަށެވެ. އަދި ނައިޖީރިއާއިން ވެސް ދަނީ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ.

ޑަބްލިއުއެޗްއޯއިން ބުނި ގޮތުގައި ޑީއާރުސީގެ އިރުމަތީ އިޓޫރީ ޕްރޮވިންސްގައި ބަލި ފެތުރުމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ސަމާލުކަން ދޭންޖެހޭ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެކެވެ. ނަމަވެސް މިއީ އަދި 'ޕެންޑެމިކް' ނުވަތަ މުޅި ދުނިޔެއަށް ފެތުރިފައިވާ ބަލިމަޑުކަމެއްގެ ދަރަޖައަށް ފެތޭ ހާލަތެއް ނޫނެވެ.

އެހެންނަމަވެސް، އިޓޫރީ ޕްރޮވިންސްގެ ނިއަކުންޑޭ އާއި، އުތުރު ކީވޫގެ ބުޓެމްބޯ އަދި ގޯމާ ސިޓީ ފަދަ އާ ސަރަހައްދުތަކުން ބަލި ފެންނަން ފެށުމާއެކު، ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.

އެ ޖަމިއްޔާއިން އިންޒާރު ދީފައިވާ ގޮތުގައި، މިހާރު ރިޕޯޓް ކުރެވެމުންދާ ވަރަށްވުރެ ބޮޑަށް ބަލި ފެތުރުމުގެ ފުރުސަތު އެބައޮތެވެ. އަދި އެ ސަރަހައްދުގެ ގައުމުތަކަށް ބަލި ފެތުރުމުގެ ނުރައްކާ ބޮޑެވެ.

1976 ވަނަ އަހަރު އިބޯލާ ވައިރަސް ފެނުނު ފަހުން ކުރިމަތިވި އެންމެ ބޮޑު އައުޓްބްރޭކް ކަމަށްވާ 2014 އިން 2016 އަށް ހުޅަނގު އެފްރިކާގައި ފެތުރުނު އިބޯލާ ބަލީގައި 28,600 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހުނެވެ.

އެ ފަހަރު ހުޅަނގު އެފްރިކާގެ ގައުމުތައް ކަމަށްވާ ގިނީ އާއި ސިއެރަ ލިއޯންގެ އިތުރުން އެމެރިކާ، އިނގިރޭސިވިލާތް އަދި އިޓަލީއަށް ވެސް ބަލި ފެތުރި، ޖުމލަ 11,325 މީހުން މަރުވިއެވެ.

އެބޯލާޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯޔުގަންޑާދުނިޔޭގެ ސިއްހަތު ޖަމިއްޔާސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

އެބޯލާ ބަލި ކޮންޓްރޯލް ކުރުން ގޮންޖެހުމަކަށް ވަނީ ކީއްވެ؟ ބަލި ޖެހެނީ ކިހިނެއް؟

އެބޯލާ ބަލި ކޮންޓްރޯލް ކުރުން ގޮންޖެހުމަކަށް ވަނީ ކީއްވެ؟ ބަލި ޖެހެނީ ކިހިނެއް؟

18 މެއި 2026
ކޮންގޯގައި ފެތުރޭ އެބޯލާ އަކީ ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލެއް ކަމަށް ޑަބްލިއުއެޗްއޯ އިން ކަނޑައަޅައިފި

ކޮންގޯގައި ފެތުރޭ އެބޯލާ އަކީ ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލެއް ކަމަށް ޑަބްލިއުއެޗްއޯ އިން ކަނޑައަޅައިފި

17 މެއި 2026
އެބޯލާއާ ގުޅިގެން ޑަބްލިއުއެޗްއޯއިން ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށްފި، މިނިސްޓްރީން ބުނީ ޙާލަތު މޮނިޓަރ ކުރަމުންދާކަމަށް

އެބޯލާއާ ގުޅިގެން ޑަބްލިއުއެޗްއޯއިން ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށްފި، މިނިސްޓްރީން ބުނީ ޙާލަތު މޮނިޓަރ ކުރަމުންދާކަމަށް

17 މެއި 2026
ރާއްޖެ އިން ނައްތާލެވިފައިވާ ހިމަބިހީގެ 2 ކޭސް މާލެ އިން ފެނިއްޖެ

ރާއްޖެ އިން ނައްތާލެވިފައިވާ ހިމަބިހީގެ 2 ކޭސް މާލެ އިން ފެނިއްޖެ

13 މެއި 2026
ރާއްޖެ އަށް ހަންޓާ ވައިރަސްގެ ރިސްކު ވަރަށް ކުޑަ: އެޗްޕީއޭ

ރާއްޖެ އަށް ހަންޓާ ވައިރަސްގެ ރިސްކު ވަރަށް ކުޑަ: އެޗްޕީއޭ

09 މެއި 2026

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު