Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔުގެންޑާ

ޔުގެންޑާގެ އިދިކޮޅު ލީޑަރު ހައްޔަރު ކުރި ވާހަކަ ދޮގު ކޮށްފި

ވައިންގެ ޕާޓީ އިން ހުކުރު ދުވަހުގެ ރޭ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، ވައިން އޭނާގެ ގެކޮޅުގައި ހުންނަވަނިކޮށް ސިފައިންގެ ހެލިކޮޕްޓަރެއްގައި، ބާރުގެ ބޭނުން ކޮށްގެން އޭނާ ހައްޔަރު ކޮށްފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޖެނުއަރީ 2026 | ހޮނިހިރު 07:06
ޔުގެންޑާގެ އިދިކޮޅު ލީޑަރު ބޮބީ ވައިން

ޔުގެންޑާގެ އިދިކޮޅު ލީޑަރު ބޮބީ ވައިން | އޭއެފްޕީ

ޔުގެންޑާގެ އިދިކޮޅު ލީޑަރު ބޮބީ ވައިން ހައްޔަރު ކޮށްފައިވާ ކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަ އަކީ ދޮގެއް ކަމަށް، އެ ޤައުމުގެ ސިފައިން ހާމަ ކޮށްފި އެވެ.

ޔުގެންޑާގެ ސިފައިންގެ ތަރުޖަމާނު ހޮނިހިރު ދުވަހު އޭއެފްޕީ އަށް ވިދާޅުވެފައި ވަނީ، އެ ޤައުމުގެ އިދިކޮޅު ލީޑަރު ހެލިކޮޕްޓަރެއްގައި ހައްޔަރު ކޮށްފައިވާ ކަމަށް ބުނެ ފަތުރަމުން އަންނަނީ ދޮގު ވާހަކައެއް ކަމަށެވެ. 

ތަރުޖަމާނު ކްރިސް މެގެޒީ ވިދާޅުވީ، ބޮބީ ވައިން ހައްޔަރު ކުރި ކަމަށް ބުނާ ވާހަކަ ތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަ ތަކެއް ކަމަށެވެ. އަދި އެއީ އެއްވެސް އަސާސެއް ނެތް ގޮތެއްގައި، އެހެން މަޤުސަދެއް ޙާސިލު ކުރުމުގެ ބޭނުމުގައި ފަތުރަމުން އަންނަ ވާހަކައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ވައިންގެ ޕާޓީ އިން ހުކުރު ދުވަހުގެ ރޭ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، ވައިން އޭނާގެ ގެކޮޅުގައި ހުންނަވަނިކޮށް ސިފައިންގެ ހެލިކޮޕްޓަރެއްގައި، ބާރުގެ ބޭނުން ކޮށްގެން އޭނާ ހައްޔަރު ކޮށްފައިވާ ކަމަށެވެ. މިކަން ހިނގާފައި ވަނީ އެ ޤައުމުގައި އިންތިޚާބު ބޭއްވިތާ ދެ ދުވަސް ފަހުން ކަމަށް ބުނެފައިވެ އެވެ. 

ބޮބީ ވައިން އަކީ ޔުގެންޑާގައި ވަރަށް މަޝްހޫރު އިދިކޮޅު ސިޔާސީ ލީޑަރެކެވެ. އޭނާ އަކީ ސަރުކާރާ ދެކޮޅަށް ވަރަށް ގަދައަށް އަޑު އުފުލާ ބޭފުޅެކެވެ. އޭނާގެ އަސްލު ނަމަކީ ރޮބާޓް ކިޔަގުލާނީ އެވެ. 

ޔުގެންޑާގެ ސިފައިންގެ ތަރުޖަމާނު މި ވާހަކަތައް ދޮގު ކޮށްފައި ވީ ނަމަވެސް، ވައިންގެ ސަޕޯޓަރުންނާއި އޭނާގެ ޕާޓީ ޕާޓީގެ މެމްބަރުން ވަނީ އެ މައްސަލައިގައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އެ ފަރާތްތަކުން ބުނެފައި ވަނީ، އެ ޤައުމުގެ ސިފައިން ވަނީ އިދިކޮޅު ލީޑަރަށް ނުރައްކާތެރިކަން ކުރިމަތި ކޮށްފައި ކަމަށެވެ. 

ޔުގެންޑާގެ އިންތިޚާބު ބާއްވާފައި ވަނީ ބުރާސްފަތި ދުވަހު އެވެ. އެ އިންތިޚާބުގައި ވައިން ވެސް ވަނީ ވާދަ ކުރައްވައިފަ އެވެ. އިންތިޚާބާ ގުޅިގެން ޤައުމުގައި ސިޔާސީ ހަލަބޮލިކަން އިތުރުވެފައިވާ ކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓު ކޮށްފަ އެވެ. 

ވައިން ހައްޔަރު ކުރި ކަމަށް ބުނާ ވާހަކަ ދޮގު ކުރުމާ އެކު ވެސް، އެ މައްސަލަ ބަލައި ސާފު ކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމައުން ވަނީ ގޮވާލައިފަ އެވެ. ބައިނަލްއަޤުވާމީ ޖަމާއަތް ތަކުން ބުނަމުން އަންނަނީ، އިދިކޮޅު ލީޑަރުންނަށް ވެސް ސަލާމަތާއި، ރައްކާތެރިކަން ކަށަވަރު ވާން ޖެހޭނެ ކަމަށެވެ.

ސިފައިންނާއި، ވައިންގެ ޕާޓީ އިން ދައްކާފައިވާ ވާހަކަތައް ތަފާތު ވެފައިވާއިރު، ގިނަ ބަޔަކު އަންނަނީ މިކަމުގެ ހަގީގަތަށް އިންތިޒާރު ކުރަމުންނެވެ.

ޔުގާންޑާބޮބީ ވައިން

އިތުރަށް ކިޔާލަން

01 ޖެނުއަރީ 2024

ރަސްމީ ދަތުރުފުޅެއްގައި އަސްލަމް ޔުގެންޑާއަށް

01 ޖެނުއަރީ 2024
ރަސްމީ ދަތުރުފުޅެއްގައި އަސްލަމް ޔުގެންޑާއަށް
04 ނޮވެމްބަރު 2022

ޔުގެންޑާގައި އެބޯލާ ޖެހިގެން މަރުވި މީހުންގެ އަދަދު 48ށް

04 ނޮވެމްބަރު 2022
ޔުގެންޑާގައި އެބޯލާ ޖެހިގެން މަރުވި މީހުންގެ އަދަދު 48ށް
29 ސެޕްޓެމްބަރު 2022

ޔުގާންޑާގައި އެބޯލާ ފެތުރި 23 މީހަކު މަރުވެއްޖެ

29 ސެޕްޓެމްބަރު 2022
ޔުގާންޑާގައި އެބޯލާ ފެތުރި 23 މީހަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު