މާޒިޔާގެ އައު ކޯޗަކަށް ހަމަޖެއްސީ ޗެކް ރިޕަބްލިކްގެ ޓްރުޗާ
3 އޯގަސްޓު 2026 | ހޯމަ 04:26އުމުރުން 54 އަހަރުގެ ޓްރުޗާ އަކީ މާޒިޔާ އަށް އިރުޝާދު ދޭނެ ބިދޭސީ އަށް ވަނަ ކޯޗު. މީގެ ކުރިން ޓްރުޗާ ވަނީ 10 ޓީމެއްގައި މަސައްކަތް ކޮށްފައި އެވެ. އެގޮތުން ޔޫތު ޓީމުތަކުގެ ކޯޗުކަމާއި، އެސިސްޓެންޓް ކޯޗުކަމުގެ އިތުރުން، ކޯޗުގެ ގޮތުގައި ވެސް އޭނާ މަސައްކަތް ކޮށްފައިވޭ


މާޒިޔާގެ ކޯޗަކަށް ހަމަޖެއްސި ޗެކް ރިޕަބްލިކްގެ ތޯމަސް ޓްރުޗާ | މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ގަދަ ބާރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އައު ކޯޗަކަށް، ޗެކް ރިޕަބްލިކްގެ ތޯމަސް ޓްރުޗާ ހަމަޖައްސައިފި އެވެ.
ސީޒަންގެ ފުރަތަމަ މުބާރާތް ކަމަށްވާ ކަޕް ވިނާސް ކަޕް ހޯމަ ދުވަހުގެ ހަވީރު ފެށުމަށް ހަމަޖެހިފައިވާއިރު، އާދީއްތަ ދުވަހުގެ ރޭ މާޒިޔާ އިން ވަނީ އެ ޓީމުގެ ކޯޗަކަށް ޓްރުޗާ ހަމަޖައްސާފައިވާ ކަމަށް އިއުލާން ކޮށްފައި އެވެ. އެހެންކަމުން ކަޕް ވިނާސް ކަޕްގައި ހޯމަ ދުވަހުގެ ރޭ މާޒިޔާ އާއި އޮޑި ސްޕޯޓްސް ކުލަބު ބައްދަލު ކުރާ މެޗު ވާނީ، ޓްރުޗާގެ އިރުޝާދުގެ ދަށުން މާޒިޔާ ކުޅޭ ފުރަތަމަ މެޗަށެވެ.
އުމުރުން 54 އަހަރުގެ ޓްރުޗާ އަކީ މާޒިޔާ އަށް އިރުޝާދު ދޭނެ ބިދޭސީ އަށް ވަނަ ކޯޗެވެ. މީގެ ކުރިން ޓްރުޗާ ވަނީ 10 ޓީމެއްގައި މަސައްކަތް ކޮށްފައި އެވެ. އެގޮތުން ޔޫތު ޓީމުތަކުގެ ކޯޗުކަމާއި، އެސިސްޓެންޓް ކޯޗުކަމުގެ އިތުރުން، ކޯޗުގެ ގޮތުގައި ވެސް އޭނާ މަސައްކަތް ކޮށްފައިވެ އެވެ.
މާޒިޔާއާ ހަވާލުވުމުގެ ކުރިން އެންމެ ފަހުން ޓްރުޗާ އިރުޝާދު ދީފައި ވަނީ އިންޑޮނޭޝިއާގެ ޕީއެސްއެމް މަކާސާ އަށެވެ. މީގެ އިތުރުން އޭނާ ވަނީ މެލޭޝިޔާ އާއި ކެންޏާގައި ވެސް މަސައްކަތް ކޮށްފައި އެވެ. ޓްރުޗާާގެ އިރުޝާދުގެ ދަށުން މާޒިޔާގެ އެންމެ ބޮޑު އަމާޒަކަށް ވަނީ ދިވެހި ލީގުގެ ޗެމްޕިއަންކަން ދިފާއު ކުރުމުގެ އިތުރުން، އޭއެފްސީ ޗެލެންޖް ލީގުގެ ކޮލިފައިންގައި ރަނގަޅު ނަތީޖާއެއް ނެރުމެވެ.
މާޒިޔާ އަކީ ފާއިތުވި ފަސް ސީޒަންގައި ވެސް ދިވެހި ލީގު ކާމިޔާބު ކޮށްފައި އެވެ. މިފަހަރުގެ ސީޒަން ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑު މެޗުގައި މާޒިޔާ އިން ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ބަލިކޮށްފައި އެވެ.










