Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއަރ ލީގު

ޖެހި ޖެހިގެން ފަސް ވަނަ ފަހަރަށް މާޒިޔާ އިން ޕްރިމިއަރ ލީގު ކާމިޔާބު ކޮށްފި

29 ޖެނުއަރީ 2026 | ބުރާސްފަތި 04:12

މާޒިޔާ އިން ޖެހި ޖެހިގެން ފަސް ވަނަ ފަހަރަށް ދިވެހި ޕްރިމިއަރ ލީގު ކާމިޔާބު ކުރިއިރު، އެއް ވަނައިގައި އެ ޓީމު އޮތީ މިހާތަނަށް ކުޅެފައިވާ 17 މެޗުން 45 ޕޮއިންޓާ އެކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ޖެނުއަރީ 2026 | ބުރާސްފަތި 04:12
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކުޅުންތެރިން

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކުޅުންތެރިން | އެފްއޭއެމް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން، ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ކަށަވަރު ކޮށްފި އެވެ.

މާޒިޔާ އަށް ލީގު ކަށަވަރުވީ ބުދަ ދުވަހުގެ ހަވީރު އޮޑި ސްޕޯޓްސް ކުލަބާއި، ބުރު ސްޕޯޓްސް ކުލަބު ބައްދަލު ކުރި މެޗު އެއްވަރުވުމުންނެވެ. އެ މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރު ވެގެންނެވެ. މެޗުގައި ބުރުގެ ޝަމްވީލް މުޙައްމަދު ލަނޑު ޖަހައި އެ ޓީމަށް ކުރި ހޯދައިދީފައި ވަނިކޮށް، އޮޑި އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ކިއާނޫ މާޝް ބްރައުން އެވެ.

އެ މެޗު އެއްވަރުވުމުން މާޒިޔާ އަށް ލީގު ޗެމްޕިއަންކަން ކަށަވަރުވީ އެވެ. އޭގެ ފަހުން ލީގުގައި ބުދަ ދުވަހުގެ ރޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް މާޒިޔާ ނިކުތްއިރު، އެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ. މެޗުގައި މާޒިޔާ އިން ދެ ލަނޑު ޖަހައި ލީޑު ހޯދާފައި ވަނިކޮށް، ނިއު އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި މާޒިޔާ އަށް ލީޑު ނަގަައިދިނީ ޙަސަން ނަޒީމް އެވެ. އޭގެ ފަހުން މެޗުގެ 55 ވަނަ މިނެޓުގައި ސަމޫހު އަލީ ވަނީ މާޒިޔާގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އޭގެ ތިން މިނެޓު ފަހުން ނިއުގެ ބިދޭސީ ކުޅުންތެރިޔާ އަލްހާޖީ ގޭރޯ ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައިފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ނިއު އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

މާޒިޔާ އިން ޖެހި ޖެހިގެން ފަސް ވަނަ ފަހަރަށް ދިވެހި ޕްރިމިއަރ ލީގު ކާމިޔާބު ކުރިއިރު، އެއް ވަނައިގައި އެ ޓީމު އޮތީ މިހާތަނަށް ކުޅެފައިވާ 17 މެޗުން 45 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮޑި އަށް 17 މެޗުން ލިބެނީ 39 ޕޮއިންޓެވެ. 

ދިރާގު ދިވެހި ޕްރިމިއަރ ލީގުމަޒީޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2026

ފަހު ވަގުތު ވެލެންސިއާ އަތުން ޓީސީ މޮޅުވެއްޖެ

25 ޖެނުއަރީ 2026
ފަހު ވަގުތު ވެލެންސިއާ އަތުން ޓީސީ މޮޅުވެއްޖެ
24 ޖެނުއަރީ 2026

ވިކްޓަރީ އަތުން މޮޅުވެ، އޮޑިން ދެ ވަނަ މަގާމު ދަމަހައްޓައިފި

24 ޖެނުއަރީ 2026
ވިކްޓަރީ އަތުން މޮޅުވެ، އޮޑިން ދެ ވަނަ މަގާމު ދަމަހައްޓައިފި
24 ޖެނުއަރީ 2026

ޔޫވީ އަތުން މޮޅުވެ، ގްރީން އިން އުންމީދެއް ހޯދައިފި

24 ޖެނުއަރީ 2026
ޔޫވީ އަތުން މޮޅުވެ، ގްރީން އިން އުންމީދެއް ހޯދައިފި
19 ޖެނުއަރީ 2026

ޓީސީ އިން ގްރީން ބަލިކޮށްފި

19 ޖެނުއަރީ 2026
ޓީސީ އިން ގްރީން ބަލިކޮށްފި
18 ޖެނުއަރީ 2026

ޔޫވީ ބަލިކޮށް، ނިއު ރޭޑިއަންޓް އަލުން ތިން ވަނަ އަށް ޖެހިލައިފި

18 ޖެނުއަރީ 2026
ޔޫވީ ބަލިކޮށް، ނިއު ރޭޑިއަންޓް އަލުން ތިން ވަނަ އަށް ޖެހިލައިފި
18 ޖެނުއަރީ 2026

ފަހު ވަގުތު ވެލެންސިއާ ބަލިކޮށް، އޮޑި ދެ ވަނައިގައި

18 ޖެނުއަރީ 2026
ފަހު ވަގުތު ވެލެންސިއާ ބަލިކޮށް، އޮޑި ދެ ވަނައިގައި
17 ޖެނުއަރީ 2026

އީގަލްސް އަތުން ވެސް މޮޅުވެ، މާޒިޔާ އިން ލީގު ހޯދުމާ ގާތަށް

17 ޖެނުއަރީ 2026
އީގަލްސް އަތުން ވެސް މޮޅުވެ، މާޒިޔާ އިން ލީގު ހޯދުމާ ގާތަށް
17 ޖެނުއަރީ 2026

ފަހު ވަގުތު ބުރުން ވިކްޓަރީއާ އެއްވަރު ކޮށްފި

17 ޖެނުއަރީ 2026
ފަހު ވަގުތު ބުރުން ވިކްޓަރީއާ އެއްވަރު ކޮށްފި
13 ޖެނުއަރީ 2026

ފަހަތުން އަރައި ގްރީން އަތުން މޮޅުވެ، އޮޑި ދެ ވަނައިގައި

13 ޖެނުއަރީ 2026
ފަހަތުން އަރައި ގްރީން އަތުން މޮޅުވެ، އޮޑި ދެ ވަނައިގައި
12 ޖެނުއަރީ 2026

ޓީސީ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ނިއު ރޭޑިއަންޓް އިން މަގާމު ދަމަހައްޓައިފި

12 ޖެނުއަރީ 2026
ޓީސީ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ނިއު ރޭޑިއަންޓް އިން މަގާމު ދަމަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް